radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ވޮށް
ނ
ރަންވަށްލޮއިން
ހަދައިފައި
ހުންނަ
ބާވަތެއްގެ
އެލުވާ
ބައްތިއެއް.
ޢާންމުގޮތެއްގައި
މިހުންނާނީ
ދެތަބައްލައި
މަތީ
ތަބަކަށް
ކަފައިން
އަނބުރައިފައި
ހުންނަ
ފުއްލައި
ކާށިތެޔޮ
އަޅައިގެން
ދިއްލޭނެ
ގޮތަށެވެ
ކިތަންމެފުކެއް
ދިއްލޭނެހެންވެސް
ވޮށް
ހަދައިފައި
ހުރެއެވެ
ހަންޑިވޮށް
ނ
ބައެއް
ރަށްރަށުގެ
ވަލުތެރޭގައި
ހެދޭ
ބާވަތެއްގެ
ގަހެއް
)ވޮށް އެލުވާން ބޭނުންކުރާ ކެވެއްޔެއް( ވޮށުކެވެލި
ނ
(1)
އެއްބޮޅުތެރެއަށް
އަނެއްބޮޅު
މަހައިގެން
ގަތައިފައި
ހުންނަ
ކެވެލި
ވޮށްބައިން
ނ
ވޮށް
އަޅުވާން
އެލުވައިފައި
ހުންނަ
މަޅި
ވޮށްކޮޅުހެދުން
މ
ގަނޑުވަރު
ތެރޭގައި
ދިއްލަން
ގެންގުޅޭ
ވޮށްތައް
ސާފުކޮށް
ތެޔޮއަޅައި
ފުށްލައި
ހެދުން
ވޮށްއެރުވުން
މ
(1)
ވޮށް
ދިއްލުން
(2)
ވޮށް
ދިއްލުމަށް
ތައްޔާރުކޮށް
އެވޮށެއް
ހުންނަންވީތާކު
އެވޮށެއް
އެލުވުން
މިބަސް
މާތްކޮށް
ބުނާގޮތަކީ
"ވޮށްކޮޅު
އެރުވުން"
މިއެވެ
ވޮށްފިލާ
ނ
ވޮށާ
ދިމާމަތީގައި
އޮންނަ
ފިލާގަނޑު
މިފިލާގަނޑު
އޮންނާނީ
ވަށްކޮންނެވެ
)ޕަރުވާނާ( ވޮށްދޫނި
ނ
ބައްތީގެ
އައްޔަށް
އަންނަ
ކުދިދޫނި
ވޮށްގަސް
ނ
ކުދި
އެތައް
ވޮށްތަކަކުން
ގަހެއްގެ
ސިފަގެނެސް
ހަދައިފައި
ހުންނަ
ވޮށެއް
«
1
»