radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ބޭކަ
ނ
)ގ (
ބޭނގު
އައްތަރަފަނި
ނ
ފާމުދޭރިޔަ
ބޭކަލެއްގެ
ވެރިކަމުގެ
ދަށުގައިވާ
އޮޅިމެދެއް
މިއީ
އަސްކަރު
ވަރުހަނގުންފަދަ
ބަތާ
ނޯންނަ
އޮޅިމެދެކެވެ
މިބަހުގެ
އަސްލަކީ
"އައްތާރަފައިހިފަނީން"
ކަމުގައި
ބުނެއެވެ
އަމީރު
ނ
(1)
ކިލެގެ
ބޭކަލުންނާއި
ރަސްކަލުންގެ
ފިރިހެން
ބޭފުޅުންގެ
ނަންފުޅުގެ
ކުރިޔަށްލާ
ލަޤަބެއް
(2)
އަމުރުކުރާމީހާ
އަސާ
ނ
(1)
ދޮށިމޭނާ
ވެލާނާ
ހަކުރާ
ފާމުދޭރި
މާފަތް
ދަހަރާ
މިބޭބޭކަލުންނާއި
ފަނޑިޔާރުކަމާއި
މީރުބަޙުރުކަމާއި
ރަނަހަމާންތިކަމާއި
ފުރަމާލޭގެ
ދެޚަޠީބުކަމާއި
މިކަންކަން
ޙަވާލުކުރައްވާ
ބޭބޭކަލުންނަށް
ދެއްވާދަނޑި
މިހުންނަނީ
ކުރަހައި
ލާފެންކޮށްފައެވެ
(2)
ހިފައިގެން
ހިނގާ
ލަޓިގަނޑު
އަސާހަނޑޫ
ނ
ފުރަމާލޭގެ
ދެޚަތީބުންނާއި
މީރުބަޙުރާއި
ރަނަހަމާންތި
ބޭކަލަކާއި
މިނޫން
ދެންތިއްބެވި
އަސާދެއްވާ
ބޭބޭކަލުންެކުރެ
ކޮންމެ
ބޭކަލަކަށް
ވީއްލަވައިފައިތިބޭ
ހަނގުބޭކަލުންގެ
ދެމީހުންނަށް
އޮންނަހަނޑޫ
މިއީ
އެބޭކަލުން
އަންގަވާ
ކަމެއްކުރާން
ތިބޭ
ދެމީހުނެވެ
މި
މީހުނަށް
ހަނގުކަމުގެ
ތަކެތި
އޮވެފައި
ވަރުތެރޭގެ
މަސައްކަތެއް
ނޯންނާނެއެވެ
އަސީދާގުޅަ
ނ
އިހު
ޒަމާނުގައި
ރޯދަވީއްލުމަށްޓަކައި
ގަނޑުވަރުތެރޭގައި
ހަދާގުޅައެއް
މިގުޅަ
ހަދާނީ
ކުދި
ބޭކަލުންނެވެ
އަޞްޙާބު
ނ
(1)
އެކީއުޅޭމީހުން
(2)
އަޞްޙާބު
ބޭކަލުން
އިރުވައިބަތް
ނ
އިހުގައި
ދެއްވާ
ރަސްމީ
ބޮނޑިބަތެއް.
މިކަން
އޮންނަނީ
އިރުވައި
ފެށުނީމައެވެ.
މިކަން
ކުރާނީ
ފުރަތަމަ
ރޭ
އިސްދެވަރަށް
ދޮށިމޭނާ
ބޭކަލަކު
ދެވަނަ
ރޭ
ހަކުރާދެވަރަށް
ހަކުރާ
ބޭކަލަކު
ތިންވަނަރޭ
ވެލާނާ
ދެވަރަށް
ވެލާނާ
ބޭކަލަކު
ހަތަރުވަނަރޭ
އިސްދެވަރަށް
މާފަތް
ބޭކަލަކު
ފަސްވަނަ
ރޭ
ހަކުރާ
ދެވަރަށް
ފާމުދޭރި
ބޭކަލަކު
ހަވަނަރޭ
ވެލާނާ
ދެވަރަށް
ދަހަރާ
ބޭކަލަކު
މިޤަވާއިދުންނެވެ.
ބަތެއްގައި
ހުންނާނީ
ނުވަ
ގައު
ބައެވެ.
ހުންނާނީ
ހަތަރުމަލާފަތުގައި
މަލާފަތެއްގައި
ފަންސަވީސް
ބަތެވެ.
ބަތް
ބަލާދާ
ކަލާސީއަކަށް
ބަތެއް
ބުރުޒު
ބަނޑޭރިއަކަށް
ދެބަތް
އޮންނާނެއެވެ.
އެގެންދާ
ބަތުގެ
ތެރެއިން
އެކިއެކި
ބޭފުޅުންނަށާއި
ދައުލަތުގެ
މަތީ
މަޤާމުތަކުގައި
ތިއްބަވާ
ބޭބޭކަލުންނަށް
ފޮނުވާނެއެވެ.
މިބަތް
ކައްކާނީ
ބޮޑު
ބޭކަލުންގެ
ގޭގޭގައެވެ.
