radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ޓ
ނ
ތާނައިގެ
ވިހިވަނަ
އަކުރު
ވަޅުކޮޓަރި
ނ
ފެންވެރުމަށާއި
އެހެނިހެން
ބޭނުމުގައި
ވަޅެއް
ބަހައްޓައި
ވަށައިގެން
ބައްދައި
ހިޔައުކޮށްފައި
ހުންނަ
ތަންތަން
ވަޅުއެޅުން
މ
ރައްކައު
ކުރުމަށާއި
އެނޫންވެސް
ބޭނުމަށްޓަކައި
ބައެއް
ތަކެތި
ވަޅުލުން
ވަޅުޖެހުން
މ
(1)
ފޭހިފައިވާ
ދަގަނޑެއް
ކުރައްޖެއްފަދަ
އެއްޗެއް
ބިމަށް
ހަރައިގެން
ވަޅެއް
ހެދުން.
މިކަމަށް
ވަޅުހެރުން
މިހެންވެސް
ކިޔައެވެ.
(2)
ބިމުގައި
ފޮރުވިލާވަރަށް
ވަޅުލެވުން.
(3)
މަޖާޒު:
ކަމެއް
ކުރާންވެގެން
ވާހަކަ
ދައްކައިލައިފައި
ވީނުވީގޮތެއް
ނޭނގި
އެކަމެއް
ހުއްޓުން
ވަޅޯއެޅުން
މ
ރުކުގެ
އެތުން
ރާނެރުމަށްޓަކައި
ބާވަތެއްގެ
ބޭހެއް
އެތުގައި
ޖެހުން
"ވަޅޯ"
ބަލާ!
ވަކަ
ނ
(1)
ބައެއްގަސްގަހުގެ
ބޭރުތޮށީގެ
އެތެރެފަރާތުގައި
ހުންނަ
ފަށްފަށަށް
ނެގޭ
ތޮއްޓެއް
(2)
ނއ
މުރަނަކަން
ކެނޑި
ތަތްވުމާއެކު
މަޑުވާ
މަޑުވުން
(3)
މަޖާޒު:
ކަންތައް
ކުރުމުގައި
ވާންވީ
ވަރަށް
ވުރެ
ލަސްލަހުން
ކުރެވޭ
ތަތްގޮތް
ވަކަރުގެ
ނ
އިހަށް
ކުޑަލާމިގަސްދޮށު
އަތިރިމަތީގައި
ފަހުން
މާރުކޭޓާ
ދިމާއިން
ދެކުނުގައި
ކުރީގެ
އަތިރިމަތީގައި
ސަރުކާރުގެ
ވަކަރު
ރައްކާ
ކުރާން
އަޅައިފައި
ހުރި
ގެއެއް
މިގޭގައި
ސަލާންޖަހާ
ކުދީން
ނިދާއުޅުނެވެ
އޭގެފަހުން
ބަނޑޭރިގެއާ
ދިމާއިން
އަތިރިމަތީ
ފާރު
ކައިރީގައި
އޭރު
އެތާހުރި
ހެލެބެނލިގަސްދޮށު
ދޮރޯށީގެ
ހުޅަނގުން
ސަލާންދޭ
ކުދީން
ނިދާ
އުޅޭން
ދައުލަތުން
އަޅުއްވައިފައިހުރި
ގެއަކަށްވެސް
ކިޔައިއުޅުނީ
ވަކަރުގެއެވެ
ވަކި
ނ
(1)
ގޮވާމުގެ
އޮއްޓަރު
(2)
ބައެއްގަސްގަހުގައި
އަޅާ
ކުދި
ތަކެތި
(3)
މިނިކާ
ނުވަތަ
އަތްފައިން
ޝިކާރަކުރާ
ޖަނަވާރުގެ
ނިޔަފަތި
(4)
އޮށްވަޅު
ކުޅޭއިރު
ހިލާވަޅުގެ
ކުރީވަޅުގައި
އޮންނަފުށް
(5)
ގުޅުން
ކެނޑިގެން
ނުވަތަ
މެދުކެނޑިގެންވާ
ދުރު
(6)
އެއްޗެހިތަކެއްގެ
ތެރެއިން
ކޮންމެވެސް
އެއްޗެއް
އެހެނިހެން
އެއްޗިއްސާ
ކުރެވޭ
ތަފާތު
(7)
އެކަހެރި
(8)
)މކ(
މިޔަރުގެ
ފީކަރުގައި
ބައްދާން
ގެންގުޅޭ
ރޯނުންހަދައިފައި
އޮންނަމަޅި
ވަކީލު
ނ
(1)
ޤާނޫނީ
ވަކީލުކަމުގެ
ފާސް
ލިބިފައިވާ
މީހާ
(2)
ޤާނޫނީ
ނުވަތަ
ޝަރުޢީ
ކަމެއްގައި
މީހެއްގެ
ފަރާތުން
ހުންނަމީހާ
(3)
އޭޖެންޓް
(4)
ބަދަލުގައި
ހުންނަ
މީހާ
ވަކުބުޑު
ނ
(1)
ދިޔަގަނޑު
ކޮޅުފަސްކޮޅަށް
ދިޔަނުދިނުމަށްޓަކައި
ކޮށިފިލަޔާ
ވައްގަނޑާ
ދެމެދުގައި
ޖަހައިފައި
ހުންނަ
ފިލާކޮޅު
)ދިޔަހަރު(
(2)
ބުޑު
ވައްގަނޑުގެ
ފޫ
ވައިހިނގުން
މ
(1)
ވައިހުރި
އެއްޗެއްގެ
ފޫގޮސްގެން
ނުވަތަ
ފެޅިގެން
އެއިން
ވައި
ނުކުތުން.
