radheef.info
ރަދީފު


ނ އިހުގައި ދެއްވާ ރަސްމީ ބޮނޑިބަތެއް. މިކަން އޮންނަނީ
އިރުވައި ފެށުނީމައެވެ. މިކަން ކުރާނީ
ފުރަތަމަ ރޭ އިސްދެވަރަށް ދޮށިމޭނާ ބޭކަލަކު
ދެވަނަ ރޭ ހަކުރާދެވަރަށް ހަކުރާ ބޭކަލަކު
ތިންވަނަރޭ ވެލާނާ ދެވަރަށް ވެލާނާ ބޭކަލަކު
ހަތަރުވަނަރޭ އިސްދެވަރަށް މާފަތް ބޭކަލަކު
ފަސްވަނަ ރޭ ހަކުރާ ދެވަރަށް ފާމުދޭރި ބޭކަލަކު
ހަވަނަރޭ ވެލާނާ ދެވަރަށް ދަހަރާ ބޭކަލަކު
މިޤަވާއިދުންނެވެ. ބަތެއްގައި ހުންނާނީ ނުވަ ގައު ބައެވެ. ހުންނާނީ ހަތަރުމަލާފަތުގައި
މަލާފަތެއްގައި ފަންސަވީސް ބަތެވެ. ބަތް ބަލާދާ ކަލާސީއަކަށް ބަތެއް
ބުރުޒު ބަނޑޭރިއަކަށް ދެބަތް އޮންނާނެއެވެ. އެގެންދާ ބަތުގެ ތެރެއިން އެކިއެކި ބޭފުޅުންނަށާއި ދައުލަތުގެ މަތީ މަޤާމުތަކުގައި ތިއްބަވާ ބޭބޭކަލުންނަށް ފޮނުވާނެއެވެ. މިބަތް ކައްކާނީ ބޮޑު ބޭކަލުންގެ ގޭގޭގައެވެ. ބޮޑުބޭކަލަކު ނެތްނަމަ ބަނޑޭރިގޭގައެވެ. އަދި މިބަތް ކައްކާނީ ވަރަށް މޮޅަށް
ކިރާ ހަނޑުލުގައި ފޮނިތޮށި ކާފޫރުތޮޅި އަޅައިގެންނެވެ
ނ އިހުގައި ދެއްވާ ރަސްމީ ބޮނޑިބަތެއް. މިކަން އޮންނަނީ އިރުވައި ފެށުނީމައެވެ. މިކަން ކުރާނީ ފުރަތަމަ ރޭ އިސްދެވަރަށް ދޮށިމޭނާ ބޭކަލަކު ދެވަނަ ރޭ ހަކުރާދެވަރަށް ހަކުރާ ބޭކަލަކު ތިންވަނަރޭ ވެލާނާ ދެވަރަށް ވެލާނާ ބޭކަލަކު ހަތަރުވަނަރޭ އިސްދެވަރަށް މާފަތް ބޭކަލަކު ފަސްވަނަ ރޭ ހަކުރާ ދެވަރަށް ފާމުދޭރި ބޭކަލަކު ހަވަނަރޭ ވެލާނާ ދެވަރަށް ދަހަރާ ބޭކަލަކު މިޤަވާއިދުންނެވެ. ބަތެއްގައި ހުންނާނީ ނުވަ ގައު ބައެވެ. ހުންނާނީ ހަތަރުމަލާފަތުގައި މަލާފަތެއްގައި ފަންސަވީސް ބަތެވެ. ބަތް ބަލާދާ ކަލާސީއަކަށް ބަތެއް ބުރުޒު ބަނޑޭރިއަކަށް ދެބަތް އޮންނާނެއެވެ. އެގެންދާ ބަތުގެ ތެރެއިން އެކިއެކި ބޭފުޅުންނަށާއި ދައުލަތުގެ މަތީ މަޤާމުތަކުގައި ތިއްބަވާ ބޭބޭކަލުންނަށް ފޮނުވާނެއެވެ. މިބަތް ކައްކާނީ ބޮޑު ބޭކަލުންގެ ގޭގޭގައެވެ. ބޮޑުބޭކަލަކު ނެތްނަމަ ބަނޑޭރިގޭގައެވެ. އަދި މިބަތް ކައްކާނީ ވަރަށް މޮޅަށް ކިރާ ހަނޑުލުގައި ފޮނިތޮށި ކާފޫރުތޮޅި އަޅައިގެންނެވެ