ބޮޑުބޭކަލަކު
ނެތްނަމަ
ބަނޑޭރިގޭގައެވެ.
އަދި
މިބަތް
ކައްކާނީ
ވަރަށް
މޮޅަށް
ކިރާ
ހަނޑުލުގައި
ފޮނިތޮށި
ކާފޫރުތޮޅި
އަޅައިގެންނެވެ
އިރުވައިމައުލޫދު
ނ
އިރުވަޔަށް
ބަޑިހެލީމާ
ބޮޑުދުންދޭ
ފަންސަވީސް
ޒިޔާރަތްދޮށުގައި
ފަންސަވީސްރޭ
ވާދެން
ރެޔަކު
ޒިޔާރަތެއް
ދޮށުގައި
ފޭލިގެ
ޖަހައިހެން
ކިޔައި
އުޅުނު
މައުލޫދު.
މައުލޫދު
ކިޔާނީ
ޒިކުރުވެރީންނެވެ.
މިމައުލޫދު
ފަށައި
މައުލޫދު
ބުނެހަދާނީ
ފަނޑިޔާރުގޭ
ނައިބު
ބޭކަލެކެވެ.
މައުލޫދު
ހުއްޓޭއިރަށް
ބޮޑު
ބަދިގެއިން
ފާރުދޮށު
ކޭމުގެ
ދެކޭން
ގެންނާނެއެވެ.
މިކަން
ކުރާނީ
ސިއްކަގޭ
ހަނގު
ބޭކަލުންނެވެ.
ބަޑިހެލީމާ
މާބަނޑޭރި
ބޭކަލަކު
ސިއްކަގެއަށާއި
ޒިކުރުވެރީންގެ
މުރީދުގެއަށް
އިރުވައި
މައުލޫދު
ކިޔުމުގެ
ޚަބަރާ
ފޮނުއްވާނެއެވެ
އިމާމު
ނ
(1)
ދީނީ
ބައެއްކަންކަމުގައި
އިސްވެހުންނަ
ފިރިހެނާ
(2)
މަޒުހަބުގެވެރިޔާ
(3)
މީސްތަކުން
އިޤްތިދާ
ވާންޖެހޭ
ފަދަ
ބޮޑެތި
ދަންނަ
ބޭކަލުން
އިލްހާމު
ނ
(1)
ރަސޫލު
ބޭކަލުންނާއި
ނަބީބޭކަލުން
)ޞަލަވާޠުﷲ
ޢަލައެހިމް
އަޖްމަޢީން(
އަށް
ވަޙީ
އާ
ޚިލާފު
ގޮތަކަށް
މާތްރަސްކަލާނގެ
އަންގަވާ
އެންގެވުން
(2)
އިންސާނުންގެ
ހިތަށް
ޤުދުރަތީގޮތުން
އެނގޭ
ތެދުއެނގުން
(3)
ކަމަކާމެދު
ފިކުރުކުރީމާ
އެނގޭ
ރަނގަޅު
އެގުން
އިސްކަން
ނ
(1)
ބޮޑު
މައުލޫދު
ކިޔާއިރު
ހަރުގޭގައި
ޅެންފަށާ
މީހުން
ތިބޭކަން
(2)
ނއނ
"އިސް"
ގެ
ނަން
އިތުރުގެ
ނަން
އުނަށްދޭފޭލި
މ
(1)
ހަނގުބޭކަލުންނަށް
ދައުލަތުން
ދީއުޅުނު
ވަރަށް
ދޯހަޅި
ފެއްޔެއް
(2)
ވާރުފޭލި
އުރުވަޑުވާ
ނ
ގަނޑުވަރުތެރޭގެ
ތުއްޕުޅު
ބޭކަލުން
އުރުވަޑުވާން
ގެންގުޅޭ
އަންހެން
މީހާ
ސަރުކާރުން
އެމީހާއަށް
ދެއްވާ
އުޖޫރައަށްވެސް
ކިޔަނީ
މިހެންނެވެ
އެއްގަމުއަރުމާޒު
ނ
އައްސުލްޠާންއަލްމުޡައްފަރު
މުޙަންމަދު
ޢިމާދުއްދީން
އުތުރު
އަރުމާޒަށް
ވަޑައިގަންނަވާންވެގެން
އެރަދުންގެ
ދަރިކަލުންނަށް
އެއްގަމުގައި
ހައްދަވައިދެއްވި
އަރުމާޒެއް.
މިއަރުމާޒު
ހެއްދެވިގޮތަކީ
ފުރޮޅުލާފައި
އެއްގަމުގައި
ދުއްވޭނޭހެން
އެގާރަ
ގުރާބު
ތައްޔާރުކުރައްވައި
އެގުރާބު
ދަމާ
ކަލާސީންނާއި
ދަންޑަހެލު
ބޭކަލުން
ލައްވައި
އެމީހުންގެ
ވެރިޔަކު
ލައްވައި
އެމީހަކަށް
ރަނަހަމާންތި
ކަމަށް
ކޮލިލައްވައި
ގުރާބުތަކަށް
އެއްގަމު
އަރުމާޒު
ބަޑިލައްވައި
އެގުރާބުތަކަށް
ރަސްމީ
އުޅަނދުތަކަށް
ހުންނަހައި
ކަމެއް
ހަމަކުރެއްވިއެވެ.
