radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ނީ
ނ
(1)
ހަނޑޫފަދަ
ތަކެތި
ފޮޅީމާ
ނެގޭ
އެންމެ
ހިމުންބައި
(2)
އޮޑި
ފަހަރުގެ
ކުނބުގެ
ކުރީގައި
ސާމޯރުޖަހަން
ހިމަކޮށްފައި
ހުންނަ
ތަންކޮޅު
(3)
ބދ
ކުރީކޮޅު
މަރަށްތެޅުން
މ
(1)
މީހެއް
ނުވަތަ
އެއްޗެއް
ފުރާނަދާވަގުތު
ލިބޭ
ވޭނެއްގެ
ސަބަބުން
ތެޅޭ
ތެޅުން.
(2)
ލިބޭ
ހާނީއްކައެއްގެ
ސަބަބުން
ފުރާނަދާއިރު
ތެޅޭ
ތެޅުން.
(3)
މަޖާޒު:
ކަމަކަށް
އަވަސް
އަރައިގަނެގެން
އުޅޭ
އުޅުން.
)މިހެން
ބުނެ
އުޅެނީ
ކަމެއް
ބޭނުންވެގެން
އުޅުމުގައި
މާބޮޑަށް
ކެތްތެރިކަން
ކުޑަވެގެން
އުޅުމަށެވެ
މަރައިފި
މަޖާޒު:
(1)
ކެއްސެއް
ލިބޭ
ކަހަލަ
ގޮތެއް
ދިމާވުމުން
ބުނެއުޅޭ
ބަހެއް
މިސާލު:
މިއަދު
އެއޮއް
ވަރުގަދަ
ކެއުން
ގަނޑަށް
ނުދެވުނު
ކަމުން
މަރައިފި
(2)
ލިބޭނޭކަމަށް
އުއްމީދުކުރި
ނަތީޖާ
ނުލިބުމުން
ބުނެއުޅޭ
ބަހެއް
މިސާލު:
އިއްޔެ
ނީލަމުން
ނެގި
އެއްޗެހި
ގަތް
އަގުގައިވެސް
ނުވިކުނު
ކަމުން
މަރައިފި
މަރިޔަންމެހި
ނ
ދޮންމެހި
މިބާވަތުގެ
މެހި
ތިބެނީ
ދޮން
ރަތްކުލައެއްގައެވެ
މަރުބޭހަށްރައްކާކުރުން
މ
މަޖާޒު:
މާބޮޑަށް
ބޭނުންވީމާ
ނޫނީ
ނުނަގާގޮތަށް
ފޮރުވުން
މަރުބޭސް
ނ
މަޖާޒު:
(1)
ތަދުބޭހާއި
ތަދު
އެއްޗެހި.
(2)
ލިބުން
ދަތިބޭހާއި
އެއްޗެހި.
މިސާލު:
މިއުޅެނީ
މަރުބޭހަކަށްވެސް
ކަރުހަކުރުކޮޅެއް
ނުލިބިގެންނެވެ
މަރުކާވިނަ
ނ
(1)
ޖަރުމަނު
ވިނަ.
(2)
ނަންބަރުވިނަ
މީގެ
ރަތްކުލައާއި
ފެހިކުލަ
ހުރެއެވެ.
