radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ކެހުން
ނ
(1)
ނ.
ގައިގެ
ހަމުގައި
އުފެދޭ
ހިރުވުމެއް.
(2)
ހިރުވުން
ފިލުވުމަށް
އިނގިލިތަކުގެ
ކޮޅުން
ނުވަތަ
އެހެންވެސް
އެއްޗަކުން
ގައިގެ
ހަމުގައި
ކޭއްތުން
(3)
ރާޅު
އެއްޗަކުން
ތަނެއްގައި
ކޭއްތުން.
(4)
ތޫނު
އެއްޗަކުން
އެއްޗެއްގައި
ކާއްތައިގެން
ކުނޑި
ނެގުން
ނުވަތަ
އުނިކުރުން.
މިސާލު:
)ހ(
ކެލާކެހުން.
)ށ(
އުނބުކެހުން.
(5)
ފާރުގައި
ސިމެންތި
ޖަހާއިރުގައްޔާއި
ތަޅުން
އަޅަމުންދާއިރު
އެއްވަރު
ކުރުމަށް
ސިމެންތިގަނޑު
ފަތިގަނޑަކުން
ކާއްތައި
ހަމަކުރުން
(6)
އިލޮށި
ފައްޗާއި
ފިހިގަނޑު
ފަދަތަކެތީން
ކުނި
އެއްކޮށް
ސާފުކުރުން
މިސާލު:
ކުނިކެހުން.
(7)
ލޮލުގައި
ހުންނަ
ވަކި
ވައްތަރެއްގެ
ބައްޔެއް
ބޭސްއަޅައިގެން
ފިލުވުން.
މިސާލު:
ފުސްކެހުން.
(8)
އުޔާއި
ބަރަންޏާއި
ނަނު
ފަދަ
ތަކެތި
އަތަށް
ނުވަތަ
އެއްޗަކަށް
ދޫދޫކޮށް
އޮޅުން.
(9)
ތަނެއްގައި
ހުރި
އެއްޗެހިތަކެއް
އެއްފަހަރާ
ގިނައިން
ގެންދެވޭގޮތަށް
އަތުން
ނުވަތަ
އެއްޗަކުން
ފަރާތަކަށް
ޖައްސައިލުން.
)01(
ދަމާފޮތިގަނޑެއް
ނުވަތަ
ފަރުދާއެއްފަދަ
އެއްޗެއް
މައްޗާއެކު
އެއްފަރާތްކޮށްލުން.
(11)
އެއްޗެއްގެ
މަތީ
ތޮށި
ތޫނު
އެއްޗެއް
ކާއްތައިގެން
ފިލުވުން
މިސާލު:
ކަނޑޫކެހުން.
(21)
ނަގިލި
ހިލިގެން
ދެމެމުން
ދިޔުން.
މިސާލު:
ނަގިލިކެހުން.
)31(
ހިފައިފައި
ހުންނަންވާ
އެއްޗެއް
ނުހިފައި
ކެހެމުން
ދިއުން.
މިސާލު:
)ހ(
ފުރޮޅުކެހުން.
)ށ.(
ރޯލުކެހުން.
