radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ކުރަ
ނ
(1)
ދިރޭ
އެއްޗެހީގެ
ހަމުގައި
ބޯކޮށް
ރާޅުކޮށް
ހެދިފައި
ހުންނަ
ތަންތަން
(2)
ބައެއް
މޭވާއާއި
ތަރުކާރީގެ
ބޭރުގައި
ބޯކޮށް
ހަރުކޮށް
ހުންނަ
ތަންތަން
(3)
ގަސްގަހުގެ
ތޮށީގައި
ބޯކޮށް
ހަރުކޮށް
ހުންނަ
ތަންތަން
(4)
)ސ(
ވައްގަނޑުން
އެއްޗެތި
އޮއްސާން
ހަދައިފައި
ހުންނަ
ބާވަތް
ބާވަތުގެ
ކަންވާރު
(5)
)ބދ (
ފުށަތް
ވަރުއައުން
މ
އެއްޗެއްގައި
ހުންނާންވީ
ފުރިހަމަގޮތް
އައުން
މިބަސް
ގިނައިން
ބޭނުންކުރަނީ
ދިޔާ
ނުވަތަ
އޮލަ
އެއްޗިއްސާ
މެދުގައެވެ
ފަތިސް ނަމާދު
ނ
ފަތިހު
ކުރަންޖެހޭ
ނަމާދު
ހަވާދުތަޅާވަން
ނ
ހަވާދު
ހިމުންކުރަން
ގެންގުޅޭ
ވަން
މިހުންނަނީ
ދަނގަޑުން
ނުވަތަ
ލޮއިންނެވެ
ހަތާވީސް ކިޔެވުން
މ
އިހުގައި
ކޮންމެ
ރޯދަމަހެއްގެ
72
ވިލޭރޭ
ދަރުމަވަންތަ
ރަސްގެފާނު
މިސްކިތުގަޔާއި
ދެގެދޭތެރެގަޔާއި
ކުޑަކިބާ
ބޭރު
ގެކޮޅުތެރޭގައި
ޤުރްއާން
ކިޔެވުން.
މިކަން
ކުރަން
ފަށަނީ
ތަރާވީސްކޮށް
ނިމުނީމާ
ދަރުމަވަންތަ
ރަސްގެފާނު
މިސްކިތުގައި
ބޮޑުކިޔެވެނިންނާއި
ކުދިކިޔެވެނިންނެވެ.
އޭރު
72
ފުކުގައި
ދިއްލާފައި
ހުންނާނެއެވެ.
ކިޔަވާނީ
ފޮތް
ފޮއްޓެކެވެ.
އެއަށްފަހު
ގަނޑުވަރުތެރެއަށް
ދުރުވެ
ދެގެ
ދޭތެރޭގައެވެ.
މިވަގުތު
ކުޑަކިބާ
ބޭރުގެކޮޅު
ތެރޭގައި
ޚަތީބުބޭކަލަކު
ފޮތް
ފޮށިކޮޅެއް
ބެހެއްޓެވީމާ.
"ތިންމަހުރޯދަކިޔަވަން"
އަށްޓަށް
ދުރުވި
ބޭކަލުން
ނައްކާރަ
ޖަހަންދެން
ކިޔަވާނެއެވެ.
ފަހަކަށް
އައިސް
މިކިޔެވުން
ކިޔެވީ
ހުކުރު
މިސްކިތު
ހަރުގޭގައެވެ
ހަތުރުންބައޯގަ
ނ
ދުޝްމިނުން
ދެރަކުޅައުމަށް
ކަންތައް
ކުރަންވީ
ސާޢަތް
ހަތްރީތި
ނ
އަންހެނުންގެ
ރީތި
ސިފަކިޔަން
ބޭނުންކުރާ
ހަތްނަމެއް.
