radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ބޭ
ނ
(1)
ދުވަސްވެ
މުސްކުޅިވެފައިވާ
ފިރިހެނާ.
(2)
ބޭބެ
ކިޔާ
މީހުންނަށް
ކިޔައި
އުޅޭގޮތެއް.
މިސާލު:
ދޮންބޭ
ކުޑަބޭ
ކަތީބުބޭ
އާމްދަނީ
ނ
ލިބޭތަކެތި
އާފުރުން
މ
ސިކުނޑިއަށްލިބޭ
ވަރުބަލިކަމެއްގެ
ސަބަބުން
އަނގަހުޅުވުމާއެކު
ދިގު
ނޭވާއެއްލެވުން
އާދަ
ނ
(1)
ވަކިޤަވާޢިދަކަށް
ހިނގަމުން
އަންނަކަމެއް
(2)
ބައެއްކަންތައް
ކުރާތަނަށް
ބޭރުމީހުންވަނީމާ
ދޭންޖެހޭ
ދަރަނި
(3)
ރަސްމީ
ބައެއްތަންތަނަށް
ވަނުން
ހުއްދަކުރުމަށްޓަކައިދޭ
ފައިސާ
(4)
ކުރަމުން
އަންނަކަމެއް
އާޑަކިއުން
މ
(1)
މަލާމާތް
ކުރުން
(2)
ފުރައްސާރަކުރުން
(3)
ޅެންބަހުން
ނުވަތަ
ރައިވަރުން
މަލާމާތް
ކުރުމަށް
މިބަސް
ޚާއްޞަގޮތެއްގައި
ބޭނުންކުރެވެއެވެ
އިހަކަށްދުވަސް
ނ
ދެތިން
ދުވަހެއްގެ
ކުރި
މީގެ
ވަކިމުއްދަތެއް
ކަނޑައެޅިފައި
ނޯންނާނެކަމުން
ބައެއް
ފަހަރަށް
ތިންހަތަރު
އަހަރުގެ
ކުރިޔަށްވެސް
މިބަސް
ބޭނުން
ކުރެއެވެ
އިންޖެކްޝަން
ނ
ގުންބާއެއްގެ
ޒަރީޢާއިން
މަސްގަނޑުގެ
ނުވަތަ
ލޭހޮޅިއެއްގެ
ތެރެއަށް
ދުއްވާ
ބޭސް
އިރަށްދޮންވުން
މ
(1)
އިރުއަރާން
ކައިރިވެގެން
އުދަރެހަށް
ރަތްކަންލިބުން
(2)
ބައެއް
މޭވާ
ފައްކައުނުވެ
އިރުގެ
އަސަރުން
ބޭރުދޮންވުން
އިރުވައިބަތް
ނ
އިހުގައި
ދެއްވާ
ރަސްމީ
ބޮނޑިބަތެއް.
މިކަން
އޮންނަނީ
އިރުވައި
ފެށުނީމައެވެ.
މިކަން
ކުރާނީ
ފުރަތަމަ
ރޭ
އިސްދެވަރަށް
ދޮށިމޭނާ
ބޭކަލަކު
ދެވަނަ
ރޭ
ހަކުރާދެވަރަށް
ހަކުރާ
ބޭކަލަކު
ތިންވަނަރޭ
ވެލާނާ
ދެވަރަށް
ވެލާނާ
ބޭކަލަކު
ހަތަރުވަނަރޭ
އިސްދެވަރަށް
މާފަތް
ބޭކަލަކު
ފަސްވަނަ
ރޭ
ހަކުރާ
ދެވަރަށް
ފާމުދޭރި
ބޭކަލަކު
ހަވަނަރޭ
ވެލާނާ
ދެވަރަށް
ދަހަރާ
ބޭކަލަކު
މިޤަވާއިދުންނެވެ.
ބަތެއްގައި
ހުންނާނީ
ނުވަ
ގައު
ބައެވެ.
ހުންނާނީ
ހަތަރުމަލާފަތުގައި
މަލާފަތެއްގައި
ފަންސަވީސް
ބަތެވެ.
ބަތް
ބަލާދާ
ކަލާސީއަކަށް
ބަތެއް
ބުރުޒު
ބަނޑޭރިއަކަށް
ދެބަތް
އޮންނާނެއެވެ.
އެގެންދާ
ބަތުގެ
ތެރެއިން
އެކިއެކި
ބޭފުޅުންނަށާއި
ދައުލަތުގެ
މަތީ
މަޤާމުތަކުގައި
ތިއްބަވާ
ބޭބޭކަލުންނަށް
ފޮނުވާނެއެވެ.
މިބަތް
ކައްކާނީ
ބޮޑު
ބޭކަލުންގެ
ގޭގޭގައެވެ.
ބޮޑުބޭކަލަކު
ނެތްނަމަ
ބަނޑޭރިގޭގައެވެ.
އަދި
މިބަތް
ކައްކާނީ
ވަރަށް
މޮޅަށް
ކިރާ
ހަނޑުލުގައި
ފޮނިތޮށި
ކާފޫރުތޮޅި
އަޅައިގެންނެވެ
އިރުވައިމައުލޫދު
ނ
އިރުވަޔަށް
ބަޑިހެލީމާ
ބޮޑުދުންދޭ
ފަންސަވީސް
ޒިޔާރަތްދޮށުގައި
ފަންސަވީސްރޭ
ވާދެން
ރެޔަކު
ޒިޔާރަތެއް
ދޮށުގައި
ފޭލިގެ
ޖަހައިހެން
ކިޔައި
އުޅުނު
މައުލޫދު.
މައުލޫދު
ކިޔާނީ
ޒިކުރުވެރީންނެވެ.
