radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ބާ
ނ
(1)
ތާނާއިގެ
ފަސްވަނަ
އަކުރަށް
ކިޔާނަން.
ނއ.
(2)
ބައު.
(3)
އާކަމުގެ
އިދިކޮޅު.
(4)
ގިނަދުވަސްވެފައިވާ.
(5)
ގެންގުޅެފައިވާ.
(6)
ނ.
ލަކުޑިއަށް
ގެއްލުމެއް
ލިބިގެން
ހެދޭ
ހޮއި
ނުވަތަ
ވާ
ފީ.
(7)
އެއްޗަކަށް
ގެއްލުމެއް
ލިބިގެން
ފޫގޮސްފައިވާ
ލޯވަޅު.
(8)
އަންހެންލޯފިނދު.
(9)
ކުޑަކުދިންގެ
ބަހުގައި
ކީރިތި
ޤުރުއާން
ނުވަތަ
ލިޔެފައި
އޮންނަ
ކޮންމެ
އެއްޗެއް.
)01(
ބައެއް
ސުއާލު
ކުރާއިރު
ފަހަތަށް
ގެންނަ
އަކުރެއް.
މިސާލު:
މިގޭގައި
މީހަކުއުޅޭބާ
ގަންނާނެއްބާ
އެއްގަމުއަރުމާޒު
ނ
އައްސުލްޠާންއަލްމުޡައްފަރު
މުޙަންމަދު
ޢިމާދުއްދީން
އުތުރު
އަރުމާޒަށް
ވަޑައިގަންނަވާންވެގެން
އެރަދުންގެ
ދަރިކަލުންނަށް
އެއްގަމުގައި
ހައްދަވައިދެއްވި
އަރުމާޒެއް.
މިއަރުމާޒު
ހެއްދެވިގޮތަކީ
ފުރޮޅުލާފައި
އެއްގަމުގައި
ދުއްވޭނޭހެން
އެގާރަ
ގުރާބު
ތައްޔާރުކުރައްވައި
އެގުރާބު
ދަމާ
ކަލާސީންނާއި
ދަންޑަހެލު
ބޭކަލުން
ލައްވައި
އެމީހުންގެ
ވެރިޔަކު
ލައްވައި
އެމީހަކަށް
ރަނަހަމާންތި
ކަމަށް
ކޮލިލައްވައި
ގުރާބުތަކަށް
އެއްގަމު
އަރުމާޒު
ބަޑިލައްވައި
އެގުރާބުތަކަށް
ރަސްމީ
އުޅަނދުތަކަށް
ހުންނަހައި
ކަމެއް
ހަމަކުރެއްވިއެވެ.
އަރުމާޒު
ކަލާސީންނާއި
ދަންޑަހެލުންނާއި
ރަނަހަމައިދި
ބޭކަލަކު
އޭގެ
ކުރިއަކު
ނުތިއްބަވައެވެ.
ރަދުންގެ
އަރުމާޒު
ފުރާވަޑައިގަތުމަށްފަހު
އެއްގަމު
އަރުމާޒު
ފުރާވަޑައިގަތީ
މެދުޒިޔާރަތް
މަގުން
އިރުމައްޗަށެވެ.
މިހެން
ގޮސް
އެކިއެކި
ތަންތާ
ރޭކުރައްވައި
ކުޅިވަރު
ކުޅުއްވައި
ހައްދަވައެވެ.
ދުވާލު
ކަލާސީން
ލައްވައި
ރަށުތެރެ
ތާހިރުކުރައްވައި
މިބާވަތުގެ
ކަންތައް
ކުރައްވަމުން
ވަޑައިގެން
ރަދުންގެ
އަރުމާޒު
މާލެ
ވަޑައިގަތް
ދުވަހު
އެއްގަމު
އަރުމާޒުވެސް
ގަނޑުވަރަށް
ވަޑައިގަތީއެވެ.
