radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ގަނޑު
ނ
(1)
އެއްޗެއް
ދެރަކޮށްލުމުގެ
ގޮތުން
ބުނާބަހެއް.
މިސާލު:
މުންޑުގަނޑު.
(2)
މުޅި
އެތިކަން
އެންގުމަށް
ބުނާ
ބަހެއް.
މިސާލު:
ކެޔޮގަނޑު.
(3)
އަންހެނުންނާއި
ޅަދަރިންނަށް
ލޯބިން
ވަކިނަމަކާ
ގުޅުވައިގެން
ކިޔާ
ނަމެއް.
މިސާލު:
)ހ(
ލޯބިގަނޑު.
)ށ(
ކުއްޖާގަނޑު.
(4)
ހަށިގަނޑުގެ
ލޭ
ނުބައިވުމުގެ
ސަބަބުން
ދުޅަވާ
މުލިހި
ފާޑުގެ
ތަނެއް.
މިސާލު:
އޭނާގެ
އުކުޅުވަޅުގައި
ގަނޑެއް
ނަގައިފިއެވެ.
(5)
ލަކުޑިން
ހަދައިފައިވާ
އެއްޗެއް
މަރާމާތު
ކުރުމަށާއި
އަދި
މިނޫންވެސް
ގޮތަކުން
ލަކުޑިގަނޑަކަށް
ގުޅާލާ
ލަކުޑީގެ
ބައި.
(6)
ވަކި
ސަރަހައްދެއް
ކަނޑަ
އެޅުމުގެ
ގޮތުން
ބުނާ
ބަހެއް.
މިސާލު:
ތަންގަނޑު
މީހުން.
(7)
އެއްޗެއްގެ
ބައެއްކަން
ދޭހަކޮށްދިނުމަށް
ބުނާ
ބަހެއް.
މިސާލު:
މަސްގަނޑު.
(8)
ތަގަރި.
(9)
ފިނިވެގެން
ގޮސް
ވާހަރު.
)01(
ގަނޑުފިއްލާ
ކުޅޭއިރު
ފިލުވައި
ނިވާކޮށްފައި
އޮންނަމީހާ
(11)
ބައެއް
ކުޅިވަރު
ކުޅުމަށް
ބުނެއުޅޭ
ބަހެއް
މިސާލު:
)ހ(
ރާޒުވާ
ގަނޑެއް
ޖަހައިލުން
)ށ(
ތާސްގަނޑެއް
ޖަހައިލުން
(21)
ކަރުދާސްއަރި
މިސާލު:
ކަރުދާސްގަނޑު
ބާމު
ނ
ޒަވި
ވަހެއްދުވާ
ތަތް
ބޭހެއް
މީގައި
ދިލަކަމެއް
ހުރެއެވެ
މީ
ހަށިގަނޑުގެ
ބޭރުފުށުގެ
އެކި
ބަލިބައްޔަށް
އުނގުޅާން
ގެންގުޅޭ
ބޭހެކެވެ
ބާދަނޑި
ނ
(1)
މީހުންނަށް
ހާނިއްކަ
ދިނުމުގެގޮތުން
ދެއަތްދަމައިފައި
އަތުގައި
ބަންނަ
ދަނޑި
ގަނޑު
(2)
އަރާދަނޑި
(3)
ކުދިންކުޅޭއިރު
ކަނބިލި
ފަދަ
ދޫނީގެ
ދެފިޔަ
ދެފަރާތަށް
ދަމައިފައި
ދެފިޔައިގެ
ދެކޮޅު
ހިފަހައްޓަން
ހުންނަ
ދަނޑިގަނޑު
ބާދަނޑި އެޑުން
މ
(1)
އެއްޗެއް
ބިނދިގެން
ދެބުރި
ޖައްސާ
ހިފެހެއްޓުމަށް
އެހެން
ދަނޑިގަނޑެއް
އަޅާ
ބަނުން
(2)
ދެއަތް
ދެފަރާތަށް
ދަމައިފައި
ދަނޑި
ގަނޑެއްގެ
ދެކޮޅު
ދެއަތް
ތިލައިގައި
ބަނުން
(3)
އަރާދަނޑި
ބަނުން
