radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ގާ
ނ
(1)
ކެލްސިޔަމް
ކާބަނޭޓުން
ކަނޑުގެ
މާހައުލުގައި
އުފެދިގެން
ބޮޑުވާ
ހަރުއެއްޗެއް.
މިއީ
އޭގެ
އަމިއްލަ
ޒާތުގައި
އުފެދި
ގިނަވާ
އެއްޗެކެވެ
(2)
ރާތަލެއްގެ
ހަތަރުބައިކުޅަ
އެއްބައި
(3)
ބައެއްކަހަލަ
ތަކެތި
ހިކިގެންވާހަރު
މިސާލު:
އުވަތައް
ހުރީ
ގާވެފައެވެ
(4)
ގަސްގަހާ
ގެހި
ކުރިލަމުން
ހެދޭގޮތް
ހުއްޓޭ
ހުއްޓުން
މިސާލު:
އެމިރުސްގަސް
މިހާރު
ގާވެއްޖެއެވެ
(5)
މަޖާޒު:
ކުދިން
އުމުރާ
އެއްވަރަށް
ބޮޑުނުވެ
ވާހަރު
މިސާލު:
އެކުއްޖާއެހެރީ
ގާވެފައެވެ
(6)
ހިތްކޮށި
މިސާލު:
އެއީ
ވަރަށް
ހިތްގާ
ކުއްޖެކެވެ
ނައިރީއްތަ
ނ
(1)
ގަލްބުއަސްތަމާނު
(2)
ސަމުގާގެ
225
ދަރަޖަ
ނައިބު
ނ
(1)
ވެރިއެއްގެ
ބަދަލުގައި
ކަންހިންގާން
ހުންނަމީހާ
(2)
ރާއްޖެތެރޭގެ
ރަށްރަށުގައި
ޝަރީޢަތް
ކުރަން
ހުންނަމީހާ
(3)
ފުށުން
ހަދާފައި
ހުންނަ
ފޮނިހެދިކާއެއް
މިބޮޑަށް
ވައްތަރުވާނީ
ފޮނިރޮށްޓާއެވެ
ނައިބުބޮލި
ނ
ދިވެހިރާއްޖޭގައި
ފައިސާގެ
ގޮތުގައި
ބޮލި
ގެންގުޅުނު
ޒަމާނުގައި
ރަށްރަށުގައި
ތިއްބެވި
ނައިބުންނަށް
ނަގާ
އުޅުނު
ބޮލީގެބައި
)މިނަގަނީ
ބައިހަރަކުން
އަތްގެކެވެ
ނައިބުކަން
ނ
(1)
ރަށްރަށުގައި
ޝަރީޢަތް
ކުރުމުގެ
އަމުރުވެރިކަން
(2)
ވެރިޔާގެ
ބަދަލުގައި
ނުވަތަ
އޭނާގެދަށުން
ކަންހިންގާން
ހުންނަ
މީހާގެ
މަގާމު
ނައިބުފަތްކޮޅު
ނ
ނައިބުކަމާ
ހިނގާއިރު
ނައިބު
ބޭކަލުންގެ
ގެންދަވާ
ދީނުގެ
އަމުރުތައް
ލިޔެވިފައިވާ
ފަތް
ނައްކަވާރު
ނ
(1)
އޮރިޔާންބުޑު
ނައްކަވާރު
(2)
އޮރިޔާމުން
ހުންނަކުއްޖާ
(3)
ބަންގާޅު
ކަނޑުގައި
އޮންނަ
ނިކުބާރު
ކިޔާ
ޖަޒީރާތައް
ނަވަށްކުރާބާރު އެނގޭނީ ކެނބަށެވެ.
