radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ހަމަފައިޖެހުން
މ
(1)
އިސްކޮޅު
ނުކާތާކުން
ފައިޖެހޭ
ހިސާބަށް
އާދެވުން
(2)
މަޖާޒު:
ހަމަނުޖެހޭ
އުޅުމަކަށްފަހު
ހަމަޖެހޭ
އުޅުމަކަށް
އައުން
ހަތަރުފައިޖެހިގޮނޑި
ނ
(1)
އިށީންނަތަން
ވައްކޮށް
ލިޔެލާޖަހައިފައި
ކިއްސަރަކަށް
އޮންނަ
ހަތަރުފައިޖެހި
ގޮނޑިއެއް:
މީގެ
އުސްމިނަކީ
ގާތްގަނޑަކަށް
ފޫޓެކެވެ
މިއީ
އިހުގައި
ގަނޑުވަރުތެރޭގައި
ވަރަށް
ޢިއްޒަތް
ހުރި
އެއްޗެކެވެ
(2)
ހަތަރުފައިޖަހާފައި
ހުންނަ
ކޮންމެ
ގޮނޑިއެއް
ހަތަރެސްފައިޖެހިޖަނަވާރު
ނ
ހަތަރު
މޮށްގަނޑު
ޖަހައިގެން
ހިނގާ
އުޅޭ
ސޫފި
ފައިޖެހި ކުރަނޑި
ނ
ލަކުޑިން
ލިއެލާ
ޖަހައިފައި
ތިންފައެއްގެ
މަތީ
ހުންނަ
ގޮތަށް
ހަދައިފައި
ހުންނަ
ކުރަނޑި
ފައިޖެހުނުތާ ވެލިކޮޅުވެސް ގެންދިއުން
)މިސާލުބަހެއް(
މީހަކު
ތަނެއްގައި
އުޅެފައިދާ
އިރު
އެތަނެއްގައި
ގެންދެވެން
ހުރިހުރިހާ
އެއްޗެއް
ހިފައިގެން
ދިއުމުން
ބުނެއުޅޭ
ބަހެއް
ފައިޖެހުން
މ
(1)
ފަރުނީޗަރު
ފަދަ
ތަކެތީގެ
ފައި
ހަރުކުރުން
(2)
ފައިނެތް
އާދަމުގެ
ދަރިއެއްގެ
ފައިގެ
ބަދަލުގައި
ހަދައިފައިވާ
ފައެއް
ހަރުކުރުން
(3)
އިސްކޮޅުކެއުން
(4)
ފައި
ފޯރުން
(5)
ބިންމަތީގައި
ބާރަށް
ފައިންޖެހުން
ލޮނުގަނޑުގައި ފައިޖެއްސުން
ގބ
އިހުގައި
ރާއްޖޭގެ
ބައެއް
ރަށްރަށުގައި
ވިހައިގެން
އުޅޭމީހާ
ބޭރަށްލުމުގެ
ތެރޭގައި
ކުރާކަމެއް
މިއީ
އިރުވަރު
ބަލައިގެން
ގޮސް
އެމީހާގެ
ފައި
މޫދުގައި
ޖެއްސުމެވެ
ގުންފައިޖެހުން
މ
(1)
ޢާދަޔާ
ޚިލާފަށް
ބާރަށް
ފައި
ޖަހަމުން
ހިނގުން
(2)
މަޖާޒު:
ތިމާގެހުރި
ބޮޑުކަމާއި
މޮޅުކަން
ދެއްކުމަށް
ހިނގާ
ހިނގުން
ގުޅަކޮށްފައިޖެހުން
މ
(1)
އެއްޗެއް
ބޮނޑިކޮށްލައިފައި
ތަނަކަށް
އެއްލައިލުން
(2)
މަޖާޒު:
ކަންތައްތަކެއް
ބޮނޑިކޮށްފައި
އަނެކަކާ
ޙަވާލުކުރުން
«
1
»