radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ނީ
ނ
(1)
ހަނޑޫފަދަ
ތަކެތި
ފޮޅީމާ
ނެގޭ
އެންމެ
ހިމުންބައި
(2)
އޮޑި
ފަހަރުގެ
ކުނބުގެ
ކުރީގައި
ސާމޯރުޖަހަން
ހިމަކޮށްފައި
ހުންނަ
ތަންކޮޅު
(3)
ބދ
ކުރީކޮޅު
ހިތިވުން
މ
(1)
ހިތިރަހަދިނުން
(2)
މަލާއި
މޭވާފަދަ
ތަކެއްޗަށް
ލިބޭ
ހާނީކައަކުން
އޭގެ
ރަހަޔާއި
ވަސް
ބަދަލުވުން
(3)
މަޖާޒު:
ނުބައިވުން
ހިތިދަނޑި
ނ
ބޭހަށް
ގެންގުޅޭ
ހިތިރަހަލާ
ހިމަދަނޑިއެއް
މިއީ
ރާއްޖެއިން
ބޭރުން
ގެންނައެއްޗެކެވެ
މީގެ
ގަސްހެދެނީ
އޮނު
ހުންނަ
ގޮތަށް
ބަދަބަދަލައިފައި
ބަދަތައް
ވަރަށް
އޮމާން
ކޮށެވެ
ބަދަތައް
ހުންނަނީ
ހިމަކޮށެވެ
ގާތްގަޑަކަށް
ކުޑަވާއިނގިއްޔެއްހާ
ފަލަމިނެއްގައެވެ
ފަތްތައްވެސް
ހުންނަނީ
އޮނުފަތާ
ވައްތަރުކޮށް
އެއަށްވުރެ
ކުދިކޮށެވެ
މިގަސް
ހެދެނީ
ގާތްގަނޑަކަށް
5
ފޫޓެއްހާވަރަށެވެ
އިނގިރޭސިބަހުން
މިގަހަށް
ކިޔަނީ
ސިންކޯނާއެވެ
ހިތިދަމުއި
ނ
ދަމުއިގެ
ބާވަތެއް
މިދަމުއި
ހުންނާނީ
ދިރިއާ
ވައްތަރުކޮށް
ދިރިފުކެއްގެ
ދެބައިކުޅަ
އެއްބައިވަރަށެވެ
މިއަށް
ހިތިދަމުޔޭކިޔަނީ
ހިތި
ކައްކާއިރު
އެއަށް
އަޅަން
ބޭނުންކުރާ
އެއްޗަކަށްވާތީއެވެ
ހިތިދުވަސް
ނ
ރަމަޟާންމަހު
22،
24،
26،
28
މި
ހަތަރު
ދުވަސް.
މިއީ
ރަސްމީ
ގޮތުން
ރަސްކަލަކު
ބައެއް
ވަލީވެރިންގެ
ޒިޔާރަތަށް
ފާތިޙާ
ވިދާޅުވުމަށް
ވަޑައިގަންނަވާ
ދުވަސް
ދުވަހެވެ.
(1)
ހެންވޭރު
ބޮޑު
ހިތީގައި
ޙަބްޝީގެފާނުގެ
މަޤާމްފުޅަށް.
(2)
މާފަންނު
ބޮޑު
ހިތީގައި
އަލި
ރަސްގެފާނު
ޒިޔާރަތަށް.
(3)
ހެންވޭރު
ކުޑަހިތީގައި
މެދުޒިޔާރަތަށް.
(4)
މާފަންނު
ކުޑަހިތީގައި
ފަޤީހު
ސުލައިމާނު
ޒިޔާރަތަށެވެ.
