radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
އެއް
ނއ
އެކެއްގެ
ނަންއިތުރު
މިސާލު:
އެއް
ގޮނޑި
އެއް
ފޮތް
ބަހަނާދެއްކުން
މ
(1)
ތިމާ
ބޭނުންގޮތާ
އެއްގޮތަށް
ކަމެއް
އަނބުރާލަންވެގެން
ވާހަކަދެއްކުން
(2)
ކަމަކުން
ރެކެންވެގެން
ސަބަބުދެއްކުން
ބަހުންޖެހުން
މ
މީހަކަށް
އަސަރުކުރާނޭ
ކަހަލަ
މާނައެއްލައިފައި
އެމީހާއާއި
ދިމާއަށް
ނުވަތަ
އެމީހާއަށް
އިވޭނޭހެން
އެހެންމީހަކާ
ދިމާއަށް
ސަމާސާގެގޮތުން
ބަހެއް
ބުނުން
ބަހުރުވަ
ނ
އެއްބަހަކުން
ވާހަކަދައްކާ
ބައެއްގެތެރޭގައި
ބަސްކިޔާގޮތާއި
އަޑުތަކާއި
ބަސްތައް
ބޭނުން
ކުރާގޮތް
ބަށި
ނ
(1)
ތަރުކާރީގެ
ބާވަތެއް.
މީގެ
ކިތަންމެ
ބާވަތެއް
ހުރެއެވެ.
މިސާލު:
ދަނބުބަށި
ހުދުބަށި
ދިގުބަށި
(2)
ފަނުން
ހައަރިޔަށް
ވިޔެގެން
ތައްޔާރުކުރާ
އެއްޗެއް
)މިއީ
އިހުޒަމާނުގައި
އަންހެނުންގެ
ޚާއްޞަ
ކުޅިވަރެއް
ކުޅުމަށްޓަކައި
ފަނުން
ވިޔާއެއްޗެކެވެ (
(3)
ދިވެހި
އަންހެނުން
ކުޅެއުޅޭ
ކުޅިވަރެއް
ބަށިގަން
ނ
ބަށީގައި
ކައްކާ
ފޮނި
ހިކިރިހައެއް.
މިހަދަނީ
ބަށި
މުޅިން
ވަކިނުކޮށް
ހަތަރުފަޅިއަށް
ފަޅާ
ވަކި
ވަރަކަށް
މަޑުކޮށްލުމަށްފަހު
އޭގެ
ތެރޭގައި
ހުރި
އޮށްތަކާއެކު
ކަރުގަނޑުނަގާ
މަސްކޮޅެއްމޮޑެ
އޭގެ
ތެރެއަށް
ލޮނުމިރުސް
ހަވާދުކޮޅަކާ
ބަށިން
ނެގި
ބަޔާ
އަޅައިއެއްކޮށް
މޮޑެ
އެއިން
އެއްބައި
ބަށީގެ
އެތެރެއަށް
އަޅައި
ރޮދިން
ބަށިބަނދެލާ
ގިތެޔޮފޮދެއްގައި
ބާކީ
ހުރި
ހަވާދުކޮޅު
އަޅައިގެން
ފުށްފުށަށްޖަހައި
ރަނގަޅަށް
ރޯފިލުވައިގެންނެވެ
ބަނބަރަ
ނ
އަޅޯ
ފައިބާވެލެއް
މިއީ
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
މީގެ
ފަތް
ފެން
ފެހެނޑަ
ފަތާ
ވައްތަރެވެ
ބަނބުޅަންބޮނޑި
ނ
އިހުގައި
ރަސްކަމަށް
ކޮލިލާ
ދުވަހު
ފުރޮޅާ
އެއްޗެއް
ޚަޒީނާއޭ
ކިޔާ
ބަޑިޖަހާނީ
މިފުރޮޅައިލީމައެވެ
މިއޮންނަނީ
މުރުސަލް
ފާޑަށެވެ
މިފުރޮޅުއްވާނީ
ކަނބާދިކިލެގެފާނެއެވެ
ބަނބުޅަބޮސް
ނ
ބޮނޑުލުބޯ
ޒާތުގެ
މޭވާއެއް
މީގައިދޭނީ
ހިތިފޮނި
ރަހައެކެވެ
މީގައި
ބޯތޮށިގަނޑެއް
އޮންނާނެއެވެ
ބަނދަރު
ނ
ފުރާދުއްވާ
އެއްޗެހިއަޅާ
ޚާއްޞަ
ތަންތަން
ބަނދަރު ޖެހުން
މ
(1)
ބޭރުދަތުރުކުރާ
އެއްޗެހި
ބަނދަރަށްވަދެ
ނަގިލިލުން
(2)
ބޭރުގައުމުތަކުން
އަންނަ
ފުރާދުއްވާ
އެއްޗެހި
ބަނދަރަށްވަދެ
ނަގިލިލުން
އިނފުލުއެންޒާ
ނ
ހުންއައިސް
ނޭފަތުން
އަރިދަފުސް
ފައިބާ
ރޯގާއެއް
މިނަން
"އިންފުލޫންޒާ"
މިހެންވެސް
ކިޔައެވެ
އިނދުނުތަން
ނ
ބައެއްއެއްޗެހީގެ
ބުޑުދޮށް
މިސާލު:
ވަޅިފިޔޮހީގެ
މުށްގަނޑުގައި
ޖެހިފައި
ހުންނަ
ތަން
އިނގިލިމެޅުން
މ
(1)
އިނގިލި
ލެއްޕުން.