ރަތްވިނަ
ފެހިވިނަ
ކިޔަނީވެސް
މިވިނައަށެވެ
މަރުފަލިޖެހުން
މ
މަޖާޒު:
(1)
ކަމަކާމެދު
ވެވޭން
އޮތްހައި
ބާރެއްލައި
މަސައްކަތްކުރުން
(2)
ތިމާގެ
ނަޒަރުގައި
ނުވެވޭނެ
ކަމަކަށް
އަނެކަކު
ކުރިމަތި
ލައިގެން
ކުރާ
މަސައްކަތާމެދު
ބުނެ
އުޅޭބަހެއް
މިސާލު:
ތިޔަކަމެއް
ނުވެވޭނެއެވެ
ތިޔަޖަހަނީ
މަރުފައްޔެވެ
މަބުސްތާނު
ނ
ބޯތަށިގަނޑެއް
އޮންނަ
މޭވާއެއް
މިއިން
ކައި
އުޅެނީ
އެތެރޭގައި
ހުންނަ
އޮށްތަކުގެ
ބޭރުގައި
މަޑުކޮށް
އޮންނަ
ބައެވެ
މީގެ
ތޮށްޓަކީ
ބޭހެކެވެ
މަޅި
ނ
(1)
އެއްޗެހީގައި
ބެއްދުމަށް
ގޮށެއް
ޖަހައިގެން
ހަދާ
ބޮޅެއް
މި
ބޮޅު
އޮންނާނީ
އެއްކޮޅަށް
ދަމާލީމާ
ބާރުވެބެދޭ
ގޮތަށެވެ
(2)
ނަނު
ރޯނު
ފަދަ
ތަކެތިން
ހަދާބޮޅެއް
މިއީ
އެއްޗެހި
އަޅުވަން
ނުވަތަ
އެއްޗެހީގައި
އަޅުވަން
ބޭނުންކުރާ
މަޅިއެކެވެ
(3)
މަޖާޒު:
ކެހި
މަޅިބެދުން
ނ
(1)
ސަރުބަތު
ހަލުވިދާފަދަ
ތަކެތި
ކެއްކުމުގައި
ވަކި
ވަރަކަށް
އޮލަވުން.
)މިގޮތް
އެނގޭނީ
ބޮނޑިނަރުން
މަޅިއެއްހަދައި
އެއަށް
ބާނާފައި
ނަގާއިރު
އެއެއްޗަކުން
މަޅީގެ
އެތެރެ
ބެދިފައި
ހުރުމުންނެވެ
މަޅިޖެހުން
މ
(1)
ކުކުޅު
ނުވަތަ
ދޫނިފަދަ
އެއްޗެއް
ހިފުމަށްޓަކައި
މެދުގައި
ހުސްބުރެއް
އޮންނާނޭހެން
ދޫގޮށެއްޖެހުން
)މިގޮށްޖަހައިފައި
ހުންނާނީ
ދަމާލީމާ
ބާރުވާގޮތަށެވެ (
(2)
މަޅި
ހެދުން
މަޅު
ނ
(1)
އަށި
އެނދާއި
އޮޑިދޯނިފަހަރު
އެއްޗެހީގައި
އަޅަން
ބޭނުންކުރާ
ފިލާބުރިބުރި
(2)
ކޮށާރުގެ
ދޮރުގައި
ބޭނުންކޮށްފައި
ހުންނަ
ފިލާބުރިބުރި
މިއިން
ކޮންމެ
ފާޑެއްގެ
މަޅެއްވެސް
ހުންނާނީ
ނަގާ
އެޅޭ
ގޮތަށެވެ
(3)
ކިލާ
ތަކެތި
ތަތްވެގެންގޮސް
ވާހަރު
(4)
ގަހެއްގެ
ލަކުޑިން
ނުކުންނަ
ކިރެއް
)މިއީ
ދިވެހިބޭހަށާއި
ވަރުނީސް
ފަދަ
ތަކެތި
ހެދުމަށް
ބޭނުންކުރާ
އެއްޗެކެވެ (
މިސާލު:
ރުގުންމަޅު
މަކުނުފިލާ
ނ
ފަތްޕިލާވެލީގެ
ބާވަތެއް
މީގެ
ފަތް
އެންމެ
ވައްތަރުވާނީ
ތަންމަކުނާއެވެ
މަކުޑި
ނ
(1)
އެއްޗެއް
ހިފެހެއްޓުމަށްޓަކައި
ނުވަތަ
ހުޅުވުނަ
ނުދިނުމަށްޓަކައި
ލަކުޑިން
ހަދައި
ހަރުކޮށްފައި
ހުންނަ
އެއްޗެއް.
މިސާލު:
ދޮރުފަތްލައްޕާފައި
އަޅުވާ
ލަކުޑި
ދޮރު
ހިފެހެއްޓުމަށް
ދޮރުކަނީގައި
ޖަހާފައި
ހުންނަ
މަކުޑި.
