radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ޔާ
އ
ނަމަވުމުގެ
އަކުރު
މިސާލު:
)ހ(
ދިނިއްޔާ
)ށ(
އައިއްޔާ
ފިރާލުން
މ
(1)
ރިޔާ
އަނެއްފަރާތަށް
ލުން
(2)
ހުރިގޮތުން
އެހެންގޮތަކަށް
ބަދަލުވުން
ފިރިޔާ
ނ
"ފިރިމީހާ"
މިބަސް
ޚާއްޞަކުރުމަށް
ކިޔާގޮތް
ފިރުން
މ
(1)
އެއްފަރާތުން
އަނެއްފަރާތަށް
ބަދަލުކުރުން
(2)
ހުރިފަރާތް
ނޫން
އަނެއްފަރާތަށް
ރިޔާލުން
(3)
އަނެއް
އަތަށް
ޖެހުން
(4)
މަޖާޒު:
ތިމާ
ހުރިގޮތް
ނޫން
އެހެން
ގޮތަކަށް
ބަދަލުވުން
(5)
ޓަފު
ފުޅިއާއި
ސާޢަތް
ފުޅި
ފަދަ
ތަކެތި
އެއްކޮޅު
އަނެއްކޮޅަށް
ޖެހުން
ފިރުޢައުނު
ނ
(1)
މޫސާގެފާނު
ދުނިޔޭގައި
އުޅުއްވި
ޒަމާނުގައި
މިޞުރުގައި
އަމިއްލައަށް
ކަލަކު
ކަމުގައި
ހެދިގެން
އުޅުނު
ނުބައި
ރަސްކަލެއް
(2)
އެއްޒަމާނެއްގައި
މިޞުރުގައި
އުޅުއްވި
ރަސްރަސްކަލުންނަށް
ދީފައިވާ
ލަޤަބެއް
(3)
މަޖާޒު:
ނުބައި
ނުލަފާކަމާއި
އަނިޔާވެރިކަން
ހައްދު
ފަހަނަޅައިފައިވާ
މީހާ
ފިކުރު
ނ
(1)
ޚިޔާލު
(2)
ވިސްނުން
(3)
ބުއްދި
(4)
ކަމަކާ
ކަންބޮޑުވެގެންވާ
ހާސް
ފިކުރުކުރުން
މ
(1)
ޚިޔާލުކުރުން
(2)
ވިސްނުން
ހިންގުން
ފިތް
ނ
(1)
އާދަމުގެ
ދަރިންނާ
ކުކުޅުހާފަދަ
ބައެއް
އެއްޗެހީގެ
އެތެރެ
ހަށީގައި
އޮންނަ
ވަރަށް
ކުޑަ
ގުނަވަނެއް.
މިއީ
ހަޖަމު
ކުރުމުގެ
ދިޔަ
އުފައްދާ
ގުނަވަނެވެ.
(2)
ބައެއް
ތަކެތި
ހަދައިފައި
ހުންނައިރު
އެއްސިފަޔަށް
އުފުލިފައި
ހުންނަހެން
ހަދައިފައި
ހުންނަ
ތަންތަން.
މިސާލު:
ގޯނބިލިފުޅީގެ
ފިތް.
(3)
ކެވޭ
އެއްޗަކުން
ނުވަތަ
އެހެންވެސް
ގޮތަކުން
ގައިގެ
ތަންތަނުން
އުފުލޭ
ތަންތަން.
(4)
ލުނބޯ
ފޮނިލުނބޯ
ފަދަ
އެއްޗެހީގެ
އެތެރޭގައި
ބައިބައި
ވަކިކޮށް
ނެގެން
ހުންނަ
ބައިތަކުން
ބައެއް.
(5)
މިޔުޒިކް
ކުޅެން
ގެންގުޅޭ
ބައެއް
އެއްޗެހީގައްޔާއި
ރޭޑިޔޯގައި
ހުންނަ
ބައިތަކުން
ބައެއް.
(6)
ބައިސްކަލް
ޗޭނާއި
ގަޑީ
ޗޭނާއި
ކަމަރުފަދަ
ތަކެތީގެ
ބަދައެއް.
(7)
ފިތްޖެހި
ތެލީގައި
ހުންނަ
ކޮންމެ
އަޑިތަނެއް.
