radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
އީ
ނ
(1)
މާކުދިކުދި
ކަންތަކާ
ރަކިވެގެން
ޖެއްސޭ
ވައްތަރެއް.
މިގޮތް
ގިނައިން
ވަނީ
އަންހެނުންނަށާއި
ކުޑަކުދީންނަށެވެ.
(2)
އ.
ކުރީގައިވާ
އެއްޗެއް
ނުވަތަ
ކަމެއް
ގަދަކުރުމަށް
ބުނާ
އަކުރެއް.
މިސާލު:
މިއީ
އެއީ
ތިޔައީ
އައީ
ގުއިދާލި
ނ
ހައިވަކަރުހެން
ހުންނަ
ލަކުޑީގެ
ބާވަތެއް
މިއީ
ގައިގައި
ވެށުމަށްހަދާ
ބޭހަށާއި
ދުންއެޅުމަށް
ބޭނުންކުރާ
އެއްޗެކެވެ
ގުލާބުޖާން
ނ
ފޮނި
ހެދިކާއެއް.
މިއީ
ގޮދަންފުށް
ނުވަތަ
މުގުރައިފައިހުންނަ
ކަނަމަދު
ނުވަތަ
މަޑުކޮށްފައި
ހުންނަ
އަލުވި
ހިކިކިރާ
އެއްކޮށް
ގިތެޔޮ
ލައިގެން
މޮޑެ
ގުޅަވަށައި
ތެލުލުމަށްފަހު
ފޮނިތޮށި
ކާފޫރުތޮޅި
ލައިގެން
ފޮނި
ގަދަކޮށް
ކައްކައިފައި
ހުންނަ
ފަންޏަށް
ލައިފައި
ހުންނަ
އެއްޗެކެވެ
ގުލްސަންޕާ
ނ
ކިރު
ގިނަގަހެއް
މިގަހުގެ
ފަތް
ހުންނާނީ
ކޮޅު
ތޫރިކޮށެވެ
މިގަހުގެ
ތޮށި
ވަރަށް
ބޮލެވެ
އާއްމުކޮށް
ރާއްޖޭގައި
ހުންނަނީ
މީގެ
ދެވައްތަރެކެވެ
އެއީ
ހުދު
ގުލްސަންޕާ
އާއި
ރަތް
ގުލްސަންޕާއެވެ
ގުގުރިފިލާ
ނ
ބިންމަތީގައި
އުފެދޭ
ވައްތަރެއްގެ
ފެއްސެއް
މި
ވައްތަރުވާނީ
ހިކި
ފަތްކޮޅަކާއެވެ
ނަމަވެސް
ވިއްސާރައިރު
ހުންނާނީ
ފެންވަދެ
ފޯވެފައި
ކަޅުފެހިކުލައިގައެވެ
މިއީ
ލޮނދި
ގޮތެއް
ހުންނަ
އެއްޗެކެވެ
ގޫފުހާކަރުދާސް
ނ
)ސ (
ފާޚާނާ
ކަރުދާސް
މިއީ
ފާޚާނާކޮށް
ނިމިގެން
ސާފުކުރަން
ބޭނުންކުރާ
އެއްޗެކެވެ
)މުސްކުޅިބަހެއް(
(1)
ކިތަންމެ
ދެރައެއްޗެއް
ގެއްލުނަސް
ވާހަކަ
ދައްކާއިރު
އެގެއްލުނު
އެއްޗަކީ
އެންމެމޮޅު
އެތިކަމަށް
ހަދައިގެން
ވާހަކަ
ދައްކައި
އުޅޭތީ
ބުނެއުޅޭ
ބަހެއް
(2)
ތިމާއަށް
ލިބެން
މެދުވެރިވެފައި
ނުލިބި
ގެއްލިގެންދާ
އެއްޗެއް
އެއީ
ހީކުރެވޭވަރަށްވުރެ
އަގުހުރި
އެއްޗަކަށް
ވެދާނެކަން
އެންގުމަށް
ބުނެއުޅޭ
ބަހެއް
ގެންފައިދާނީ
ފަލަމަހެވެ
ގެރި
ނ
(1)
ހަތަރެސްފައި
ޖެހި
ޖަނަވާރެއް.
