radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ނު
އކ
(1)
ނަފީގެ
އަކުރެއް.
މިއަކުރުގެ
މާނަދޭހަވާނީ
ބަހަކާއި
ގުޅުވައިގެން
ބުނުމުގައެވެ
މިސާލު:
)ހ(
ނުބަލާ!
)ށ(
ނުދޭ!
)ނ(
ނުކާނަން
(2)
ނުދަންނަ
އެއްޗެއް
ވައިމަތިބެލުން
މ
(1)
ވިއްސާރަ
އަންނަންއުޅޭތޯ
ނޫޅޭތޯ
ބެލުން
(2)
ކަން
ކުރާން
އުޅުމުގައި
ނުރައްކައުތެރިކަމެއް
ވޭތޯބެލުން
(3)
މަޖާޒު:
އަމުރުވެރިޔެއްގެ
ރުހުން
ހުރިނެތްގޮތް
ބެލުން
ވައިމަތިބޯވުން
މ
(1)
ވައިޖެހޭ
ދިމާއިން
ވިލާތައް
އެއްތަންވެ
ވިލާ
ބޯވުން
(2)
ވައިވަޅު
ނުސާފުވުން
ވައިމަތިކިއުން
މ
(1)
ވިއްސާރަ
އައުމާ
ނައުމާ
ދޭތެރޭ
ގޮތްކިއުން
(2)
ވިއްސާރައިން
ރައްކައުތެރިވުމާ
ދޭތެރޭ
އުޑުމަތީން
ފެންނަމުން
އަންނަގޮތުގެ
ލަފާ
ބުނުން
ވައިފިލާ
ނ
ބޭހަށް
ބޭނުންކުރާ
ފަތްޕިލާވެއްޔެއް
ވައިފުޅަ
ނ
(1)
ދަނޑުބިމުގައި
ގޮވާން
ހައްދާއިރު
ގަދަ
ވައިން
ގަސްތަކަށް
ގެއްލުންވިޔަ
ނުދޭން
ވައި
ހުރަސްކޮށް
އެކި
ހިސާބު
ހިސާބުގައި
ޖަހާ
ފަންތޮށަލި
ފުޅައް
(2)
ވައިނިވާ
ވައިފުސް
ނ
ވައިމަތިފަރާތުން
ފެންނަ
ނުސާފު
ހާވިލާތައް
ނުވަތަ
އެފަދަ
ވިލާވިލާކޮޅު
ވައިފެންޖެހުން
މ
(1)
ކުރުނބާ
ކަނޑާއިރު
އޭގެ
ތެރޭގައި
ހުންނަ
ވައި
ނެރެލުމަށްޓަކައި
އެއްޗެއް
ހަރައި
ނުވަތަ
އެއްޗަކުން
ޖަހައި
ތޮރުފައިލުން
(2)
މަޖާޒު:
އުޅޭތަން
ފިޔަވައި
އެހެން
ތަނެއްގެ
ވަޔާއި
ފެނުގެ
ސަބަބުން
ހަށިގަނޑު
ރަނގަޅުވުން
ވައިދުނި
ނ
(1)
އާދަޔާ
ޚިލާފަށް
އުޑުމަތީން
ފެންނަ
ހުދު
ދިގު
ތުނި
ވިލާފަށެއް
މިއީ
ވައިޖެހޭނެ
ކަމުގެ
ލިޝާނެއްކަމަށް
ބުނެއުޅެއެވެ.
(2)
އިލޮށީން
ނުވަތަ
އޮނުން
ކުރުފަލަ
ތުތިމަހަކާ
ގާތްސިފައަކަށް
ހަދައިފައި
ކަރުދާހުން
ހިއްޕައިގެން
އިރުވައިގައި
އެއްލާން
ގެންގުޅޭ
ގުޑީގެ
ބާވަތެއް
މީގެ
ތިރީގައި
ކުޑަ
ފިނދުފަތެއް
ހުންނާނެއެވެ
ވައިލުން
މ
މަޢިދާގައި
ހެދޭވައި
އަނގައިން
ބޭރުކުރުން
ގިނަ
ފަހަރަށް
މިވައި
ނުކުންނަނީ
އަޑަކާވެސް
އެކުގައެވެ
ވައިގަނޑުރޫޅުން
މ
(1)
އެތެރެހަށީގައި
އުފެދޭވައި
ފަރުވާޔަކުން
ނުވަތަ
ޠަބީޢީ
ގޮތަކުން
ހަށިގަޑުގެ
ތެރެއަށް
ބެހިގެން
ދިއުން
(2)
ނަގާ
ގަދަ
ވިއްސާރައިގައި
އަންނަ
ބާރުވައި
އުޑުމައްޗަށް
ފެތުރިގެން
ދިއުން
ވައިގައިހިފުން
މ
(1)
ހަމަވައިގެތެރޭގައި
ވައިގެ
ބާރުން
އެއްޗެއް
ހިފިހުންނަގޮތްވުން
(2)
މަޖާޒު:
ނުވެފައި
އޮތްކަމެއް
ކުރިޔަށްދާނެގޮތްވުން
(3)
ނުރުހުން
ލިބިފައިވާ
މީހަކު
ވެރިޔަކާއި
އަރިސް
ކުރެއްވުން
ވައިގޮށް
ނ
ގައިގެ
ތަންތަނުންނަގާ
ވައި
ހިފައިފައި
ހުންނަ
ގޮށް
ވައިސަރި
އ
ރީތިކަމާ
ޗާލޫކަމުގެ
މައްޗަށް
ސާބަސް
ދިނުމުގެ
ގޮތުން
ބުނާ
ބަހެއް
ވައިޖެހުން
މ
(1)
ވައިރޯޅިވުން
(2)
ވައި
އައުން
(3)
ބޯޅަ
ނުވަތަ
ފުރޮޅު
ފަދަ
ތަކެއްޗަށް
ވައި
ވެއްދުން
ވައު
ނ
(1)
މޭވާފަދަ
އެއްޗެހީގެ
ދިޔަ
ބޮއިގެން
އުޅޭ
ރޭގަނޑަށް
އުދުހޭ
ޖަނަވާރެއް.
