radheef.info
ރަދީފު


މ ރަށްފުށުގައި ބޮޑުޢީދުގައި ކުޅެއުޅޭ ކުޅިވަރެއް. މިކުޅިވަރު ކުޅޭއިރު ފިރިހެންކުދިން ކޯޑި ހަދައިގެން ކުޅިވަރުކުޅެމުން )ލަވަކިޔައިނަށަމުން( ހުސްމައިދާނެއް ކަހަލަތަނަކަށް )ކުޅޭބިމަށް( ގޮސް މަޑުކޮށްލައި އެތަނުގައި ކުޅިބަލަންގޮސްތިބޭ އަންހެންކުދިންގެ ތެރެއިން ކުއްޖެއްގެ ބޮލުގައި ކޯޑިޖައްސައިލަނީއެވެ. ދެން ކޯޑިގެންގޮސް ރުކެއްފަދަ ދިގު އެއްޗެއްގައި އަތްނުފޯރާ ހިސާބު މަތީގައި އެލުވަނީއެވެ. މިކޯޑި ކަނޑައިދޭނީ އަންހެން ކުދިންގެ ފަރާތުން ކަނޑައަޅާ ފިރިހެންކުއްޖެކެވެ. ދެން ފިރިހެންކުދިން އެކޯޑި ކަޑައިދިން ފިރިހެންކުއްޖާގެ ގައިގައި އަޅިދެލި ކުރަހައިގެން ގަންހިންގާގޮތަށް މުޅިރަށުގައި ހިންގުވައިފައި ގެނެސް މޫދަށް ލަނީއެވެ. އެއަށްފަހު އަންހެންކުދިން އެކުއްޖާ މޫދުންއަރުވައިގެން ގެންގޮސް ފެންވަރުވައި ނަލަހެއްދުވުމަށްފަހު ކޯޑިޖެއްސި އަންހެންކުއްޖާއާއި ދެކުދިން އަތުގުޅުވައިގެން ކުޅޭބިމަށް ގެންދާނީއެވެ