radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ބާ
ނ
(1)
ތާނާއިގެ
ފަސްވަނަ
އަކުރަށް
ކިޔާނަން.
ނއ.
(2)
ބައު.
(3)
އާކަމުގެ
އިދިކޮޅު.
(4)
ގިނަދުވަސްވެފައިވާ.
(5)
ގެންގުޅެފައިވާ.
(6)
ނ.
ލަކުޑިއަށް
ގެއްލުމެއް
ލިބިގެން
ހެދޭ
ހޮއި
ނުވަތަ
ވާ
ފީ.
(7)
އެއްޗަކަށް
ގެއްލުމެއް
ލިބިގެން
ފޫގޮސްފައިވާ
ލޯވަޅު.
(8)
އަންހެންލޯފިނދު.
(9)
ކުޑަކުދިންގެ
ބަހުގައި
ކީރިތި
ޤުރުއާން
ނުވަތަ
ލިޔެފައި
އޮންނަ
ކޮންމެ
އެއްޗެއް.
)01(
ބައެއް
ސުއާލު
ކުރާއިރު
ފަހަތަށް
ގެންނަ
އަކުރެއް.
މިސާލު:
މިގޭގައި
މީހަކުއުޅޭބާ
ގަންނާނެއްބާ
ކޮރުނެގުން
މ
(1)
ކޮންނަ
ރޮންދާއަކުން
ލަކުޑިގަނޑެއްގެ
ހަނިއަރީގެ
މެދުތެރޭން
ހަނިދިގުކޮށް
ކޮނުން.
މިއީ
ދޮރުފަތްފަދަ
އެއްޗެހި
ޖެހުމުގައި
ފިލާ
ލެއްވުމަށް
ކުރާ
ކަމެކެވެ.
(2)
ކުޅި
ޖެހުމުގައި
އެއްފައިތިލަ
އަނެއް
ފައިގެ
ކުޑަކަޅުވާމަހުގައި
ކާއްތަމުން
ދޯނތްގާ
ހަމައަށް
ނަގައިފައި
މައްޗަށް
ފުންމައިގަތުން
(3)
ރުޅި
އައިސްގެން
އެއްޗެހިގޮވުމުގެ
ތެރޭގައި
ވައްތަރު
ޖައްސަމުން
އެގޮތް
މިގޮތަށް
ފުމުން
(4)
ބާވަތެއްގެ
ފުމުމެއް
މިއީ
ފަންޑިތަ
ހެދުމުގައި
އަޖިދައަށް
ޖައްސާ
ވައްތަރެކެވެ
މިވައްތަރަށް
އަޖިދައަށް
ކޮރުނެގުން
ވެސް
ކިޔައެވެ
ކޮރުކަން
ނއނ
(1)
ޅެންހެދުމާއި
ޢިބާރާތްކުރުމުގައި
އޮމާންކަން
ނެތްކަން
(2)
އެއްފައި
ކުރުކަން
(3)
ހަމައަށް
ނުހިނގޭކަން
ކޮރުކަލޯމަގު
ނ
މެދުގައި
ބޮޅު
ހުންނާނޭހެން
އެއްޗިހީގެ
ކައިރިފަށުގައި
އަޅާ
ބާވަތެއްގެ
ކުރެހުމެއް
ކޮރުކޮކާހުއި
ނ
ބާވަތެއްގެ
ވިނައެއް
މިބާވަތުގެ
ވިނައިގެ
ތެރޭގައި
ކޮރުކޮކާ
ގިނައިން
އުޅެއެވެ
މިއީ
ބިލެތު
ހުއިހެން
ހުންނަ
އެއަށްވުރެ
ހިމަދިގު
ވިނައެކެވެ
ކޮރޮފިރޮނޑޮ
ނ
)ޏ (
ރޮނޑުގެ
ބާވަތެއް
މިވައްތަރުގެ
ރޮނޑުގެ
ކަރުތާފަތްގަނޑުގެ
ތެރޭގައި
ކުރަތްޕެއް
ކަހަލަ
ކުދިކުދި
ދިރޭ
އެއްޗެހިތަކެއް
ހުރެއެވެ
ބާނާއިރު
ބައެއް
އެއްޗެހީގެ
ކަރުތާފަތްގަނޑުން
ބޭރުގައި
މަރުވެގެން
ތަތްވެފައިވެސް
ހުރެއެވެ
ކުލައަކީ
ކަޅުކުލައެވެ
ވައްތަރުވާނީ
ކަޅު
ރޮނޑާއެވެ
ކޮބާ
އކ
(1)
ނުފެނިގެން
އުޅޭ
އެއްޗެއް
ވީތަނެއް
އެނގޭތޯ
ނުވަތަ
ކަމެއް
އޮޅުން
ފިލުވާން
ސުވާލުކުރުމަށް
ބޭނުންކުރާ
އަކުރެއް.
