radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
މިހެން
އ
(1)
މިގޮތަށް
(2)
މިވައްތަރަށް
(3)
މިފާޑަށް
(4)
މިފަދައިން
(5)
މިމަގުން
(6)
މިލެކުން
(7)
މިޒާތަށް
(8)
މިސިފައަށް
(9)
"އެހެން"
މިބަހުގެ
އިދިކޮޅު
ދުންފަތުއަނދިރިއެޅުން
މ
މަޖާޒު:
ދުންފަތުގެ
އިސްތިޢުމާލުކުރާ
މީހުންނަށް
ދުންފަތް
ނުލިބުމުން
ނިދިނުފިލައި
ތިބޭގޮތްވެ
ވަޅޯވެ
އެލިފައި
ތިބުން
މިހެންވުމުން
ބައެއް
ފަހަރަށް
ވަރަށް
ރުޅިވެސް
ގަދަވާނެއެވެ
ދެބަރުއުފުލުން
މ
ބޮޑުބުރައެއް
އުފުލަންޖެހިފައި
އޮއްވައި
އެފަދަ
އެހެން
ބުރައެއް
އުފުލަން
ޖެހުން
މިހެން
ބުނެއުޅެނީ
ތިމާގެ
ކުޑަކުއްޖަކު
އޮއްވައި
އެހެން
މީހެއްގެ
ކުޑަކުއްޖަކު
ބަލަން
ޖެހުމުންނެވެ
ދެފަށްލާޖެހުން
މ
ލިޔެ
ލާޖެހުމުގައި
ލާފަށެއްގެ
މައްޗަށް
އެހެން
ކުލައެއްގެ
ލާފަށެއް
ދުއްވައިލުން
މިހެން
ހަދަނީ
ކުރެހުމަށްޓަކައެވެ
ތުންދިގުހަނޑަސް
ނ
ތުންމާދިގުކޮށް
ހަދައިފައި
ހުންނަހަނޑަހެއް
މިއަށް
"ތުންދިގު"
މިހެންވެސްކިއައެވެ
ތުކި
ނ
ކުށެއް
ކުރެވުމުން
ނުވަތަ
ކުށްބަހެއް
ބުނެވުމުން
ބުނެއުޅޭ
ބަހެއް
ޢާއްމުގޮތެއްގައި
މިހެން
ބުނެއުޅެނީ
ބައެއްކަހަލަ
ކުޅިވަރުކުޅޭއިރު
ކުށެއް
ކުރެވުމުންނެވެ
މިހެން
ބުނެފިނަމަ
ކުޅުންކުރިއަށް
ގެންދެވިދާނެއެވެ
ތެލަބަގުޑި
ނ
ދެބަޔަށް
ބެހިގެންކުޅޭ
ކުޅިވަރެއް
މިއީ
އެއްބަޔަކު
ވަށްރޮނގެއްގެ
މަތީ
ތިބެގެން
އަނެއްބައިގެ
މީހަކު
އެމީހުންގެ
އަތުނުޖެހި
އެތެރެޔަށް
ވަދެގެން
ކުޅޭ
ކުޅިވަރެކެވެ
މިގޮތަށް
އެތެރެޔަށް
ވަދެފައި
މަޑިޔަކަށްޖެހެން
ޖެހޭނެއެވެ
މިހެން
ހެދިއްޖެނަމަ
ލަނޑެއްދެވުނީއެވެ
އަތުޖެހިއްޖެނަމަ
އެމީހާ
ނުބައިވީއެވެ
ލާމަ
މުދަލުގެ
އަގު
ބޮޑުވުމުން
މުދަލުގެ
އަގު
ރަނގަޅު
ކުރުމަށްޓަކައި
ހިންގުމަށް
ނެރެގެން
އުޅޭ
ފައިސާގެ
އަދަދު
މަދުކުރުން
މިހެން
ހަދަނީ
ފައިސާގެ
އަގު
ހިފެހެއްޓުމަށްޓަކައެވެ
ލޯގަނޑުކެނޑުން
މ
ދަމުއަށީގައި
އެލުވައިފައި
ހުންނަ
ލޯގަނޑުގައި
ޖަހަންވާ
ގަޑީގައި
ނުޖެހުމުގެ
ސަބަބުން
