radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ކޮށް
ނ
(1)
މާކަނައާއި
ރާބޮނދި
ފަދަ
ތަކެތި
ކުއްލިއަކަށް
ކޮށައިގަންނަ
ގޮތަށް
ކިޔާނަން
(2)
)މަލިކު(
އ
ކުރެން
ކޯރިގަނޑު
ނ
(1)
އެއްޗެހީގެ
ކޮޅުގައި
ނުވަތަ
މަތީގައި
އަޅުވާން
ބިތްފަނުން
މައްޗަށް
ހިމަކޮށް
ބަނދެގެން
ހަދާ
ގޮށްޓެއް
(2)
ފުރާޅު
ފޫދުއްވާ
އަރައިފައި
ހުންނަ
މުޑިފަދަ
ތަކެތީން
އެތެރެއަށް
ވާރޭ
ނީރާފާނެތީ
އޭގައި
ފުރާޅުގެ
މަތިން
ބަންނަ
ފަންގަނޑު
ކޯރު
ނ
(1)
ފެންދެމޭނެހެން
ބިމުން
އަޑިކޮށް
ހުންނަ
މަގު
(2)
ބިމުގައި
ހަނިދިގުކޮށް
ކޮނެފައި
ހުންނަމަގު
(3)
ފެންއާރު
ކޯބިޔަ
ނ
ފަރުމަހުގެ
ބާވަތެއް.
މިއީ
އައްޓަމަހާ
ސިފަ
ވަރަށް
އެއްގޮތް
މަހެކެވެ.
ބޯފަތިކޮށް
އަނގައާއި
ކަރުތާފަތް
ބޮޑުކޮށް
ހުންނަ
މަހެކެވެ
ނިގޫފަތުގެ
ކޮޅުހުންނަނީ
ހަނދުފަޅި
ބުރަށް
ކަފިކޮށްނެވެ
ބުރިކަށިމައްޗާއި
އަރިމަތީގެ
ކުލައަކީ
މުށިކުލައެވެ
ބަނޑުދޮށް
ހުންނަނީ
ފަނޑު
ހުދު
ކުލައެއްގައެވެ
ކޯޅި
ނ
(1)
ބޮޑުވައި
އިނގިއްޔާއި
ޝަހާދަތް
އިނގިއްޔާއި
ދުރުކޮށް
ދަމާލީމާ
ޝަހާދަތް
އިނގިލި
ކޮޅުން
ކުޑަވައި
އިނގިލީގެ
ކޮޅާ
ދެމެދުގެ
މިން
(2)
ކޯނި
މިސާލު:
މާކޯޅިއެއް
(3)
މީސްކޮޅެއް
ނުވަތަ
އެކުވެގެން
ދުވާ
މަދު
ޢަދަދެއްގެ
މަސްބަޔެއް
ކޯޅުން
މ
(1)
ބުޅާ
ކޯޅުން.
(2)
މަޖާޒު:
ދެމީހަކު
ނުވަތަ
ދެމަފިރިއަކު
އެކަކު
އަނެކަކަށް
އެއްޗިހިކިޔައި
ޒުވާބުކޮށް
ހެދުން
އަހިތެޅިވަން
ނ
(1)
އަހިތަޅާފައިހުރި
ވަން
މަޖާޒު:
(2)
ރަތްކޮށް
ދުފައިފައި
ތިބޭ
މީހުންގެ
އަނގަ
އަހިތެޅުން
މ
ފޭރާންކުރާ
މީހުން
އުއިގައި
ކުލަޖައްސާން
އަހިމޫ
ހިމުން
ހިމުންކޮށް
ތެޅުން
އަށު
ނ
(1)
ހިސާބުކުރާއިރު
އެއްކޮށް
ގުނަކޮށް
ގެއްލުމުގައި
އަށަކަށް
ކިޔާ
ގޮތެއް
(2)
އަށެއް
އަނދަވަޅު
ނ
(1)
ކެޔޮގަނޑު
ދޮންކުރާންލާވަޅަށް
ދުންދާނޭހެން
ކައިރީގައި
ކޮނެ
ކެޔޮގަނޑު
އޮތް
ވަޅަށް
ފޫވައްޓައިފައި
ހުންނަ
ކުޑަ
ވަޅެއް.
ކެޔޮވަޅަށް
ދުންލާނީ
މިވަޅުގައި
ކެޔޮފަތް
ފަދައެއްޗެއް
އަންދައިގެންނެވެ.
(2)
މީހުން
ވައްޓައިލުމަށްޓަކައި
ދިގުކޮށް
ކޮނެމަތިން
ފަތްއަޅައިފަސް
ލައި
މަތި
އޮމާން
ކޮށްފައި
ހުންނަ
ވަޅު
އަނދިރިއަނދިރީން
ނ
ދިވެހިރާއްޖެ
ޕޯޗްގީޒުން
ހިފައިގެން
އުޅުނު
ދުވަސްވަރު
ރަސްކަމުގައި
ހުރި
މަޝްހޫރު
ގޯވާ
ކަޅުފަރަންޖީ.
އެއީޚާންޒީދިކަމަނާގެ
ބޮޑުމުޙައްމަދެވެ.
މީނާވިހައި
ބޮޑުވީ
ގާފަރު
ކަޅުފާށިނާ
ތަކުރުފާނުންގެ
ބެލުންދަށުގައި
ހުވަދޫ
އަތޮޅުގައެވެ.
