radheef.info
ރަދީފު


(1) ކަކުންޏާއި މީދާފަދަ ތަކެތި އުޅޭން ބިމުގައި ކޮންނަ ލޯވަޅު. (2) ރުކަށް އަރާން ރުކުގައި ބަންނަ ގަޅި. (3) މައްޗަށް އަރާން ގަޅި ބަނދެފައި ހުންނަ އޮނު ނުވަތަ ދަނޑި. (4) ފޯއްވަޅި، ދޮލަނގު، ކަނޑިފަދަ ތަކެތި ބަހައްޓާން ބިތުގައި ހަރުކޮށްފައި ހުންނަ އެތި. (5) ބައެއް އެއްޗިހި ބަހައްޓާން ނުވަތަ ތިއްބާން އެކިގޮތްގޮތަށް ހަދައިފައި ހުންނަ އެއްޗިހި. މިސާލު: ލިޔާހަރު، ބަޑިހަރު، ބައިސްކަލު ހަރު ނއ (6) މަޑުގެ އިދިކޮޅު (7) ޅަކަމުގެ އިދިކޮޅު (8) ވައިމަތި ޅަކަން ކެނޑުމުން ވާގޮތް މިސާލު: ފުރަންވާނީ ވައިމަތި ހަރުވެލީމައެވެ. (ވައިމަތި ޅަވުމަކީ ދެންމެދެންމެ ވިއްސާރަ އަތުވެދާނެ ކަހަލަ ގޮތަކަށް ޖައްވު އޮތުމެވެ.) (9) ހަރުބޭހުގެ ސަބަބުން ހަށިގަނޑަށްވާ ރަނގަޅު )01( ތަރުކާރީއާއި މޭވާފަދަ ތަކެތި ފައްކާވަމުން އައިސް ދޮންވުމަށްވާ ތައްޔާރު (11) ބުއްދިވެރި (21) ހަރުދަނާ )31( ހަލުއި މިސާލު: ސީކިންގ އެދުވަހު ހުޅުލެއަށް ދިޔައީ އޭގެ އެންމެ ހަރުދުވެލީގައެވެ )41( އެއްޗެއްގައި އަނެކައްޗެއްވާ ތަތް މިސާލު: އަހަރެން މިހަދާ މަލުގައި މިހާރު ދެފިޔަ ހަރުކޮށްފީމެވެ )51( ބާރު މިސާލު: އޭނާ ދިޔައީ ވަރަށް ހަރުކޮށް )61( )ބދ ގެ