އޭގެ
ފަހުގައި
ކަލާސީންނާއި
ދަންޑަހެލުން
ހަވަރަށް
ބައިކުރައްވާ
އެމީހުންގެ
ޚާއްޞަ
މަސައްކަތަކީ
ބަނޑުދިނުންކަމުގައި
ހައްދަވައި
މިއަރުމާޒުގެ
ބަނޑޭރިން
މިނާ
މީހުން
ކަމުގައި
ހެއްދެވީއެވެ
ދެފޮއިގައި
ބަނޑުދޭން
ފެށީ
މީގެ
ފަހުގައެވެ
ކުރީގައި
ބަނޑުދޭ
ގޮތަކީ
މަހަކު
އެއްފަހަރު
ކޮށާރު
ދޮށަށް
ބަލައިދިޔައިމާ
ދެއްވަނީއެވެ
މިއަރުމާޒަށް
ވަޑައިގަތް
ބޭފުޅަކީ
ތާރީޚުގައި
މަޝްހޫރު
އިބްރާހީމް
ރަސްގެފާނެވެ
އޭތިމީތި
ނ
އެކި
ބާވަތްބާވަތުގެ
އެއްޗެހިތައް
އޮހިވަރު
ނ
ދިޔާ
ނުވަތަ
އޮލަ
އެއްޗެއް
ގޮތްގޮތަށް
ތާކަށްފައިބާ
ތަތްވެފައި
ހުރީމާ
ކިޔާގޮތް
އޮހުން
މ
(1)
ފައިބައިގަތުން
(2)
އެއްޗެއްގެ
ތެރޭގައި
ހުރި
އެއްޗެއް
ބޭރުވެގަތުން
(3)
ބާރުކޮށް
ވާންކޮށްހުރި
އެއްޗެއް
ދޫޖެހިގެން
އެލުން
އޮށަނިމަލުހެދުން
ނ
(1)
ދެގެދޭތެރޭ
މީހުންގެ
ރަސްމީހެދުން
މިހެދުމުގައި
ހުންނާނީ
މަތީ
ފޭއްޔެއް
އަނދެފައި
އޭގެ
މުށެއްހައި
ތާމަތީގައި
އަތްދުތް
ހުންނަވަރަށް
މީގެ
އެހެން
ފޭއްޔެއް
އަނދެފައެވެ
(2)
ވިލާތު
އަންހެނުން
އަޅާ
ހެދުމެއް
މިހުންނާނީ
ލިބާހަކަށްވުރެ
ލިބާހެއް
ކުރުވަމުން
ގޮސް
އެންމެ
މަތީން
އޮންނަލިބާސް
އުނަގަނޑާ
ހަމަޔަށް
ހުންނަ
ގޮތަށް
ފެންނާނެ
ހެންނެވެ
އޮށިހަރޮ
ނ
)ސ (
ފޭރާންހަރުގެ
ވެން
ބާއްވަން
ހުންނަތަން
އޮށިކެއު
ނ
ފަތްކޭލުގެ
ބާވަތެއް
މިހުންނަނީ
ބޮޑުކެޔޮ
ޒާތަށް
ވައްތައް
ބުޅިކޮށް
ނެވެ
މީގެ
ފޮނި
މަޑުވާނެއެވެ
އޮށޯތުން
މ
ތަނެއްގެ
މައްޗަށް
ހަށިގަނޑުގެ
ބާރު
ދޫކޮށްލައިގެން
އޮތުން
އޮށްބޭސް
ނ
އަރޮޅި
ބުރޮޅި
ގޯނބިލި
އެސްމާ
ތަނބިވައް
މިފަސްބާވަތް
އޮށްކަފަ
ނ
ކަފައިގެ
ބާވަތެއް
މީގެ
އޮށް
ގިނަވެފައި
އޮށުގައި
ކަފަހިފައިފައި
ހުންނަލެއް
ގަދަވާނެއެވެ
މިގަހުގެފަތް
ހަނާކަފަ
ފަތަށްވުރެ
ކުދިވާނެއެވެ
އޮށްގުޑުވާ
ނ
ޒަބާދު
ބުޅައުފާޑުގެ
ޙައިވާނެއް
އޮނުހިރި
ނ
ހިރީގެ
ބާވަތެއް
މީގެ
އެތެރޭގައި
ލޯވަޅު
ތަކެއްހެން
