radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
އެ
ނ
ދުރަށް
އިޝާރަތްކުރާ
ނަމެއް.
މިސާލު:
އެތަން
އެގެ
އެމީހާ
ރަވަ
ނ
(1)
ލޮލުގެ
ކައިރިފަށް
(2)
އެސްފިޔަފަޅައިފައި
ހުންނަތަން
(3)
މަސްގަނޑު
ނުވަތަ
އައިންތިލަވެގެން
ކުރިޔަށްދާއިރު
ހެދިފައި
ހުންނަ
ކުދިކުދިރާޅުތައް
ރަވާ
ނ
ގޮދަނުގެފުށުން
ރެވިއޮށެއްހާ
ވަރަށް
ހަދައިފައި
ހުންނަ
ފުއްތަކެއް
މިހުންނަނީ
ހުދުކުލައިގައެވެ
މީ
ޢާންމުގޮތެއްގައި
ސޫޖީ
ކައްކަން
ބޭނުންކުރާ
އެއްޗެކެވެ
ރަވާބީނާ
ނ
އެސްފީނާ
ގަދަމީހާ
ރަވޯ
ނ
ކުޑަކުދިންނާ
ފޮށިގަންނަކަމަށް
ބުނާ
ދެތްވެއް
މީގެ
އުނދަގޫ
ޖެހުމުން
ކުއްޖާ
ބަލިވެއުޅެން
ފަށައެވެ
މަތިބަލައި
ރޮއިހަދައެވެ
ބޮޑުވުން
ހުއްޓި
ކަޅުކަޅީގެ
ކުލަ
ހުދުވެއެވެ
ބޯބޮޑުވެ
ގާތުން
ކިރު
ނުބޯންއުޅެއެވެ
މިބަލިޖެހިފައިތިބޭ
ކުދިންނަށް
ރަވޯ
ކައިފައިތިބޭ
ކުދިންނޭ
ކިޔައެވެ
ރަމަންނެގުން
މ
(1)
ބިރުގަނެގެން
ނުވަތަ
ދެހާ
ތަޅައިގެން
ބަލިވާ
ހައު
ކެޔޮފޮތީގެ
ފަހަތުގައި
ހުންނަ
ފަތްކޮޅު
އުފުލުން
އެހެންވެސް
ޖަނަވާރު
އެއަށްވުރެ
ގަދައެއްޗެއް
ފެނުނީމާ
ބިރުން
ދިއުމަށްވެސް
ކިޔަނީ
މިހެންނެވެ
(2)
މަޖާޒު:
މީހަކު
މާމޮޅު
މީހަކަށް
ހެދިގެން
އުޅެނިކޮށް
މޮޅުމީހަކު
އައީމާ
ހެދިގެން
އުޅޭ
މީހާ
ދެރަވުން
ރަމަންރަމަންފޯލި
ނ
ކުޑަކުދިން
މުގޯލި
އަޅައިގެން
ކުޅޭ
ކުޅިވަރެއް
މިކުޅިވަރުގައި
މުގޯލިތައް
ހުންނަނީ
މެދުގައި
އެއް
މުގޯލި
އަޅައި
އޭގެ
ވަށައިގެން
އެހެން
މުގޯލިތައް
ހުންނަ
ގޮތަށެވެ
މިމުގޯލިތައް
އަޅާނީ
ކުދިން
ތިބި
ޢަދަދަކަށެވެ
މެދު
މުގޯލީގައި
ހުންނަ
ކުއްޖާ
ހުންނާނީ
ތުނި
ފޮތިކޮޅަކުން
ކަނުބަނދެފައެވެ
އެކުއްޖާ
ރަމަންރަމަންފޯލި
ކޮބައިހޭ
ކިޔާފައި
އެއް
މުގޯލިން
އަނެއް
މުގޯއްޔަށް
ހިނގާއިރު
އޭނާގެ
އަތުނުޖެހޭން
ވެގެން
ކުދީން
އެއް
މުގޯލިން
އަނެއް
މުގޯއްޔަށް
ދުވާނެއެވެ