މިމައުލޫދު
ފަށައި
މައުލޫދު
ބުނެހަދާނީ
ފަނޑިޔާރުގޭ
ނައިބު
ބޭކަލެކެވެ.
މައުލޫދު
ހުއްޓޭއިރަށް
ބޮޑު
ބަދިގެއިން
ފާރުދޮށު
ކޭމުގެ
ދެކޭން
ގެންނާނެއެވެ.
މިކަން
ކުރާނީ
ސިއްކަގޭ
ހަނގު
ބޭކަލުންނެވެ.
ބަޑިހެލީމާ
މާބަނޑޭރި
ބޭކަލަކު
ސިއްކަގެއަށާއި
ޒިކުރުވެރީންގެ
މުރީދުގެއަށް
އިރުވައި
މައުލޫދު
ކިޔުމުގެ
ޚަބަރާ
ފޮނުއްވާނެއެވެ
އިރުތަ
ނ
(1)
މައިފުށުންވާގާތްކަން
(2)
މައިފުށުންލިބޭ
ވާރުތަ
އިއްޒަތަށްވަޑައިގަތުން
މ
(1)
ރަދުން
ނުވަތަ
ހަތްކޮޅު
ނަގާ
ބޭފުޅަކު
ހަތްކޮޅު
ނެގުމާއެކު
ބެރުދުންމާރި
ތާޅަފިލީގައި
ވަޑައިގަތުން
މިގޮތުގައި
ވަޑައިގަންނަވާއިރު
ކުރީގައި
އަމާން
ދިދަ
ހުންނާނެއެވެ
(2)
ރަދުން
ނުވަތަ
ހަތްކޮޅު
ނަގާ
ބޭފުޅަކު
އެކިއެކި
ކަންތަކަށް
ރަސްމީގޮތުން
ވަޑައިގަތުން
އިއްޒަތުގެ ހެދުންކޮޅު
ނ
ރަދުންނާއި
ހަތްކޮޅު
ނަގާ
ބޭފުޅުންގެ
ރަސްމީ
ހެދުންކޮޅު
އިމަލްސަން
ނ
ވިލާތުބޭހެއްގެ
ނަން
މިއީ
ގޮހޮރާއި
ފުއްޕާމޭގެ
ބަލިބައްޔަށް
ރަގަޅު
ބޭހެކެވެ
އިމާމު
ނ
(1)
ދީނީ
ބައެއްކަންކަމުގައި
އިސްވެހުންނަ
ފިރިހެނާ
(2)
މަޒުހަބުގެވެރިޔާ
(3)
މީސްތަކުން
އިޤްތިދާ
ވާންޖެހޭ
ފަދަ
ބޮޑެތި
ދަންނަ
ބޭކަލުން
އިދަމަތިވުން
މ
ރަށެއް
ނުވަތަ
ފަރެއްފަދަ
ތަނެއްގެ
ބޭރުގައި
ފުރާދުއްވާ
އެއްޗެއް
އަޅައިފައި
އޮއްވާ
އެއޮތް
ދިމާޔަށް
ވައިއެރުން
މިބަސްކިޔަނީ
ޚާއްޞަކޮށް
ފުރާ
ދުއްވާ
އެއްޗިއްސާ
ނިސްބަތް
ކޮށެވެ
އިތި
ނއ
(1)
ބުރިކަށިފަރާތަށް
ލެނބޭލެނބުން
(2)
އެއްޗެއް
ލެނބޭންވީ
ފަރާތްނޫން
އަނެއްފަރާތަށް
ލެނބޭލެނބުން
(3)
ފުށަތަށް
ލެނބޭ
ލެނބުން
އިލޮށިފަތި
ނ
ކުނިކެހުމާ
އަދިވެސް
ބައެއް
ބޭނުމަށްޓަކައި
ބަނދެފައި
އޮންނަ
އިލޮށިބޮނޑި
އިލޮށިގަނޑު
ނ
(1)
ކިޔަވާއިރު
ކުޑަކުދިން
ގެންގުޅޭ
އިލޮށިކޮޅު
މިބޭނުމުގައި
އެހެން
އެއްޗެއް
ގެންގުޅުނަސް
މިހެންކިޔައެވެ
(2)
އިލޮށީގެ
ބުރިވަރެއް
އިލޮށިޖެހިކެޔޮ
ނ
(1)
ބަނބުކެޔޮ
މަޑުކުރާ
އިރު
މަޑުވެއްޖެތޯ
ބަލާން
އިލޮށި
ހަރާފައި
ނަގައި
ކާލާ
ކެޔޮކޮޅު
(2)
މަޖާޒު:
ކޮންމެވެސް
ބޭނުމަކަށް
ތައްޔާރުކުރާ
އެއްޗެހީގެ
ތެރެއިން
އެގޮތް
މިގޮތަށް
ނެގޭ
ތަކެތި
އިލްހާމު
ނ
(1)
ރަސޫލު
ބޭކަލުންނާއި
ނަބީބޭކަލުން
)ޞަލަވާޠުﷲ
ޢަލައެހިމް
އަޖްމަޢީން(
އަށް
ވަޙީ
އާ
ޚިލާފު
ގޮތަކަށް
މާތްރަސްކަލާނގެ
އަންގަވާ
އެންގެވުން
(2)
އިންސާނުންގެ
ހިތަށް
ޤުދުރަތީގޮތުން
އެނގޭ
ތެދުއެނގުން
(3)
ކަމަކާމެދު
ފިކުރުކުރީމާ
އެނގޭ
ރަނގަޅު
އެގުން
«
63
64
65
66
67
68
69
70
71
»