radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ނު
އކ
(1)
ނަފީގެ
އަކުރެއް.
މިއަކުރުގެ
މާނަދޭހަވާނީ
ބަހަކާއި
ގުޅުވައިގެން
ބުނުމުގައެވެ
މިސާލު:
)ހ(
ނުބަލާ!
)ށ(
ނުދޭ!
)ނ(
ނުކާނަން
(2)
ނުދަންނަ
އެއްޗެއް
ބެކްޓީރީއާ
ނ
ލޮލަށް
ފެންނަ
ވަރަށް
ވުރެކުދި
ދިރޭއެއްޗެހީގެ
ބާވަތެއް
މިބާވަތުގެ
ބައެއް
ވައްތަރުތައް
ހިމެނެނީ
ތަފާތު
ބަލިތައް
ޖައްސާ
ޖަރާސީމުގެ
ތެރޭގައެވެ
އަނެއްބައި
ވައްތަރުތަކަކީ
އިންސާނުންނާއި
ޙައިވާނުންގެ
ހަޖަމުގެ
ނިޡާމަށް
ނުވަތަ
ޗީޒްފަދަ
ކާނާ
ތައްޔާރުކުރުމަށް
ނުވަތަ
ގަސްގަހާގެހީގެ
ކާނާ
ހޯދުމުގެ
ނިޡާމަށް
ކޮންމެހެން
ބޭނުންވާ
ވައްތަރުތަކެކެވެ
ބެއަސްނުބެއަސް ހައިވަކަރުއޮޑި ނަންވާނެ
ރަނގަޅުކަމެއް
ކުރިޔަސް
ނުކުރިޔަސް
ބޮޑަށް
ނަންވާނީ
އެކަމަށް
މަޝްހޫރުވެފައިވާ
މީހެކެވެ
މިބަސްމީގެ
އިދިކޮޅަށްވެސް
ބުނެއުޅެއެވެ
ބެއްދުން
މ
(1)
އެކަތި
އަނެއްޗާއި
ގުޅުވުން
(2)
މީހެއްގައި
ނުވަތަ
އެއްޗެއްގައި
އޮޅުލައިގަތުން
(3)
އެއްޗެއްގައި
މަޅިއެއް
އަޅުވައި
ބާރުކުރުން
(4)
މުށްލައްޕައި
ބާރު
ކުރުން
(5)
ނިވާކުރުން
(6)
މަސްތަކެއް
ދަލަކަށް
ނުވަތަ
ކޮށިގަނޑަކަށް
ވައްދައި
ބަންދުކުރުން
(7)
ބަންދުކުރުން
(8)
ކުރިމަތި
ބަންދުކޮށްގެން
ކުރިޔަށް
ދިޔަނުދިނުން
(9)
ދައްކާ
ވާހަކައަކުން
އަނެކަކު
ދެރަކޮށްލުން
)01(
ކަޑައްތު
ކުރުން
ބެއްސެވުން
މ
އެއްޗެއް
އެކިބައިބަޔަށް
އަޅައި
އެކި
މީހުންނަށް
ދިނުމަށް
މާތްކޮށާއި
އެންމެ
މާތްކޮށް
ބުނާގޮތް
ބެދުން
މ
(1)
ދިޔާއެއްޗެހި
އޮލަވެ
ގަނޑުގަތުން
މިސާލު:
ހަލުވިދާއާއި
ކަސްޓަޑު
ފަދަތަކެތި
ކައްކައިފައި
ބެހެއްޓީމާ
ބެދެއެވެ
(2)
ދިޔަވަރު
ހިކެމުންގޮސް
ފަޅުމަތީގެ
ބިންގަނޑު
ހިކުން
މިސާލު:
ދިޔަވަރުހިކި
ފަޅުމަތި
އޮތީ
ބެދިފައެވެ
(3)
މީހާގެ
ކިބައިން
ވެފައި
އޮތްކުށެއް
ސާބިތުވުން
މިސާލު:
އޭނާވަނީ
އެކުށުގައި
ބެދިފައެވެ
(4)
ކުރިޔަށް
ދެވޭނެ
ގޮތެއް
ނެތުން
މިސާލު:
އޭނާކުރި
ކުށެއްގެ
ސަބަބުން
ކުރިޔަށް
ދިއުމުގެ
މަގުއޮތީ
ބެދިފައެވެ
(5)
ދެއެއްޗެއް
ތަތްވެ
އެކަތި
ގަނޑަކަށްވުން
މިސާލު:
އޭނާގެ
އަތުގެ