މިއީ
ކިރުލިބޭ
ކެއުމަށް
އޭގެ
މަސް
ބޭނުންކުރާ
ޖަނަވާރެކެވެ
ދަނޑުހެއްދުމުގައި
ފަސްގަނޑު
ޖެހުމަށާއި
ގާޑިޔާދެމުމަށް
ފިރިހެންގެރި
ބޭނުންކުރެއެވެ
(2)
އޮޑިދޯނިފަހަރު
އަރި
ކޮށްފައި
ޖައްސާތިންފައިޖެހި
ގަސްގަނޑު
(3)
)ޏ ސ (
ނުތާހިރު
(4)
ނއ
)ޏ ސ (
ބޮޑަށް
ފައްކާވެފައިވާ
މިސާލު:
ގެރިފަޅޯ
ގެރިމުތް
ނ
ގެރީގެ
ބަނޑުންނެގޭ
ހަރުއެއްޗެއް
މިއީ
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
ގެރިގަނޑު
ނ
(1)
ދޯނި
އެހެލައިފައި
ޖައްސާގެރި
މިއީ
ތިންފައިކައްޓަށް
އޮންނަ
ލަކުޑިއެއްޗެކެވެ
(2)
ފަހާފޮށީގެ
މަތީބައި
ގެރިގާ
ނ
މެދުންގުޅިފައި
ހުންނަ
ހަތަރުފައި
ހިމެނޭ
ސިމެންތި
ގަލެއް.
މިއީ
ތޮށިލުމަށާއި
ގޮނޑުދޮށް
ޙިމާޔަތް
ކުރުމަށް
ބަހައްޓަން
ހަދައިފައި
ހުންނަ
ވަރަށް
ބޮޑު
ގަލެކެވެ
ގެރިގިތެޔޮ
ނ
ގެރީގެ
ސަރުބީން
އުފައްދާ
ގަނޑުތެލެއް
މިއީ
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
ގެވައްޓާކަކުނި
ނ
އެއްގަމުގައި
ހަރުކޮނެގެން
އުޅޭ
ބޮޑެތިކަކުނި
މިއީ
ތޮށިގަނޑުތުނި
ތޮށިގަނޑުގައި
ހުދުތަންތަނާއި
މުށިތަންތަން
ހުންނަ
އެއްޗެކެވެ
މިއުޅޭނީ
ފާރުފާރު
ދަށުގައްޔާއި
ގޭގޭގެ
ގާފޮޅުދަށުގައި
ހަރުހަދައިގެންނެވެ
ގޮށް
ނ
(1)
ގަމީސް
ލިބާސް
ފަދަ
އެއްޗެހީގައި
ލުމަށް
ތަފާތު
އެއްޗެހިން
ތަފާތު
ގޮތްގޮތަށް
ހަދައިފައި
ހުންނަ
އެއްޗެއް.
(2)
ގައިގެ
އެކި
ތަންތަނުން
ފުއްޕާ
ހަރު
ތަންތަންކޮޅު.
(3)
ބައެއްކަހަލަ
އެއްޗެހީގައި
އުފުލިފައި
ހުންނަ
ހަރުތަންތަންކޮޅު.
މިސާލު:
ގަސްގަހުގައި
ހުންނަގޮށް.
(4)
ލަކުޑި
ކީހައިފައި
ހުންނައިރު
އާރުގެ
މެދުގައި
ހުންނަ
ހަރުތަންތަންކޮޅު.
