radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ކަލު
ނ ފެންނަގާ
އިސްކުރު
ކަލު
ނ
ފެންނަގާ
އިސްކުރު
ހަނގު
ނ
އިހުގައި
ރަނދުން
ދެއްވާ
އުޅުއްވި
އޮޅިމެދުކަމުގެ
ދަރަޖައެއް
މިބޭކަލުން
ތިއްބަވަނީ
ދިވެހިރާއްޖޭގެ
ރަސްގެފާނުގެ
ލަޝްކަރުގެތެރޭގައެވެ
ހަނގުހަނޑޫ
ނ
ހަނގުބޭކަލުންނަށް
މުސާރައަށް
ދެއްވާ
ހަނޑޫ
މިންވަރަކީ
ފޯޔަކު
ބާރަނާޅިއެވެ
ހަނގުން
ނ
(1)
ހަނގުކަން
ލިބިފައިވާ
މީހުން
(2)
ހަނގުބޭކަލުން
ހަރު
(1)
ކަކުންޏާއި
މީދާފަދަ
ތަކެތި
އުޅޭން
ބިމުގައި
ކޮންނަ
ލޯވަޅު.
(2)
ރުކަށް
އަރާން
ރުކުގައި
ބަންނަ
ގަޅި.
(3)
މައްޗަށް
އަރާން
ގަޅި
ބަނދެފައި
ހުންނަ
އޮނު
ނުވަތަ
ދަނޑި.
(4)
ފޯއްވަޅި،
ދޮލަނގު،
ކަނޑިފަދަ
ތަކެތި
ބަހައްޓާން
ބިތުގައި
ހަރުކޮށްފައި
ހުންނަ
އެތި.
(5)
ބައެއް
އެއްޗިހި
ބަހައްޓާން
ނުވަތަ
ތިއްބާން
އެކިގޮތްގޮތަށް
ހަދައިފައި
ހުންނަ
އެއްޗިހި.
މިސާލު:
ލިޔާހަރު،
ބަޑިހަރު،
ބައިސްކަލު
ހަރު
ނއ
(6)
މަޑުގެ
އިދިކޮޅު
(7)
ޅަކަމުގެ
އިދިކޮޅު
(8)
ވައިމަތި
ޅަކަން
ކެނޑުމުން
ވާގޮތް
މިސާލު:
ފުރަންވާނީ
ވައިމަތި
ހަރުވެލީމައެވެ.
(ވައިމަތި
ޅަވުމަކީ
ދެންމެދެންމެ
ވިއްސާރަ
އަތުވެދާނެ
ކަހަލަ
ގޮތަކަށް
ޖައްވު
އޮތުމެވެ.) (9)
ހަރުބޭހުގެ
ސަބަބުން
ހަށިގަނޑަށްވާ
ރަނގަޅު
)01(
ތަރުކާރީއާއި
މޭވާފަދަ
ތަކެތި
ފައްކާވަމުން
އައިސް
ދޮންވުމަށްވާ
ތައްޔާރު
(11)
ބުއްދިވެރި
(21)
ހަރުދަނާ
)31(
ހަލުއި
މިސާލު:
ސީކިންގ
އެދުވަހު
ހުޅުލެއަށް
ދިޔައީ
އޭގެ
އެންމެ
ހަރުދުވެލީގައެވެ
)41(
އެއްޗެއްގައި
އަނެކައްޗެއްވާ
ތަތް
މިސާލު:
އަހަރެން
މިހަދާ
މަލުގައި
މިހާރު
ދެފިޔަ
ހަރުކޮށްފީމެވެ
)51(
ބާރު
މިސާލު:
އޭނާ
ދިޔައީ
ވަރަށް
ހަރުކޮށް
)61(
)ބދ
ގެ
ވަރުހަނގު
ނ
ކުރީޒަމާނުގައި
ދައުލަތުން
ދެއްވި
އޮޅިމެދުކަމުގެ
ނަން
މިމީހުން
ތިބެނީ
ތިންގެއަކަށެވެ.