(މުސްކުޅިބަހެއް)
ހިނގާ
ޚަރަދާއި
ހޭދަވާ
ފައިސާ
އެނގޭނީ
އެކަމާ
ހަވާލުވެގެން
ހުންނަ
މީހަކަށްކަން
ދޭހަކޮށްދޭން
ބުނެއުޅޭ
ބަހެއް
ނަވިޔަނި
ނ
މަތީތަލީގެ
ގާތްގަނޑަކަށް
މެދަކާ
ހިސާބުގައި
ދޫޖައްސައިފައި
ނެރޭއަޑެއް
މިކިޔޭނީ
ނޫނުގެ
އަޑުން
އެއަށްވުރެ
ބަރުކޮށެވެ
މިއީ
ތާނަލިޔުމުގައި
އާއްމުކޮށް
ބޭނުން
ކުރާއަކުރެއް
ނޫނެވެ
ނަމަވުން
ނ
ކަމެއް
ހިނގީތީ
ހިނގިކަމެއް
ނުވަތަ
ކަމެއް
ހިނގައިފިނަމަ
ހިނގާނޭ
ކަމެއް
ދޭހަކޮށްދޭ
ޒަމާން
ނަމުރު
ނ
ބުޅަލާވައްތަރު
ސިންގާއަށްވުރެ
ކުޑަ
މިނިކާ
ޖަނަވާރެއް
އޭގެ
ކެހެރިގަނޑުގައި
ހުދުކުލައާއި
ކަޅުކުލައިގެ
ލައްތަކެއް
ހުރެއެވެ
މިއީ
ވަރަށް
ބާރަށް
ދުވާ
ޖަނަވާރެކެވެ
މި
ޖަނަވާރު
ޢާންމުކޮށް
އުޅެނީ
އެފްރިކާއާއި
އޭޝިއާގައެވެ
ނަގޫހުދުމަޑި
ނ
ނަގޫ
ހުދުކޮށް
ހުންނަ
މަޑިއެއް
މިއީ
ތިލަފަޅުފަޅާއި
ފަރުބޭރުގައި
އުޅޭ
މަޑިއެކެވެ
މީގެ
އެންމެ
ޚާއްޞަ
ސިފައަކީ
ނަގޫ
ހުދުކަމެވެ
ބުރަކަށި
ފަރާތް
ހުންނާނީ
ކަޅުކުލައިގައި
ހުދު
ތިކިތަކެއްޖަހާފައެވެ
މަޑީގެ
ނިގޫ
ގާތްގަނޑަކަށް
އޭގެ
ހަށިގަނޑާ
އެއްވަރުވާނެއެވެ
ނަސޭހަތް
ނ
މީހަކަށް
ހެޔޮމަގެއް
ދެއްކުމަށްޓަކައި
އޯގާވެރިކަމާއެކު
އެމީހަކާ
ދައްކާ
ވާހަކަ
ނަޖިސް
ނ
(1)
ކުޑަކަމު
ނުވަތަ
ބޮޑުކަމުދާ
ތަކެތި
(2)
ގައިގާ
ނުވަތަ
ފޭރާމުގާ
އެހުއްޓައި
ނަމާދު
ހެއުނުވާ
ކޮންމެ
އެއްޗެއް
މިބަސް
ނަންއިތުރެއްގެ
ގޮތުންވެސް
ބޭނުންކުރެއެވެ
މިސާލު:
ނަޖިސްތަކެތި
ނަޣާރާ
ނ
ތަބުލާއެއްފާޑަށް
އެއްކޮޅުގައި
ހަންއަޅައިފައި
އޮންނަ
ބޮޑުބެރެއް
މިޖަހަނީ
ހަތްކޮޅުނަގާ
ދުވަހު
ޚަޒީނާ
ޖެހީމައެވެ
ނަޞޭޙަތްދިނުން
މ
މީހަކަށް
ހެޔޮމަގެއް
ދެއްކުމަށްޓަކައި
އޯގާވެރިކަމާއެކު
އެމީހަކާ
ވާހަކަދެއްކުން
ނާށިމަރަވަޅި
ނ
ކުދިން
ކުޅިވަރަށް
ހިނގާން
ވާގަނޑެއްގެ
ދެކޮޅުގައި
ލައިގެން
ގެންގުޅޭ
ދެނާށި
ނާރޮވައްފަލުދަ
ނ
)ޏ (
ބަނބުކޭލުގައި
ހަދާ
ފޮނިކާއެއްޗެއް
މިހަދާގޮތަކީ
ބަނބުކެޔޮ
ފެނުކައްކައި
މަޑުކޮށް
ފުނޑައި
ހިމުންކޮށް
ދިޔާހަކުރު
އޭގެތެރެއަށް
އަޅައިގެން
ހިލާ
ވެށޭވަރަށް
ހިލުމަށްފަހު
ގުޅަވަށާ
އޭގެ
ސިފައަށް
ގެނެސް
ދޮލަގުގާ
އަތުރާ
ނުވަތަ
ފިނިފެންމާ
އަޅައިފައި
އަވީލަނީއެވެ
މިކެއްކުމުގައި
ދޯބުރާލި
ހަކުރުކޮޅެއްވެސް
އަޅައެވެ
ނާޅި
ނ
(1)
ގޮވާމުގެ
ބާވަތްތައް
މިނާން
ގެންގުޅޭ
ހަތަރު
ލާހީގެ
މިންވަރު
ހުންނަ
އެއްޗެއް
(2)
ހަތަރުލާހީގެ
މިންވަރު
އެއީ
ގާތްގަޑަކަށް
ދެރާތަލެވެ
ނިއުޅުންޖެހުން
މ
ނިއުޅުންކޮށްފައި
ކާށި
ކުކުޅުބިސް
ކިހަވައްފަދަ
ތަކެތި
ކޮންމެވެސް
ތާކު
ޖަހައި
މުގުރައިލުން
މިސާލު:
މަސް
ނުބޭވިގެން
ދޯނި
ބާލާއިރު
ވަށާމަތި
ކަންމަތީގައި
ކާއްޓެއް
ޖައްސަމުން
ހިނގާފައި
ދެން
އެކާށި
ތާކު
ޖަހައި
މުގުރައިލުން
ނިވާފޮތި
ނ
ހުންގާނު
ފޮތިވަރުތައް
ފޭވިޔަނުދޭން
އަޅާވާލު
«
7
8
9
10
11
12
13
14
15
»