މިސާލު:
)ހ(
މަގޭރުމާ
ކޮބާ؟
)ށ(
ކަލެއާ
ޙަވާލުކުރި
ކަންތައް
ކޮބާ؟
(2)
މީހަކު
މިވެނި
ގޮތަކަށް
ކަމެއް
ވެދާނެޔޭ
ބުނެފައި
އޮއްވާ
އަނެކަކު
އެބަސް
ނާހައި
އެކަންތައް
ކޮށްގެން
ކުރީގައި
ބުނިމީހާ
ބުނިގޮތަށް
ކަންތައްވީމާ
އެކަމެއް
ކުރިމީހާއާއި
ދިމާއަށްބުނެ
އުޅޭ
ބަހެއް
މިސާލު:
ކޮބާ
މަބުނިގޮތަށް
ނޫންހޭވީ
(3)
ނިކަން
މިސާލު:
ކޮބާދީބަލާ
ކޮޅަލި
ނ
(1)
ދެގަނޑެއްޗެއް
ގުޅުވުމަށްޓަކައި
ކަނޑާ
ކެނޑުން
ވަޅަށް
ފައްތާން
ބޭނުންވާ
އެތިގަނޑުގެކޮޅުން
ކަނޑަމުންގޮސް
ކެންޑުންވަޅަށް
ފައްތައި
ހަރުލެއްވުމަށްޓަކައި
ނުކަނޑައި
ބާއްވާ
ތަންކޮޅު
(2)
)ޅ (
އައްޕަތް
ކޮޅުން
މ
(1)
ކަފައާއި
އަލަނގުފަދަ
ތަކެތި
އައްޕަތުން
ނުވަތަ
ޕަޓޭމީން
ހިންމިއަށް
ވެއްދުން (2)
މަޖާޒު:
އެއްޗެއް
ހޯދާން
ތަންތަނަށް
ބޯދީ
އަތް
ބާނައި
ހާވައި
ހެދުން
ކޮޅުންއެޅުން
މ
(1)
ކަނޑުގަދަވެގެން
ދިރުނބާކޮޅުން
ރާޅުއެރުވުން
(2)
މަސްދޯނިފަހަރުގައި
އެން
ހުސްކޮށް
ދިޔަހިއްކައި
ކަހާލުމަށްފަހު
ފަށަން
މަތި
ސާފުކުރުމަށްޓަކައި
ދިރުނބާކޮޅު
ކޮޅުވަތަށް
ދިޔަހިއްކާ
ފައިން
ފެންއެޅުން
ކޮޅުކަނދު
ނ
އޮޑިދޯނިފަހަރުގެ
ހުރަސްފިލާގެ
ދިރުނބާކޮޅުން
ދެފަރާތުގައި
ޖަހައިފައި
ހުންނަ
ފަށްބުރި
ކޮޅުއުނގުރި
ނ
ދިރުނބާކޮޅުން
ފަށަނުގައި
ތޮރުފައިފައި
ހުންނަ
އުނގުރި
ކޮޅުވަށިންއުކުން
މ
އެންވަތުން
ނަގާގޮތަށް
ވަށިން
ކަނޑަށް
އެންއުކުން.
