radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
އީ
ނ
(1)
މާކުދިކުދި
ކަންތަކާ
ރަކިވެގެން
ޖެއްސޭ
ވައްތަރެއް.
މިގޮތް
ގިނައިން
ވަނީ
އަންހެނުންނަށާއި
ކުޑަކުދީންނަށެވެ.
(2)
އ.
ކުރީގައިވާ
އެއްޗެއް
ނުވަތަ
ކަމެއް
ގަދަކުރުމަށް
ބުނާ
އަކުރެއް.
މިސާލު:
މިއީ
އެއީ
ތިޔައީ
އައީ
ދިވެހިކަސްތޫރި
ނ
ކާމަރަނގަ
ހުންނަހެން
އަރިއަރިއަށް
ހުންނަ
ތޮޅިއެއްއަޅާ
ގަހެއް.
މިއީ
ގާތްގަނޑަކަށް
އިސްކޮޅާ
ހަމަޔަށް
ހެދޭ
ތިންކަތްޕަށް
ފަތްހުންނަ
ގަހެކެވެ
މިގަހުގެ
އޮށުގައި
ވަރަށް
މީރުވަސްދުވައެވެ
މިއީ
ވަރަށް
ގިނައިން
ތޮޅިއަޅާ
ގަހެކެވެ
މިއީވަސް
ދުއްވުމަށާއި
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
ދިވެހިއަތަ
ނ
އަތައިގެ
ބާވަތެއް
މިއީ
ފިތްފިތަށް
ހުންނަ
އެތެރޭގައި
ގިނައޮށްތަކެއް
އެކުލެވޭ
ފޮނި
ރަހަގަދަ
މީރު
މޭވާއެކެވެ
ދިލްބަހާރުމާ
ނ
ޗާންދަނީ
މަލާ
ވައްތަރު
ހުދުކުލައިގެ
މަލެއް
މިއީ
ވަރަށް
ވަސްމީރު
މަލެކެވެ
މިމާއަޅާ
ގަހަކީ
މެދުމިނަކަށް
ހެދޭ
ގަހެކެވެ
ގަހުގެ
ފަތްހުންނާނީ
ކުދި
ދުނބުރިފަތާ
ވައްތަރުގޮތަކަށެވެ
ދިގުތިޔަރަ
ނ
ރީނދޫމަލެއް
އަޅާގަހެއް
މިގަހުގެ
ފަތްހުންނާނީ
ބިލަމަގުފަތާ
ވައްތަރުކޮށް
އެއަށްވުރެ
ހިމަދިގުކޮށެވެ
މިއީ
ކެއުމަށާއި
ބޭހަށް
ބޭނުންކުރާ
ފައިދާހުރި
ފަތެކެވެ
ދިގުތޮޅި
ނ
ތަރުކާރީގެ
ބާވަތެއް
މިއީވެލެއްގައިއަޅާ
ފެހިކޮށް
ދިގުކޮށް
ހުންނަ
ތޮޅިއެކެވެ
ދީދި
ނ
(1)
ބޭފުޅުންގެ
ދެވަނަ
ދަރަޖަ.
މިއީ
ފިރިހެން
ދަރިކޮޅުން
ރަސްކަލަކަށް
މުނިކާފާފުޅު
ވިދާޅުވާ
ބޭފުޅުންގެ
ބޭފުޅުންނެވެ.
)ރަސްކަލަކަށް
ހޫރު
ކާފާފުޅު
ވިދާޅުވާ
ބޭފުޅުން.(
(2)
އަންހެން
ދަރިކޮޅުންނަމަ
ރަސްކަލެއްގެ
ފިރިހެން
ބޭފުޅެއްގެ
އަންހެން
ބޭފުޅަކަށް
ނުވަތަ
ރަސްކަލެއްގެ
އަންހެން
ބޭފުޅަކަށް
މާމާފުޅު
ވިދާޅުވާ
ބޭފުޅުން
(3)
ދީދީކިޔާ
ބޭފުޅުންގެ
ބޭފުޅުން
ދުނބުހި
ނ
)ޅ (
ފަންޑިތަވެރިން
ކިޔަވާ
ކިޔެވެއްޔެއް
މިއީ
އިހުގައި
އަންހެނުން
ވިހެއުން
ދަތިވެގެން
ކިޔަވާ
ކިޔަވެއްޔެކެވެ
ދުނބުރި
ނ
(1)
އަނބާވައްތަރުގެ
ވަކެއްއަޅާ
ފަތްބޮޑު
ގަހެއް.