(2)
ސިހުރުކޮށްފައި
ނުވަތަ
ރުޅިއައިސްގެން
މީހަކާ
ދިމާއަށް
ނުވަތަ
އެއްޗަކާ
ދިމާއަށް
ޝަހާދަތް
އިނގިލިން
އިޝާރަތްކުރުން
ބައެއްފަހަރަށް
ސަމާސާގެ
ގޮތުންވެސް
މިހެން
ހަދައެވެ
އިނގުރު
ނ
ރިހަ
ކަވާބުފަދަ
ކާއެއްޗިއްސަށް
ލާން
ގެންގުޅޭ
ކުޅިރަހަލާ
މަޝްހޫރު
ގޮނޑިއެއް
މިއީ
ބިމުތެރޭ
ފެތުރެމުން
ދުވާގޮނޑިއެކެވެ
އިނގޭ
އ
މީހަކު
ގާތު
އެއްޗެއް
ބުނެފައި
އެމައްޗަށް
ޞުލްޙަވެރިކަމާއެކު
ބުނެއުޅޭ
ބަހެއް
މިސާލު:
)ހ(
ކޮންމެވެސް
އަންނާތި
އިނގޭ
)ށ(
އަހަރެންވެސް
ދާނަން
އިނގޭ
އިނުން
މ
(1)
އިށީނދެގެން
ލަސްވުން
(2)
މޭވާ
މައުފަދަތަކެތި
ގަސްގަހުގައި
ހަރުލައިހުރުން
(3)
ދޫނިތަންތާ
ފައިމައްޗަށް
ތެދުވެތިބުން
(4)
ކާވެނިވުން
(5)
އަންހެނަކު
ގެއެއްގައި
ހުރުން
(6)
މީހަކު
ވަކިތާކު
އަތްކަމުގެ
މަސައްކަތް
ކުރުން
އިންނަކުރާ
ނ
ގިފިލީގައި
ގެންގުޅޭ
ކަރުކުރުކޮށް
ބޯކޮށް
ލޯއިން
ހަދައިފައި
ހުންނަ
ކުރައެއް
އިންކާރުވުން
މ
(1)
ނުޤަބޫލުވުން
(2)
އެއްބަސްނުވުން
އިންދުން
މ
(1)
ގަސް
ރޯދަނޑިފަދަ
އެއްޗެތި
ހައްދާން
ބިމަށްހެރުން
(2)
އޮށްފަދަ
އެއްޗެތި
ފަޅުވާން
ބިމުގައި
ވަޅުލުން
(3)
ވަޅިފުރޯ
ފޮނުމަތް
ފަދަ
އެއްޗެތީގެ
ތިލަމުށްގަނޑުގައި
ހަރުކުރުން
(4)
ދެލަކުޑިގަނޑު
ޅިސް
ލައިގެން
ހަރުލެއްވުން
އެލަންގަލަން
ނ
ކުޑަކުދިންކުޅޭ
ކުޅިވަރެއްގެނަން.
މިކުޅިވަރު
ކުޅެދޭވެރިޔަކަށް
އިންނަ
މީހަކަށް
ކިޔަނީ
"މުނި"
މިހެންނެވެ.
ދެން
އެއްކުއްޖަކު
އިލޮށްޓެއް
ހިފައިގެން
މުނީގެ
ކުރިމަތީގައި
ހުންނާނީއެވެ.
އެ
އިލޮށްޓަށް
ކިޔަނީ
"ކަނޑި"
އެވެ.
އެހެންކުދިން
ކައިރީގައި
ވަށްކޮށްލައިގެން
ތިބޭނީއެވެ.
ދެން
މުނި
ކިޔައިދޭނީ
ބަންޖެކެވެ.
މިއޮންނާނީ
ދެބަޔަކަށެވެ.
ކުރީބަޔަކީ
"އެލަންގަލަން
މިލަންގަލަން
ސުދުންޏާ
ފާހަގަލަން
އަބުސީލަން
ނުމަސްލަނޑާ
ހިކާކުރުބުޅި
ވަލަށްފިލަން
ދާންދޭ"
މިހެންކީމާ
އިލޮށި
ހިފައިގެން
ހުންނަ
ކުއްޖާނޫން
ހުރިހާ
ކުދިން
ފިލަންދާނީއެވެ.
ދެންކިޔާނީ
"އަލީލާން
ބަލީލާން
ހަތް
ދެގޮބޮޅި
ފަތީލާން
ފަތިގެންގޮސް
މޫދުލާން
އަރިޔަށްދޫ
ގަހުރަތްމާ
އަދިނުފޮޅޭ
ކުދިރަތްމާ
މާލެމަތިންގޮވާލިހާ
ރަތްދަނޑި
ރަތްކަކާކޯ
އަލިވިލޭތަ
ރޭވިލޭތަ
ހާލެއްތާ
ކުކުޅެކޭ؟"
ތަކާކޮށީ
އެންމެން
ކަތިލާ
މަރަން
ދާންދޭ
ފަހުންމިއަންނަ
ދެސުވާލަށް
ފިލަންދިޔަ
ދެކުދިން
ޖަވާބުދޭންވާނެއެވެ
ދެންއެއިލޮށީން
ނުޖެހި
މުނިކައިރިއަށް
އާދެވުނު
ކުއްޖަކު
މޮޅުވީއެވެ
މިކުއްޖާ
އައިސް
މުނިގައިގައި
އަތްލާފައި
"މުންޏޯތް"
މިހެން
ގޮވާން
ވާނެއެވެ
އިލޮށި
ޖެހިއްޖެނަމަ
ކަތިލެވުނީއެވެ
«
3
4
5
6
7
8
9
10
11
»