radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ބޭ
ނ
(1)
ދުވަސްވެ
މުސްކުޅިވެފައިވާ
ފިރިހެނާ.
(2)
ބޭބެ
ކިޔާ
މީހުންނަށް
ކިޔައި
އުޅޭގޮތެއް.
މިސާލު:
ދޮންބޭ
ކުޑަބޭ
ކަތީބުބޭ
އެއްލުން
މ
(1)
އަތުން
އެއްޗެއްގައި
ހިފާ
އެ
ދުރަށްދާނޭހެން
އަތުން
ދޫކޮށްލުން.
(2)
ގުޑި
ތެލަނގަ
ފަދަ
ތަކެތި
ހިފައިގެން
ހުރެފައި
ނަނުގައި
ހުންނަ
މީހާ
ބުނީމައި
މައްޗަށް
އަރައިގެން
ދާނޭހެން
ދޫކޮށްލުން.
(3)
މަސްބޭނުމަށްޓަކައި
ނަނުގެ
އެއްކޮޅު
ހޫރާލުމާއެކު
މޫދަށް
ދޫކޮށްލުން.
މިހެން
ހަދަނީ
ނަނުގެ
ކޮޅުގައި
އޮންނަ
ބުޅީގައި
އެން
އަޅައިފައެވެ.
)އެއްލި
ނނކ
އެއްލައިފި
ނކ
އެއްލަނީ
ވވ
އެއްލާނެ
ވނ
އެއްލާ!
އމ
އެއްގަމުއަރުމާޒު
ނ
އައްސުލްޠާންއަލްމުޡައްފަރު
މުޙަންމަދު
ޢިމާދުއްދީން
އުތުރު
އަރުމާޒަށް
ވަޑައިގަންނަވާންވެގެން
އެރަދުންގެ
ދަރިކަލުންނަށް
އެއްގަމުގައި
ހައްދަވައިދެއްވި
އަރުމާޒެއް.
މިއަރުމާޒު
ހެއްދެވިގޮތަކީ
ފުރޮޅުލާފައި
އެއްގަމުގައި
ދުއްވޭނޭހެން
އެގާރަ
ގުރާބު
ތައްޔާރުކުރައްވައި
އެގުރާބު
ދަމާ
ކަލާސީންނާއި
ދަންޑަހެލު
ބޭކަލުން
ލައްވައި
އެމީހުންގެ
ވެރިޔަކު
ލައްވައި
އެމީހަކަށް
ރަނަހަމާންތި
ކަމަށް
ކޮލިލައްވައި
ގުރާބުތަކަށް
އެއްގަމު
އަރުމާޒު
ބަޑިލައްވައި
އެގުރާބުތަކަށް
ރަސްމީ
އުޅަނދުތަކަށް
ހުންނަހައި
ކަމެއް
ހަމަކުރެއްވިއެވެ.
އަރުމާޒު
ކަލާސީންނާއި
ދަންޑަހެލުންނާއި
ރަނަހަމައިދި
ބޭކަލަކު
އޭގެ
ކުރިއަކު
ނުތިއްބަވައެވެ.
ރަދުންގެ
އަރުމާޒު
ފުރާވަޑައިގަތުމަށްފަހު
އެއްގަމު
އަރުމާޒު
ފުރާވަޑައިގަތީ
މެދުޒިޔާރަތް
މަގުން
އިރުމައްޗަށެވެ.
މިހެން
ގޮސް
އެކިއެކި
ތަންތާ
ރޭކުރައްވައި
ކުޅިވަރު
ކުޅުއްވައި
ހައްދަވައެވެ.
ދުވާލު
ކަލާސީން
ލައްވައި
ރަށުތެރެ
ތާހިރުކުރައްވައި
މިބާވަތުގެ
ކަންތައް
ކުރައްވަމުން
ވަޑައިގެން
ރަދުންގެ
އަރުމާޒު
މާލެ
ވަޑައިގަތް
ދުވަހު
އެއްގަމު
އަރުމާޒުވެސް
ގަނޑުވަރަށް
ވަޑައިގަތީއެވެ.