ކަނުބަނދެފައިވާ
ކުއްޖާ
މުގޯލިން
ބޭރުގައި
ހުރި
ކުއްޖެއްގެ
ގައިގައި
އަތްލެވިއްޖެނަމަ
އެ
އަތްލެވުނު
ކުއްޖާ
ނުބައިވާނެއެވެ
އެއީ
ރަމަންރަމަން
ފޯއްޔެވެ
ރަމްޒާންމޭނާ
ނ
ދަނޑިބެރުގެ
ނަންހުރި
ބޮޑު
ލަވައެއް
ރަފަރަފަ
ނ
(1)
ލަކުޑިތަކެއް
ނުވަތަ
ފަލަ
ދަރުތަކެއް
އެއްފަހަރާ
ތަނަކަށް
އެޅިގެންދާއިރު
އިވޭއަޑު
(2)
ގޭގެއާއި
ހަރުގެ
ފަދަތަންތަން
ވެއްޓިގެން
ދާއިރު
އިވޭއަޑު
ރަފަރަފަލުން
މ
ރަފަރަފަ
އެޅުން
ރަފީގު
ނ
ހިކިފަން
ފުޅަނގި
ކަހަލަ
ކުޑަސޫތްޕެއް
މި
ސޫފި
ދެފިޔަ
ކާއްތައިގެން
ރޭގަނޑަށް
ވަރަށް
ރީތި
އަޑެއް
އިއްވައެވެ
ރަފު
ނ
ކަމެއް
ނުވަތަ
އެއްޗެއް
ލިއުއްވުމުގައި
ފުރަތަމަކުރާ
މަސައްކަތް
ރަފޫ
ނ
ފޭރާމުންވީދިފައި
ހުންނަތަންތަން
އެބާވަތެއްގެ
ރޮދިލައިގެން
ބައްދާބެއްދުން
ރަފޫކުރުން
މ
ފޭރާމުން
ވީދިަފއި
ހުންނަ
ތަންތާނގައި
އެބާވަތެއްގެ
ރޮދިލައިގެން
ބެއްދުން
ރަދަ
ނ
)ސ (
(1)
ކަށްޓަކުން
ނުވަތަ
ތޫނުއެއްޗަކުން
ކޭއްތިގެން
ގައިގެ
ހަމުގައި
އެޅޭ
ކޫރު
(2)
ގަސްގަހުގައި
ރޮނގުގޮތަށް
ހުންނަ
ރެނދު
ރަދި
ނ
ދޮށްދަނޑީގެ
ފުލުގައި
އެޅުވުމަށް
ހެތުރުގައި
ޖަހާމަޅި
ރަދީފު
ނ
އަކުރުތަކުގެ
ތަރުތީބު
ދީފައިވާ
ލިއުމެއްގެބައެއް
މިސާލު:
"ހ"
ގެރަދީފު
"ވ"
ގެރަދީފު
ރަތަބަޑި
ނ
ދޮންދޫނީގެ
ބާވަތެއް
މީގެ
ހަށިގަނޑު
ހުންނާނީ
ކަޅުރަތްކުލައިގައެވެ
ތިރީދެފިޔައިގެ
ބުޑުދޮށުގައި
ދޮންރަތްކުލައިގެ
ލަކެއް
ހުންނާނެއެވެ
ރަތަކަޅޯއް
ނ
)މ (
ކަޅުއޮށުގެ
ބާވަތެއް:
މީގެ
ނިގޫ
ފަތާއި
ކަންފަތާއި
އުރަހައާއި
ތުނބުގައި
ހުންނާނީ
ރީނދޫ
ކުލައެވެ
ރަތުރުއް
ނ
ރަތްރީނދޫ
ކުލައިގައި
ހުންނަ
އެއްޗެހި
ގަންނަ
ރުއް
ރަތުރޭރު
ނ
ރޭރުގެ
ބާވަތެއް
މިރޭރު
ހުންނާނީ
އާދައިގެ
ރޭރަށްވުރެ
ބޮޑެތިކޮށް
ބޮނޑި
މަސްކޮށެވެ
ބުރަކަށީމަތީ
ފަތްތައް
ހުންނާނީ
ރަތްކުލައިގައެވެ
«
81
82
83
84
85
86
87
88
89
»