radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
މެ
އ
ބަސްގަދަކޮށްލުމަށް
ބޭނުންކޮށް
އުޅޭ
ބަހެއް
މިސާލު:
)ހ(
ދަނޑު
ކޮށީ
ޙަސަނެވެ
)ށ(
ގޮވާންކޮށީވެސް
އޭނާމެއެވެ
ނިޔަތްއަރާރުންވުން
މ
ނިޔަތާމެދު
ޝައްކުވުން
ނިޔަތްތެދުކުރުން
މ
ކަމަކާއިމެދު
ޝައްކު
ފިލުވައި
ގަސްތު
ސީދާކުރުން
ނިޔަތްގަތުން
މ
ކަމެއް
ކުރުމަށް
ގަސްތުކުރުން
ނިޢުމަތް
ނ
ކޮންމެ
ހެވަކާއި
ލާބައެއް
ނީ
ނ
(1)
ހަނޑޫފަދަ
ތަކެތި
ފޮޅީމާ
ނެގޭ
އެންމެ
ހިމުންބައި
(2)
އޮޑި
ފަހަރުގެ
ކުނބުގެ
ކުރީގައި
ސާމޯރުޖަހަން
ހިމަކޮށްފައި
ހުންނަ
ތަންކޮޅު
(3)
ބދ
ކުރީކޮޅު
ނީލަން
ނ
(1)
އެކަކަށްވުރެ
އަނެކަކު
މައްޗަށް
އަގު
ކިޔަމުން
ގޮސް
އެންމެ
މައްޗަށް
ކީ
މީހަކު
ގަތުން
މަޖުބޫރުކުރާ
ވިޔަފާރިއެއް
(2)
ނީލަމް
ނީލަކޯރު
ނ
މިޞުރުގެ
ތެރެއިން
ދެމިގެން
މެދުތެރޭ
ކަނޑަށް
ހުޅުވިފައި
އޮންނަ
ކޯރެއް
މިއީ
ދުނިޔޭގެ
އެންމެ
ދިގު
ކޯރުކަމަށް
ބުނެވެއެވެ
ނީސްތާށި
ނ
ބޭނުންވީ
ކަމެއް
ފުދުން
ލަސްވެގެން
އަވަސް
އަރައިގެން
އުޅޭ
އުޅުން
ނީސްތާއްޓަށްއެރުން
މ
ބޭނުންވީ
ކަމެއް
ލަސްވެގެން
އެކަމާ
ހެދި
މާބޮޑަށް
ނުތަނަވަސް
ވެގެން
އުޅުން
ނުހަނު
އ
ވަރަށް
މިބަސް
ބުނެއުޅެނީ
ރަނގަޅު
ކަންތަކާ
މެދުގައެވެ
މިސާލު:
ނުހަނު
މޮޅުބޭހެއް
ނުހިނދޭކުޅިގަނޑު
ނ
(1)
އޮށްވަޅު
ކުޅުމުގައި
ނުހިނދޭގޮތަށް
ރޭވިފައިވާ
ކުޅިގަނޑު
މިކުޅިގަނޑު
ކުޅޭނީ
ފިހާރައަށް
ނުލައެވެ
(2)
މަޖާޒު:
ނުހުއްޓިގެން
ދާކަންތައް
މިސާލު:
ދެމީހަކު
ހިތާވެގެން
ދުރުނުވެ
ނުމެ
އިނދެމެ
އުލޭ
އުޅުން
ނުހޮރުއްޕާން
ނ
(1)
ނުލާހިކު
(2)
ކޮންމެވެސް
ކަމަކާހުރެ
ތިމާއަށްވާ
ނުލާހިކު
ބޮޑު
އުނދަގޫ
ނުހޮރުއްޕާންކުރުން
މ
(1)
ކޮންމެވެސް
ކަމަކާ
ހެދި
ތިމާއަށް
ނުލާހިކު
ބޮޑަށް
އުނދަގޫ
ކުރުން
(2)
އުދަނގޫ
ބޮޑުކުރުން
(3)
ދުއްތުރާކުރުން
ނުހޮރުއްޕާންވުން
މ
(1)
ކޮންމެވެސް
ކަމަކާހެދި
ތިމާއަށް
ނުލާހިކު
ބޮޑަށް
އުނދަގޫވުން
(2)
އުނދަގޫބޮޑުވުން
(3)
ދުއްތުރާވުން
ނުރަސްމީދަތުރުފުޅު
ނ
ދަޢުލަތުގެ
އެންމެ
މަތީވެރިޔާ
ނުވަތަ
ސަރުކާރު
ހިންގަވާ
ވެރިޔާ
ކުރައްވާ
އަމިއްލަފުޅު
ދަތުރު
ނުބީހެންޏާކަނޑާހަމަ
(މުސްކުޅިބަހެއް)
(1)
ކަމެއްވުން
ކިތަންމެ
ކައިރިވިޔަސް
އެކަމެއް
ނުވަންޏާ
ފަރުވާލެއް
ނެތޭ
ބުނުމަށް
ބުނެއުޅޭބަހެއް
(2)
ފާޅުނުވަންޏާ
ނުކުރާ
ކަމެކޭ
އެއްފަދައޭ
ބުނުމަށް
ބުނެއުޅޭބަހެއް
ނުކުޅަދާނަ
ނއ
(1)
ކުޅަދާނައިގެ
އިދިކޮޅު
(2)
ނުފޮރުއްޕާން
(3)
މީހެއްގެ
ނުވަތަ
އެއްޗެއްގެ
ނުވަތަ
ކަމެއްގެ
ސަބަބުން
ކެތްކުރަން
ދަތިވާވަރަށް
ލިބޭ
އުނދަގޫ
ނުކުޅަދާނަވުން
މ
(1)
ލާހިކުވާވަރުނުވުން
(2)
ކޮންމެވެސް
ފަރާތަކުން
ލިބޭ
އުނދަގުލަކަށް
ކެތްވާވަރުނުވުން
(3)
ނުހޮރުއްޕާންވުން
ނުކުޅެދުން
މ
(1)
ބުއްދީގެ
ގޮތުން
ނުވަތަ
ޖިސްމާނީ
ގޮތުން
އުނިވެފައިވުން
(2)
ގުނަވަނަކަށް
ލިބިފައިވާ
ގެއްލުމަކުން
ދާއިމީ
ގޮތުގައި
ބަލިވުން
މަޖާޒު:
(3)
ކަމެއް
ވެވޭނޭގޮތްނެތުން
(4)
ކަމެއްގެ
ލަޔާޤަތާއި
ޤާބިލިއްޔަތު
ނެތުން
ނުކުޅެދޭމީހާ
ނ
(1)
ބުއްދީގެގޮތުން
ނުވަތަ
ޖިސްމާނީ
ގޮތުން
އުނިވެފައިވާމީހާ
(2)
ގުނަވަނަކަށް
ލިބިފައިވާ
ގެއްލުމަކުން
ދާއިމީ
ގޮތުގައި
ބަލިވެފައިވާމީހާ
މަޖާޒު:
(3)
ކަމެއް
ވެވޭނޭގޮތް
ނެތްމީހާ
(4)
ކަމެއްގެ
ލަޔާޤަތާއި
ޤާބިލިއްޔަތު
ނެތްމީހާ
«
27
28
29
30
31
32
33
34
35
»