(8)
ފުމެން
ގެންގުޅޭ
ދުންމާރީގެ
ކޮޅަށް
ފަނުން
ނުވަތަ
އެނޫންވެސް
އެއްޗަކުން
ހަދައިގެން
ޖަހައިފައި
ހުންނަ
އެތިކޮޅު
ފިތްކަނޑައިގެންދިއުން
މ
ބިރު
ނިހާޔަތަށް
ދިޔަކަން
ބަޔާންކުރުމުގެ
ގޮތުން
ބިރާ
ގުޅުވައިގެން
ބުނެއުޅޭ
ބަހެއް
މިސާލު:
އެރޭ
އެޖެހި
ގުގުރިން
އަހަރެން
ބިރުން
ފިތްކަނޑައިގެން
ދާވަރުވިއެވެ
ފިލާގަނޑުބަނުން
މ
ގައިގެ
ތަނެއް
ބިނދި
ނުވަތަ
ހާނީއްކައެއް
ލިބިގެން
ނުވަތަ
އެނޫންވެސް
ފަރުވާއަކަށް
ތައްޔާރުކުރާ
ބޭސްގަނޑެއް
ފަތުގައި
ފަތުރައިގެން
ގައިގައި
އަޅައި
އެއްސުން
ފިލާގަނޑުޖެހުން
ނ
އިހުގައި
ހިސާބު
ޖެހުމަށް
ކިޔާނަމެއް
މިހެން
ކިޔަނީ
އިހުގައި
ވިޔަ
ފިލާގަނޑުގައި
ހިސާބު
ހަދާތީއެވެ
ފިލިނިމުން
މ
)ބދ (
(1)
ނިޔާވުން
(2)
ނިމިދިއުން
ފިލިކެހުން
މ
ފިލުނދުކޮށްފައިވާ
މަސް
ކަހައި
ފިލި
ތައްޔާރުކުރުން
ފިލިކޯޅި
ނ
(1)
ޅެންބައިތުގެ
ކުރީބަޔާއި
ފަހުބައިގެ
ފެށޭ
ދެއަކުރު
ނުވަތަ
ދެތިން
އަކުރުގައި
ޖެހޭ
ފިލި
(2)
ރައިވަރުގެ
ހުރިހާބަހެއްގެ
ކުރީ
ދެއަކުރުގައި
ނުވަތަ
ދެތިން
އަކުރުގައި
ޖެހޭ
ފިލި
ފިލިކޯޅިހަމަކުރުން
މ
ޅެންބައިތުގެ
ކުރީބަޔާއި
ފަހަތުބަޔާއި
ރައިވަރުގެ
ހުރިހާ
ބަހެއްގެ
ކުރީގެ
ދެއަކުރު
ނުވަތަ
ދެތިން
އަކުރެއްގެ
ފިލި
އެއްގޮތް
ކުރުން
ފިލިވަހަށް އައުން
މ
(1)
މޫދުތެރެއަށް
ފިލިޖަހައިލީމާ
އޭގެ
ވަހަށް
މަސްތައް
ނުވަތަ
އެންތައް
އެތަނަކަށް
ޖަމާވުން
(2)
މަޖާޒު:
ތަނެއްގައި
ތިމާ
ގަޔާވާ
ކަމެއް
ހިނގާކަން
އެނގުމުން
އަވަސް
އަވަހަށް
އެތަނަކަށް
ދިއުން
ފިލިމަހައެޑުން
މ
)ޏ.(
އެންދެމުމަށްޓަކައި
ފިލި
ތައްޔާރު
ކުރާ
މަސް
ކަށިފަތި
ނަގައި
ހަންދަމައި
ފިލުނދު
ކުރުމަށް
ބެހެއްޓުން
ފިލިތެޅުން
މ
ކަކުނި
ނުވަތަ
ބަރަވެލި
ދޮންވެއްޔާއެކު
ތަޅައި
ފިލި
ތައްޔާރުކުރުން
ފިލިގަސް
ނ
ނިކަފަތާ
ފަތް
ވައްތަރު
ގަހެއް
މިގަހުގެ
ކުރިތައް
ހުންނާނީ
ރަތްކުލައިގެ
ތޫރިއެއް
ހެންނެވެ
މިގަހުގެ
ކުރިޔާއި
ތޮއްޓަކީ
ބޭހަށް
ބޭނުންކުރާ
ތަކެއްޗެވެ
ފިލިޖެހުން
މ
(1)
ތާނައާއި
ޢަރަބި
ލިޔާއިރު
އަކުރުގެ
އަޑު
ނެރޭނެގޮތް
ދެއްކުމަށް
އެ
އަކުރުތަކުގެ
ތިރީގައި
ނުވަތަ
މަތީގައި
އަކުރަށް
ވުރެ
ކުޑަ
ނިޝާނެއް
)ފިލި(
ޖެހުން
(2)
އަކުރުގެ
އަޑު
ނެރުމަށް
އަކުރާ
ގުޅައިފައި
ހުންނަ
ކުޑަ
ނިޝާން
ޖެހުން
(3)
އަކުރަކާޖެހިގެން
ފިލިއަކުރެއް
ލިއުން
(4)
ފިލިމަހުގެ
އެތިއެތި
ކޮޅު
އުކުން
މަޖާޒު:
(5)
ރިޝްވަތު
ދިނުން
(6)
ކަމެއް
ކުރުވުމަށް
ބާރުއެޅުމަށް
އެއްޗެހި
ދިނުން
ފިލްމީލަވަ
ނ
ފިލްމުތަކުގައި
ކިޔާލަވަ
«
92
93
94
95
96
97
98
99
100
»