އެއީ
(1)
ކުރަނގިދެލޯ
(2)
އިހިކަނދުރާ
(3)
ހިތިފަތުބުމަ
(4)
ގިއުޅުއަތުކުރި
(5)
ޝިކާރަމަތީ
ކުއްތާގެ
ބަނޑު
ކަހަލަ
ބަނޑު
(6)
ތުނިޔަނިޔަފަތި
(7)
އަންނާރުއޮށުދަތްޕިލާ
މިއެވެ
ހަތްއަތްތަވާޅީންގާނެގުން
މ
ރިޔަނު
ދެކޮޅުން
މުގޯއްޔެއް
އަޅަމުން
ގޮސް
ހަތްމުގޯލި
އަޅައި
ކޮންމެ
މުގޯއްޔެއްގައި
ހަތްގައުކޮޅު
ބާއްވައިގެން
ކުޅޭ
ކުޅިވަރެއް
މިކުޅިވަރުގައި
އެއް
މުގޯލި
ދޮށުގައި
އުޑަފައިން
އިށީނދެ
ގައުކޮޅެއް
ހިފައިގެން
ތެދުވެ
ހިންދަމާލައި
ދެން
ޖެހިގެން
ހުރި
މުގޯލި
ކައިރީގައި
އުޑަފައިން
އިށީދެ
ބާއްވަނީއެވެ
މިގޮތް
މަތީން
އެއް
މުގޯއްޔަށް
ފަހު
އަނެއް
މުގޯލި
ހުސްކުރަމުންގޮސް
ހަތްމުގޯލި
ހުސްކުރަނީއެވެ
ހަތްފުކުދިއްލުން
މ
ވޮށުގައި
ހަތްފުއްރޯކުރުން
މިކަންކޮށްއުޅުނީ
ރާއްޖޭގައި
ވޮށްދިއްލި
ޒަމާނުގައެވެ
މިކަންކުރަނީ
ރޯދަމަހުގެ
އުފަލަށްޓަކައި
މުލަރޯދަ
ވިލޭރޭގައެވެ
އަދި
ބައެއް
ޚާއްސަ
ރޭރޭވެސް
މިކަން
ކޮށް
އުޅުނެވެ
ހަލަވެލި
ނ
އާންމުގޮތެއްގައި
ތިރިކޮށްފެތުރިހެދޭ
ގޮފިގިނަ
ލަކުޑިހަރުގަހެއް.
މިއެންމެ
ވައްތަރުވާނީ
ކުރެދިގަހާއެވެ.
ކުރަދިފަތަށްވުރެ
ފަތްތުނިވުމާއެކު
މަޑުމަޑު
މީރުވަހެއް
ހުންނާނެއެވެ
މީގެ
ބައެއްގަސް
3
މީޓަރު
4
މީޓަރަށް
އުސްކޮށް
ހެދިފައިހުރެއެވެ
ހަލާދަނޑީގެ ދެކޮޅު ބަލާށެވެ
(ހަރުބަހެއް)
ކަމެއްކުރަންވާނީ
ހުރިހާ
ފަރާތަކަށްވެސް
ވިސްނައި
އެއިން
ލިބިދާނެ
ގެއްލުމަކަށް
ބަލައިގެންކަން
އަންގައިދިނުމަށް
ބުނެއުޅޭބަހެއް
ހަސްކާ
ނ
(1)
ކުއްލި
(2)
އެއްވާމަކަށް
ވާންވެފައިހުރެފައި
ދުލެއް
ޖެހިލައިފައި
ޖެހޭލަކި
މިބަސް
ގިނައިން
ބޭނުންކުރަނީ
ވައިމަޑު
އިރަށް
ރިޔަލުގެ
ދަންމާނުން
ޖަހާ
ލަތްކަށާއި
ނަގިލީގެ
ކެނބަށް
އަރާ
ކުއްލިއަށެވެ
(3)
މަޖާޒު:
ވެރިޔަކު
ދަށުގައިވާ
މީހަކަށްވާ
ކޯފާ
ހާލުހާލުން
ނ
މަދުމަދުން
މިބަސްބޭނުންކުރަނީ
ފެނިދެނިވުމާ
ގުޅުވައިގެންނެވެ
މިސާލު:
)ހ(
އޭނާ
މަގުމަތިން
ހާލުހާލުން
ފެނެއެވެ
)ށ(
އޭނާ
ހާލުހާލުން
މިގެއަށް
އާދެއެވެ
ހިނދުން
މ
(1)
ކެކިކެކިފެން
ހުސްވުން
(2)
ދިޔަވަރު
އަޑިވުން
(3)
އޮއްވަޅު
ކުޅޭއިރު