ފަހުން
މިކަމުގެ
ރަސްމިއްޔާތު
ރޭގަނޑަށް
ބަދަލުވީމާ
އޮންނަނީ
23،
25،
27،
29
މިރޭ
ތަކުގައެވެ
ހިތިތެޔޮ
ނ
ވަރަށް
އޮލަކޮށް
ހުންނަ
ބޭސްތެލެއް
މިތެޔޮ
ހުންނާނީ
ކަޅުނޫ
ކުލައެއްގައެވެ
މިތެޔޮހަދަނީ
ހިތިގަހުގެ
ފަތާ
މަލާ
ދަނޑީގެ
ތޮއްޓާ
ހުރިހާ
އެއްޗެއް
އެއްކޮށްގެންނެވެ
ހިތިތޮރާ
ނ
ތޮރައިގެ
ހިތިބާވަތް
މިއީ
އިހުޒަމާނުގައި
މާލޭގައި
ހެދުނު
ބާވަތެކެވެ
މިތޮރާ
ހުންނާނީ
އާދައިގެ
ތޮރައަށްވުރެ
ކުދިކޮށެވެ
ކާންކެރޭ
ވަރަށްވުރެ
އެތޮރައިގެ
ރަހަ
ހިތިވާނެއެވެ
ހިތިގަސް
ނ
އުސްކޮށް
ބޮޑުތާނގައި
ފެތުރިގެންހެދޭ
ލަކުޑިމޮޅުގަހެއް.
މިގަހުގެ
ލަކުޑި
ހުންނާނީ
މަޑުމުށިކުލައިގައެވެ.
މިގަހުގެ
ދަނޑިޔާއި
ފަތަކީ
އެކިކަންކަމަށް
ފައިދާހުރިބޭހެކެވެ.
ފަތްހުންނާނީ
ކުރިޔަށް
ހިމަކޮށް
ބުޑުދޮށަށް
ފަލަކޮށް
އަރިޔަށް
ލެނބިލައިފައެވެ
ފަތުގެކައިރިފަށް
ހުންނާނީ
ތުނޑުތުނޑުލައިފައެވެ
ފަތުގައި
ވަރަށް
ގިނަ
ގަދަ
ހިތިރަހައެއް
ހުންނާނެއެވެ
ހިތީކިޔެވުން
މ
ހިތިދުވަހު
އަޞްރު
ނަމާދުން
ފައިބައިގެން
ބޮޑު
ކިއެވެނީންނާއި
ކަމުވޮށިނުވޮށީން
އެދުވަހު
ހިއްޗަށް
ވަޑައިގަންނަވާ
ޒިޔާރަތެއްގެ
ކައިރީގައި
ފޮތް
ފޮއްޓެއް
ކިއެވުން
ހިތީކޭން
ނ
ހިތީކިޔަވާން
ދުރުވާ
ހަނގުބޭކަލުންނާއި
އަވަށު
މީހުން
ރޯދަވީއްލުމަށް
ކައްކައިގެން
ގެންދާކޭން
މިކޭން
ކައްކަނީ
މަޖިލީހަށް
އަރާ
ބޭކަލުންގެ
ގޭގެއިންނެވެ
މި
ކޭމާއި
ފާރުދޮށުކޭމާ
ހުންނަ
ތަފާތަކީ
މިކޭމުގައި
ހިތި
ހުންނަކަމެވެ
މިސާލު:
މިންވަރަށްވުރެ
މާމައްޗަށް
ހިތްގެންގޮސްގެން
އުޅޭ
މީހުނާމެދު
ބުނެއުޅޭ
ބަހެއް
ހިތް
އޮންނާނީ
ސިދުރަތުލް
މުންތަހާގައެވެ
މިސާލު:
މީހެއްގެ
ކިބުރުވެރިކަމާއި
ބޮޑާކަން
މާމައްޗަށް
ދިއުމުން
އެކަމާމެދު
ބުނެއުޅޭ
ބަހެއް
ހިތް
އޮންނާނީ
އާސްމާނުގައެވެ
ހިތްކާފަރުކުރުން
މ
މަޖާޒު:
ޝަހްވާނީ
ޚިޔާލު
ހިތަށް
ވެއްދުން
ހިތްކާފަރުވުން
މ
މަޖާޒު:
ޝަހްވާނީ
ޚިޔާލު
ހިތަށް
ވަނުން
ހިތްގަދަ
ނއ
(1)
އަނެކާއަށްލިބޭ
ހިތާމައަކުން
ނުވަތަ
ހާނީއްކައަކުން
