radheef.info
ރަދީފު


ނ ބޮޑުދުމާދާއިރު ދުޢާވެރިކަން ކިއަވަން މަޑުކުރާ ފަންސަވީސް ޒިޔާރަތް، އެއީ (1) އަބުލް ބަރަކާތުލް ބަރުބަރީ ޒިޔާރަތް (2) ސައްޔިދު ރަސްގެފާނުގެ ޒިޔާރަތް (3) އައްސައްޔިދު ސާމީ އަލްމުރުތަޟާ ޒިޔާރަތް (4) އައްސުލްޠާނުލްޣާޒީ މުޙައްމަދު ޝަމްސުއްދީނު ޒިޔާރަތް (5) އިސްކަންދަރު މަހާރަދުންގެ ޒިޔާރަތް (6) ޙަސަން ޢިއްޒުއްދީނު ރަދުންގެ ޒިޔާރަތް (7) މުޙުޔިއްދީނު ރަދުންގެ ޒިޔާރަތް (8) މުޙައްމަދު ޢިމާދުއްދީނު ދިޔަމިގިލީ ރަދުންގެ ޒިޔާރަތް (9) އިބުރާހިމު ރަސްގެފާނުގެ ޒިޔާރަތް (10) ދަންނަ މުޙައްމަދު ރަސްގެފާނުގެ ޒިޔާރަތް (11) ދަރުމަވަންތަ ރަސްގެފާނުގެ މިސްކިތް (12) ޙަބުޝީގެފާނުގެ މަޤާމް (13) ފަޤީހުމޫސާގެ ޒިޔާރަތް (14) ފަތާލީސީދީގެ ޒިޔާރަތް (15) ބޮޑުރަސްގެފާނު ޒިޔާރަތް (16) ޙާޖީ އެދުރުކަލޭފާނުގެ ޒިޔާރަތް (17) އިބުރާހީމު ރަސްގެފާނު (އަލްހިލާލީ) ގެ ޒިޔާރަތް (18) ފަޤީހުސުލައިމާނުގެ ޒިޔާރަތް (19) މާފަންނު އާމިސްކިތްތެރޭ ޒިޔާރަތް (20) ޤާޟީ ޢީސަލްޔަމަނީގެ ޒިޔާރަތް (21) ޢަލީ ރަސްގެފާނުގެ ޒިޔާރަތް (22) ޢުމަރުމާފަތް ކަލޭފާނުގެ ޒިޔާރަތް (23) ދޮނަކުޅީޝައިޚުކަލޭފާނުގެ ޒިޔާރަތް (24) ދޮންބުޅާފާށަނޢގެ ޒިޔާރަތް (25) ދެބޭރަނިންގެ ޒިޔާރަތް
ނ އައްސުލްޠާންއަލްމުޡައްފަރު މުޙަންމަދު ޢިމާދުއްދީން އުތުރު އަރުމާޒަށް ވަޑައިގަންނަވާންވެގެން އެރަދުންގެ ދަރިކަލުންނަށް އެއްގަމުގައި ހައްދަވައިދެއްވި އަރުމާޒެއް. މިއަރުމާޒު ހެއްދެވިގޮތަކީ ފުރޮޅުލާފައި އެއްގަމުގައި ދުއްވޭނޭހެން އެގާރަ ގުރާބު ތައްޔާރުކުރައްވައި އެގުރާބު ދަމާ ކަލާސީންނާއި ދަންޑަހެލު ބޭކަލުން ލައްވައި އެމީހުންގެ ވެރިޔަކު ލައްވައި އެމީހަކަށް ރަނަހަމާންތި ކަމަށް ކޮލިލައްވައި ގުރާބުތަކަށް އެއްގަމު އަރުމާޒު ބަޑިލައްވައި އެގުރާބުތަކަށް ރަސްމީ އުޅަނދުތަކަށް ހުންނަހައި ކަމެއް ހަމަކުރެއްވިއެވެ. އަރުމާޒު ކަލާސީންނާއި ދަންޑަހެލުންނާއި ރަނަހަމައިދި ބޭކަލަކު އޭގެ ކުރިއަކު ނުތިއްބަވައެވެ. ރަދުންގެ އަރުމާޒު ފުރާވަޑައިގަތުމަށްފަހު އެއްގަމު އަރުމާޒު ފުރާވަޑައިގަތީ މެދުޒިޔާރަތް މަގުން އިރުމައްޗަށެވެ. މިހެން ގޮސް އެކިއެކި ތަންތާ ރޭކުރައްވައި ކުޅިވަރު ކުޅުއްވައި ހައްދަވައެވެ. ދުވާލު ކަލާސީން ލައްވައި ރަށުތެރެ ތާހިރުކުރައްވައި މިބާވަތުގެ ކަންތައް ކުރައްވަމުން ވަޑައިގެން ރަދުންގެ އަރުމާޒު މާލެ ވަޑައިގަތް ދުވަހު އެއްގަމު އަރުމާޒުވެސް ގަނޑުވަރަށް ވަޑައިގަތީއެވެ. އޭގެ ފަހުގައި ކަލާސީންނާއި ދަންޑަހެލުން ހަވަރަށް ބައިކުރައްވާ އެމީހުންގެ ޚާއްޞަ މަސައްކަތަކީ ބަނޑުދިނުންކަމުގައި ހައްދަވައި މިއަރުމާޒުގެ ބަނޑޭރިން މިނާ މީހުން ކަމުގައި ހެއްދެވީއެވެ ދެފޮއިގައި ބަނޑުދޭން ފެށީ މީގެ ފަހުގައެވެ ކުރީގައި ބަނޑުދޭ ގޮތަކީ މަހަކު އެއްފަހަރު ކޮށާރު ދޮށަށް ބަލައިދިޔައިމާ ދެއްވަނީއެވެ މިއަރުމާޒަށް ވަޑައިގަތް ބޭފުޅަކީ ތާރީޚުގައި މަޝްހޫރު އިބްރާހީމް ރަސްގެފާނެވެ