radheef.info
ރަދީފު


ނ ކުޑަކުދިންކުޅޭ ކުޅިވަރެއްގެނަން. މިކުޅިވަރު ކުޅެދޭވެރިޔަކަށް އިންނަ މީހަކަށް ކިޔަނީ "މުނި" މިހެންނެވެ. ދެން އެއްކުއްޖަކު އިލޮށްޓެއް ހިފައިގެން މުނީގެ ކުރިމަތީގައި ހުންނާނީއެވެ. އެ އިލޮށްޓަށް ކިޔަނީ "ކަނޑި" އެވެ. އެހެންކުދިން ކައިރީގައި ވަށްކޮށްލައިގެން ތިބޭނީއެވެ. ދެން މުނި ކިޔައިދޭނީ ބަންޖެކެވެ. މިއޮންނާނީ ދެބަޔަކަށެވެ. ކުރީބަޔަކީ "އެލަންގަލަން މިލަންގަލަން ސުދުންޏާ ފާހަގަލަން އަބުސީލަން ނުމަސްލަނޑާ ހިކާކުރުބުޅި ވަލަށްފިލަން ދާންދޭ" މިހެންކީމާ އިލޮށި ހިފައިގެން ހުންނަ ކުއްޖާނޫން ހުރިހާ ކުދިން ފިލަންދާނީއެވެ. ދެންކިޔާނީ "އަލީލާން ބަލީލާން ހަތް ދެގޮބޮޅި ފަތީލާން ފަތިގެންގޮސް މޫދުލާން އަރިޔަށްދޫ ގަހުރަތްމާ އަދިނުފޮޅޭ ކުދިރަތްމާ މާލެމަތިންގޮވާލިހާ ރަތްދަނޑި ރަތްކަކާކޯ އަލިވިލޭތަ ރޭވިލޭތަ ހާލެއްތާ ކުކުޅެކޭ؟" ތަކާކޮށީ އެންމެން ކަތިލާ މަރަން ދާންދޭ ފަހުންމިއަންނަ ދެސުވާލަށް ފިލަންދިޔަ ދެކުދިން ޖަވާބުދޭންވާނެއެވެ ދެންއެއިލޮށީން ނުޖެހި މުނިކައިރިއަށް އާދެވުނު ކުއްޖަކު މޮޅުވީއެވެ މިކުއްޖާ އައިސް މުނިގައިގައި އަތްލާފައި "މުންޏޯތް" މިހެން ގޮވާން ވާނެއެވެ އިލޮށި ޖެހިއްޖެނަމަ ކަތިލެވުނީއެވެ
ނ ގަދީމީ ޒަމާނުގައި މީހުން ކޮށްފައިވާ ބިނާތަކާއި ހަދައިފައިވާ ތަކެތީގެ ތެރެއިން އާދަޔާ ޚިލާފުކަމަށް ފާހަގަކޮށްލެވޭ ބައެއް ތަންތަނަށާއި ތަކެއްޗަށް ކިޔާނަމެއް. މިތަންތަނާއި ތަކެއްޗާމެދު އެކި މީހުންގެ ޚިޔާލު ތަފާތެވެ. މިތާނގައި މި ފާހަގަކުރާ ތަންތަނާއި ތަކެތި އެންމެ ފުރަތަމަ ފާހަގަކުރީ ޢީސާގެފާނުގެ 052 އަހަރުކުރިން ޞައިދާގެ )މިހާރުގެ ލުބުނާނުގެ ދެކުނު ރަށެއް( އެއްޓިޕޭޓަރއެވެ. (1) މިޞްރުގެ ޖީޒާގައިވާ އަހުރާމުތައް. މިތިން އަހްރާމްތެރޭގައި ހިމެނޭ އެންމެ ބޮޑު އަހްރާމަކީ ޢީސާގެފާނުގެ 0052 އަހަރު ކުރިން ބިނާކުރެވުނު ޚޫފޫއަހްރާމެވެ. މިއަހްރާމުގެ އުސްމިނަކީ 084 ފޫޓު 11 އިންޗިއެވެ. ހެދިފައިވަނީ 000 003 2 ހިލައިންނެވެ ކޮންމެ ހިލައެއްގައި 2/12 ޓަނުގެ ބަރުދަން ހުރެއެވެ ހަތްއަޖައިބުގެ ތެރެއިން ހަލާކުނުވެ މިވަގުތަށް ހުރީ ހަމައެކަނި އަޙްރާމުތަކެވެ (2) ޢިރާޤުގެ ބާބިލް ސަހަރުގައި އޮތ ްސެމިރާމިސްގެ އެލިފައިވާ ބަގީޗާ މިތަން ހެދިފައިވަނީ ޢީސާގެފާނުގެ 006 އަހަރުކުރިންނެވެ (3) ގްރީސްގެ އޮލިމްޕިޔާ ސަހަރުގައި ހުރި ޒިއަސްގެ 04 ފޫޓޫގެ އުސް ބުދު މި ބުދު ހެދިފައިވަނީ ޢީސާގެފާޏުގެ ފަސްވަނަ ސައްތައިގައި ރަނާއި އެތުދަތާއި މަރުމަރު ހިލައިންނެވެ (4) ކްލޯސަސް އޮފްރޯޑްސްގެ ނަމުން މަޝްހޫރުވެފައިވާ ހިލިއޫސް )ނުވަތަ އެޕޯލޯ( ގެ ބުދު 711 ފޫޓުގެ އުސް މިބުދު ހެދިފައިވަނީ ޢީސާގެފާނުގެ 082 އަހަރުކުރިންނެވެ މި ބުދު ހަދައިފައިވަނީ ލޮއިންނެވެ (5) އާޓިމިސްގެ ފައްޅި: މިތަން ބިނާކުރެވުނީ ޢީސާގެފާނުގެ 053 އަހަރުކުރިން )މިހާރުގެ ތުރުކީވިލާތުގެ( އިޕިސަސް ސަހަރުގައެވެ (6) މަޔޭ ސޯލަސް ދުރަސްގެފާނުގެ މަޤްބަރާ: 331 ފޫޓުގެ އުސް މި މަޤްބަރާ ހެދުނީ ޢީސާގެފާނުގެ 253 އަހަރުކުރިން )މިހާރުގެ ތުރުކީގެ( ހެލިކާރުނާސަސްގައެވެ (7) އިސްކަންދަރިއްޔާ ބައްތި: 054 ފޫޓު އުސް މި ބައްތި ހެދިފައިވަނީ މިޞްރުގެ އިސްކަންދަރިއްޔާގެ އައްސޭރީގައިވާ ކުޑަކުޑަ ޖަޒީރާއެއްގައި ޢިސާގެފާނުގެ 082 އަހަރުކުރިންނެވެ މިބައްތި ހަލާކުވީ އެހިސާބަށް އައި ވަރުގަދަ ބިންހެލުމެއްގައެވެ