އޭގެ
ފަހުގައި
ކަލާސީންނާއި
ދަންޑަހެލުން
ހަވަރަށް
ބައިކުރައްވާ
އެމީހުންގެ
ޚާއްޞަ
މަސައްކަތަކީ
ބަނޑުދިނުންކަމުގައި
ހައްދަވައި
މިއަރުމާޒުގެ
ބަނޑޭރިން
މިނާ
މީހުން
ކަމުގައި
ހެއްދެވީއެވެ
ދެފޮއިގައި
ބަނޑުދޭން
ފެށީ
މީގެ
ފަހުގައެވެ
ކުރީގައި
ބަނޑުދޭ
ގޮތަކީ
މަހަކު
އެއްފަހަރު
ކޮށާރު
ދޮށަށް
ބަލައިދިޔައިމާ
ދެއްވަނީއެވެ
މިއަރުމާޒަށް
ވަޑައިގަތް
ބޭފުޅަކީ
ތާރީޚުގައި
މަޝްހޫރު
އިބްރާހީމް
ރަސްގެފާނެވެ
އެއްޗަކަށްހެދުން
މ
(1)
އެއްވެސް
ކަމަކަށް
ބޭނުން
ނުހިފޭނޭހެން
ހީވާ
އެއްޗަކުން
ބޭނުން
ހިފާކަހަލަ
އެއްޗެއް
ހެދުން
(2)
އެއްވެސް
ތަރުބިއްޔަތެއް
ނެތި
ހުރި
މީހަކު
ކޮންމެވެސް
ކަމެއްގައި
ބޭނުން
ހިފޭނެގޮތް
ހެދުން
(3)
ބޭނުމެއް
ނުހިފިފައި
ހުރި
މީހަކު
ކަމެއްގެ
ތެރޭގައި
ގެންގުޅޭން
ފެށުން
(4)
މީހަކު
އެއްވެސް
މަޤްޞަދެއްނެތި
ބުނެލި
ބަހަކުން
ނުވަތަ
ކުރިކަމަކުން
ރަނގަޅުގޮތުގައި
ނުވަތަ
ނުބައިގޮތުގައި
އަނެކަކު
އޭގެ
ނަތީޖާ
ނެރުން
ނުވަތަ
ނެރޭން
އުޅުން
އެއްޗަކަށްވުން
މ
(1)
ބޭނުން
ނުހިފޭކަހަލަ
އެއްޗެއް
ބޭނުން
ހިފޭގޮތްވުން
(2)
ތަރުބިއްޔަތު
ނުވެވޭނޭހެން
ހީވާ
މީހަކު
ކަމެއްގައި
ބޭނުން
ހިފޭގޮތްވުން
(3)
ކަމުދިއުން
(4)
ކުޅަސަމާސާއެއް
ވިހަވުން
(5)
މަޤްޞަދެއްނެތި
ކުޅަކަމަކުން
އޭގެ
ފޮނި
ނުވަތަ
ހިތި
ނަތީޖާ
ފެނުން
އެދުން
ނ
(1)
ކަމަކަށް
ހިތުގައި
އުފެދޭ
ބޭނުން
މ
(2)
ހިތްކިޔުން
އެދުންވެރި
ނއ
(1)
ކަމަކަށް
އެދިފައިވާ
(2)
ކަންތަކަށްބޮޑަށް
ބޭނުންވާ
އެދުންވެރިވުން
މ
ކަމަކަށް
ބޭނުންވުން
އެދުރުދަނޑި
ނ
ކުޅިޖަހާ
ކޮށިކޮށީގައި
ގެންގުޅޭ
ޚާއްޞަ
ދަނޑިއެއް
މިދަނޑިހިފައިގެން
ކުޅިއެއް
ނުޖަހާނެއެވެ
ފަސްގަނޑުގައި
ކުޅިޖަހާއިރު
ކޮށީމީހުން
ތިބޭނީ
މިދަނޑީގެ
ކައިރީގައެވެ
އެތިފަހަރު
ނ
(1)
ޖަހާބޮނޑި
(2)
ޖަހާން
އެއްލާ
އެއްލުން
(3)
ހެވިކަމުގައި
ކަނޑީން
ޖަހާން
މަޅައިގަންނަ
މަޅައިގަތުން
(4)
މަޖާޒު:
މީހެއްގެ
ފަރާތުން
ލިބޭ
ދެރަ
އެތުމަދު
ނ
ބޭހެއްގެނަން
މިހުންނަނީ
ފުޅިމަދުހެން
ލުއިކޮށްނެވެ
އެތެރެ
ނ
(1)
ބޭރުގެ
އިދިކޮޅު
(2)
އެއްޗެއްގެ
ނިވައި
ފަރާތް
(3)
ނިވައިތަން
އޮހުން
މ
(1)
ފައިބައިގަތުން
(2)
އެއްޗެއްގެ
ތެރޭގައި