އެއީ
ދޮށިމޭނާގެ
ވެލާނާގެ
ހަކުރާގެ
މިތިންގެއެވެ
އެއީ
އެތިން
ބޮޑުބޭކަލުންގެ
ވެރިކަމުގެ
ދަށުގައިވާ
ބައެކެވެ
ހަވަރަށްދެއްވުން
މ
ދައުލަތަށް
ނުވަތަ
ރަދުންނަށް
ބޮޑުކުށެއް
ކޮށްފި
މީހަކަށް
އަދަބު
ދިނުމަށްޓަކައި
ޚާއްޞަގޮތެއްގައި
ހަނގުބޭކަލުން
ބޭނުން
ކޮންމެ
ގޮތެއް
އެމީހާއަށް
ހަދައިލުމަށް
ރަދުން
އެމީހަކު
އެބޭކަލުންނަށް
ދެއްވުން
ހަވަރު
ނ
(1)
ހަގުބޭކަލުން
ބެހިފައި
އޮންނަ
ހަބައި
(2)
ރަދުންގެ
ލަޝްކަރު
ހަވަރުފެންފޮޅިޔަށްއެޅުން
މ
(1)
ހަވަރު
ގޮވާލުމަށް
ފެންފޮޅި
ފިހާން
މަޖިލީހަށް
އަރާ
ބޭކަލުންގެ
ގޭގެޔަށް
ހަނޑޫ
ބެހުން
(2)
މަޖާޒު:
ތިމާޔަށް
އިވުނު
ޚަބަރެއް
ހުރިހާތާކަށް
ފަތުރަމުން
ހިނގުން
ހަތަރުއިމާމުން
ނ
ސުންނަތް
ޖަމާޢަތުގެ
ހަތަރު
މަޛްހަބުގެ
އިމާމުވެރި
ބޭކަލުން
(1)
ހަނަފީމަޒުހަބުގެ
އިމާމު
އަބޫޙަނީފާ
(2)
ޝާފިޢީ
މަޒުހަބުގެ
އިމާމު
އިމާމު
މުހައްމަދުބުނި
އިދްރީސުއް
ޝާފިޢީ
(3)
މާލިކީ
މަޒުހަބުގެ
އިމާމު
އިމާމު
މާލިކު
(4)
ހަންބަލީމަޒުހަބުގެ
އިމާމު
އިމާމު
އަހްމަދު
ބުނި
ޙަންބަލު
ހަތާވީސް ކިޔެވުން
މ
އިހުގައި
ކޮންމެ
ރޯދަމަހެއްގެ
72
ވިލޭރޭ
ދަރުމަވަންތަ
ރަސްގެފާނު
މިސްކިތުގަޔާއި
ދެގެދޭތެރެގަޔާއި
ކުޑަކިބާ
ބޭރު
ގެކޮޅުތެރޭގައި
ޤުރްއާން
ކިޔެވުން.
މިކަން
ކުރަން
ފަށަނީ
ތަރާވީސްކޮށް
ނިމުނީމާ
ދަރުމަވަންތަ
ރަސްގެފާނު
މިސްކިތުގައި
ބޮޑުކިޔެވެނިންނާއި
ކުދިކިޔެވެނިންނެވެ.
އޭރު
72
ފުކުގައި
ދިއްލާފައި
ހުންނާނެއެވެ.
ކިޔަވާނީ
ފޮތް
ފޮއްޓެކެވެ.
އެއަށްފަހު
ގަނޑުވަރުތެރެއަށް
ދުރުވެ
ދެގެ
ދޭތެރޭގައެވެ.
މިވަގުތު
ކުޑަކިބާ
ބޭރުގެކޮޅު
ތެރޭގައި
ޚަތީބުބޭކަލަކު
ފޮތް
ފޮށިކޮޅެއް
ބެހެއްޓެވީމާ.
"ތިންމަހުރޯދަކިޔަވަން"
އަށްޓަށް
ދުރުވި
ބޭކަލުން
ނައްކާރަ
ޖަހަންދެން
ކިޔަވާނެއެވެ.
ފަހަކަށް
އައިސް
މިކިޔެވުން
ކިޔެވީ
ހުކުރު
މިސްކިތު
ހަރުގޭގައެވެ
ހަތްބަހައްޓާދޮރާށި
ނ
ގަނޑުވަރުތެރޭގައި
ހުންނަ
ޚާއްޞަ
ދޮރާއްޓެއް
ރަސްކަލަކު
ރަސްމީ
ޢިއްޒަތުގައި
ކޮއިލުތެރޭން
ނުކުމެ
ވަޑައިގަތުމަށްފަހު
އަނބުރާ
ކޮއިލު
ތެރެއަށް
ވަޑައިގަންނަވާއިރު
މިދޮރާއްޓާ
ހަމަވުމުން
ހަތްކޮޅުތައް
ހިފައިގެން
ތިބޭ
މީހުން
ކިއެވެނި
ބޭކަލުންގެ
އަށީގެ
ފާރުން
އަޑިކޮށްލެވިފައިވާ
ތަނެއްގައި
ހަތްކޮޅު
ބަހައްޓާތީ
މިދޮރާށްޓަށް
މިނަން
ނިސްބަތްވެފައިވަނީއެވެ
ހަތްޤިރާއަތް
ނ
ތިރީގައި
މިލިޔާ
ހަތްބޭކަލުން
