radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ހުން
ނ
(1)
ހަށިގަނޑު
ހޫނުވާ
ބައްޔެއް
މިބަލީގެ
ކިތަންމެ
ބާވަތެއް
ހުރެއެވެ
(2)
)އ ކ (
ބަރުއެއްޗެހި
ނަގާއިރު
ބާރުލާން
ބުނާބަހެއް
(3)
ތިމާޔާ
ޒުވާބުކުރާ
މީހަކު
ދެރަކޮށްލާން
އިއްވާއަޑެއް
ބޮޑުރޯނު
ނ
މާފަލަކޮށް
ވަށައިފައި
ހުންނަ
ކިފުޅިރޯނު
މިއީ
އިހުގައި
ގެންގުޅުނު
އެއްޗެކެވެ
ބޮޑުބަރަނި
ނ
(1)
ތިންއުޅީގައި
އަނބުރައިފައި
ހުންނަ
ނަނުބަރަނި
(2)
ފެކްޓަރީތަކުގައި
ފަހަންބޭނުންކުރާ
ބޮޑެތި
ބަރަނި
ބޮޑުބާލީސް
ނ
ކުޑައަށީ
ހުރަސް
ކުނަލުގެ
ބިތްކައިރީގައި
އަރިޔަށް
ބަހައްޓައިފައި
ހުންނަ
ބާލީސް.
މިބާލީސް
ހުންނާނީ
އަށީގެ
ފެންޑާއާ
ވީ
ފަރާތުގައެވެ.
މިބާލީހުގެ
ދިގުމިނަކީ
ހުރަސްކުނަލުގެ
ފުޅާމިނެވެ.
ފުޅާމިނަކީ
އޭގެ
މަގަތުގައި
އޮންނަ
ބޮޑުކަންނޭލުގައި
މެދު
ބުރަކަށި
ޖައްސައިލީމާ
ބޮލާއި
ކަނދުރާ
ބާލީހުގައި
ޖެހިފައި
އޮންނަވަރެވެ
ބޮޑުބިސްކޯދު
ނ
(1)
ކެބިން
ބިސްކޯދު
(2)
ދޫނިޖެހި
ބިސްކޫދު
މިއީ
ގާތްގަނޑަކަށް
3
ސޫތުހާ
ބޯމިނުގައި
ފަރާތެއްގައި
3
އިންޗި
ހުންނަވަރުގެ
ހަތަރެސްކަނަށާއި
ވައްކޮށް
ހުންނަ
ބިސްކޯދެކެވެ
މިހުންނަނީ
ކުޑަވަރެއްގެ
ޑަބިޔާއެއްގައެވެ
ފަހަކަށް
އައިސް
ފާރޮށިގޭގޭގައިވެސް
މިބިސްކޯދު
ހަދައި
އުޅުނެވެ
ބޮޑުބުރަކި
ނ
އެމުގެ
ތެރޭގައި
އުޅޭ
ބޮޑެތި
ބުރަކި
މިހުންނަނީ
ބޯވައްކޮށް
ކަޅުކޮށް
ފަތިކޮށެވެ
ބޮޑުބުމަރު
ނ
ފިލާފޮތި
ބުމަރު.
މިއީ
ނަނުގަނޑު
ބުމަރަށް
ވުރެ
މާބޮޑު
ބުމަރެކެވެ.
މިބުމަރު
ޖަހަނީ
ނަނުގަނޑުގެ
އެއްކޮޅު
ބުމަރުގައި
އޮޅަމުންގޮސް
މަތީ
ކައިރިޔާ
ހަމަވީމާ
ބާކީ
އޮންނަ
ކޮޅު
ފިލާ
ފޮތީގެ
މެދުގައި
ހުންނަ
ލޯވަޅަކުން
މަގަތު
ފަރާތަށް
ލައްވައި
ފިލާ
ފޮއްޗާއެކު
ހިފަހައްޓައިފައި
ބާރަށް
ދަމައިގަތުމާއެކު
ބުމަރު
ހިފަހައްޓަން
ޖައްސައިފައި
ހުރި
އިނގިލި
ނައްޓައިލަނީއެވެ
މިބުމަރު
އެނބުރެމުންދާއިރު
ވަރަށް
ރީތި
ބޫން
އަޑެއް
އިވޭނެއެވެ
ބޮޑުބޮލި
ނ
(1)
އިހުގައި
ދައުލަތުން
ހަނގުބޭކަލުންނަށް
މުސާރައަށް
އަހަރަކު
އެއްފަހަރު
ބައްސަވާ
ބޮލި
މިބަހަނީ
ކޮއްޓެކޮއްޓޭންނެވެ
މިބޮލި
ހުންނަނީ
ގުޅަކުޅޭ
ފަސްގަނޑުގައި
