radheef.info
ރަދީފު


ނ (1) އެއްޗެއް ދެރަކޮށްލުމުގެ ގޮތުން ބުނާބަހެއް. މިސާލު: މުންޑުގަނޑު. (2) މުޅި އެތިކަން އެންގުމަށް ބުނާ ބަހެއް. މިސާލު: ކެޔޮގަނޑު. (3) އަންހެނުންނާއި ޅަދަރިންނަށް ލޯބިން ވަކިނަމަކާ ގުޅުވައިގެން ކިޔާ ނަމެއް. މިސާލު: )ހ( ލޯބިގަނޑު. )ށ( ކުއްޖާގަނޑު. (4) ހަށިގަނޑުގެ ލޭ ނުބައިވުމުގެ ސަބަބުން ދުޅަވާ މުލިހި ފާޑުގެ ތަނެއް. މިސާލު: އޭނާގެ އުކުޅުވަޅުގައި ގަނޑެއް ނަގައިފިއެވެ. (5) ލަކުޑިން ހަދައިފައިވާ އެއްޗެއް މަރާމާތު ކުރުމަށާއި އަދި މިނޫންވެސް ގޮތަކުން ލަކުޑިގަނޑަކަށް ގުޅާލާ ލަކުޑީގެ ބައި. (6) ވަކި ސަރަހައްދެއް ކަނޑަ އެޅުމުގެ ގޮތުން ބުނާ ބަހެއް. މިސާލު: ތަންގަނޑު މީހުން. (7) އެއްޗެއްގެ ބައެއްކަން ދޭހަކޮށްދިނުމަށް ބުނާ ބަހެއް. މިސާލު: މަސްގަނޑު. (8) ތަގަރި. (9) ފިނިވެގެން ގޮސް ވާހަރު. )01( ގަނޑުފިއްލާ ކުޅޭއިރު ފިލުވައި ނިވާކޮށްފައި އޮންނަމީހާ (11) ބައެއް ކުޅިވަރު ކުޅުމަށް ބުނެއުޅޭ ބަހެއް މިސާލު: )ހ( ރާޒުވާ ގަނޑެއް ޖަހައިލުން )ށ( ތާސްގަނޑެއް ޖަހައިލުން (21) ކަރުދާސްއަރި މިސާލު: ކަރުދާސްގަނޑު