މުލައް
ދަނޑިން
ވަކިވި
ކަށިގަނޑު
ކުރިފަރުވާއެއްގެ
ސަބަބުން
މިހާރު
ބެދިއްޖެއެވެ
(6)
ހިންމިޔާއި
ލޯވަޅު
ފަދަތަންތަން
ބަންދުވުން
މިސާލު:
ދޯނީގެ
ހިންމިތައްވަނީ
ކޮޅައި
މަދަން
އަޅައިގެން
ބެދިފައެވެ
(7)
އަނގަބެދުން
ވާހަކައެއް
ދައްކައިގެން
ކުރިނުލިބުން
މިސާލު:
އަހަރެންދެއްކި
ވާހަކައިން
އޭނާގެއަނގަބެދިއްޖެއެވެ
(8)
މަޅިޔެއް
ނުވަތަ
ގޮށެއްފަދަ
އެއްޗެއް
ބާރުވުން
މިސާލު:
ފިނދަނަ
މަޅިފަތީގައި
ބެދިއްޖެއެވެ
(9)
ކަޑައްތުވުން
މިސާލު:
މާލެއަތޮޅުން
ބ
އަތޮޅަށް
ދެވޭނީ
ކާށިދޫ
ކަނޑު
ބައްދައިގެންނެވެ
)01(
ކުރިޔަށްނުދެވޭ
ގޮތްވުން
މިސާލު:
އޭނާ
ހިނގަމުން
ދަނިކޮށް
މަގުމަތީގައި
ދުއްވާ
އެއްޗިހީގެ
ސަބަބުން
މަގު
ބެދިއްޖެއެވެ
ބެލޫނި
ނ
ގޭސް
ނުވަތަ
އަލިފާނުގެ
ވައިން
ފުއްޕައިގެން
މައްޗަށް
އަރުވާއެއްޗެއް
މި
ގިނައިން
ހަދައިއުޅެނީ
ފޮތިން
ނުވަތަ
ރަބަރުންނެވެ
ބެލެހެއްޓުން
މ
(1)
މީހަކު
ނުވަތަ
އެއްޗެއް
ރައްކާތެރި
ކަމާއެކު
ގެންގުޅުން
(2)
ފަރުވާތެރިކަމާއެކު
ކަމެއް
ހިންގުން
(3)
އެއްޗެއް
ގެއްލުނަނުދީ
އެއަށްވާނުވާގޮތް
ބެލުން
ބެލެނިވެރިޔާ
ނ
މީހަކު
ނުވަތަ
ކުއްޖަކު
ބަލަހައްޓާން
ހަވާލުވެފައިވާ
މީހާ
ބެޑުޝީޓު
ނ
(1)
ތަންމަތީގައި
ފަތުރަން
ބޭނުންކުރާ
ފޮތިގަނޑެއް
(2)
ފަލަނގުފޭލި
ބެޓެރީ
ނ
އިލެކްޓްރިކް
ބާރުން
ދިއްލާ
ބައެއް
އެއްޗިއްސާއި
އިލެކްޓްރިކް
ބާރުން
ހިނގާބައެއް
އެއްޗެއްސަށްލައްވަން
ނުވަތަ
ބޭނުންކުރަން
ހަދައިފައި
ހުންނަ
އެއްޗެއް.
މިހުންނަނީ
ކަރަންޓް
އުފައްދައިދޭ
ބާވަތްތަކާއި
ނުވަތަ
އެބާރު
ހިފަހައްޓައިދޭ
ބާވަތްތައް
އެތެރެއަށް
އަޅައިފައެވެ
މީގެ
ތަފާތު
ވައްތަރުތައް
ހުރެއެވެ
ބޭހެއްތި
އމ
)ސ (
އައުން
އެދޭކަން
ދޭހަކޮށްދިނުމަށްޓަކައި
ބުނާގޮތެއް
ބޭނގު
ނ
ފެނަށް
ދިރޭ
މޫދުމަހެއް
މިއީ
ކަށިގިނަ
މަސްމީރުމަހެކެވެ
މިމަސް
ހުންނާނީ
މެކުނު
ފާޑަށެވެ
ބޭނޑު
ނ
ކަނޑުމަތީ
ދޫންޏެއް.
މިއީ
ފިޔަގަނޑު
ވަރަށް
ތޫރިކޮށް
ހުންނަ
ދޫންޏެކެވެ.
މިދޫނީގެ
ފިޔައިގެ
މަތީ
ފަރާތާއި
ބޮލާއި
ކަނދުރާ
މަތީގައި
ހުންނާނީ
ކަޅުކުލައާއި
ގާތް
ގަދަ
މުށިކުލައެވެ.
