radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ނު
އކ
(1)
ނަފީގެ
އަކުރެއް.
މިއަކުރުގެ
މާނަދޭހަވާނީ
ބަހަކާއި
ގުޅުވައިގެން
ބުނުމުގައެވެ
މިސާލު:
)ހ(
ނުބަލާ!
)ށ(
ނުދޭ!
)ނ(
ނުކާނަން
(2)
ނުދަންނަ
އެއްޗެއް
ކުރަފަތްބުރި
ނ
(1)
ސަތަރު
ކުރަހާ
ގުޑީގެ
ފިންދުނީގެ
ކޮޅުގައި
ޖަހާ
ފަތެއް
(2)
ދޯނިފަހަރުގެ
ދިރުނބާކޮޅުން
ދެފަރާތުގެ
މަތިކަނުގައި
ކިއްސަރުލާފައި
ހުންނަ
ފަށްބުރި
ކުރަފަތްއެޅުން
މ
(1)
އަމިއްލައަށް
މަރުވުމުގެ
މަޤްޞަދުގައި
ކުރަފަތުން
ގައިގެ
ތަނެއް
ކަފައިލުން
(2)
ނުރުހުމާއެކު
އިންސާނެއްގެ
ގައިގެ
ތަނެއް
ކުރަފަތަކުން
ކަފައިލުން
ކުރަފަތްޖަހާ ހަންގަނޑު
ނ
ކުރަފަތް
ތޫނުކުރާން
ކާއްތަން
ހަދައިފައި
އޮންނަ
ދިބާޣުކުޅަ
ހަންގަޑެއް
ކުރަފިހިލުން
ނ
ކުރަފިތައް
ނުކުމެގެން
އުދުހިގަތުން
ކުރަލުން
މ
(1)
ގައިގެ
ހަމުގައި
ގިނަފަހަރު
އެއްޗެއް
ކޭއްތިގެން
ހަންބޯވުން
(2)
މަޖާޒު:
ކަމެއްކޮށްކޮށް
އާދަވެގެން
އެކަމަށް
ހޭނުން
ކުރާގަނޑު
ނ
(1)
ގޮވާން
ގަސްގަހުގެ
ކުރިން
ނުކުންނަ
އޮށްޓަރު
ހުންނަ
މާކޯޅި
(2)
ކޮޅި
ކުރި
ނ
(1)
ކޮޅަށްހުރި
އެއްޗެއްގެ
މަތީކޮޅު.
(2)
ގަސްގަހާއި
އޮފީގެ
މަތީކޮޅުގެ
ޅަތަން.
(3)
ގަސްގަޑުން
ފަޅާ
ޅަނިރު.
(4)
މޫނުހުރި
ދިމާ.
(5)
އަންނަން
އޮތްތަން.
(6)
ވޭތުވެދިޔަތަން.
)ނއ.(
(7)
ކަންތަކަށް
މޮޅު.
(8)
ދަރަޖައިން
މަތިވެރި.
(9)
ކުރުން
މިބަހުގެ
ނިމިނިމުނުކަން
ކުރިރުއް
ނ
ރުކުގެ
ބާވަތެއް
މިރުކުގައި
ގަންނަ
ތަކެތީގެ
ކިހައްގަނޑާއި
ފިހިގަނޑުގައި
ހިތި
ރަހައެއް
ނުހުރެއެވެ
ކުރިބައި
ނ
)ޅ.(
މަސްއައިނުގައި
ކުދިމަސް
ބާނަން
ގެންގުޅޭ
އެންމެ
ހިމަ
ކުދިދޮށި
މަސްއައިނުގައި
ދަހިކޮށް
ކުދިމަސް
ބާނައިއުޅެނީ
ކުރިބައިންނެވެ
ކުރިބެއްދުން
މ
ކުރިޔަށްދިޔަނުދޭން
ކުރިމައްޗަށް
އެރުން
ކުރިބެދުން
މ
(1)
ހެދިހެދިހުންނަ
ގަސްގަހުގެ
ކުރި
ނުނިކުންނަ
ގޮތް
ވުން
(2)
ގަސްގަސް
ގައިގޯޅިވެގެން
ނުވަތަ
މަތިބެދުމުގުގެ
