radheef.info
ރަދީފު


މ (1) ދިޔާއެއްޗެހި އޮލަވެ ގަނޑުގަތުން މިސާލު: ހަލުވިދާއާއި ކަސްޓަޑު ފަދަތަކެތި ކައްކައިފައި ބެހެއްޓީމާ ބެދެއެވެ (2) ދިޔަވަރު ހިކެމުންގޮސް ފަޅުމަތީގެ ބިންގަނޑު ހިކުން މިސާލު: ދިޔަވަރުހިކި ފަޅުމަތި އޮތީ ބެދިފައެވެ (3) މީހާގެ ކިބައިން ވެފައި އޮތްކުށެއް ސާބިތުވުން މިސާލު: އޭނާވަނީ އެކުށުގައި ބެދިފައެވެ (4) ކުރިޔަށް ދެވޭނެ ގޮތެއް ނެތުން މިސާލު: އޭނާކުރި ކުށެއްގެ ސަބަބުން ކުރިޔަށް ދިއުމުގެ މަގުއޮތީ ބެދިފައެވެ (5) ދެއެއްޗެއް ތަތްވެ އެކަތި ގަނޑަކަށްވުން މިސާލު: އޭނާގެ އަތުގެ މުލައް ދަނޑިން ވަކިވި ކަށިގަނޑު ކުރިފަރުވާއެއްގެ ސަބަބުން މިހާރު ބެދިއްޖެއެވެ (6) ހިންމިޔާއި ލޯވަޅު ފަދަތަންތަން ބަންދުވުން މިސާލު: ދޯނީގެ ހިންމިތައްވަނީ ކޮޅައި މަދަން އަޅައިގެން ބެދިފައެވެ (7) އަނގަބެދުން ވާހަކައެއް ދައްކައިގެން ކުރިނުލިބުން މިސާލު: އަހަރެންދެއްކި ވާހަކައިން އޭނާގެއަނގަބެދިއްޖެއެވެ (8) މަޅިޔެއް ނުވަތަ ގޮށެއްފަދަ އެއްޗެއް ބާރުވުން މިސާލު: ފިނދަނަ މަޅިފަތީގައި ބެދިއްޖެއެވެ (9) ކަޑައްތުވުން މިސާލު: މާލެއަތޮޅުން ބ އަތޮޅަށް ދެވޭނީ ކާށިދޫ ކަނޑު ބައްދައިގެންނެވެ )01( ކުރިޔަށްނުދެވޭ ގޮތްވުން މިސާލު: އޭނާ ހިނގަމުން ދަނިކޮށް މަގުމަތީގައި ދުއްވާ އެއްޗިހީގެ ސަބަބުން މަގު ބެދިއްޖެއެވެ