radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ގަނޑު
ނ
(1)
އެއްޗެއް
ދެރަކޮށްލުމުގެ
ގޮތުން
ބުނާބަހެއް.
މިސާލު:
މުންޑުގަނޑު.
(2)
މުޅި
އެތިކަން
އެންގުމަށް
ބުނާ
ބަހެއް.
މިސާލު:
ކެޔޮގަނޑު.
(3)
އަންހެނުންނާއި
ޅަދަރިންނަށް
ލޯބިން
ވަކިނަމަކާ
ގުޅުވައިގެން
ކިޔާ
ނަމެއް.
މިސާލު:
)ހ(
ލޯބިގަނޑު.
)ށ(
ކުއްޖާގަނޑު.
(4)
ހަށިގަނޑުގެ
ލޭ
ނުބައިވުމުގެ
ސަބަބުން
ދުޅަވާ
މުލިހި
ފާޑުގެ
ތަނެއް.
މިސާލު:
އޭނާގެ
އުކުޅުވަޅުގައި
ގަނޑެއް
ނަގައިފިއެވެ.
(5)
ލަކުޑިން
ހަދައިފައިވާ
އެއްޗެއް
މަރާމާތު
ކުރުމަށާއި
އަދި
މިނޫންވެސް
ގޮތަކުން
ލަކުޑިގަނޑަކަށް
ގުޅާލާ
ލަކުޑީގެ
ބައި.
(6)
ވަކި
ސަރަހައްދެއް
ކަނޑަ
އެޅުމުގެ
ގޮތުން
ބުނާ
ބަހެއް.
މިސާލު:
ތަންގަނޑު
މީހުން.
(7)
އެއްޗެއްގެ
ބައެއްކަން
ދޭހަކޮށްދިނުމަށް
ބުނާ
ބަހެއް.
މިސާލު:
މަސްގަނޑު.
(8)
ތަގަރި.
(9)
ފިނިވެގެން
ގޮސް
ވާހަރު.
)01(
ގަނޑުފިއްލާ
ކުޅޭއިރު
ފިލުވައި
ނިވާކޮށްފައި
އޮންނަމީހާ
(11)
ބައެއް
ކުޅިވަރު
ކުޅުމަށް
ބުނެއުޅޭ
ބަހެއް
މިސާލު:
)ހ(
ރާޒުވާ
ގަނޑެއް
ޖަހައިލުން
)ށ(
ތާސްގަނޑެއް
ޖަހައިލުން
(21)
ކަރުދާސްއަރި
މިސާލު:
ކަރުދާސްގަނޑު
ކުޑަކިބާ
ނ
އިހުގައި
ރަސްގެފާނުގެ
އަނބިކަނބަލުންނާ
ބޭފުޅުން
ތިއްބަވާން
ބޮޑުގަނޑުވަރުތެރޭގައި
ހުރި
ގެކޮޅެއް
ކުޑަފޮށާ
ނ
ބޮލުގައި
އެޅުމަށާއި
އުނަގަނޑުމަތީ
ބަންނަންގެންގުޅޭ
ފޮށާ
ކެހިވަރު
ނ
ކެއްސުންގަނޑު
ކެހުން
ނ
(1)
ނ.
ގައިގެ
ހަމުގައި
އުފެދޭ
ހިރުވުމެއް.
(2)
ހިރުވުން
ފިލުވުމަށް
އިނގިލިތަކުގެ
ކޮޅުން
ނުވަތަ
އެހެންވެސް
އެއްޗަކުން
ގައިގެ
ހަމުގައި
ކޭއްތުން
(3)
ރާޅު
އެއްޗަކުން
ތަނެއްގައި
ކޭއްތުން.
(4)
ތޫނު
އެއްޗަކުން
އެއްޗެއްގައި
ކާއްތައިގެން
ކުނޑި
ނެގުން
ނުވަތަ
އުނިކުރުން.
މިސާލު:
)ހ(
ކެލާކެހުން.
)ށ(
އުނބުކެހުން.
(5)
ފާރުގައި
ސިމެންތި
ޖަހާއިރުގައްޔާއި
ތަޅުން
އަޅަމުންދާއިރު
އެއްވަރު
ކުރުމަށް
ސިމެންތިގަނޑު
ފަތިގަނޑަކުން
ކާއްތައި
ހަމަކުރުން
(6)
އިލޮށި
ފައްޗާއި
ފިހިގަނޑު
ފަދަތަކެތީން
ކުނި
އެއްކޮށް
ސާފުކުރުން
މިސާލު:
ކުނިކެހުން.
(7)
ލޮލުގައި
ހުންނަ
ވަކި
ވައްތަރެއްގެ
ބައްޔެއް
ބޭސްއަޅައިގެން
ފިލުވުން.
މިސާލު:
ފުސްކެހުން.
(8)
އުޔާއި
ބަރަންޏާއި
ނަނު
ފަދަ
ތަކެތި
އަތަށް
ނުވަތަ
އެއްޗަކަށް
ދޫދޫކޮށް
އޮޅުން.
