radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ޔާ
އ
ނަމަވުމުގެ
އަކުރު
މިސާލު:
)ހ(
ދިނިއްޔާ
)ށ(
އައިއްޔާ
ނަރަކަ
ނ
މީސްތަކުން
ކުރާކުށަށް
ގިޔާމަތް
ދުވަހުން
ޢަޒާބު
ދެއްވުމަށް
ހައްދަވާފައިވާ
ތަން
ނަރު
ނ
(1)
މަޢުދަނީ
ބާވަތަކުން
އުފައްދާ
ހިމަފަށް.
(2)
ބޮނބި،
ކަށިކެޔޮ،
ތޮރާ،
މިފަދަތަކެތީގައި
ހުންނަ
ހިމަ
ހަރު
ފަށް.
(3)
މިއުޒިކު
ކުޅޭސާމާނުގައްޔާއި
ކުޅިވަރުކުޅޭ
ބައެއް
ކަހަލަ
ރެކެޓްގައި
ފުރާފައި
ހުންނަ
ފަށް (4)
ހިމަ
ފަށްފަށަށް
ވާގޮތަށް
ތައްޔާރުކޮށްފައި
ހުންނަ
ބައެއް
ކާތަކެތި
މިސާލު:
(ހ)
ހަލުއިދާނަރު (ށ)
ފަޅޮލު
އަސާރައިގެ
ނަރު
(5)
ވެޔޮވެލުގެ
ފަތްވަޅުން
ފަޅައިފައި
ހުންނަ
ހިމަފަށް
(6)
ފުރާދުއްވާތަކެތީގެ
ހުންގާނުގައި
މާދާއަޅުވަން
މައްޔަލުގައި
ހަރުކޮށްފައިހުންނަ
ލޯފޯލި
(7)
(ބދ)
ހިމަކަން
ނަރުކަންނެލި
ނ
)ޅ (
ކަންނެލީގެ
ބާވަތެއް
މީގެ
ކޮތަރިގަނޑުގެ
ކޮޅުގައްޔާއި
ނިގޫފަތުގެ
ކޮޅުގައި
ދިގު
ނަރުވާއެއް
ހުންނާނެއެވެ
ނަރުގިސް
ނ
ފިޔާގަހުގެފަތް
ކަހަލަ
ހިމަފަތްތަކެއް
ހުންނަ
ތަނޑިދިގުމަލެއް
އަޅާގަހެއް
މިއީ
އަޑިއަށް
ގޮނޑިފައިބާ
ލިލީއާއިލާގެ
ބާވަތެކެވެ
ނަރުސިނގު
ނ
(1)
ހަތަރެސްފައިޖެހި
ޚިޔާލީ
ހައިވާނެއް
މިހައިވާނު
ކުޑަކަމުގޮސް
ފައިވާތާނގެ
ވެލި
އުކީމާ
ޖެހޭހާތާކުން
އަލިފާން
ރޯވެއޭ
ބުނެއުޅެއެވެ
(2)
ނއ
އަނަރޫފަވެ
ބަނޑު
ނުކުވެފައިވާ
ނަބީކަލޭގެފާނު
ނ
އިސްލާމްދީނުގެ
ނަބިއްޔާ
މުޙައްމަދު
ސައްލަﷲ
އަލައިހި
ވަސައްލަމް
ނަބީޒު
ނ
މޭބިސްކަދުރު
ނުވަތަ
ކަދުރުން
ތައްޔާރުކޮށްފައިވާ
ބަނގުރާ
ނަކަތް
ނ
(1)
މޫސުމުގެ
ގޮތުން
އަހަރު
ބެހިފައިވާ
އަށާވީސް
ބައިންކުރެ
ކޮންމެ
ބަޔަކަށް
ކިޔާނަން
(2)
ނަކަތް
ނަކަތަށް
ރޭވިފައި
ހުންނަ
ތަރިތައް
ނައިބުބެއިކަލުން
ނ
މަހުކަމަތުއްޝަރުޢިއްޔާގެ
ނާއިބުން
ނައިބުކަން
ނ
(1)
ރަށްރަށުގައި
ޝަރީޢަތް
ކުރުމުގެ
އަމުރުވެރިކަން
(2)
ވެރިޔާގެ
ބަދަލުގައި
ނުވަތަ
އޭނާގެދަށުން
ކަންހިންގާން
ހުންނަ
މީހާގެ
މަގާމު
ނައިބުކަމާ ހިނގުން
މ
ރަޖަބުމަހު
ހަވަނަދުވަހު
ދައުލަތުން
ބޮޑު
ރަސްމީ
ޖަމާއަތެއް
ފޮނުވައިގެން
ހަތަރުއަވަށު
މައިޒާންގޭދޮށުގައި
ދީނުގެ
އަމުރު
މަޢުރޫފު
ކުރުން.
