radheef.info
ރަދީފު


ނ (1) ނ. ގައިގެ ހަމުގައި އުފެދޭ ހިރުވުމެއް. (2) ހިރުވުން ފިލުވުމަށް އިނގިލިތަކުގެ ކޮޅުން ނުވަތަ އެހެންވެސް އެއްޗަކުން ގައިގެ ހަމުގައި ކޭއްތުން (3) ރާޅު އެއްޗަކުން ތަނެއްގައި ކޭއްތުން. (4) ތޫނު އެއްޗަކުން އެއްޗެއްގައި ކާއްތައިގެން ކުނޑި ނެގުން ނުވަތަ އުނިކުރުން. މިސާލު: )ހ( ކެލާކެހުން. )ށ( އުނބުކެހުން. (5) ފާރުގައި ސިމެންތި ޖަހާއިރުގައްޔާއި ތަޅުން އަޅަމުންދާއިރު އެއްވަރު ކުރުމަށް ސިމެންތިގަނޑު ފަތިގަނޑަކުން ކާއްތައި ހަމަކުރުން (6) އިލޮށި ފައްޗާއި ފިހިގަނޑު ފަދަތަކެތީން ކުނި އެއްކޮށް ސާފުކުރުން މިސާލު: ކުނިކެހުން. (7) ލޮލުގައި ހުންނަ ވަކި ވައްތަރެއްގެ ބައްޔެއް ބޭސްއަޅައިގެން ފިލުވުން. މިސާލު: ފުސްކެހުން. (8) އުޔާއި ބަރަންޏާއި ނަނު ފަދަ ތަކެތި އަތަށް ނުވަތަ އެއްޗަކަށް ދޫދޫކޮށް އޮޅުން. (9) ތަނެއްގައި ހުރި އެއްޗެހިތަކެއް އެއްފަހަރާ ގިނައިން ގެންދެވޭގޮތަށް އަތުން ނުވަތަ އެއްޗަކުން ފަރާތަކަށް ޖައްސައިލުން. )01( ދަމާފޮތިގަނޑެއް ނުވަތަ ފަރުދާއެއްފަދަ އެއްޗެއް މައްޗާއެކު އެއްފަރާތްކޮށްލުން. (11) އެއްޗެއްގެ މަތީ ތޮށި ތޫނު އެއްޗެއް ކާއްތައިގެން ފިލުވުން މިސާލު: ކަނޑޫކެހުން. (21) ނަގިލި ހިލިގެން ދެމެމުން ދިޔުން. މިސާލު: ނަގިލިކެހުން. )31( ހިފައިފައި ހުންނަންވާ އެއްޗެއް ނުހިފައި ކެހެމުން ދިއުން. މިސާލު: )ހ( ފުރޮޅުކެހުން. )ށ.( ރޯލުކެހުން. )41( އެމަށް ފައްތައިފައި އޮތް ދަލެއް އަތްމައްޗަށް ދެމުން މިސާލު: ދާކެހުން )51( ވިލާތައް ފަރާތްފަރާތަށް ޖެހުން މިސާލު: ވިލާކެހުން )61( ކުރުނބާއިން ހެވާ ނެގުން )71( އުސްކޮށް ހުންނަ ފަސްތައް ފަތުރައި އެއްވަރުކުރުން މިސާލު: ފަސްކެހުން )81( ރިޔާ ފަރުމާނު މައްޗަށް ބޮނޑިކުރުން މިސާލު: ރިޔާ ކެހުން )91( )ޏ ސ( ފުނާ އެޅުން މިސާލު: ބޯކެހުން )02( މަޖާޒު: ތުނބުޅި ބޭލުން
ނ ދިވެހިރާއްޖެ ޕޯޗްގީޒުން ހިފައިގެން އުޅުނު ދުވަސްވަރު ރަސްކަމުގައި ހުރި މަޝްހޫރު ގޯވާ ކަޅުފަރަންޖީ. އެއީޚާންޒީދިކަމަނާގެ ބޮޑުމުޙައްމަދެވެ. މީނާވިހައި ބޮޑުވީ ގާފަރު ކަޅުފާށިނާ ތަކުރުފާނުންގެ ބެލުންދަށުގައި ހުވަދޫ އަތޮޅުގައެވެ. އެދުވަސްވަރު ރަސްކަމުގައި އިންނެވީ މަޝްހޫރު ބުރަކިރަނީންނެވެ. ބޮޑުވިފަހުން މާލެއަންނަމުން ފިލައިގެން ގޯވާ އަށްގޮސް އިސްލާމްދީން ދޫކޮށް ޣައިރުދީނުގައިހުރެ ދިވެހިރާއްޖެއާތޮޅޭން ތިންފަހަރުމަތީން އައިސް އެއިރު ރާއްޖޭގެ ރަސްކަމުގައި ހުންނެވި އައްސުލްޠާން ޢަލީ )6 ވަނަ( އިބުނު އަލްވަޒީރުލް އައުޒަމް ޢަބްދުއްރަޙުމާން ސިރީ އައުދަސިޔާކަ ކައްތިރިމަހާރަދުން ޝަހީދުކޮށް ރަސްކަމަށް ވެރިވީއެވެ މީނާމަރުއްވައި ރާއްޖެ އިސްލާމް ކުރެއްވީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނެވެ މީނާ ރަސްކަންކުރީ 569ހ އިން 189ހ އަށެވެ އެއީ ގާތްތަނޑަކަށް ސޯޅައަހަރުވާދެނެވެ