radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ކުރާ
ނ
(1)
ބިންބިއާއި
އުރައާއި
ކުދިބަތްފަދަ
ގަސްގަހާއި
އަދި
މިގޮތަށް
ހެދޭ
ބައެއް
ވިނަގަސްގަހުގެ
އޮށް
ހުންނަ
މާގަނޑު
(2)
މިސްކިތު
ލާގެ
ފަދަ
ތަންތާނގައި
ނަމޫނާ
ކުރައެއްގެ
ސިފައިގައި
ވައްގަޑު
ނެތި
ލިޔެފައި
ހުންނަ
ކުޑަ
ތަނބެއް
(3)
ވައްގަޑުން
އެއްޗެހި
އޮއްސާން
ހަދައިފައި
ހުންނަ
ބާވަތް
ބާވަތުގެ
ކަންވާރު
މިސާލު:
)ހ(
ނަމޫނާކުރާ
)ށ(
ސައިކުރާ
ކުނީމީހުން
ނ
މަގުމަތި
ކުނިކަހައި
ތާހިރުކުރާން
ސަރުކާރުން
މުސާރަދެއްވައިފައި
ތިބޭ
މީހުން
ކުންދާން
ނ
ނައުފަހަރުގެ
ކުނބު
ދިގުކުރާން
ކުނބުގެ
މައްޗަށް
ގުޅުވަމުން
ނަގާ
ބުރިބުރި
ކުރަފަތްޖަހާ ހަންގަނޑު
ނ
ކުރަފަތް
ތޫނުކުރާން
ކާއްތަން
ހަދައިފައި
އޮންނަ
ދިބާޣުކުޅަ
ހަންގަޑެއް
ކުރާއެނބުރުން
މ
(1)
ވަގު
ތަފާސްކުރާން
ހަދާފަންޑިތައެއް
މިއީ
ފަންޑިތަ
ހަދައިގެން
ކުރަޔަކުން
ބަލާ
ފާލެކެވެ
ކުރިމެރުން
މ
(1)
މީހަކު
ކިޔަމުންދާ
ވާހަކައެއްގެ
އަންނާން
އޮތްތަނުން
ތަންތަންކޮޅު
އެހެން
މީހަކު
ކިޔައިދިނުން
(2)
މީހަކު
ނުވަތަ
ބަޔަކު
ކުރާން
އުޅޭ
ކަމެއް
ވިޔަނުދިނުން
ކުރުނީސް
ނ
(1)
މާތް
މީހުންނަށް
ސަލާމް
ކުރުމުގެ
ބާވަތެއް
އެއީ
ދެއަތްމޭގައި
އަޅައިފައި
ކަނާއަތް
އުފުލައި
ބޮލުގައި
ޖައްސައިލައިފައި
މެޔަށް
ގެނައުމެވެ
(2)
ބޮލާ
ހަމަޔަށް
އަތްނަގައި
ކުރާ
ސަލާމް
ކުރުފަލި
ނ
މެއްކާ
ނުލައި
އަތްމަތިން
ޖަހާ
ތަންޑު
ކުރު
ކުޑަފައްޔެއް.
މިއީ
ކުޅިވަރެއްގެ
ގޮތުގަޔާއި
ބައެއް
ކަހަލަ
ކަން
ކަމުގައި
ޝަރަފުވެރި
ގޮތެއްގައި
ޖަހަން
ބޭނުންކުރާ
ފައްޔެކެވެ.
ކުރުދޮށި
ނ
(1)
ދަހި
އައިނުގައި
އެންމެ
ފަސޭހަކޮށް
ހަލުއިކޮށް
މަސްބާނަން
ބޭނުންކުރާ
ދޮށި
(2)
މުޑަން
ކުރެހުންގަނޑު
ނ
މަންޒަރަކަށް
ނުވާގޮތަށް
އެއްޑިޒައިނެއް
ނުވަތަ
އެތައްޑިޒައިނެއް
ތަކުރާރުވާ
ގޮތަށް
ލާމެހޭނެހެން
ކުރެހިފައި
ހުންނަ
ކުރެހުންތައް
ކުރެޔާ
ނ
)ގ (
ކުރާ
)މިހެން
ކިޔަނީ
އެކައްޗަށް
ނިސްބަތް
ކޮށެވެ
ކުޅަނދުރުފާނަ
ނ
ފާނައިގެ
ބާވަތެއް.
މިއީރާއްޖޭގެ
ފަރުފަޅުތަކުގެ
ބޭރުގައި
ދިރިއުޅޭ
ފައްތައިގެން
ކުރާ
މަސްވެރިކަމުގައި
ބާނާމަހެކެވެ
ކުޅަނދުރުފާނަ
ކިޔައިފައިވަނީ
މަހުގައި
ހުންނަ
ކުދިކުދި
ފިތްތަކަށް
ބަލާފައެވެ
ކުޅި
ނ
(1)
އެއްގަމުގައި
ހެދިފައި
ހުންނަ
ފެންގަނޑު.