(9)
ތަނެއްގައި
ހުރި
އެއްޗެހިތަކެއް
އެއްފަހަރާ
ގިނައިން
ގެންދެވޭގޮތަށް
އަތުން
ނުވަތަ
އެއްޗަކުން
ފަރާތަކަށް
ޖައްސައިލުން.
)01(
ދަމާފޮތިގަނޑެއް
ނުވަތަ
ފަރުދާއެއްފަދަ
އެއްޗެއް
މައްޗާއެކު
އެއްފަރާތްކޮށްލުން.
(11)
އެއްޗެއްގެ
މަތީ
ތޮށި
ތޫނު
އެއްޗެއް
ކާއްތައިގެން
ފިލުވުން
މިސާލު:
ކަނޑޫކެހުން.
(21)
ނަގިލި
ހިލިގެން
ދެމެމުން
ދިޔުން.
މިސާލު:
ނަގިލިކެހުން.
)31(
ހިފައިފައި
ހުންނަންވާ
އެއްޗެއް
ނުހިފައި
ކެހެމުން
ދިއުން.
މިސާލު:
)ހ(
ފުރޮޅުކެހުން.
)ށ.(
ރޯލުކެހުން.
)41(
އެމަށް
ފައްތައިފައި
އޮތް
ދަލެއް
އަތްމައްޗަށް
ދެމުން
މިސާލު:
ދާކެހުން
)51(
ވިލާތައް
ފަރާތްފަރާތަށް
ޖެހުން
މިސާލު:
ވިލާކެހުން
)61(
ކުރުނބާއިން
ހެވާ
ނެގުން
)71(
އުސްކޮށް
ހުންނަ
ފަސްތައް
ފަތުރައި
އެއްވަރުކުރުން
މިސާލު:
ފަސްކެހުން
)81(
ރިޔާ
ފަރުމާނު
މައްޗަށް
ބޮނޑިކުރުން
މިސާލު:
ރިޔާ
ކެހުން
)91(
)ޏ ސ(
ފުނާ
އެޅުން
މިސާލު:
ބޯކެހުން
)02(
މަޖާޒު:
ތުނބުޅި
ބޭލުން
ކެހުންވަރު
ނ
ކުއްލިއަކަށް
އަންނަ
ކެހުން
ގަނޑު
ކެހެރިގަނޑު
ނ
)ޅ (
ރަޖާގަނޑު
ކެނޑުން
މ
(1)
ގައިގެ
ތަނެއް
ތޫނު
އެއްޗަކުން
ކެފުން.
(2)
ކޮޅަށް
ހުރި
ގަހެއް
ތޫނު
އެއްޗަކުން
ބުރިކުރުން.
(3)
އެއްޗަކުން
އަނެކައްޗެއް
އަޅައިގަންނާނެހެން
ތަނެއްކޮށައި
އުނިކުރުން.
(4)
ގަހެއްގެ
ފަތެއް
މަލެއް
މޭވާއެއް
ކޯޅިއެއްފަދަ
އެއްޗެއް
ތޫނު
އެއްޗަކުން
ވަކިކުރުން.
(5)
ބައެއް
މޭވާ
ކެއުމަށްޓަކައި
ފަޅިކުރުން
ނުވަތަ
ބުރިކުރުން.
(6)
މޫދުމަސް
ބޭނުމަށްޓަކައި
ފަޅައި
ކޮށުން.
(7)
ވަލެއް
ރޮއްޖެއްފަދަ
އެއްޗެއް
ބުރިކުރުން.
(8)
ހިސާބުގެ
އިޞްތިލާޙުގައި
އެއް
އަދަދަކުން
އަނެއް
އަދަދެއް
ނެގުން.
(9)
ބައެއް
ގޮވާން
ވަނަށް
އަޅައިގެން
ތަޅައި
ތޮށިފިލުވުން.
ނުވަތަ
ސާފުކުރުން.
)01(
ތާސްކުޅޭއިރު
އަތްބައި
ބެހެއްޓުމަށްޓަކައި
ގަނޑުތައް
އަތްމަތީ
ބަހައްޓައިގެން
އެއްކޮށްލައި
އޮޅުވައިލުން.
(11)
ވޭވޭހުންނަ
ބައެއް
ކަންތައްތައް
ނުވަތަ
ހިނގަހިނގާ
ހުންނަ
ބައެއްކަންތައްތައް
ހުއްޓުން.
މިސާލު:
)ހ(
މުސާރަކެނޑުން.
)ށ(
ޚަރަދުކެނޑުން.
(21)
ދެމީހެއްގެ
ދެމެދުގައި
އޮންނަ
ގާތްކަން
ނެތިގެންދިއުން.
މިސާލު:
ގުޅުންކެނޑުން.
)31(
ވަކި
އެއްޗެއް
ފެހުމަށްޓަކައި
އެއެއްޗަކަށް
ބޭނުންވާގޮތަށް
ފޮތި
ކެފުން.
މިސާލު:
)ހ(
ހެދުން
ކެނޑުން.
)ށ(
ފަޓުލޫނު
ކެނޑުން.
)41(
އެއްކޮށް
އޮތް
ފޮތިގަނޑެއްފަދަ
އެއްޗަކުން
ބައެއް
ވަކިކުރުން.