ހުސްވަޅަކަށް
އަތްހުސްވުން
މަޖާޒު:
ކަމެއް
ކުރަމުންގޮސް
ގަސްތުކުރި
ގޮތަށް
ނުވެވި
އެކަމެއް
ހުއްޓުން
(4)
ކަނޑުގައި
ހިފާވަރަށް
ވައިރޯޅި
ނެތުން
(5)
ފުފިފައި
ހުރި
އެއްޗެއް
ހައިވުން
(6)
ރޮމުން
ރޮމުން
ނުވަތަ
ހެމުން
ގޮސް
ނޭވާނުލެވޭ
ވަރުވުން
(7)
ދިޔާއެއްޗެހި
އާތްވަށް
އަރާހުސްވުން
ހިނިވަރުނަ
ނ
އެންމެ
މާތް
މީހުން
ހޭ
ހިނި
މިބަސް
މިހާރު
ބޭނުންކުރަނީ
ރަސޫލުﷲ
ޞައްލަﷲ
ޢަލައިހިވަސައްލަމައަށް
ނިސްބަތްކޮށް
ލިޔާލިޔުމާއި
ދައްކާ
ވާހަކަ
ދެއްކުމުގައެވެ
ހިނިވަރުނަކުރެއްވުން
މ
އެންމެ
މާތް
މީހުން
ހޭ
ހުނުން
މިބަސް
މިހާރު
ބޭނުންކުރަނީ
ޚާއްސަކޮށް
ރަސޫލުﷲ
ސައްލަﷲ
ޢަލައިހިވަޞައްލަމައަށް
ނިސްބަތްކޮށް
ލިޔާލިޔުމާއި
ދައްކާ
ވާހަކަ
ދެއްކުމުގައެވެ
ހިނިވަރުނަވުން
މ
އެންމެ
މާތް
މީހުންގެ
ހެވުން
މިބަސް
މިހާރު
ބޭނުންކުރަނީ
ޚާއްޞަކޮށް
ރަސޫލުﷲ
ޞައްލަﷲ
ޢަލައިހިވަސައްލަމައަށް
ނިސްބަތްކޮށް
ލިޔާލިޔުމާއި
ދައްކާ
ވާހަކަ
ދެއްކުމުގައެވެ
ހިބަ
ނ
(1)
ހަމަ
ހިލޭ
ދިން
އެއްޗެއް
(2)
ހިލޭ
ދޭދިނުން
(3)
މާވިހަގަދަ
ކައްޓެއްހުންނަ
ލަނޑާ
ޒާތުގެ
މަހެއް
(4)
(ހ)
ކުރަފިޒާތުގެ
ބޮޑު
ދިރޭއެއްޗެއް،
މި
ގިނައިން
އުޅެނީ
ކުނިގޮނޑުގެ
ތެރޭގައެވެ
ހިކާދުރުކުރި
ނ
(1)
އެންދަމާއިރު
ހިކާތައް
އައިސް
އުނދަގޫ
ކުރަން
ފެށީމާ
އެހިކާތައް
ދުރުކުރަން
ދުރަށްޖަހާ
ފިލިގަނޑު
މަޖާޒު:
(2)
ގޭގެއަށް
ވަދެއުޅޭ
ބޭނުމެއްނެތް
މީހުން
އަވަހަށް
ފޮނުވައި
ލުމަށްޓަކައި
ދީއުޅޭ
ކާބޯއެތިކޮޅު
(3)
ހިތުގައި
އަގުނެތް
މީހުންނަށް
ދީއުޅޭ
ކާބޯއެތިކޮޅު
ހިއްޕާދަތި
ނ
ވަޑާމުގެތެރޭ
ދޭތިގަނޑު
ގާތްކޮށް
ތަތްކުރަން
ބޭނުންކުރާ
އަތްދަތި.
މިއީ
ދެއެއްޗެއް
ގާތްކޮށް
ހިމުން
ކުރުމަށާއި
އެއްޗެއް
ނުގުޑާގޮތަށް
ހިފެހެއްޓުން
ފަދަ
ކަންކަމަށް
ބޭނުންކުރާ
އެއްޗެކެވެ
ހިތިބަދަން
ނ
ބޭހަށް
ބޭނުންކުރާ
އެއްޗެއް
މީގެ
ތޮށިގަނޑު
ހަރުވެފައި
ތޮށިގަނޑުގެ
ކުލަ
ހުންނާނީ
ފެހިކުލައެއްގައެވެ
މިއީ
ކާފޫރުތޮޅިއަށްވުރެ
ކުޑަކޮށް
އެކަހަލަ
ސިފައަކަށް
ހުންނަ
އެއްޗެކެވެ
ބޭހަށް
ބޭނުންކުރަނީ
އެތެރޭގެ
މަދެވެ
«
1
2
3
4
5
6
»