ކުދި
ބޭކަލަކު
ލޯގަނޑު
ނައްޓައިލައިގެން
ގެންގޮސް
ދެގެ
ދޭތެރޭގައި
ބޭއްވުން
މިހެން
ހަދައިފިނަމަ
ދެން
ލޯގަނޑު
ގެންދެވޭނީ
އަލުން
އިޒުނަ
ހޯދައިގެންނެވެ
ގަންހިންގުން
މ
އިހުގައި
ބޮޑެތި
ބައެއްކުށް
ކުށުގެ
އަދަބަކަށް
ކޮލިހިނގާމަގުގައި
ކުށްވެރިޔާ
ހިންގުން
މިކަންކުރަނީ
ބުރަކަށީގައި
ފަނެއްބަނދެ
މޫނުގައި
އަޅިދެލި
ކުރަހައި
އުނަގަނޑުގައި
ދެވާ
ޖަހައިގެންނެވެ
ކޮންމެ
ހަތަރު
އަނގޮޅި
އެއްގައި
މަޑުކޮށް
އެމީހާގެ
ކުށް
ބަޔާންކުރާ
ޢިބާރާތް
ކިއުމަށްފަހު
"އަދަބުން
އަދަބޯތް"
މިހެން
ގޮވައިލައި
ތަޢުޒީރުކުރާނެއެވެ
މިމީހާގެ
ފަހަތުން
ވަރަށް
ގިނަމީހުންނާއި
ތެއުޅުވާ
ކުދިން
ދާނެއެވެ
ގާގޮޅިޖެހުން
މ
ގާ
ވަކި
މިނަކަށް
ތަނެއްގައި
އެތުރުން
މިހެން
ހަދަނީ
ގަލުގެ
އަގުކަނޑަ
އެޅުމަށެވެ
ގޮންޖެހުން
ނ
(1)
އަންހެނުން
އިހުގައި
އީދުތެރޭގައި
ކުރާކަމެއް.
މިކަންކުރާގޮތަކީ
ފަހަތުން
ދުވެފައިގޮސް
"ޢީދުބޮލަށްގޮން"
މިހެން
ކިޔައިފައި
އެ
ފިރިހެން
މީހާގެ
ބޮލުގައި
ނުވަތަ
ކޮނޑުގައި
އަތުން
ޖަހައިފައި
ދިއުމެވެ.
މިއީ
އަންހެނުންގެ
ކެރޭކަން
ދައްކަންކުރާ
ކަމެކެވެ.
(2)
ވާދަކުރުން.
(3)
މަޖާޒު:
މީހަކު
ނުވަތަ
ބަޔަކު
ކަމެއް
ކުރުމުން
އެހެން
މީހަކު
ނުވަތަ
އެހެން
ބަޔަކު
އެކަމެއް
އެއަށްވުރެ
މޮޅަށް
ކުރާނެކަމަށް
ބުނުން
ގޮއިބެއޮޑީގައި ހަކުރުދަމައިފައި އޮތްހެން
)މިސާލުބަހެއް(
ފުރާދުއްވާ
އެއްޗެއްގެ
އެތަން
މިތަނަށް
އެއްބާވަތެއްގެ
މުދަލެއް
ލީމާ
ބުނާބަހެއް
ތަނެއްގައި
ތަރުތީބެއްނެތި
އެއްޗެހިތަކެއް
އުކައިލެވިފައި
ހުރުމުންވެސް
މިހެން
ބުނެއުޅެއެވެ
ސަލާންބަލައިގަތުން
މ
މީހަކު
އައްސަލާމް
ޢަލައިކުމް
މިހެން
ބުނުމުން
އެއަށް
ޖަވާބުދިނުން
ސަލާންދިނުން
މ
ނަމާދުކޮށް
އަވަދިވެގެން
ކަނާތް
ފަރާތަށާއި
ވާތްފަރާތަށް
މޫނު
އަނބުރައި
އައްސަލާމް
އަލައިކުން
މިހެން
ކިޔުން
ޑިގުކިޔުން
މ
ޑިގު
ކުޅޭއިރު
އަތްބައި
ހަމަވީމާ
"ޑިގު"
މިހެން
ކިޔައި
އިތުރަށް
އޮންނަގަނޑު
ބަންޑުން
ޖެހުން
«
3
4
5
6
7
»