ހުރި
އެއްޗެއް
ބޭރުވެގަތުން
(3)
ބާރުކޮށް
ވާންކޮށްހުރި
އެއްޗެއް
ދޫޖެހިގެން
އެލުން
އޮހޮ
އ
(1)
އެވަގުތު
ވާނެހެން
ހީނުވާ
ކަމެއްފެނިގެން
ހައިރާންވުމާއެކުގައި
ނުވަތަ
އަޖައިބު
ވެގެން
ބުނާ
އަކުރެއް
(2)
ކަމެއް
މަނާ
ކުރުމުގެ
ގޮތުންވެސް
މިއަކުރު
ބޭނުން
ކުރެއެވެ
އޮހޯ
އ
(1)
އެވަގުތު
ވާނެހެން
ހީނުވާ
ކަމެއްފެނިގެން
ހައިރާންވުމާއެކުގައި
ނުވަތަ
އަޖައިބު
ވެގެން
ބުނާ
އަކުރެއް
(2)
ކަމެއް
މަނާ
ކުރުމުގެ
ގޮތުންވެސް
މިއަކުރު
ބޭނުން
ކުރެއެވެ
އޮށަނި
ނ
ބޭރުގައި
އުންފަޅައިފައި
ހުންނަ
ތޮށިބޯ
އޮށްފަތި
ރާގުންޑާ
ބައްޓަމުގެ
ވަކެއް
މިއީ
ވަރަށްބޮޑަށް
އަމަލުވާ
އެއްޗެކެވެ
މީގެ
ގަސް
ހުންނާނީ
ބަށިގަސް
ފާޑަށެވެ
އޮށިގަނޑު
ނ
(1)
މައްޔިތާ
ސަންދޯކުނާޅާ
ވަޅުލަންޏާ
ޤަބުރުސްތާނަށް
ގެނދާން
އޮށީން
ބަނދެގެން
ގެންގުޅޭ
އެއްޗެއް.
(2)
ބަލިމީހުން
އެއްތަނުން
އަނެއް
ތަނަށް
ގެންދާން
ދެދަނޑީގައި
ފޮތިޖަހައިގެން
ނުވަތަ
ފީތާ
ފުރައިގެން
ހަދައިފައި
އޮންނައެއްޗެއް.
(3)
ބައިސްކަލު
ފަހަތުގައި
އެއްޗެތިބަހައްޓާން
ހުންނަ
ޖާލީގަނޑެއް.
(4)
ވެޔޮއެރުވުމާއި
ތަވާބަންޑުން
ޖެހުމާއި
އަދި
މިނޫނަސް
އެކިއެކި
ބޭނުމުގައި
ޖާލީހެއް
ބަނދެފައި
ހުންނަ
އެއްޗެތި
އޮށްގާފިލާ
ނ
(1)
ޖަމަލު
ގާފިލާ
(2)
މަޖާޒު:
ލިބޭންވެފައިވާ
އެއްޗެތިތަކެއް
އޮނަ
ނ
ފުރަތަމަ
ދިހައަކަށްފަހު
ސަތޭކައާ
ޖެހެންދެން
އަންނަ
ކޮންމެ
ނުވަޔަކަށްވާ
ޢަދަދު.
މިބަސް
ބޭނުންކުރަނީ
ދިހަ
ހަމަވާ
ޢަދަދަކާ
ގުޅުވައިގެންނެވެ.
މިސާލު:
އޮނަވިހި
އޮނަތިރީސް
)ސ (
އޮނު
އޮނު
ނ
(1)
ބަދަޖަހަމުން
އެއްތަނޑަށް
ވަރަށް
މައްޗަށް
ހެދޭ
ފިނިވާ
އެތެރޭ
ގައި
ހޮއިއޮންނަގަހެއް
މީގެ
ގޮފި
ޤަލަން
ޖަހާން
ބޭނުންކުރެއެވެ
(2)
މީގެ
އެތިކޮޅެއް
(3)
އުނދުނަށް
ފުމޭން
ފޯލިކޮށް
ހަދައިފައިހުންނަ
ހޮޅިބުރި
(4)
ސަފުސާންއޮނު
(5)
ފުންމާއޮނު
(6)
އެތެރޭގައި
ހޮއި
އޮންނަ
ބައެއްތަކެތި
މިސާލު:
ފަޅޯއޮނު
ހިތްތަލަތަނޑު
(7)
އުންފާޑަށް
ގައިން
ނުކުންނަ
ކަޅުކުލައިގެ
ހަމުގެ
ބައްޔެއް
މީގެ
އެތެރޭގައި
ދިޔައެއް
މެދުގައި
ލޯވަޅެއް
ނުހުންނާނެއެވެ
އޮނުފަޅިބުރު
ނ
އޮނު
ފަޅިއެއްގެ
ބޭރުސިފަ
«
67
68
69
70
71
72
73
74
75
»