(2)
އެއްޗެހި
ހިފެހެއްޓުމަށާއި
ހަރު
ކުރުމަށްޓަކައި
ފާރަށް
ލައްވައިފައި
ހުންނަ
ލަކުޑި
(3)
ތަނބުގެ
މައްޗަށާއި
ފުލަށް
ލައްވާ
ލަކުޑި
(4)
ޓިނުޖަހާއިރު
ފަތިގަނޑާއި
ޓިނުގަނޑާ
ދޭތެރެއަށް
ލައްވާ
ލަކުޑިކޮޅު
މައިނާރު
ނ
(1)
ފައިގެ
މަސްފަށްތައް
ހިފެހެއްޓުމަށްޓަކައި
ފައިތިލައާގުޅިފައިވާ
ހުދުވާފަށްތައް
މިނާރުތައް
ފަލަ
އެއްނާރުގެ
ގޮތުގައި
ފައިތިލައާއި
ގުޅިފައިވަނީ
ކުޑަކަޅުވާއާއި
ދިމާއިން
ފުންނާބަށެވެ
(2)
ލޭހިނގާ
ފަލަ
ލޭހޮޅި
މައިކު
ނ
އަޑުތައް
އިލެކްޓްރިކް
ސިގްނަލްތަކަކަށް
ބަދަލުކޮށްދޭ
އާލަތެއް
ގިނަފަހަރަށް
މިބޭނުން
ކުރަނީ
އަޑު
ދުރަށް
ފޮނުވުމަށާއި
އަޑުތައް
ރެކޯޑު
ކުރުމަށެވެ
މައިވާހި
ނ
)ޏ ސ (
ދޯނީގެ
ފަށަނުގައި
ފެންބޭރުކުރުމަށް
ހުންނަ
އުނގުރިއެއް
މައިމުޅަވުން
މ
އަންހެން
ދަރީގެ
ދަރީންނަށް
ކާފަ
ނުވަތަ
މާފައާއި
މާމަގެ
މުދާ
ނުލިބޭގޮތްވުން
)މިގޮތްދިމާވާނީ
ބައްޕަ
ނުވަތަ
މަންމަ
ދުނިޔޭގައި
ހުއްޓައި
އަންހެން
ދަރިފުޅު
މަރުވާއިރު
އޭނާގެ
ދަރިން
ތިބުމުންނެވެ
މައިމުޅަވުމޭ
ކިޔަނީ
މިގޮތް
ދިމާވުމުން
އަންހެން
ދަރީގެ
ދަރީން
ކާފަ
ނުވަތަ
މާފަ
ނުވަތަ
މާމަގެ
މުދަލުން
މަޙުރޫމްވާތީއެވެ
މައިސޯބު އެނބުރޭގޮތަށޭ ކުދިސޯބު އެނބުރޭނީ
މަޖާޒު:
(1)
ބޮޑެތި
މީހުން
އުޅޭ
ގޮތަށޭ
ކުޑަކުދިން
އުޅޭނީ
(2)
ވެރިން
އުޅޭ
ގޮތަކަށޭ
ދަށުގައި
ތިބޭ
މީހުން
އުޅޭނީ
މައިޒާން
ނ
ހުސްވަގުތުގައި.
މީހުން
ހިތްފަސޭހަކުރުމަށާއި
މަޖާވާހަކަ
ދައްކައި
ޚިޔާލު
ބަދަލު
ކުރުމަށް
ހަދާފައި
ހުންނަތަނެއް.
މިކަހަލަ
ތަންތަން
ހަދާފައި
ހުންނާނީ
ހުސް
ތަންތަނުގައި
ހިޔާބޮޑެތި
ގަސްގަސް
ދޮށުގައްޔާއި
ހިޔާ
ލިބޭ
ތަންތާގައެވެ
ރުއްވަކަރާއި
ކަށިކެޔޮ
ހޮޅުން
އަށިހަދައިގެންނެވެ
ފަހަކަށް
އައިސް
ރާނާއި
ސިމެންތި
ޖަހައިގެންވެސް
މައިޒާން
ހަދާ
އުޅުނެވެ
«
79
80
81
82
83
84
85
86
87
»