radheef.info
ރަދީފު


ނ ކުޑަކުދިންކުޅޭ ކުޅިވަރެއްގެނަން. މިކުޅިވަރު ކުޅެދޭވެރިޔަކަށް އިންނަ މީހަކަށް ކިޔަނީ "މުނި" މިހެންނެވެ. ދެން އެއްކުއްޖަކު އިލޮށްޓެއް ހިފައިގެން މުނީގެ ކުރިމަތީގައި ހުންނާނީއެވެ. އެ އިލޮށްޓަށް ކިޔަނީ "ކަނޑި" އެވެ. އެހެންކުދިން ކައިރީގައި ވަށްކޮށްލައިގެން ތިބޭނީއެވެ. ދެން މުނި ކިޔައިދޭނީ ބަންޖެކެވެ. މިއޮންނާނީ ދެބަޔަކަށެވެ. ކުރީބަޔަކީ "އެލަންގަލަން މިލަންގަލަން ސުދުންޏާ ފާހަގަލަން އަބުސީލަން ނުމަސްލަނޑާ ހިކާކުރުބުޅި ވަލަށްފިލަން ދާންދޭ" މިހެންކީމާ އިލޮށި ހިފައިގެން ހުންނަ ކުއްޖާނޫން ހުރިހާ ކުދިން ފިލަންދާނީއެވެ. ދެންކިޔާނީ "އަލީލާން ބަލީލާން ހަތް ދެގޮބޮޅި ފަތީލާން ފަތިގެންގޮސް މޫދުލާން އަރިޔަށްދޫ ގަހުރަތްމާ އަދިނުފޮޅޭ ކުދިރަތްމާ މާލެމަތިންގޮވާލިހާ ރަތްދަނޑި ރަތްކަކާކޯ އަލިވިލޭތަ ރޭވިލޭތަ ހާލެއްތާ ކުކުޅެކޭ؟" ތަކާކޮށީ އެންމެން ކަތިލާ މަރަން ދާންދޭ ފަހުންމިއަންނަ ދެސުވާލަށް ފިލަންދިޔަ ދެކުދިން ޖަވާބުދޭންވާނެއެވެ ދެންއެއިލޮށީން ނުޖެހި މުނިކައިރިއަށް އާދެވުނު ކުއްޖަކު މޮޅުވީއެވެ މިކުއްޖާ އައިސް މުނިގައިގައި އަތްލާފައި "މުންޏޯތް" މިހެން ގޮވާން ވާނެއެވެ އިލޮށި ޖެހިއްޖެނަމަ ކަތިލެވުނީއެވެ
މ ރަށްފުށުގައި ބޮޑުޢީދުގައި ކުޅެއުޅޭ ކުޅިވަރެއް. މިކުޅިވަރު ކުޅޭއިރު ފިރިހެންކުދިން ކޯޑި ހަދައިގެން ކުޅިވަރުކުޅެމުން )ލަވަކިޔައިނަށަމުން( ހުސްމައިދާނެއް ކަހަލަތަނަކަށް )ކުޅޭބިމަށް( ގޮސް މަޑުކޮށްލައި އެތަނުގައި ކުޅިބަލަންގޮސްތިބޭ އަންހެންކުދިންގެ ތެރެއިން ކުއްޖެއްގެ ބޮލުގައި ކޯޑިޖައްސައިލަނީއެވެ. ދެން ކޯޑިގެންގޮސް ރުކެއްފަދަ ދިގު އެއްޗެއްގައި އަތްނުފޯރާ ހިސާބު މަތީގައި އެލުވަނީއެވެ. މިކޯޑި ކަނޑައިދޭނީ އަންހެން ކުދިންގެ ފަރާތުން ކަނޑައަޅާ ފިރިހެންކުއްޖެކެވެ. ދެން ފިރިހެންކުދިން އެކޯޑި ކަޑައިދިން ފިރިހެންކުއްޖާގެ ގައިގައި އަޅިދެލި ކުރަހައިގެން ގަންހިންގާގޮތަށް މުޅިރަށުގައި ހިންގުވައިފައި ގެނެސް މޫދަށް ލަނީއެވެ. އެއަށްފަހު އަންހެންކުދިން އެކުއްޖާ މޫދުންއަރުވައިގެން ގެންގޮސް ފެންވަރުވައި ނަލަހެއްދުވުމަށްފަހު ކޯޑިޖެއްސި އަންހެންކުއްޖާއާއި ދެކުދިން އަތުގުޅުވައިގެން ކުޅޭބިމަށް ގެންދާނީއެވެ