radheef.info
ރަދީފު


ނ ކުޑަކުދިންކުޅޭ ކުޅިވަރެއްގެނަން. މިކުޅިވަރު ކުޅެދޭވެރިޔަކަށް އިންނަ މީހަކަށް ކިޔަނީ "މުނި" މިހެންނެވެ. ދެން އެއްކުއްޖަކު އިލޮށްޓެއް ހިފައިގެން މުނީގެ ކުރިމަތީގައި ހުންނާނީއެވެ. އެ އިލޮށްޓަށް ކިޔަނީ "ކަނޑި" އެވެ. އެހެންކުދިން ކައިރީގައި ވަށްކޮށްލައިގެން ތިބޭނީއެވެ. ދެން މުނި ކިޔައިދޭނީ ބަންޖެކެވެ. މިއޮންނާނީ ދެބަޔަކަށެވެ. ކުރީބަޔަކީ "އެލަންގަލަން މިލަންގަލަން ސުދުންޏާ ފާހަގަލަން އަބުސީލަން ނުމަސްލަނޑާ ހިކާކުރުބުޅި ވަލަށްފިލަން ދާންދޭ" މިހެންކީމާ އިލޮށި ހިފައިގެން ހުންނަ ކުއްޖާނޫން ހުރިހާ ކުދިން ފިލަންދާނީއެވެ. ދެންކިޔާނީ "އަލީލާން ބަލީލާން ހަތް ދެގޮބޮޅި ފަތީލާން ފަތިގެންގޮސް މޫދުލާން އަރިޔަށްދޫ ގަހުރަތްމާ އަދިނުފޮޅޭ ކުދިރަތްމާ މާލެމަތިންގޮވާލިހާ ރަތްދަނޑި ރަތްކަކާކޯ އަލިވިލޭތަ ރޭވިލޭތަ ހާލެއްތާ ކުކުޅެކޭ؟" ތަކާކޮށީ އެންމެން ކަތިލާ މަރަން ދާންދޭ ފަހުންމިއަންނަ ދެސުވާލަށް ފިލަންދިޔަ ދެކުދިން ޖަވާބުދޭންވާނެއެވެ ދެންއެއިލޮށީން ނުޖެހި މުނިކައިރިއަށް އާދެވުނު ކުއްޖަކު މޮޅުވީއެވެ މިކުއްޖާ އައިސް މުނިގައިގައި އަތްލާފައި "މުންޏޯތް" މިހެން ގޮވާން ވާނެއެވެ އިލޮށި ޖެހިއްޖެނަމަ ކަތިލެވުނީއެވެ
މ ދިރޭރަހަޔާއި އިބްރާހީމު ރަނުގެ ކުނޑިޔާ އޮޑިހަނަކަށް އަޅައިގެން 27 ގަޑިއިރުވަންދެން އެއްކުރުމަށްފަހު ރަންމަތީލާންވީ އެތި އަލިފާނުން ރަނގަޅަށް ދޮންކޮށް ތެޔޮކަނޑުވައިލައި ހިހޫވީމާ ލުނބޯހުތާ ސައިބޯނިއޮށުގެ ފެނުން ލޯނަރު ބުރުސް އަޅައި ރަނގަޅަށް ދޮވެސާފުކޮށްލައި އޭގެފަހުން ރަންމަތީލާއެތީގައި ރަނގަޅަށް އޮޑިހަނުގައި ގާނައިފައި ހުރި ކުނޑިތައް ކުޑަ ފިއްސަކުން ހާކައިލައި އެއްވަރުކޮށް ލުމަށްފަހު އަނެއްކާވެސް އަލިފާން މަތީބާއްވައިލައި ހޫނުކޮށް ލާނެއެވެ. އެއިރުން ދިރޭރަހައިގެ ބައި ދުމަށްވެގެން ހިނގައިދާނެއެވެ. އެއިރުން ރަންކުނޑި ހުންނާނީ އޭގައި ހަރުލައިފައެވެ. ދެންއޭގެމަތީގައި އޮފުއަރުވާކަށި ކާއްތާ އޮފުއަރުވާ ކުރެހުން ނުވަތަ ލިޔުން ގަނޑެއް ނަމަ އޭގެތެރޭގައި ކަށިކާއްތާ އޮފުއަރުވައި ހިކިކޮށް ހުރި އުއްތަން ހަދައިފައި ހުންނަ ބޭހުން އެތިފޮދެއް އޭގެ މަތީގައި ހާކައިލައި އަނެއްކާ އަލިފާނުން ހޫނުކޮށްލާނީއެވެ އޭރުން ހުންނާނީ އޭގެމައްޗަށް ރަންކުލަ އައިސްފައެވެ ދެން ފެންފޮދަކުން ދޮވެލައި ބުރުހުން ސާފުކޮށް ލުމުން ރަންމަތީލެވުނީއެވެ