ސަބަބުން
ރުއްގަސް
ނުފޯދޭގޮތްވުން
(3)
ކުރިޔަށް
ނުދެވޭގޮތްވުން
ކުރިބޯށި
ނ
(1)
ބައެއް
ގޭގެގެ
ފުރާޅުގައްޔާއި
ދިދަދަނޑީގެކޮޅުގައި
ހަރުކޮށްފައި
ހުންނައެއްޗެއް
މިހަދައިއުޅެނީ
ކޭލުބޯއްޓާއި
އެއް
ސިފައަކަށެވެ
(2)
ކުރިބޯށިގޮތަށް
ހަދައިފައި
ނުވަތަ
ކުރަހައިފައި
ހުންނަ
އެއްޗެހި
ކުރިއެރުން
މ
(1)
ކަމެއްގައި
އަނެކަކަށްވުރެ
ނުވަތަ
އަނެކައްޗަކަށްވުރެ
ކުރިޔަށް
ދެވުން
(2)
މޮޅުވުން
(3)
މައްޗަށް
ދިޔުން
(4)
ތަރައްޤީވުން
ކުރިމަތި
ނ
(1)
މޫނާދިމާ
(2)
މޫނުހުރިފަރާތް
(3)
މޫނުމައްޗަށް
ވީ
ފަރާތް
ކުރިމަތިފަރާތް
ނއ
(1)
މޫނާދިމާ
(2)
ކުޑަކަމުދާ
ދޮރާ
ބެހޭ
ހިސާބު
(3)
ފިރިހެނުންގެ
ޒަކަރު
(4)
އަންހެނުންގެ
އިސްމަތި
ކުރިމަތިލުން
މ
(1)
މޫނާ
މޫނު
ސީދާކުރުން
(2)
އެއްޗަކާ
ނުވަތަ
މީހަކާ
ދިމާއަށް
ސީދާ
ބެލުން
(3)
އެއްޗެއް
ހޯދުމަށް
ނުވަތަ
ކަމެއްކުރުމަށް
ނުވަތަ
ކަމެއް
ކާމިޔާބުކުރުމަށް
ތައްޔާރުވެ
މަސައްކަތް
ފަށައިގަތުން
(4)
ދިމާކުރުން
(5)
ކަމެއް
އުފުލައިގަތުމަށް
ޢަޒުމު
ކަނޑައެޅުން
ކުރިމެރުން
މ
(1)
މީހަކު
ކިޔަމުންދާ
ވާހަކައެއްގެ
އަންނާން
އޮތްތަނުން
ތަންތަންކޮޅު
އެހެން
މީހަކު
ކިޔައިދިނުން
(2)
މީހަކު
ނުވަތަ
ބަޔަކު
ކުރާން
އުޅޭ
ކަމެއް
ވިޔަނުދިނުން
ކުރިފެޅުން
މ
(1)
މަޖާޒު:
ދެކެވެމުންދާ
ވާހަކަ
އަކުން
އާވާހަކައެއް
އުފެދުން
(2)
ގަސްގަނޑުން
ނިރު
ނުކުތުން
ކުރިލުން
މ
ގަސްގަހުން
ކުރިނުކުތުން
ކުރިޖެހިބަތް
ނ
ޅަކޮށް
ކައްކައިގެން
ކެޔޮފަތު
ހޮޅިޔަށް
އަޅައިފައި
ހުންނަ
ބޮނޑިބަތް.
މިހޮޅީގެ
ދެކޮޅު
ފަތްގަނޑު
ހުންނާނީ
ބޮނޑިބަތް
ރޯލުގެ
ކޮޅަށް
ވައްދާ
ލައިފައެވެ.
މީގައި
ހުންނާނީ
އަށެއް
ނުވައެއް
އިންޗީގެ
ދިގުމިނެވެ.
ފަލަ
މިނަކީ
މެދުމިނު
މީހެއްގެ
އަތުކުރީގެ
ފަލަމިނެވެ.
މިއީ
އޮލީފަދަ
ރަސްމީ
ކަންތަކުގައްޔާއި
ރަށްރަށުގެ
މައުލޫދުގައި
ޅެންކިޔާ
މީހުންނަށް
ހުންނަ
ބަތެކެވެ
«
152
153
154
155
156
157
158
159
160
»