(2)
ހުރަހެއްނެތި
އެއްފަރާތުން
އަނެއްފަރާތަށް
ވައިހިނގާގޮތް
ހަމަޖެހިފައިވުން.
)ވެންޓިލޭޝަން(
(3)
އެއްފަހަރަކު
ވައިޖެހޭ
މިސްރާބަކުން
އަނެއް
މިސްރާބަކަށް
ވައި
ބަދަލުވުން
ވައިރު
ނ
(1)
އިލެކްޓްރިކް
ކަރަންޓް
ދަތުރު
ކުރުމަށާއި
މުވާޞަލާތުގެ
ވަޞީލަތްތަކަށް
ބޭނުންކުރާ
ހިމަނަރު
(2)
މަޢުދަނަކުން
ހަދައިފައިވާ
ހިމަނަރު
(3)
ވަލެއްގެ
ގޮތަށް
ދަގަނޑު
ނަރުން
އަޅައިފައި
ހުންނަ
އެއްޗެހި
ވައިރުކުރުން
މ
އިލެކްޓްރިކްލުމަށާއި
ޓެލެފޯން
ފަދަ
މުވާސަލާތުގެ
ވަޞީލަތްތަކަށް
ވައިރު
ބޭނުން
ކުރުން
ވައިބީޑި
ނ
)ޏ (
ރުކުގައި
ހުރެ
ހިކިގެން
ވެއްޓޭ
ފަންބުޑު
ވައިކުޑަ
ނ
ވައިގެއެހީގައި
މަތިން
ތިރިއަށް
ރައްކާތެރިކަމާއެކު
މީހުން
ބޭލުމަށް
ލުއިފޮތި
ފަދަ
އެއްޗަކުން
ހަދައިފައިވާ
ފަތްޖަހާ
ކުޑައެއް
މިކުޑަ
ގިނައިން
ބޭނުންކުރަނީ
މަތިންދާބޯޓުން
އެއްގަމުގެ
އެކި
ތަންތަނަށް
މީހުން
ބޭލުމަށެވެ
ވައިއިޅޭށި
ނ
)ގ (
ގޮނޑުދޮށް
ކައިރީގައި
ހެދިފައި
ހުންނަ
ރުއްރުކުން
ބިމަށްވެއްޓި
ހެރިފައި
ހުންނަ
ފަންވަތް
ވައިވަރު
ނ
(1)
ރިޔަލުދަތުރުގައި
ދާންވީތަނަށް
އެއްއަތު
ދެވޭގޮތަށް
ލިބޭވައި
(2)
ވައިގެ
ބާރުމިނާއި
އަވަސްމިން
ދައްކައިދޭ
ނުވަތަ
ބަލައިދޭ
އާލާތެއް
)އެނިމޯމީޓަރ(
(3)
ތޮށަލިން
ހިޔާ
ކުރާ
ތަންތާނގެ
ފަންތައް
ވަޔާ
ނެގުނަ
ނުދިނުމަށްޓަކައި
ބަނޑަވަރު
އަޅާގޮތަށް
ގުޅައިގެން
ފުރާޅުގެ
ދެ
ފަރާތަށް
ދާގޮތަށް
ހަރުކުރާ
ދެ
ފަން
ވައިމަތިނުބައިވުން
މ
(1)
ވިއްސާރަ
ވައްތަރުވުން
(2)
ކުރާން
އުޅޭކަމަކަށް
ހުއްޓުން
އަރާ
ފަދަ
ކަމެއް
ނުވަތަ
އެކަމަކަށް
މަސައްކަތް
ކޮށްފިއްޔާ
ގެއްލުމެއް
ލިބިދާނޭ
ފަދަ
ލިސާނެއް
ފެނުން
(3)
މަޖާޒު:
އަމުރުވެރިއަކު
ނުރުހޭގޮތް
ފެނުން
ވައިފެންޖެހުން
މ
(1)
ކުރުނބާ
ކަނޑާއިރު
އޭގެ
ތެރޭގައި
ހުންނަ
ވައި
ނެރެލުމަށްޓަކައި
އެއްޗެއް
ހަރައި
ނުވަތަ
އެއްޗަކުން
ޖަހައި
ތޮރުފައިލުން
(2)
މަޖާޒު:
އުޅޭތަން
ފިޔަވައި
އެހެން
ތަނެއްގެ
ވަޔާއި
ފެނުގެ
ސަބަބުން
ހަށިގަނޑު
ރަނގަޅުވުން
ވައިލެޓްކުލަ
ނ
މަޑުދަނބުކުލަ
އެއީ
ވައިލެޓްމަލުގައި
ހުންނަ
ކުލައެވެ
ވައިގުޅިޖެހުން
މ
"ވައިގުޅީ"
ގައި
ބަޔާންކޮށްފައިވާ
ގޮތަށް
ޢަމަލުކުރުން
މީގައި
ގުޅީގެ
ބަދަލުގައި
ކައިރިފަށް
ބޯކޮށް
ހުންނަ
ތަށިވެސް
ޖަހައި
އުޅެއެވެ
ފޮތިކޮޅަކަށް
ވެލިއަޅައިގެން
ބަނދެފައި
އޭގެކޮޅު
ކާށި
ތެލުން
ތެންމާ
ރޯކޮށް
ބަނޑުމަތީގައި
ބަހައްޓައިފައި
އޭގެމަތިން
ގުޅިއެއްޖެހުން
މިކަންކުރަނީ
ބަނޑުގައި
ވައިހެދިގެން
ރިއްސާތީއެވެ
«
61
62
63
64
65
66
67
68
69
»