ވަޅުލައިފައެވެ
(2)
ބޮޑެތިކޮށް
ހުންނަ
ބޮލި
ބޮޑުބޯ
ނ
ރާޒުވާ
ކުޅިބައިގައި
ހުންނަ
އެންމެ
ދިގުކުޅި
މިއީ
ކުޅިތައް
އަތުރާއިރު
ބޭރުން
ތިންވަނަ
ކުޅިއެވެ
މިކުޅި
ހިނގާނީ
ކަންކުއްޗަށެވެ
ބޮޑުކަނޑޫ
ނ
(1)
ކަނޑުލުގެ
ވައް
ފަލަ
ބާވަތް
(2)
ފަލަކޮށް
ހުންނަ
ކަނޑޫމުޑި
ބޮޑުކަފަ
ނ
ކަފަގަހުގެ
ބާވަތެއް
މިގަހުގެ
ފަތް
ހުންނާނީ
ވަރުކަނދު
ގަހުގެ
ފަތްހެންނެވެ
މިއީ
ވަރަށް
ބިޔަކޮށް
ހެދޭ
ގަހެކެވެ
ބޮޑުކާށި
ނ
(1)
ބާގަޔަކަށްވުރެ
ބޮޑެތިކާށި
(2)
މާލިއްޔާއަށް
ކާށިން
ވަރުވާ
ބަލައިގަތް
ދުވަސްވަރު
ބައިލާއްސަށްވުރެ
ބޮޑެތިކޮށް
ހުންނަ
ކާށި
ބޮޑުކިބާދާރީ
އިހުގައި
ބޯވަޅު
އެޅި
ލިބާސްލައި
އުޅުނު
އޮފުގަދަ
ފޮއްޗެއް.
މިއީ
ފަށުތްވާއި
ސުތުލިން
ވިޔެފައި
ހުންނަ
ރޮނގުދެމި
ފޮއްޗެކެވެ.
ރޮނގުބައި
ހުންނާނީ
ފުޅާކޮށެވެ.
ރޮނގުބައި
އެކުލެވިފައި
ހުންނަނީ
ދޮން
ކުލަޔާއި
ފެހިކުލަޔާއި
ނޫކުލައިންނެވެ.
ޢާއްމުކޮށް
ހުންނަނީ
މީގެ
ފެހި
ފޮއްޗާއި
ރަތް
ފޮއްޗެވެ
ބޮޑުކުނާ
ނ
ރަސްމީގޮތުން
އެކިއެކި
ބޭނުމަށްޓަކައި
ރާއްޖޭގައި
ވިއުއްވާކުނާ
މިކުނާ
ހުންނަނީ
ރޯލު
ކުނާހެން
ދިގުކޮށެވެ
ބޮޑުކެކުރި
ނ
(1)
ކެކުރީގެ
ބާވަތެއް
މިހުންނާނީ
ފޯލިކޮށް
ތޮރާހެން
އެއަށްވުރެ
ފަލަކޮށެވެ
(2)
ބޯވަޅުއެޅި
ލިބާސް
ކަނޑާ
ފޮއްޗެއްގެ
ނަން
ބޮޑުކެޔޮ
ނ
ފަތްކޭލުގެ
ބާވަތެއް
މިއީ
ދިގުކޮށް
ސީދާކޮށް
ވައްތައް
ހުންނަ
ފޮނިރަހަ
މަޑުކޭލެކެވެ
ވަކުގެ
ތޮށިގަނޑު
ހުންނާނީ
އަރިއަރިއަށެވެ
ބޮޑުކޭން
ނ
ދެކުކުޅުލައި
ދެފަރާތުގައި
ފުއްޕިޖަހައި
ބޮޑެތި
މަލާފަތަށް
އަޅައިފައި
ހުންނަ
ކޭން
ބޮޑުކޮތަރު
ނ
ފައިން
ފަތްފަޅައިފައި
ހުންނަ
ބޮޑެތި
ކޮތަރު
ބޮޑުކޮލި
ނ
ދަނޑުމަތީގައި
ހެދޭ
ވެލެއް
މިއީ
އަލަ
ނިރުގެ
ފަތްހެން
ފަތް
ހުންނަ
ވެލެކެވެ
ބޮޑުކޮޓަރި
ނ
ގޭގޭގައި
ބޭރުން
އަންނަ
މީހުންނާއި
ބައްދަލުކޮށް
ހެދުމަށާއި
ޢާއިލާގެ
މީހުން
ބައްދަލުވެ
އުޅޭ
ކޮޓަރި
ބޮޑުއަށި
ނ
(1)
ދިވެހި
ގޭގޭގެ
ބޭރުގޭ
ދޮރުގެ
އިރުމަތިން
ހުރަހަށް
ހުންނަ
ދިގު
އަށި
(2)
މުށިކުޅޭއިރު
އަޅައިފައި
ހުންނަ
މުށި
ގޭގައި
ފައިފުއްސާ
ޖެހިގެން
ކަނާތް
ފަރާތުން
ހުންނަ
ގެ
ނުވަތަ
ގޮޅި
«
89
90
91
92
93
94
95
96
97
»