އެދުވަސްވަރު
ރަސްކަމުގައި
އިންނެވީ
މަޝްހޫރު
ބުރަކިރަނީންނެވެ.
ބޮޑުވިފަހުން
މާލެއަންނަމުން
ފިލައިގެން
ގޯވާ
އަށްގޮސް
އިސްލާމްދީން
ދޫކޮށް
ޣައިރުދީނުގައިހުރެ
ދިވެހިރާއްޖެއާތޮޅޭން
ތިންފަހަރުމަތީން
އައިސް
އެއިރު
ރާއްޖޭގެ
ރަސްކަމުގައި
ހުންނެވި
އައްސުލްޠާން
ޢަލީ
)6
ވަނަ(
އިބުނު
އަލްވަޒީރުލް
އައުޒަމް
ޢަބްދުއްރަޙުމާން
ސިރީ
އައުދަސިޔާކަ
ކައްތިރިމަހާރަދުން
ޝަހީދުކޮށް
ރަސްކަމަށް
ވެރިވީއެވެ
މީނާމަރުއްވައި
ރާއްޖެ
އިސްލާމް
ކުރެއްވީ
އައްސުލްޠާނުލްޣާޒީ
މުޙައްމަދު
ތަކުރުފާނުލް
އަޢުޡަމް
ސިރީ
ސަވާދީއްތަ
މަހާރަދުންނެވެ
މީނާ
ރަސްކަންކުރީ
569ހ
އިން
189ހ
އަށެވެ
އެއީ
ގާތްތަނޑަކަށް
ސޯޅައަހަރުވާދެނެވެ
އަނދުންއުރަ
ނ
ކަށިން
އަނދުން
އަޅާން
ގަލަދުން
ހިމުންކޮށް
މުގުރައިފައި
އަޅާފުޅިލާން
ހަދައިފައިހުންނަ
އުރަ
އަނގަބޭނުން
މ
ތިމާޔާނުބެހޭ
ވާހަކައެއް
ބަޔަކު
ދައްކަނިކޮށް
އެވާހަކައިގެ
ތެރެއަށް
ވަދެގެން
ވާހަކަ
ދެއްކުން
އަނގައިން އަނގަޔަށްއެޅުން
މ
(1)
ދޫނިސޫފާސޫފި
އަނގަޔަށް
ކާތަކެތި
އަޅައިގެންގޮސް
ޅައެއްޗެހީގެ
އަނގަޔަށް
އަޅައިދިނުން
(2)
މަޖާޒު:
ވިސްނައިދިނުމަކާ
ނުލައި
އެއްޗެއް
ކިޔައިދީ
ދަސްކޮށްދިނުން
އަނގައިރުނުމަސް
ނ
)އ (
އަނގަބޮޑުކޮށް
ހުންނަކޯމަހެއް
އަނގަމަތި ދޯނި
ނ
ހިޔައުނުކޮށް
ހާމަޔަށް
ހުންނަ
ދަތުރުކުރާ
ދޯނި
އަނގަފުޅެއްއޮތުން
މ
މީހުނަށް
ދޫނުކޮށް
ވާހަކަދައްކާން
ފެށީމާ
މަލާމާތުގެ
ގޮތުން
ބުނާ
ބަހެއް
އަނގަތޮރުފުން
މ
ދެމީހަކު
ވާހަކަ
ދައްކަނިކޮށް
އެދޭތެރެއަށްވަދެ
ވާހަކަ
ދެއްކުމަށް
ހުތުރުބަހުން
ބުނާގޮތެއް
އަނގަޖެހުން
މ
(1)
ތަނެއްގައި
އަނގަ
ޖެއްސުން
(2)
މަޖާޒު:
ކެއްސަކެއްސާފައި
ކުޑަކޮށް
ކެއްސުންގަނޑު
ވަރުލާގޮތްވުން
އަނިޔާވެރި
ނއ
(1)
އަނިޔާ
ކުރާ
(2)
ޢަދުލާއި
ޚިލާފަށް
ކަންތައް
ކުރާ
(3)
ނަހަމަކޮށް
ކަންތައްކުރާ
އަންބަލަން
ނ
(1)
ރޯދަމަހު
ހިފައި
އޮޅުލައި
އުޅުނު
ޒަމާނުގައި
އެކަމަށްޖަހާ
ވެލިފުނި
މިހުންނާނީ
ދޮންވެލީން
ނުރޫޅޭ
ވަރަށް
ހަރުކޮށްފައި
ބާވަތްބާވަތުގެ
މޭވާ
އާއި
މައުމެލާމެލީން
ކުރަހައިފައެވެ
މިތަން
ރޫޅަނީ
ރޯދަޔަށް
ހަނދުފެނުނީމައެވެ
ރޫޅައި
ލުމަށްފަހުވެސް
މިތަނަށް
ކިޔަނީ
އަންބަލަމެވެ
(2)
ހަތަރު
ކައިރީގައިލަކުޑި
އަޅައިފައި
މެދަށް
ދޮންވެލި
އަޅައިގެން
ހިފާންތައްޔާރުކުރާ
ތަން
(3)
ކިޔެވެލި
ކިޔަވާއިރު
ތަނބެއްގައި
ކަށިމަލު
ފިޔައިން
ހަތަރު
ކައިރިހަދައިފައި
އެތެރެއަށް
މައުއަޅައިގެން
ހަދާތަން
«
67
68
69
70
71
72
73
74
75
»