މި
ގަސްގަހުގައި
ތިބޭނީ
ފިޔަގަނޑުގައި
ހުންނަ
ބުޅި
ގަނޑެއް
އަޅުވައިގެން
ބޯތިރިއަށް
އެލުވައިލައިގެންނެވެ.
(2)
ރޯނު
ވަކަ
ސުތުލި
ފަދަ
އެއްޗިހީގެ
ދެއުޅިއަށްވުރެ
ގިނަ
އުޅީގައި
މާރަށްވުރެ
ފަލަކޮށް
ދިގުކޮށް
އަޅައިފައި
ހުންނަ
އެއްޗެއް.
(3)
އުނދޯލި
އެލުވައިފައި
ހުންނަ
ފަށް.
(4)
އޮލަ
ނުވަތަ
ތަތް
އެއްޗަކުން
ނުކެނޑިދެމޭ
ފަށް.
(5)
ބައެއް
ބާވަތުގެ
ފަންޏާއި
ގިނަ
ބާވަތް
ބާވަތުގެ
މަކުނު
ދޫކުރާފަށް.
(6)
އެގޮތް
މިގޮތަށް
ބޯކޮށް
ގަސްހެދިފައި
އޮންނަތަން.
(7)
ބައްޔެއްގެނަން.
މިބަލީގައި
ވާގޮތަކީ
ބަލި
ޖެހުނު
ގުނަވަނެއްގެ
ބާރު
މުޅިން
ނެތެނީއެވެ.
)ނއ.(
(8)
ތެދަށް
ނުހުންނަ.
(9)
ލެނބުން
ހުންނަ.
މިސާލު:
ވައު
އިލޮށި
ވައުބަލި
ނ
ހަށިގަނޑުގެ
ގުނަން
ގުނަނަށް
ޖެހޭ
ބައްޔެއް
މިބަލީގައި
ވާގޮތަކީ
އެގުނަވަނުގެ
ބާރުމުޅީން
ނެތެނީއެވެ
އަދި
އެގުނަވަނުގެ
ބާރުނެތުނީމާ
ދުވަސްކޮޅަކުން
ހިމަވެސްވެދެއެވެ
ވައުކަން
ނއނ
(1)
ތެދަށް
ހުންނާނޭ
ބާރު
ނުހުންނަކަން
(2)
ޤަވާޢިދެއްނެތި
ގަސްތައް
ހެދިގެން
ގިނަވެފައިވާކަން
ވައުކޮށުން
މ
(1)
ވަލުތެރޭން
ބޭނުންނެތް
ގަސްތައްކޮށައި
ސާފުކުރުން
(2)
ވަލުތެރެކޮށައި
އަލިކުރުން
ވައުއެޅުން
މ
(1)
ވަލެއްގެ
އުޅިތައް
އެއްކޮށް
އެނބުރުން
(2)
އޮޑިދޯނިފަހަރު
އަޅާއިރު
ވަލުން
ހައްޔަރުކުރުން
(3)
މަޖާޒު:
ތިމާ
ކުރިކަމެއް
ބަދަލު
ވެގެން
ދިޔަނުދިނުމަށްޓަކައި
އެކިގޮތްގޮތުން
ގަދަހޯދުން
ވައުވަނުން
މ
މަޖާޒު:
(1)
މަގުއޮޅުން.
(2)
ދެވޭ
ނުދެވޭތަނެއް
ނޭގުން.
(3)
ޙަޤީޤަތް
ނުފިލައިހުރެ
ޙަޤީޤަތް
ފިލައްޖެކަމަށް
ހީވެގެން
އުޅުން.
(4)
ހެޔޮ
ކަމަކަށް
ނުބައިކަމެކޭ
ހީވުން
ނުވަތަ
ނުބައިކަމަކަށް
ހެޔޮކަމެކޭހީވުން
«
210
211
212
213
214
215
216
217
218
»