(2)
ހެވިކަން
ފަރިތަ
ކުރުމަށް
ކުރާކަންތައް
މީގެ
ކިތަންމެ
ބާވަތެއް
ހުރެއެވެ.
(3)
ބައެއްކުޅިވަރު
ތަކުގައި
ވަކި
ހަމަތަކެއްގެ
މަތިން
ބަދަލުކުރަމުން
ގެންދާ
ފިޔަވަޅުތަކުގެ
ތެރެއިން
ފިޔަވަޅެއް
މިސާލު:
ލަނގިރި
ޖެހުމުގައި
މާފަތިން
ކުޅިހަދައި
ނިމިގެން
ކުރުދަނޑިއަށް
ބަދަލުކުރުން.
(4)
ރާޒުވާއާއި
ފަޗިސްފަދަ
ކުޅިވަރުކުޅޭން
ހަދައިފައި
ހުންނަ
އެއްޗެހީގެ
ތެރެއިން
އެކަތި
(5)
އެކި
ބާވަތުގެ
ބަޑިކުޅި
ހަދާން
ތައްޔާރުކޮށްފައި
ހުންނަ
ބޭސްގަނޑު
(6)
ނއ
މިރުހުގައި
ހުންނަ
ރަހަ
ކުޅިކޮށި
ނ
(1)
ކޭއެއްޗެހީގެ
ރަހަޔާއެކު
އަންނަ
ވަޔަކުން
އަރާކޮށްޓެއް
މިކޮށިއެރުމުން
ބައެއް
ފަހަރަށް
ކޭއެއްޗެހިވެސް
އާދެއެވެ
(2)
ކަނޑިއާއި
އައްޑަނައާއި
ލޮންސިފަދަ
ތަކެތީގެ
ހެވިކަން
ދަސްކޮށްދީ
ފަރިތަކުރާތަނާއި
މިކަމުގެ
ޙަރަކާތްތައް
ކުޅިވަރު
ނ
މުނިފޫހި
ފިލުވުމަށް
ނުވަތަ
ހަށިގަނޑަށް
ކަސްރަތު
ހޯދުމަށް
ވަކި
ހަމައެއްގެ
މަތިން
ކުރާ
ބައެއް
ކަހަލަ
ކަންތައްތައް
މިސާލު:
މިޔުޒިކްކުޅުން
ފުޓްބޯޅަކުޅުން
ކުޅިފާރޮށި
ނ
ހަރުފާރޮށި
މުގުރައިގެން
މިރުހާއި
ފިޔައާއި
ލުނބޯހުތާއި
ރިހާކުރާ
އެއްކޮށް
މޮޑެފައި
ހުންނަ
ފާރޮށި
ކުޅިތުޅާ
ނ
ފަތްޕިލާވެލީގެ
ބާވަތެއް
މިއީ
ގަނދަކޯޅިއާ
ވައްތަރުގޮތަކަށް
ހެދޭ
ގަހެކެވެ
މިގަހުގެ
ފަތުގައި
ކުޅިރަހައެއް
ހުރެއެވެ
މިފަތަކީ
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
ކުޅިގަނދު
ނ
ބޭރު
ރަތްކުލައެއްގައި
ހިމަކޮށް
ހުންނަ
މުލެއް
މިއީ
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
ކުޅިސަމާ
ނ
(1)
ކުޅިޖަހާ
ސަމާ.
މިއީ
ސަމާގެ
މަތީ
ދަރަޖައެވެ.
އާދަކާދައިގެ
ގޮތުން
ކުޅިހުއްޓާރޭ
ކުޅި
ޖައްސަވާނީ
ކޮށިކޮށީގެ
ވެރިންނަށް
ތިއްބަވާ
ބޭފުޅުންނާއި
ކޮށިކޮށީގެ
މަތީ
ދަރަޖައިގެ
ބޭފުޅުންނެވެ
(2)
މަޖާޒު:
ކުޅިވަރާ
މަޖަލުގެ
ފޯރިގަދަކަން
ބަޔާންކުރުމަށް
ބޭނުންކުރާ
ބަހެއް
މިސާލު:
އެގޭގައި
މިރޭ
ކުޅިސަމާ
އެބަހުއްޓެވެ
ކުކުން
ނ
ކުޑަވަރެއްގެ
ގަހެއްގައި
އަޅާ
މީރުވަސް
ދުވާ
މަލެއްގެ
ކަރުގަނޑު.
މިހިއްކީމާ
ހުންނާނީ
ރަތް
ރީނދޫ
ކުލައެއްގައެވެ.
މިއީ
ކާއެއްޗިއްސަށް
ލާށާއި
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
ކުކުން ދަވާދު
ނ
ފަންޑިތަވެރިން
ތަށިލިޔަން
ތައްޔާރުކުރާ
ދަވާދެއް
މިހަދައިފައި
ހުންނަނީ
ފިނިފެނާ
ކުކުން
އަޅައިގެންނެވެ
«
32
33
34
35
36
37
38
39
40
»