މިއީ
ގެދޮރު
އަޅާއިރު
މުޑީގެ
ގޮތުގައްޔާއި
ބިތްގެތުމަށާއި
ފުރާޅު
ބަނުމަށް
ދަނޑިޔަށް
ބޭނުންކުރާ
އެއްޗެކެވެ
މިއީ
ވަރަށް
އަވަހަށް
ހެދޭ
ގަހެކެވެ
(2)
މިގަހުގައި
އަޅާވައް
(3)
މިގަހުގެ
ލަކުޑި
ދުންކާލި
ނ
ގޮށްޓަކާ
ވައްތަރުގޮތަކަށް
ފޫހަމަކޮށް
އެއްތެލުން
ހަދައިފައި
ހުންނަ
އެއްޗެއް
މިއީ
ފޭރާން
ހިއްކުމަށާއި
ފޭރާމުގައި
ދުންބުރުވުމަށްޓަކައި
ދަށަށް
އަލިފާން
ލާން
ހަދައިފައި
ހުންނަ
އެއްޗެކެވެ
ދުންކުނި އެނބުރުން
މ
ތިމާގެ
އިސްކޮޅަށްވުރެ
ތަންކޮޅެއް
ދިގުދަނޑިއެއްގެ
މެދުގައި
އަތުން
ހިފައިގެން
އެގޮތްމިގޮތަށް
އެނބުރުން
މިއީ
ހެވިކަމުގެ
ތެރޭގައި
ހިމެނޭ
ކަމެކެވެ
ދުންއަރުވާމަސް
ނ
ދުންލާމަސް
މިއީ
ބޮޑުމަހުގެ
ބާވަތެކެވެ
ދުވަނި
ނ
ޢާންމުކޮށް
ކުޑަކުދިންގެ
ގައިންނަގާ
ބައްޔެއް
މީގެ
ދެތިން
ވައްތަރު
ހުރެއެވެ
އެއީ
)ހ(
ގޮށް
ދުވަނި
)ށ(
ރަސްދުވަނި
މިއެވެ
މިތަނުން
އެންމެ
ނުރައްކަލީ
ރަސްދުވަންޏެވެ
މިދުވަނިނަގާނީ
ކަނދުރާއިން
މަތިންނެވެ
ތިރިއަށް
ފައިބަމުންގޮސް
މެޔަށްވުރެ
ތިރިވެއްޖެނަމަ
ވަރަށްބޮޑަށް
ނުރައްކާވާނެއެވެ
ބޮޑެތިމީހުންގެ
ގައިން
މިދުވަނި
ނަގައިފިނަމަ
ކިޔަނީ
މާވިހައެވެ
ދުވަނިވެއްޖެނަމަ
ހުންނާނީނޫކޮށް
ނުވަތަ
ރަތްކޮށެވެ
ގޮށް
ދުވަނި
ނަގާނީ
ތަންތަން
ކޮޅުގައިގޮށް
ގޮށަށެވެ
ދުވޭދާރު
ނ
ބޭހަށް
ބޭނުންކުރާ
ދޮންކުލައެއްގެ
ލަކުޑިއެއް
މިއީ
ކީލި
ހިމަ
ތަތް
ލަކުޑިއެކެވެ
ދޫރިޔާ
ނ
ފޮއްޗަކަށް
ކިޔާނަމެއް
މިއީ
ދުޅައެއް
ނަގައިފައި
ހުންނަ
ތުނި
ފޮއްޗެކެވެ
ދޫތޮރުފައިގަތުން
މ
މަޖާޒު:
އަނގަބާނައިގަތުން
މިއީ
ދަށް
ބަހުރުވައިގައި
ބޭނުންކުރާ
ބޭހެކެވެ
ދެހަންދޭތެރެ
ނ
(1)
ހުދުހަމާއި
ކަޅުހަން
ގުޅޭތަން
(2)
ހަށިގަނޑުގެ
ބޭރުހަމާއި
އެތެރެ
ހަމާދެމެދު
މިސާލު:
ތިޔައީ
ދެހަންދޭތެރޭގައި
ހިނގާ
ބައްޔެކެވެ
ދެއިރުދޭތެރޭތޮރުފި
ނ
ދެއިރުދޭތެރޭގެ
ކެއުމެއް
މިއީ
ސަމާއައިސްގެން
އުޅޭއިރު
ބެރުވެރިންނަށް
ގެންދާ
ކެއުމަކަށް
ކިޔާނަމެކެވެ
ދެއުޅާބައިންޖެހުން
މ
އަންނަފޭލީގެ
ކޮޅުމަތީގައި
ދެއުޅަނަގައިގެން
ދުޅައެޅުން
މިއީ
ކޮޅުމަތި
ރީތިކުރަން
ކުރާކަމެކެވެ
ދެވަރު
ނ
(1)
ހަވަރުބެހިފައިވާ
މައިގަނޑު
ދެބައި
މިއީ
އިސްތިންވަރާއި
ފަސް
ތިންވަރެވެ
ނއ
(2)
އެއްވަރުނުވާ
ދެމޭފިލި
ނ
އަކުރު
ކިޔާއިރު
އަޑުދަމައިފައި
ކިޔާފިލި
މިސާލު:
)ހ(
އާބާފިލި
)ށ(
އީބީފިލި
)ނ(
އޭބޭފިލި
)ރ(
އޫބޫފިލި
)ބ(
އޯބޯފިލި
«
57
58
59
60
61
62
63
64
65
»