)41(
އެމަށް
ފައްތައިފައި
އޮތް
ދަލެއް
އަތްމައްޗަށް
ދެމުން
މިސާލު:
ދާކެހުން
)51(
ވިލާތައް
ފަރާތްފަރާތަށް
ޖެހުން
މިސާލު:
ވިލާކެހުން
)61(
ކުރުނބާއިން
ހެވާ
ނެގުން
)71(
އުސްކޮށް
ހުންނަ
ފަސްތައް
ފަތުރައި
އެއްވަރުކުރުން
މިސާލު:
ފަސްކެހުން
)81(
ރިޔާ
ފަރުމާނު
މައްޗަށް
ބޮނޑިކުރުން
މިސާލު:
ރިޔާ
ކެހުން
)91(
)ޏ ސ(
ފުނާ
އެޅުން
މިސާލު:
ބޯކެހުން
)02(
މަޖާޒު:
ތުނބުޅި
ބޭލުން
ކަރުކެހުން
މ
(1)
ކަރުތެރެ
ހިރުވައިލީމާ
ހަދާލެވޭގޮތަކުން
ނުވަތަ
ދަވަ
ނެރޭން
ބާރުލުމާއެކު
ކަރުތެރޭން
އަޑެއް
ނެރުން
(2)
ކޮންމެވެސް
އިޝާރާތެއް
ކޮށްލާން
ވެގެން
ކަރުތެރޭން
އަޑެއް
ގޮއްވައިލުން
ރަމަންކެހުން
މ
ބޯބާލާފައި
ކުރަފަތުން
މިލަ
ކަހާ
އޮމާން
ކުރުން
ބަނދަރުކެހުން
މ
ކަނޑަށް
ގެއްލިފައިވާ
އެއްޗެއްގައި
އަޅައިގަނޭތޯ
ލޮތާރީއެއްކަހަލަ
އެއްޗެއް
ކަނޑަށް
ދޫކޮށްގެން
ދެމުން
ބޯކެހުން
މ
)ސ (
ފުނާއެޅުން
ކުނިކެހުން
މ
ބިންމަތީގައި
ނުވަތަ
ތަޅުންގަނޑުގައި
ހުރި
ކުނިތަކެއް
އިލޮށި
ފައްޗެއް
ނުވަތަ
ފިހިގަނޑެއް
ފަދަ
އެއްޗަކުން
އެއްކޮށް
ސާފުކުރުން
ކެހުންވަރު
ނ
ކުއްލިއަކަށް
އަންނަ
ކެހުން
ގަނޑު
ކެހުންފިލުން
މ
(1)
ހަމުގައި
ހުރި
ހިރުވުން
ފިލުން
(2)
އަނގަކެހުން
ފިލުން
(3)
މަޖާޒު:
ދޭ
ނަޞޭހަތެއް
ނާހައިގެން
ނުވަތަ
ތިމާގައި
ހުރި
ނުރަނގަޅު
އުޅުމަކުން
ދެރަލިބުން
ކެހުންގަނޑު
ނ
ކެހުންވަރު
ކެހުންގަނޑުނެގުން
މ
ކެހުންވަރު
އައުން
މ "އަރުވާޖެހުން" ބަލާ! އަރުވާކެހުން
އެކަތިކެހުން
މ
ލެތްކުޅޭއިރު
ފުރަތަމަ
ކުޅެން
އަރާމީހާ
މައިދަނޑީގެ
ކުރީގައި
ހުންނަމުގޯލީގައި
ފައި
ޖައްސައި
ކަހާލާފައި
ދުވެގޮސް
ލޮންޏަށް
އެރުން
މިދާދިއުމުގައި
އެހެންމީހުން
އެމީހާ
އަތުލާކަށް
ނޫޅޭނެއެވެ
މިހެންގޮސް
ލޮންޏަށް
އަރާފައި
އަނބުރައި
އަންނާންވާނީ
މީހަކަށް
އަތުނުވެއެވެ
ވަވިކެހުން
މ
)ގ (
ދަނޑުގައި
މަށަން
ދަތިއަޅައި
އެއްވަރުކުރުން
ފަރުދާކެހުން
މ
(1)
ފަރުދާކޮށްފައި
ހުރިތަނެއް
ހާމަކޮށްލުން
(2)
މަޖާޒު:
ފޮރުވިފައިވާ
ކަމެއްގެ
ޙަޤީޤަތް
ހާމަކުރުން
ފިއްލެޔޮކެހުން
މ
)ހ (
ފިއްލެޔޮ
ނެގުން
ފިލިކެހުން
މ
ފިލުނދުކޮށްފައިވާ
މަސް
ކަހައި
ފިލި
ތައްޔާރުކުރުން
ފޫކެހުން
މ
މަޖާޒު:
ބޮޑާ
ދެއްކުން
ފެހިކެހުން
މ
އޮޑިދޯނި
ފަހަރާއި
ފާރުފަދަ
ތަންތަނުން
ފެހިފިލުވައި
ސާފުކުރުން
ތުނބުޅިކެހުން
މ
މަޖާޒު:
ތުނބުޅިބޭލުން
ލަކުނު ކެހުން
މ
ލޮލުގައި
ހުންނަ
ލަކުނެއް
ނުވަތަ
މަސްކޮޅެއް
ބޭހެއްޖަހައިގެން
ފިލުވައިލުން
ލޮލުންމަސްކެހުން
މ
ލޮލުގެ
ކަޅިމަތީގައި
ރޯވެފައިވާ
މަސް
ފަރުވާދީގެން
ކަހައި
ކަޅިމަތި
ސާފުކުރުން
«
1
»