އަރުމާޒު
ކަލާސީންނާއި
ދަންޑަހެލުންނާއި
ރަނަހަމައިދި
ބޭކަލަކު
އޭގެ
ކުރިއަކު
ނުތިއްބަވައެވެ.
ރަދުންގެ
އަރުމާޒު
ފުރާވަޑައިގަތުމަށްފަހު
އެއްގަމު
އަރުމާޒު
ފުރާވަޑައިގަތީ
މެދުޒިޔާރަތް
މަގުން
އިރުމައްޗަށެވެ.
މިހެން
ގޮސް
އެކިއެކި
ތަންތާ
ރޭކުރައްވައި
ކުޅިވަރު
ކުޅުއްވައި
ހައްދަވައެވެ.
ދުވާލު
ކަލާސީން
ލައްވައި
ރަށުތެރެ
ތާހިރުކުރައްވައި
މިބާވަތުގެ
ކަންތައް
ކުރައްވަމުން
ވަޑައިގެން
ރަދުންގެ
އަރުމާޒު
މާލެ
ވަޑައިގަތް
ދުވަހު
އެއްގަމު
އަރުމާޒުވެސް
ގަނޑުވަރަށް
ވަޑައިގަތީއެވެ.
އޭގެ
ފަހުގައި
ކަލާސީންނާއި
ދަންޑަހެލުން
ހަވަރަށް
ބައިކުރައްވާ
އެމީހުންގެ
ޚާއްޞަ
މަސައްކަތަކީ
ބަނޑުދިނުންކަމުގައި
ހައްދަވައި
މިއަރުމާޒުގެ
ބަނޑޭރިން
މިނާ
މީހުން
ކަމުގައި
ހެއްދެވީއެވެ
ދެފޮއިގައި
ބަނޑުދޭން
ފެށީ
މީގެ
ފަހުގައެވެ
ކުރީގައި
ބަނޑުދޭ
ގޮތަކީ
މަހަކު
އެއްފަހަރު
ކޮށާރު
ދޮށަށް
ބަލައިދިޔައިމާ
ދެއްވަނީއެވެ
މިއަރުމާޒަށް
ވަޑައިގަތް
ބޭފުޅަކީ
ތާރީޚުގައި
މަޝްހޫރު
އިބްރާހީމް
ރަސްގެފާނެވެ
އޮމާއޮޅި
ނ
އަސްކަރުންގެ
އޮޅިއެއް
މިއީ
ހަކުރާބޭކަލެއްގެ
ވެރިކަމުގެ
ދަށުގައިވާ
އޮޅިއެކެވެ
އޮގަރުފޮދު
ނ
ރަދުންނާއި
ގަނޑުވަރުގެތޭ
ބޭފުޅުންނަށް
އޮގަރުގެއިން
ރަސްމީގޮތުގައިގެންދާ
ރާފޮދު
މި
ގެންދާމީހާ
ހުންނާނީ
އިހުގައި
ހަނގުބޭކަލުން
ދަމަށް
ދުރުވާ
ހެދުމުގައި
އުނަގަނޑުމަތީ
ކަޅުރުމާލެއް
ބަނދެފައެވެ
އޭނާގެ
އުނަގަނޑުގައި
އެއްނަރު
ފައްޓަރުފަށެއް
އޮންނާނެއެވެ
މިގެންދާއުނބު
ހުންނާނީ
ދެފަށްލާ
ޖަހައި
ކުރަހައިފައި
ރިހިކެވެލިފަށެއް
ލައިފައެވެ
ވަންހަފުޅު
ނ
ވަންހައިގެ
އެންމެ
މާތްގޮތް.
މިބަސް
ބޭނުންކޮށް
އުޅެނީ
ރަސޫލު
ބޭކަލުންނާއި
ނަބީބޭކަލުންގެ
ނަސަބުފުޅަށް
ނިސްބަތްވާ
ގޮތުންނެވެ
ވަޙީ
ނ
(1)
ﷲގެ
ކޮންމެ
އެންގެވުމެއް
(2)
ނަބީބޭކަލުންނާއި
ރަސޫލުބޭކަލުންނަށް
ﷲ
އަންގަވާ
ޙުކުމްފުޅުތައް
(3)
ކަލާމުﷲ
)ކީރިތި
ޤުރުއާން(
ވިޔަކުރާކޭން
ނ
އިހުގައި
ސަރުކާރުން
ވާރު
ނެންގެވިއިރު
އެކަމުގެ
ހިސާބުކުރުމަށް
ރާއްޖެތެރެއަށް
ފޮނުައްވާ
ބޭކަލުންނަށް
ރައްޔިތުންގެ
ފަރާތުން
ކައްކާ
ކޭން
މަތިފާރަ
ނ
)ބދ (
ކިޔެވެނި
ބޭކަލުންގެ
އަށި
«
2
3
4
5
6
7
8
9
»