ކީލިކިއްޔަށްހުރެފައި
އެހެން
ހިރިޔަށްވުރެ
ލުއިވާނެއެވެ
އޮނުފަޅާއަޑު
ނ
(1)
އޮނުގަނޑެއް
ފަޅައިލާއިރު
ގޮވާއަޑު
މަޖާޒު:
(2)
އަޑުހުތުރު
މީހުން
ބާރަށް
އެއްޗެތި
ކިޔާއިރު
ނުކުންނައަޑު
އޮނުގަނޑުއެޅުން
މ
ކުޅިޖަހާން
ދަސްކުރާ
މީހުންގެ
ހަށިގނަޑު
ހާނުވާން
އުނަގަނޑުމަތީގައި
އޮނުގަނޑު
އަޅުވައި
ދެއަތުގެ
އުނޅަބޮށީހުޅުގެ
އެތެރެފަތާރް
އޮނުގަނޑުގެ
ދެކޮޅުގައި
އަޅުވައި
ދެއަތްގެނެސް
ބަނޑާއިދިމާއިން
ބައްދައިގެން
ތިރިވެ
އޮވެގެން
ބާވަތަކަށް
ފައިކުރިޔަށްގެންގޮސް
ފަހަތަށް
ގެނެސް
ހެދުން
އޮރުދާ
ނ
ދިޔަދޮވިން
ފެންފައިބާ
ތަން
އޮބައިގަތުން
މ
(1)
ބާރަށް
އޮބުން
(2)
އެއްޗެއްދިޔަނުދީ
ހިފެހެއްޓުން
(3)
ގޮސްގޮސް
އޮތްއެއްޗެއް
އަތުލައިގަތުން
(4)
ފުރާދުއްވާ
އެއްޗެތި
ދުއްވާއިރު
ގަދަވެގެން
ގޮސް
ދިރުނބާކޮޅު
އަޑިއަށްދިޔުން
(5)
މަޖާޒު:
މާބޮޑަށް
ބަލިވުން
އޮބުން
މ
(1)
އެއްޗެއް
އެއްޗެއްގައި
ޖައްސައި
ބާރުކުރުން
(2)
ފިއްތުން
މިސާލު:
މެޓާއޮބުން
އިނގިލިންއޮބުން
(3)
ދުރަށް
ދަމުންގޮސް
ލޮލަށް
ނުފެނުން
އޮޅިއެޅުން
މ
ދެގަނޑެއްޗެއް
ގާތްކޮށް
ބާރުކުރާން
އޮޅެއްލައި
ބާރުކުރުން
އޮޅިގަނޑު
ނ
(1)
ދޮރުގެ
ތިރީއޮޅި
(2)
ގާފޮޅުމަތީ
އޮޅިއެއްގެ
ގޮތުގައި
ބާއްވައިފައި
އޮންނަ
ލަކުޑިގަނޑު
(3)
ދެއެއްޗެއްގެ
ދެމެދަށް
ހުރަހަށް
ފައްތައިފައި
އޮންނަ
ލަކުޑިގަނޑު
އޮޅު
ނ
(1)
ބޭރުރަށްރަށުގައި
އޮޑިދޯނި
ފަހަރަށް
ވަދެވޭނޭހެން
ހުންނަ
ފުންތަންތަން.
(2)
ފަޅުތެރޭގައި
އުނިޔަވައްދާން
ފުންކޮށްފައި
ހުންނަ
ވަޅު.
(3)
ބޮނބިފައުކުރާން
އެއްގަމުގައި
ހަދައިފައިހުންނަ
ތަންތަން.
(4)
އަލަ
އިންދުމަށްޓަކާ
އަޑިކޮށް
ހަދައިފައި
ހުންނަބިން.
(5)
ދެއެއްޗެއްކައިރި
ކުރުމަށްޓަކައި
ބާރުލާން
ދަނޑިގަނޑެއްލައްވައިގެން
އަނބުރައި
ބާރުކޮށްފައި
ހުންނަ
ރޯނުގަނޑު
ނުވަތަ
މާރުގަނޑު
(6)
ވަގުކަމާއި
ސިހުންފިލައި
ގާތްވެފައިވުން
«
70
71
72
73
74
75
76
77
78
»