radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ގުޅުވުން
މ (1)
ދެއެއްޗެއް
އެއްކުރުން
(2)
ދެމީހަކު
ރައްޓެހި
ކުރުވުން
ގުޅުވުން
މ
(1)
ދެއެއްޗެއް
އެއްކުރުން
(2)
ދެމީހަކު
ރައްޓެހި
ކުރުވުން
ނިސްބަތް
ނ
(1)
މީހަކާ
ނުވަތަ
އެއްޗަކާ
ނުވަތަ
ފަރާތަކާ
ގުޅުވާ
ގުޅުވުން
(2)
މީހަކާ
ނުވަތަ
އެއްޗަކާ
ނުވަތަ
ފަރާތަކާ
ހިމަނާ
ހިމެނުން
ބެއްދުން
މ
(1)
އެކަތި
އަނެއްޗާއި
ގުޅުވުން
(2)
މީހެއްގައި
ނުވަތަ
އެއްޗެއްގައި
އޮޅުލައިގަތުން
(3)
އެއްޗެއްގައި
މަޅިއެއް
އަޅުވައި
ބާރުކުރުން
(4)
މުށްލައްޕައި
ބާރު
ކުރުން
(5)
ނިވާކުރުން
(6)
މަސްތަކެއް
ދަލަކަށް
ނުވަތަ
ކޮށިގަނޑަކަށް
ވައްދައި
ބަންދުކުރުން
(7)
ބަންދުކުރުން
(8)
ކުރިމަތި
ބަންދުކޮށްގެން
ކުރިޔަށް
ދިޔަނުދިނުން
(9)
ދައްކާ
ވާހަކައަކުން
އަނެކަކު
ދެރަކޮށްލުން
)01(
ކަޑައްތު
ކުރުން
ކާވެނިވުން
މ
އަންހެނަކާ
ފިރިހެނަކު
ފިރިއަކާ
އަންބެއްގެ
ގޮތުގައި
ދިރިއުޅަމަށް
ދީނީ
ހަމަތަކުގެ
މަތިން
އެދެމީހުން
ގުޅުވުން
ކޭލިޖެހުން
މ
ދެކާށީގެ
ކޭލި
ގުޅުވުން
އެޅުވުން
މ
(1)
އެއްޗަކާއި
އެއްޗެއް
ގުޅުވުން.
(2)
އެއްޗެއްގައި
އަނެއްކައްޗެއް
އަޅައިގަންނާނޭ
ގޮތްހެދުން.
(3)
ކޮޅުލެނބިފައިވާ
އެއްޗެއް
ނުވަތަ
ކޮޅު
ގުދުވެފައިވާ
އެއްޗެއް
ތަނެއްގައި
އެލިފައި
ހުންނާނޭ
ގޮތަށް
ބެހެއްޓުން.
މިސާލު:
ކުޑައެޅުވުން.
(4)
ބޮޅެއް
ނުވަތަ
މަޅިއެއް
މޮހޮރެއް
ނުވަތަ
ބުޅިއެއްފަދަތާކު
އެޅުމުން.
މިސާލު:
ފާނޫޒު
އެޅުވުން
ތަޅުދަނޑިފަތި
އެޅުވުން
(5)
މަޖާޒު:
މީހަކު
ނުކުރާކަމެއް
ކުރިކަމަށް
ހެދުން
ގެޑުން
މ
)ޏ ސ (
ދެ
އެއްޗެއް
ގުޅުވުން
ފާހިލުން
މ
(1)
އެއްނަރު
ފައްޓަރު
ފަދަ
ތަކެތީގައި
ފާހި
ހަރުކުރުން
(2)
ވަކިގޮތަކަށް
ހަދައިފައި
ހުންނަ
މަޅިއެއްގެ
ޒަރީޢާއިން
އެއްނަނު
އަނެއް
ނަނާ
ގުޅުވުން
(3)
ފާހިހެދުން
ފެހުން
މ
(1)
ދިރޭ
އެއްޗެހި
ކައިރިއަށް
އަޔަނުދީ
ދުރަށްލުން
(2)
ތިނޯހާއި
އިލިފަދަ
ތަކެތީން
ރޮދި
ނުވަތަ
އެނޫންވެސް
އެފަދަ
އެއްޗެއް
ބޭނުންކޮށްގެން
ދެއެއްޗެއް
ގުޅުވުން
(3)
އެއްޗެއް
ހިފުމުގެ
ނުވަތަ
އަތުލައިގަތުމުގެ
ބޭނުމުގައި
ފަހަތުން
ދުވުން
ތަތްކުރުން
މ
(1)
އޮލަވުމަށްފަހު
އިތުރަށް
އޮލަކޮށް
ހަރުކުރުން
(2)
ތެރަސްލައިފައި
ހިއްޕުން
(3)
މަޖާޒު:
ދެމީހަކު
ޖިންސީގޮތުން
ގުޅުވުން
ތުންބެއްދުން
މ
(1)
އެކިއެކި
އެއްޗެހީގެ
ތުނބުން
ވައިނުހިނގާ
ގޮތްހެދުން
(2)
މަޖާޒު:
ވާހަކަ
ނުދައްކައި
އިނުން
(3)
ބައެއްކަހަލަ
ހެދިކާ
ހަދާއިރު
ފުށްގަނޑުގެ
ތެރެއަށް
އަޅަންވާ
އެއްޗެއް
އަޅައިފައި
ފުށްގަނޑުގެ
ދެކައިރި
ޖައްސައި
ބާރުކުރުން
(4)
މައުދަނުން
ހަދާ
ބޮޅުފަދަ
ތަކެތީގެ
ދެކޮޅު
ޖައްސައި
ގުޅުވުން
ގުޅުއްސުން
މ
ރޮދި
ނުވަތަ
ނަނުފަދަ
އެއްޗެއް
އެއްބައި
އަނެއްބަޔާ
ގޮށްޖަހައި
ގުޅުވުން
«
1
»