(4)
ދޫނިގެ
ދެފިޔަ
ދެފަރާތަށް
ދަމައިފައި
ދެފިޔަމަތީ
ދަނޑިގަނޑެއް
އަޅައިފައި
ދެފިޔައިގެ
ދެކޮޅު
ދަނޑި
ގަނޑުގެ
ދެކޮޅުގައި
އެއްސުން
ބާތުންމަސް
ނ
ހަނދީގެ
ބާވަތެއް
މިއީ
ހަލުވިމަހާ
ވައްތަރު
މަހެކެވެ
މިމަހުގެ
މަތީބައިގެ
ކުލައަކީ
ފެހިކުލައަކަށްދާ
މުށިކުލައެކެވެ
ބަނޑުދޮށް
ފަރާތާއި
އަރިމަތި
ހުންނަނީ
ރިހި
ހުދުކުލައިގައެވެ
ކަރުތާފަތްގަނޑުގެ
މަތީބައިގެ
ކޮޅުގައި
ކަޅުކުލައިގެ
ކުޑަލަފެއް
ހުރެއެވެ
ބާލިސްލެއްވުން
މ
އޮޑިދޯނިފަދަ
ތަކެތީގެ
ފަށަށް
ބިންމަތިން
ހިއްލައިލުމަށްޓަކައި
އޮޑިގަނޑުގެ
ދެފަރާތުގައި
ހަތަރެސްކަން
ހަމަވާގޮތަށް
ރުއްގުޅިލެއްވުން
ބާލީސް
ނ
(1)
ލެނގުމަށާއި
ބޯއެޅުމަށް
ފަތިކޮށް
ފަހައި
އޮންނަ
އެއްޗެއް
މިނޫންތަކެތި
ލައްވައިގެންވެސް
ބާލީސް
ފަހައެވެ
(2)
ދެގަނޑެއްޗެއް
ޖެހޭތަނަށް
ލާން
ގެންގުޅޭ
ބޯކޮށް
ހަދައިފައި
އޮންނަ
ދަފަރާ
(3)
ރޮނދިގަނޑު
ގަތާއިރު
ބާދަލާ
އޮޅަން
ހަދައިގެން
ގެންގުޅޭއެތި
ބާގަނޑު
ނ
(1)
ފަޅައިގެންގޮސް
ފޫވެއްޓިފައިވާ
ތަން
(2)
ފޫގޮސްފައި
އޮންނަ
ތަންގަނޑު
ބާސަލަ
ނ
(1)
އެތެރެ
ގިރިގެން
ހެދިފައި
އޮންނަ
ބޮޑު
ބާގަނޑު
(2)
)ސ(
ތަނަވަސް
ކަނޑުއޮޅި
ބާސާ
ނ
(1)
ކިޔެވެލި
ކިޔަވާއިރު
ތިމާގެ
މަޤުޞަދު
ފާޅުކުރުމާއެކު
މާތް
ރަސްކަލާނގެ
ކިބަޔަށް
ދަންނަވާ
ޘަނާ
(2)
ބައިސާ
(3)
ތާސްބައިގައި
ރަސްގެފާނުގެ
ތަސްވީރު
ހުންނަގަނޑު
ބާޑިފަށް
ނ
(1)
ބަޑީގެ
އުންޑައިން
ރަށް
ދިފާޢު
ކުރުމަށް
އަތިރިމަތީގައި
ޖަހައިފައި
ހުންނަ
އުސްފަސްގަނޑާ
ގުޅޭ
ހިސާބު
(2)
ހޭޅިފަށް
(3)
އަތިރިޔާ
އެންމެ
ކައިރީގައި
ގެތައް
ހުންނަ
ހިސާބުގަނޑު
ބާޑިޖެހުން
މ
ބަޑީގެ
އުންޑައިން
ރަށް
ދިފާޢުކުރުމަށް
އަތިރިމަތީގައި
އުސް
ފަސް
ފަސް
ގަނޑު
ޖެހުން
ބާޑީ
ނ
(1)
ބަޑީގެ
އުންޑައިން
ރަށް
ދިފާޢު
ކުރުމަށް
އަތިރިމަތީގައި
ޖަހައިފައި
ހުންނަ
އުސް
ފަސްގަނޑު
(2)
ބަޑީގެ
ޙަމަލާތަކުން