މިގޮތަށް
އެން
އުކަނީ
ދަހި
މަސްއައިނުގައި
މަސްބާނާއިރު
އެން
އުކުން
މަދުވުމުގެ
ސަބަބުން
މަސްއައިން
ހިނގައިދާނެތީއެވެ
ކޮޅުވަތް
ނ
(1)
އޮޑިދޯނި
ފަހަރުގެ
އެންމެ
ދިރުނބާކޮޅުވަތް
(2)
ކޮޅުއޮޑިވަތް
ކޮޅުވެއްޓި
ނ
މީހުންނާއި
މުދައު
އެއްތަނުން
އަނެއްތަނަށް
ގެންދާން
ބޭނުންކުރާ
އިންޖީނުލީ
އުޅަނދެއް
މީގެ
ދިރުބާކޮޅު
ހުންނަނީ
ހަމައަށެވެ
މިތަން
ވައްޓައި
ނަގާ
ހެދެއެވެ
ކޮޅުމައްޔަލުންޖެހުން
މ
އޮޑިދޯނިފަހަރު
އޭގެ
ދުވެލީގައި
ގޮސް
ދިރުނބާ
މައްޔަލުގެ
ކޮޅުން
އެއްޗެއްގައި
ޖެހުން
ކޮޅުމަތި
ނ
(1)
މުންޑުގެ
މެދުތެރޭގައި
އެހެން
ކުލަކުލައިގެ
އުއިން
ހަދައިފައި
ހުންނަތަން
(2)
ފޭލީގެ
ދެކޮޅުގައި
ކަސަބުން
ހަދައިފައި
ހުންނަތަން
(3)
ވިޔެފައި
ހުންނަ
ހަރުވާޅު
ދާގަނޑުގެ
ދެކޮޅުގައި
ކަސަބާއި
ފަށުވިން
ހަދައިފައި
އޮންނަތަން
(4)
ކުޅިޖަހާއިރު
ލައިއުޅުނު
ހަރުވާޅުގެ
ކުރިމަތީގައި
އެލުވާން
ކަސަބާއި
ފަށުވިން
ހަދައިފައި
އޮންނަ
އެތި
(5)
މަޖާޒު:
ކަމެއްގެ
ނުވަތަ
ވާހަކައެއްގެ
ފެށުމުގެ
ނުވަތަ
ނިމުމުގެ
އަލާމާތް
ކޮޅުމަތިހެދުން
މ
(1)
ވިޔެފައި
ހުންނަ
ހަރުވާޅު
ދާގަނޑުގެ
ދެކޮޅުގައި
ކަސަބާއި
ފަށުވިން
އެހުންނަ
ތަން
ތައްޔާރުކުރުން
(2)
ކުޅިޖަހާއިރު
ލައިއުޅުނު
ހަރުވާޅުގެ
ކުރިމަތީގައި
އެލުވާ
ކަސަބާއި
ފަށުވީގެ
ކޮޅުމަތި
ތައްޔާރުކުރުން
(3)
ވިޔެފައި
ހުންނަ
އެއްޗެހީގެ
ކޮޅު
ހެދުން
ކޮޅުމަތިލުން
މ
(1)
މުންޑާއި
ފޭލިފަދަ
ތަކެތީގެ
ކޮޅުމަތި
ވިޔުން
(2)
އިހުގައި
ވިޔެގެން
ގެންގުޅުނު
ހަރުވާޅު
ދާގަނޑު
ދެކޮޅުގައި
ކަސަބާއި
ފަށުވިން
އެހަދާ
ގޮތްތައް
ހެދުން
(3)
ކުޅިޖަހާ
ހަރުވާޅުގެ
ކުރިމަތީގައި
އެލުވާން
ކަސަބާއި
ފަށުވިން
ހަދާ
ކޮޅުމަތި
ހަރުކުރުން
ކޮޅުމާ
ނ
(1)
އޮޑި
ދޯނިފަހަރުގެ
ހެރި
ކުރާއިރު
ދިރުނބާކޮޅުން
ނުކުންނާން
އޮންނަތަނާއި
އެތަން
ނިވާކުރާން
އެލުވާފަން
(2)
އޮޑިހަރުގޭގެ
ވައިމައްޗަށް
ހުންނަކޮޅު
ބައްދާންޖަހާ
ބިތްގަނޑު
ކޮޅުފަލި
ނ
އެންމެ
ދިރުނބާކޮޅު
ފަލި
«
58
59
60
61
62
63
64
65
66
»