ބަނޑުދޮށް
ހުންނާނީ
ހުދުކުލައިގައެވެ.
ފަޔާއި
ތުނބުގައި
ހުންނަނީ
ކަޅުކުލައެވެ.
މިދޫނީގެ
ބޮޑުމިނަކީ
ގާތްގަނޑަކަށް
ފަނަރަ
ނުވަތަ
ސަތާރަ
އިންޗިއެވެ
ބޭނިގަތުން
މ
ތިމާޔާ
ނުބެހޭ
ކަންތަކުގެ
ތެރެޔަށް
އަމިއްލަޔަށް
ވަދެގަތުން
ބޭނުން
ނ
(1)
މުހުތާދު
(2)
މަޤުޞަދު
(3)
މަޠުލަބު
(4)
ހާޖަތް
(5)
އެދޭއެދުން
(6)
ހިތްކިޔާކިޔުން
މ
(7)
އެއްޗެއްގެ
ތެރެއަށް
އަނެކައްޗެއް
ވެއްދުން
ނުވަތަ
ކޮއްޕުން
(8)
ބުޅީގައި
ގަނުވައިގެން
މަސްހިފުން
(9)
ކުރުނބާ
ކިހައް
ފަދަ
ތަކެތި
އިހާ
އޮތްގޮތަށް
ވާޖަހައިގެން
ރުކުން
ބޭލުން
)01(
ކަމެއްގެ
ތެރެއަށް
މަތިންބައިން
ޖެހިގެން
ވަނުން
ބޭން
ނ
(1)
ފުމޭ
ތަކެތިންނާއި
ޖަހާބެރުން
ވަކިރާގަކަށް
ހަމަކޮށްގެން
ގޮއްވާ
އަޑުތަކެއް.
(2)
ބޭންޕާޓީ.
(3)
އެކަކަށްވުރެ
ގިނަދަރިން.
މިސާލު:
ދެބޭން
ތިންބޭން.
(4)
ބޭނުން-
ތިމާއަށް
ނިސްބަތްވާގޮތަށް
އޮންނަ
މިބަހުގެ
ނިމިނިމުނުކަން.
މިސާލު:
އަހަރެން
މަސްބޭން.
(5)
ގާތްތިމާގެ
މީހުން.
)އެކަކަށްވުރެގިނަ(
ދެބެންގެ
ދެދަރިދެބޭން
ތިންބޭން
އަޚުން
އުޚުތުން
ބޭބޭންގެދަރިން
ބޭންދުން
މ
(1)
އިށީނުން
މިބަސް
ކުރުވުމުގެ
މާނައިގައި
ބުނާގޮތް
)އިށީނދުވުން(
(2)
ޚިތާނުކުރުން
(3)
ވަކިތަނަކުން
ނުނިކުމެވޭގޮތަށް
މީހަކު
ތަނެއްގައި
ވަގުތީ
ގޮތުން
ހިފެހެއްޓުން
ބޭންޑު
ނ
(1)
މިޔުޒިކްކުޅޭ
ސާމާނާ
އެކުގައިވާ
މިޔުޒިކް
ގުރޫޕް
(2)
ބޮލުގައި
އަޅަން
ހަދައިފައި
ހުންނަ
ބަންދު
(3)
ބޮލުގައި
ނުވަތަ
ހެދުމުގެ
ތަނެއްގައި
އަޅާފޮތިފަށް
ބޭރަށްދިއުން
މ
(1)
އެތެރެއިން
ބޭރަށް
ނުކުމެގެން
ދިއުން
(2)
ރާއްޖެއިން
ބޭރަށް
ދިއުން
(3)
މަޖާޒު:
ބޮޑުކަމު
ޙާޖިތަށް
ދިއުން
ބޭރި
ނ
(1)
ކަނޑުން
އަރާކަމަށް
ހީކުރާ
ޚިޔާލީ
ފުރޭތައެއް.
މިއީ
ހުރިހާ
ކަމަކާ
ވާހަކަދައްކައި
އެއްޗެހިކިޔައި
އުޅޭ
ކަމަށްބުނާ
ފުރޭތައެކެވެ
(2)
މަޖާޒު:
މީހަކާ
ހިތާވެގެންމެ
އެވައްތަރު
ނުދައްކާ
އެމީހާގެ
ފަހަތުން
އަޅައިގަނެގެން
އުޅޭމީހާ
«
112
113
114
115
116
117
118
119
120
»