(5)
ހަށިގަނޑުގެ
ބައެއް
ނިޒާމު
ހަމަޖެއްސުމަށްޓަކައި
އިންސާނުންނާއި
ބައެއްޙައިވާނުގެ
ހަށިގަނޑުގެ
ބައެއް
ތަންތަނުގައި
ގޮށްގޮށް
ހެންހުންނަ
ގުނަވަނެއް
މިއީ
ހަށިގަނޑަށް
ބޭނުންވާ
ބައެއް
އެއްޗެހި
އުފައްދައި
ބޭނުންނުވާ
ބައެއްޗެހި
ނައްތައިލާ
ގުނަވަނެއް
މިސާލު:
ކުޅުއުފައްދާގޮށް
(6)
ފަށެއްގެ
ދެކޮޅު
ހުޅުވުމަށް
ބާރުކޮށް
ޖަހާމަޅި
މިސާލު:
)ހ(
ވަގޮށް
)ށ(
ދަމާގޮށް
ގޮށްކުޅަނދުރު
ނ
ފަތްވަރަށް
ހިމަކޮށް
ހުންނަ
ބިންމަތީގައި
ފެތުރޭގޮތަށް
ހެދޭގަހެއް.
މިގަހުގެ
އަޑިޔަށް
ފައިބާ
އެއްޗިއްސަށްވެސް
ކިޔަނީ
މިނަމެވެ.
މިއީ
މީރު
ވަސްދުއްވުމަށާއި
ބޭހަށް
ބޭނުންކުރާ
ވަރަށް
މީރުވަސް
ދުވާއެއްޗެކެވެ
ގޮނެހި
ނ
ގޮނާގަސް
މިއީ
ލަކުޑިއަށް
ބޭނުންކުރާ
ގަހެކެވެ
ގޮންތޮށިރުމާ
ނ
ފަށުތްވާއި
ކަސަބުން
ވަކިގޮތަކަށް
ކައިރި
ހަދައިފައި
ހުންނަ
ކަޅު
ރުމާލެއް
މިއީ
އިހުގައި
ކުޑަކުދީން
ގައިގައި
ލައްވަން
ބޭނުންކުރި
އެއްޗެކެވެ
ގޮންޖެހުން
ނ
(1)
އަންހެނުން
އިހުގައި
އީދުތެރޭގައި
ކުރާކަމެއް.
މިކަންކުރާގޮތަކީ
ފަހަތުން
ދުވެފައިގޮސް
"ޢީދުބޮލަށްގޮން"
މިހެން
ކިޔައިފައި
އެ
ފިރިހެން
މީހާގެ
ބޮލުގައި
ނުވަތަ
ކޮނޑުގައި
އަތުން
ޖަހައިފައި
ދިއުމެވެ.
މިއީ
އަންހެނުންގެ
ކެރޭކަން
ދައްކަންކުރާ
ކަމެކެވެ.
(2)
ވާދަކުރުން.
(3)
މަޖާޒު:
މީހަކު
ނުވަތަ
ބަޔަކު
ކަމެއް
ކުރުމުން
އެހެން
މީހަކު
ނުވަތަ
އެހެން
ބަޔަކު
އެކަމެއް
އެއަށްވުރެ
މޮޅަށް
ކުރާނެކަމަށް
ބުނުން
ގޮރުހެނޑުން
މ
ކުޑަކަމުދިއުން
މިއީ
ދަށްބަހުރުވައިގައި
ބޭނުންކުރާ
ބަހެކެވެ
ގޮޅާ
ނ
ކަނޑުފަޅުގެ
ތިލަ
ހިސާބުގައި
އުޅޭ
ބޮލީގެ
ބާވަތެއް
މިއީ
ތޮށިގަނޑު
ބޯއެއްޗެކެވެ
މީގެ
ތަފާތު
ވައްތަރުތައް
ހުރެއެވެ
މިއީ
މަސްކާއެއްޗެކެވެ
ގޮއްފުޅަނގި
ނ
މަސްކާށިދޫންޏާ
ވައްތަރު
ގޮތަކަށް
ހުންނަ
އެއަށްވުރެ
ބޮޑެތި
ސޫތްޕެއް
މިއީ
އުދުހޭ
އެއްޗެކެވެ
«
67
68
69
70
71
72
73
74
75
»