އަސަރު
ނުކުރާ
(2)
ކޮންމެ
ފަދަ
ކަމެއް
ކުރުމަށް
ވެސް
ޖެހިލުމެއްނުވާ
ހިތްގަދަކަން
ނއނ
(1)
އަނެކާއަށް
ލިބޭ
ހިތާމައަކުން
ނުވަތަ
ހާނީއްކައަކުން
އަސަރު
ނުކުރާކަން
(2)
ކޮންމެ
ފަދަ
ކަމެއް
ކުރުމަށްވެސް
ޖެހިލުން
ނުވާކަން
ހިތްގަދަވުން
މ
(1)
އަނެކާއަށްލިބޭ
ހިތާމައަކުން
ނުވަތަ
ހާނީއްކަ
އަކުން
އަސަރު
ކުރާގޮތްނެތުން
(2)
ކޮންމެފަދަ
ކަމެއް
ކުރުމަށްވެސް
ޖެހިލުންނުވުން
ހިލަ
ނ
(1)
ޤުދުރަތީގޮތުން
ބިމުގައި
އުފެދޭ
މަޢްދަނީ
ހަރުއެއްޗެއް
މީގެ
ކިތަންމެ
ބާވަތެއް
ހުރެއެވެ
ގިނަބާވަތް
ބާވަތް
ގަލަށްވުރެން
ހަރުވެފައި
ބަރެވެ
މީގެ
ބައެއް
ޒާތްޒާތަކީ
ނުހަނު
އަގުބޮޑު
އެއްޗިއްސެވެ
ބާވަތްބާވަތުގެ
ޖަވާހިރަކީވެސް
ހިލައިގެ
ތެރެއިން
ހިމެނޭ
އެއްޗެއްސެވެ
(2)
ބައެއް
ފަރުބަދަ
އުފެދިފައި
ހުންނަ
މާއްދާ
(3)
ހަށިގަނޑުގެ
ތެރޭގެ
ގުރުދާފަދަތަންތާގައި
އުފެދޭ
ކަށިނޫން
ހަރުއެތިކޮޅުކޮޅު
ހިލަކަރުދާސް
ނ
ލަކުޑިއާއި
މަޢުދަނީ
ތަކެއްޗާއި
އެނޫންވެސް
ބައެއް
ތަކެތި
އޮމާންކުރަން
ގެންގުޅޭ
އެއްފުށް
ރާޅުކޮށް
ހަދައިފައި
ހުންނަ
ކަރުދާހެއް
ހިލަކިހުނު
ނ
ބައްޔެއްގެ
ނަން.
މިބަލީގައި
ކުޑަކަމުދިއުން
ދަތިވެ
ބަނޑުގައިރިހި
ކުރިމަތި
ފަރާތުން
ހިލަ
ނުވަތަ
ވެލިކަހަލަ
އެއްޗެއް
އަންނާނެއެވެ.
އަޞްލުގައި
ކިހުނުބައްޔާއި
ހިލަ
އުފެދޭ
ބައްޔާއި
މާބޮޑުގުޅުމެއް
ނޯވެއެވެ
ނަމަވެސް
ދެބަލީގައިމެ
އަވަސް
އަވަހަށް
ކުޑަކަމުދާން
ޖެހިފައި
ކުޑަކަމުދާއިރު
ތަދުވާގޮތްވާތީ
ހިލަކިހުނޭ
ކިޔާފައިވަނީއެވެ
ހިލަވާލި
ނ
)މ (
ވާލީގެ
ބާވަތެއް
މިމަހުގެ
ބޯކޮޅު
އޮންނަނީ
ވަށްކޮށެވެ
މިމަސް
ދިރިދިރި
އޮންނައިރު
ބޯކޮޅުން
ފެށިގެން
ބަނޑުދަށް
ފަރާތުން
މެދަށްވުރެ
ތިރިޔަށް
ރަންކުލަޔަށްދާ
ކުލަޔެއް
ހުންނާނެއެވެ
ދެފަރާތުގައި
ހުންނަ
ދެކޮތަރި
ހަނދީގެ
ކޮތަރިއަށްވުރެ
ދިގުވެފައި
ކަންފަތުން
ބުރިކައްޓާ
ގުޅިފައި
ހުންނަބައިގެ
އެތެރޭގައި
ހިލައެއްހެން
އޮންނަ
ކަށިކޮޅެއް
ހުންނާނެއެވެ
«
5
6
7
8
9
10
11
12
13
»