ދިފާޢުވުމަށްޓަކައި
ވެލި
ބަސްތާތަކުން
ޖަހާ
ހުރަސް
(3)
ރަށްރަށުގެ
ގިރާ
ދިމަދިމާގައި
ގިރައިގެން
ދިޔަ
ނުދިނުމަށް
ޖަހާހުރަސް
(4)
ފަޅުތެރެއިން
ބިން
ހިއްކުމަށް
ދޫކުރާ
ހިސާބު
ބާޒާރުމަތި
ނ
ފިހާރަތައް
ހުންނަ
ހިސާބުގަނޑު
ބިންހެދުން
މ
ގަސް
އިންދަން
ބިންގަނޑު
ތައްޔާރުކުރުން
ބިންހެލުން
މ
(1)
ބިމަށް
ލޮޅުން
އެރުން
(2)
ރަށްގުޑުން
(3)
ޒަލްޒަލާ
މިއީ
ބިމުގެ
ވަރަށް
އަޑީގައި
ހިނގާ
ހަމަނުޖެހުމެއްގެ
ސަބަބުން
ބިމުގެ
ތޮށިގަނޑު
ތެރޭގައި
އުފެދޭ
ފިއްތުމުގެ
ރާޅު
ބާންޏަކުން
އުފެދޭ
ލޮޅުމެކެވެ
ބޮޑެތި
ބިންހެލުންތައް
އަންނަނީ
ބިމުއަޑީގައިވާ
ހިލަތަކުގެ
ފަށަލަތަކުގައި
ހުންނަ
ދެރަކަމެއްގެ
ސަބަބުން
އެފަށަލަތައް
ހަލާކުވުމުގެ
ސަބަބުންނެވެ
ކުދިކުދި
ބިންހެލުންތައް
ކަނޑުގެ
ރާޅުތަކާއި
ޖައްވީ
ފިއްތުންތަކުގެ
ސަބަބުން
އަތުވެދާނެއެވެ
ބިންހެލުމުގެ
ބާރުމިން
މިނަނީ
ރެކްޓަރ
މިންގަޑުންނެވެ
މިއީ
1
ން
9
ށް
ދަރަޖަބަހައިފައިވާ
މިންގަޑެކެވެ
އިންސާނުންނަށް
ބިންހެލުމެއް
އިޙުސާސްވާނީ
މި
މިންގަޑުން
އެންމެ
ކުޑަވެގެން
5 1
އާ
ހަމަވުމުންނެވެ
ބިންވަޅު
ނ
(1)
ފުއްޕުންލައި
ކަނޑައިފައި
ހުންނަ
ލިޔުންގަނޑުގަނޑާއި
ކުރެހުމުގައި
އަޑިކޮށްފައި
ހުންނަ
ތަންތަން
(2)
ބައެއް
ކުރެހުމުގެ
ތެރޭން
ކުރެހުމަށްވާގޮތުން
ބަތާނަފެންނަތަން
(3)
މަޖާޒު:
ނުފިލާގޮތަށް
ހިތުގައިހަރުލާ
ހަރުލުން
ބިންވަޅު ނެގުން
މ
(1)
ގަލުގައްޔާއި
ލަކުޑިފަދަ
ތަކެތީގައި
އުފުލިފައި
ހުންނާނޭގޮތަށް
ކުރެހުން
ގަނޑުގަނޑާއި
ލިޔުން
ގަނޑުގަނޑު
ކަނޑައިނެގުން
(2)
މަޖާޒު:
ނުފިލާގޮތަށް
ހިތުގައި
ކަމެއް
ހަރުލުން
ބިންވަޅުނަގާ ކުރެހުން
މ
ލިޔުންގަނޑާއި
ކުރެހުންގަނޑު
އުފުލިފައި
ހުންނަހެން
ފެންނަގޮތަށް
ކުރެހުން
ބިންމަތި
ނ
(1)
ބިންގަނޑުގެމަތި
(2)
ބިންގަނޑު
(3)
ބިން
ބިންތެޅި
ނ
ބިންގަނޑު
ހަރުކުރާން
ތަޅާ
އެތިގަނޑު
«
22
23
24
25
26
27
28
29
30
»