)51(
ތޫނު
އެއްޗަކުން
ގުނަވަނެއް
ނުވަތަ
ގުނަވަނަކުން
ބައެއް
ބުރިކުރުން
)61(
އެމީހަކު
ހުރި
ކަމަކުން
ވަކިވުން
މިސާލު:
)ހ(
އޮފީހުން
ކެނޑުން
)ށ(
މަދުރަސާއިން
ކެނޑުން
)71(
ބަންދުކޮށްފައި
ހުންނަ
ބައެއް
އެއްޗެހި
ހުޅުވުން
މިސާލު:
)ހ(
ސިޓީކެނޑުން
)ށ(
ފޮށިކެނޑުން
ކެންގަނޑޮ
ނ
(ޏ،
ސ)
ފަތްކެޔޮގަނޑުގެ
ދަޅިގަނޑު
ކެކުރި
ނ
(1)
ކަރުގަނޑުގައި
ކުދިކުދި
އޮށްތަކެއް
ހުންނަ
ކުދި
މޭވާއެއް
މިމޭވާ
އަޅަނީ
ވެލެއްގައެވެ
މިމޭވާ
ހުންނާނީ
ރީނދޫކުލައިގައެވެ
(2)
)ހ (
ހުދުކުލައިގެ
ރޮނގު
ހުންނަ
މުގުރާން
ކެކޭލޮނު
ނ
ބަނޑުދޫކުރުމަށާއި
ހަށިގަނޑުގެ
ތެރޭގެ
ހޫނު
މަޑުކުޅައުމަށް
ގެންގުޅޭ
ބޭހެއް
ކެއުގަނޑު
ނ
ކެޔޮގަނޑު
ކެއްސުންބަލި
ނ
ވަކި
ބާވަތެއްގެ
ޖަރާސީމެއްގެ
ސަބަބުން
ފުއްޕާމެއަށް
އަސަރުކޮށް
ވަރަށް
ބޮޑަށް
ކެއްސާ
ހަށިގަނޑު
އަނަރޫފަވާ
ބައްޔެއް
މިބަލި
މުޅި
ހަށިގަނޑަށްވެސް
ފެތުރިދާނެއެވެ
މިއީ
ގައިންގަޔަށް
އަރާ
ބައްޔެކެވެ
ކެއްޓުނާރު
ނ
)މަލިކު(
ދަރުބޮނޑި
ބަންނަން
ގެންގުޅޭ
ވާގަނޑު
ކެފުން
މ
(1)
ތުނިކޮށް
ފަތިކޮށްހުންނަ
އެއްޗެހި
ތޫނު
ހަތިޔާރަކުން
ބައިކުރުން
ނުވަތަ
ބުރިކުރުން.
މިސާލު:
)ހ(
ކަތުރުން
ފޮއްޗާއި
ކަރުދާހާއި
ޓިނުފަދަ
ތަކެތި
ކެފުން.
)ށ(
ފިޔޮއްސާއި
ކަޓަރުފަދަ
އެއްޗަކުން
އެއްޗެއް
ކެފުން.
)ނ(
ގޭސް
ނުވަތަ
ލޭޒަރު
ފަދަތަކެތިން
ދަގަނޑުސީޓު
ފަދަ
ތަކެތިކެފުން
)ރ(
އަލިމަސްކަށިން
ބިއްލޫރި
ކެފުން
(2)
ހަށިގަނޑުން
ބޮޑުކޮށްތަނެއް
ކެނޑުން
ކެޑެބައިދެމުން
ނ
)ސ.(
ނަނުގަނޑެއް
ފަދަ
އެއްޗެއްގައި
ގޮށްޖެހި
އޮޅުން
ބޮޅުންވެފައި
އޮންނަތަން
އެނަނުގަނޑުގެ
އެއްކޮޅު
ގޮށުގެތެރޭން
ދަމައިގެން
މޮހުން
ކެޔޮއަރި
ނއނ
ކެޔޮގަނޑުގެ
ވައްތައް
އެއްކޮށްހުންނަބައި
ކޭނހި
ނ
)ޏ (
ވިޅި
އަށީގައި
ހުންނަ
ތަޅު
ހުޅުވަން
ގެންގުޅޭ
ކޮޅު
ލަނބައިލައިފައި
އޮންނަ
ކުރު
ދަގަނޑު
ގަނޑެއް
ކޭޅުފިލާގަނޑު
ނ
)މަލިކު(
މަސްފިލާގަނޑު
ކޭލި
ނ
(1)
ދެކާށި
ގުޅުވާން
ބޮބިގަނޑުން
ހިއްލާތަންކޮޅު
(2)
ފަންގެ
ވިންނައިރު
އިލި
ޖަހައިފައި
ފަންވަތުން
ނަގާ
ތަންކޮޅު
(3)
ވައްތަރަކުން
ދޭތި
ކޭލިނެގުން
މ
ދެކާށި
ގުޅުވާން
ބޮނބިގަނޑުން
ތަންކޮޅެއްނެގުން
«
42
43
44
45
46
47
48
49
50
»