radheef.info
ރަދީފު


ނ ދިވެހިރާއްޖެ ޕޯޗްގީޒުން ހިފައިގެން އުޅުނު ދުވަސްވަރު ރަސްކަމުގައި ހުރި މަޝްހޫރު ގޯވާ ކަޅުފަރަންޖީ. އެއީޚާންޒީދިކަމަނާގެ ބޮޑުމުޙައްމަދެވެ. މީނާވިހައި ބޮޑުވީ ގާފަރު ކަޅުފާށިނާ ތަކުރުފާނުންގެ ބެލުންދަށުގައި ހުވަދޫ އަތޮޅުގައެވެ. އެދުވަސްވަރު ރަސްކަމުގައި އިންނެވީ މަޝްހޫރު ބުރަކިރަނީންނެވެ. ބޮޑުވިފަހުން މާލެއަންނަމުން ފިލައިގެން ގޯވާ އަށްގޮސް އިސްލާމްދީން ދޫކޮށް ޣައިރުދީނުގައިހުރެ ދިވެހިރާއްޖެއާތޮޅޭން ތިންފަހަރުމަތީން އައިސް އެއިރު ރާއްޖޭގެ ރަސްކަމުގައި ހުންނެވި އައްސުލްޠާން ޢަލީ )6 ވަނަ( އިބުނު އަލްވަޒީރުލް އައުޒަމް ޢަބްދުއްރަޙުމާން ސިރީ އައުދަސިޔާކަ ކައްތިރިމަހާރަދުން ޝަހީދުކޮށް ރަސްކަމަށް ވެރިވީއެވެ މީނާމަރުއްވައި ރާއްޖެ އިސްލާމް ކުރެއްވީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނެވެ މީނާ ރަސްކަންކުރީ 569ހ އިން 189ހ އަށެވެ އެއީ ގާތްތަނޑަކަށް ސޯޅައަހަރުވާދެނެވެ
ނ އިހުގައި ދެއްވާ ރަސްމީ ބޮނޑިބަތެއް. މިކަން އޮންނަނީ އިރުވައި ފެށުނީމައެވެ. މިކަން ކުރާނީ ފުރަތަމަ ރޭ އިސްދެވަރަށް ދޮށިމޭނާ ބޭކަލަކު ދެވަނަ ރޭ ހަކުރާދެވަރަށް ހަކުރާ ބޭކަލަކު ތިންވަނަރޭ ވެލާނާ ދެވަރަށް ވެލާނާ ބޭކަލަކު ހަތަރުވަނަރޭ އިސްދެވަރަށް މާފަތް ބޭކަލަކު ފަސްވަނަ ރޭ ހަކުރާ ދެވަރަށް ފާމުދޭރި ބޭކަލަކު ހަވަނަރޭ ވެލާނާ ދެވަރަށް ދަހަރާ ބޭކަލަކު މިޤަވާއިދުންނެވެ. ބަތެއްގައި ހުންނާނީ ނުވަ ގައު ބައެވެ. ހުންނާނީ ހަތަރުމަލާފަތުގައި މަލާފަތެއްގައި ފަންސަވީސް ބަތެވެ. ބަތް ބަލާދާ ކަލާސީއަކަށް ބަތެއް ބުރުޒު ބަނޑޭރިއަކަށް ދެބަތް އޮންނާނެއެވެ. އެގެންދާ ބަތުގެ ތެރެއިން އެކިއެކި ބޭފުޅުންނަށާއި ދައުލަތުގެ މަތީ މަޤާމުތަކުގައި ތިއްބަވާ ބޭބޭކަލުންނަށް ފޮނުވާނެއެވެ. މިބަތް ކައްކާނީ ބޮޑު ބޭކަލުންގެ ގޭގޭގައެވެ. ބޮޑުބޭކަލަކު ނެތްނަމަ ބަނޑޭރިގޭގައެވެ. އަދި މިބަތް ކައްކާނީ ވަރަށް މޮޅަށް ކިރާ ހަނޑުލުގައި ފޮނިތޮށި ކާފޫރުތޮޅި އަޅައިގެންނެވެ