މި
ޖަމާއަތް
އެކުލެވިގެންވަނީ
ބޮޑުބޭކަލުން
ޚަތީބު
ބޭކަލުން
ފަނޑިޔާރުގޭ
ނާއިބު
ބޭކަލުން
މަލިން
ބޭކަލުން
އަސްކަރު
މުސްކުޅިން
މަޖިލީހަށް
އަރާބޭކަލުން
މުދިން
ބޭކަލުން
ދޭވާނީން
މިބޭބޭކަލުންގެ
މައްޗަށެވެ
ނައިބުފަތް
ނ
(1)
ނާއިބުކަން
ރަށްރަށުގެ
މީހުނާ
ހަވާލުކުރާއިރު
މަހުކަމަތުއް
ޝަރުޢިއްޔާއިން
ދޭފަތް
މިފަތް
އެރަށްރަށުގެ
ރައްޔިތުންނަށް
ކިޔައިދިނުމީ
ލާޒިމް
ކަމެކެވެ
(2)
އިހުގައި
ކޮންމެ
އަހަރެއްގެ
ރަޖަބުމަހު
6
ވަނަ
ދުވަހު
ފަޑިޔާރު
މަނިކުފާނުގެ
ފަރާތްޕުޅުން
ދީނީ
އަމުރު
މަޢްރޫފު
ހިންގުމަށް
އަންގަވާ
އެންގެވުން
ލިޔެފައިވާ
ކަރުދާސް
ނައު
ނ
ޗާނދާލައިފައި
ހުންނަ
ހަތަރެސްކަން
ރިޔާ
ނުވަތަ
ގޯސީ
ނަގައިގެން
ދުއްވާ
އުޅަނދު
ނައްކަވާރު
ނ
(1)
އޮރިޔާންބުޑު
ނައްކަވާރު
(2)
އޮރިޔާމުން
ހުންނަކުއްޖާ
(3)
ބަންގާޅު
ކަނޑުގައި
އޮންނަ
ނިކުބާރު
ކިޔާ
ޖަޒީރާތައް
ނައްކަވާރުރާޖާ
ނ
މަޖާޒު:
ގިނައިން
އޮރިޔާމުން
އުޅޭ
ކުއްޖާ
ނައްޓައިލުން
މ
(1)
"ނެއްޓުން"
މިބަހުގެ
ލުއިގޮތް
(2)
މަތީގައި
ހުރިއެއްޗެއް
ނުވަތަ
މީހެއް
ވެއްޓޭގޮތަށް
އެހުރިތަނަކުން
ވަކިވުން
(3)
ތަނެއްގައި
ތަތްވެފައިހުރި
އެއްޗެއް
ވަކިކޮށްލުން
(4)
އުޅަނދެއް
ދަތުރަށް
ފެށުން
(5)
މިސްރާބުން
ކަސިޔާރުވުން
ނައްޕި
ނ
ރިހަ
ފަނިފަދަ
ތަކެތި
ކައްކަންވީ
ގޮތްނޫން
ގޮތަކަށް
ކެކިފައި
ހުރީމާ
ކިޔާނަން
ނަވަގެއްލުން
މ
(1)
މީޒާނަށް
އެރުވުން
(2)
ގުނަހެޔޮތޯ
ބަލާން
ގުނަކުރީމާ
ލިބުނުބަޔާއި
އެއްކުރީމާ
ލިބުނުބަޔާ
ދެބައިވަކީން
ނުވަޔަކުން
ކަނޑައިގެން
ޢަދަދު
ނެރުން
ނަދުރު
ނ
(1)
ޖެހޭއާފާތަކުން
ސަލާމަތް
ވުމަށްޓަކައި
ނުވަތަ
ނިޢުމަތެއް
ލިބިގަތުމަށްޓަކައި
އެއާފާތެއް
ފިލައްޖެއްޔާ
ނުވަތަ
އެނިއުމަތެއް
ލިބިއްޖެއްޔާ
ހެޔޮކަމެއްގެ
ނިޔަތުގައި
ކަމެއް
ކުޅައުމަށް
ކަނޑައަޅާ
ކަނޑައެޅުން
(2)
އިހުގައި
ނަދުރުބުނެގެން
ބޮލުމެދުން
ދިގުކޮށްފާހުންނަ
އިސްތަށިކޮޅު
ނަދުރުބުނުން
މ
ޖެހޭ
އާފާތަކުން
ސަލާމަތްވުމަށްޓަކައި
ނުވަތަ
ނިޢުމަތެއް
ލިބިގަތުމަށްޓަކައި
އެއާފަތެއް
ފިލައްޖެއްޔާ
ނުވަތަ
އެނިއުމަތެއް
ލިބިއްޖެއްޔާ
ހެޔޮކަމެއްގެ
ނިޔަތުގައި
ކަމެއްކުޅައުމަށް
ކަނޑައެޅުން
«
14
15
16
17
18
19
20
21
22
»