ޤުރުއާން
ކިޔަވާ
ވިދާޅުވިގޮތް
އެހަތްބޭކަލުންނީ:
(1)
އަބޫ
ޢަބުދުއް
ރަހްމާން
ނާފިޢު
ބުނު
އަބީ
ނުޢައިމިލް
މަދަނީ
(2)
ޢަބުދުﷲ
ބުނު
ކަޘީރުލް
މާލިކީ
(3)
އަބޫޢަމްރު
ބްނުލްޢަލާ
އަލްބަޞަރީ
(4)
ޢަބުދުﷲ
ބުނު
ޢާމިރިއްދިމަޝްޤީ
(5)
އަބޫބަކުރު
ޢާސިމް
ބުނު
އަބިއްމުޖޫދިލްކޫފީ
(6)
އަބޫ
ޢިމާރާ
ހަމްޒަތު
ބުނު
ހަބީބުއް
ޒައްޔާތިލްކޫފީ
(7)
ޢަލީ
ބުނު
ހަމްޒާ
އަބުލް
ހަސަނުލްކިސާއީ
ހިތީކޭން
ނ
ހިތީކިޔަވާން
ދުރުވާ
ހަނގުބޭކަލުންނާއި
އަވަށު
މީހުން
ރޯދަވީއްލުމަށް
ކައްކައިގެން
ގެންދާކޭން
މިކޭން
ކައްކަނީ
މަޖިލީހަށް
އަރާ
ބޭކަލުންގެ
ގޭގެއިންނެވެ
މި
ކޭމާއި
ފާރުދޮށުކޭމާ
ހުންނަ
ތަފާތަކީ
މިކޭމުގައި
ހިތި
ހުންނަކަމެވެ
ހިލާލީދަރިކޮޅު
ނ
ރާއްޖޭގައި
ރަސްކަން
ކުރި
7
އާއިލާގެ
ތެރެއިން
3
ވަނަ
އަށް
ރަސްކަންކުރި
ދަރިކޮޅު
މިދަރިކޮޅަށް
"ބަދުރުއްދީން"
ދަރިކޮޅޭވެސް
ކިޔައެވެ
މިދަރިކޮޅުގެ
ފުރަތަމަ
ރަސްކަލަކީ
ހުޅުލޭ
ހިލާލީކަލޯއާއި
ގޯލާވެހި
ކަނބުލޯގެ
އައްސުލްތާން
ޙަސަނުލް
ހިލާލީއެވެ
މިދަރިކޮޅަކީ
ރާއްޖޭގައި
އެންމެ
ގިނަރަސްކަލުން
ރަސްކަން
ކުރެއްވި
އެކަމަކު
ހަމަޖެހުން
ކުޑަދަރިކޮޅެވެ
ހުރާގޭދަރިކޮޅު
ނ
ރާއްޖެ
އިސްލާންވީފަހުން
ހަތްވަނަޔަށް
ރާއްޖޭގައި
ރަސްކަންކުރި
ޢާއިލާ
މި
ޢާއިލާގެ
ފުރަތަމަ
ރަސްކަލަކީ
ހުރާ
ދޮންމަރުދުރު
ފަޑިއްތަކުރުފާނުގެ
ޙުސައިން
ދަހަރާ
ތަކުރުފާނުގެ
މުޙައްމަދު
ފާމުލަދޭރި
މަނިކުފާނުގެ
ދަރިކަލުން
އަލްޣާޒީ
ޙަސަން
އިއްޒުއްދީނު
ދޮންބަންޑާރައިންނެވެ
މިޢާއިލާއިން
ތޭރަ
ރަސްކަލުން
ރަސްކަން
ކުރެއްވިއެވެ
ހުވަނދުގޮށި
ނ
ހުވަނދުއަޅާން
ބިލެތްގަނޑަކުން
ރޫޖައްސައިގެން
ހަދާގޮއްޓެއް
މިއީ
ހުކުރު
ދުވަހު
ހުކުރުކުރާ
ޚަޠީބެއްގެ
ގެއިން
މުދިން
ބޭކަލަކު
މިޙްރާބުގޭގައި
ތިއްބަވާ
ބޭކަލުންނަށް
ދޭން
ހުވަނދު
ގެންގޮސް
އުޅުނު
އެއްޗެކެވެ
ހެނެވިރަސަ
ނ
)ބދ (
(1)
ހެނެވި
ރަސްގެ
(2)
ރަސްކިލަގެ
(3)
ބަދަލުގައި
ރަސްކަން
ހިންގާ
ވަޒީރު
(4)
ރަނިކަނބަލުންގެ
ފިރިކަލުންނަށް
ދެވޭ
މަޤާމެއް
ރަނަހަމާދި
ނ
(1)
ކަންގަތި
ކޮއްޔެއްގެ
ނަން
(2)
ކަލާސީންނާ
ދަންޑެހެލު
ބޭކަލުންގެ
ވެރިޔާ
ރަނަހަމާދިކަން
ނ
ކޮލީނަމެއް
މިއީ
ކަލާސީންނާއި
ދަންޑަހެލު
ބޭކަލުންގެ
އެންމެ
މަތީވެރިކަމެވެ
ރަނިބޭކަނބަލުން
ނ
(1)
ރަސްކަލުންގެ
އަނބިކަނބަލުން
(2)
ރަނިކަމުގެ
ދަރަޖަ
ލިބިގެންވާ
ބޭކަނބަލުން
«
1
2
3
4
5
»