radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ލާ
ނ
(1)
ފާލީސް
ތައްޔާރު
ކުރުމަށާއި
ލަކުޑީގެ
ބައެއް
ތަކެތީގެ
ބޭރުގައި
ޖެހުމަށާއި
ހަނުތެޅުމަށާއި
ބައެއް
ތަކެތި
ބަންދު
ކޮށްފައި
އެޅުމަށް
ބޭނުންކުރާ
އެއްޗެއް
މީގެ
ދެތިން
ވައްތަރެއް
ހުރެއެވެ
(2)
ބަޑީލާ
(3)
ލުން
މިބަހުގެ
އަމުރު
ހަމަހިލާ
އކ
އެއްގޮަތަކަށްވެސް
މިސާލު:
"ހަމަހިލާ
ނުދާނަމެވެ "
އެބަހީ
އެއްގޮތަކަށްވެސް
ނުދާނަމެވެ
ހަމައިންނެއްޓުން
މ
(1)
އިންސާފުން
ބޭރުވުން
(2)
ޤަވާޢިދާއި
ޚިލާފުވުން
ހަމަވައިޖެހުން
މ
(1)
ނިވަލެއްނެތި
ވައިޖެހުން (2)
"ހަމަވައި"
ބަލާ
!
ހަމަވުން
މ
(1)
އެއްވަރުވުން (2)
"ހަމަ"
ބަލާ!
ހަދިޔާބަޑި
ނ
(1)
އެއް
ދައުލަތެއްގެ
މަނަވަރެއް
އަނެއް
ދައުލަތެއްގެ
ރަށަކަށްގޮސް
ވަނުމާ
އެކުޖަހާ
ސަލާމުގެ
ބަޑި
(2)
އޭގެ
ޖަވާބުގައި
އެރަށަކުން
ޖަހާބަޑިޔަށްވެސް
ކިޔަނީ
މިހެންނެވެ
(3)
ބަޑިކޮށީމީހުން
ޢީދު
ދުވަހު
ގޭގެ
ދޮށުގައި
ކުދިންނަށް
ޖަހައިދޭ
ބަޑި
ހަދީޘް
ނ
ރަސޫލާ
ވިދާޅުވެފައިވާ
ބަސްފުޅު
ހަތަރުކަންކަށި
ނ
އޮޑިދޯނިފަހަރުގެ
ދެމައްޔާ
ކައިރީން
ބޭރު
ހަތަރު
ފަރާތް
އެއީ
ދިރުނބާކޮޅުގެ
މައްޔަލާއި
ހުރަސްފިލަޔާ
ދޭތެރެއެވެ
ކޮޅުފަސްކޮޅުގެ
ދަށްމަޅުގެ
ކޮޅުފަސްކޮޅުން
ފެށިގެން
މައްޔަލާއި
ދޭތެރެއެވެ
ހަތަރުފައިޖެހިގޮނޑި
ނ
(1)
އިށީންނަތަން
ވައްކޮށް
ލިޔެލާޖަހައިފައި
ކިއްސަރަކަށް
އޮންނަ
ހަތަރުފައިޖެހި
ގޮނޑިއެއް:
މީގެ
އުސްމިނަކީ
ގާތްގަނޑަކަށް
ފޫޓެކެވެ
މިއީ
އިހުގައި
ގަނޑުވަރުތެރޭގައި
ވަރަށް
ޢިއްޒަތް
ހުރި
އެއްޗެކެވެ
(2)
ހަތަރުފައިޖަހާފައި
ހުންނަ
ކޮންމެ
ގޮނޑިއެއް
ހަތާވީސް ކިޔެވުން
މ
އިހުގައި
ކޮންމެ
ރޯދަމަހެއްގެ
72
ވިލޭރޭ
ދަރުމަވަންތަ
ރަސްގެފާނު
މިސްކިތުގަޔާއި
ދެގެދޭތެރެގަޔާއި
ކުޑަކިބާ
ބޭރު
ގެކޮޅުތެރޭގައި
ޤުރްއާން
ކިޔެވުން.
މިކަން
ކުރަން
ފަށަނީ
ތަރާވީސްކޮށް
ނިމުނީމާ
ދަރުމަވަންތަ
ރަސްގެފާނު
މިސްކިތުގައި
ބޮޑުކިޔެވެނިންނާއި
ކުދިކިޔެވެނިންނެވެ.
އޭރު
72
ފުކުގައި
ދިއްލާފައި
ހުންނާނެއެވެ.
ކިޔަވާނީ
ފޮތް
ފޮއްޓެކެވެ.
އެއަށްފަހު
ގަނޑުވަރުތެރެއަށް
ދުރުވެ
ދެގެ
ދޭތެރޭގައެވެ.
މިވަގުތު
ކުޑަކިބާ
ބޭރުގެކޮޅު
ތެރޭގައި
ޚަތީބުބޭކަލަކު
ފޮތް
ފޮށިކޮޅެއް
ބެހެއްޓެވީމާ.
"ތިންމަހުރޯދަކިޔަވަން"
އަށްޓަށް
ދުރުވި
ބޭކަލުން
ނައްކާރަ
ޖަހަންދެން
ކިޔަވާނެއެވެ.
ފަހަކަށް
އައިސް
މިކިޔެވުން
ކިޔެވީ
ހުކުރު
މިސްކިތު
ހަރުގޭގައެވެ
ހަތާތަޅައިލުން
މ
(1)
ކުޅަނދުރުގެހަތާ
ހަލާކު
ކޮށްލުން
(2)
މަޖާޒު:
ތިމާއުޅޭގެ
ނުވަތަ
ތިމާ
އެތަނަކާ
ގުޅިފައިވާތަނެއް
ތިމާގެ
ކިބައިން
ނިގުޅައިގަތުން
ނުވަތަ
ނައްތައިލުން
ހަތިކޮޅު
ނ
(1)
މަޑައިގައި
ހަރުކޮށްފައި
އޮންނަ
ހެތުރު
މަޑަދަނޑީގައި
ކުޑަގޮތަކަށް
ހަރުކޮށްލުމަސް
ބޭނުންކުރާ
ބަލިބަލި
ވަކަފަށްފަދަ
ތަކެތި.
(2)
ކުރުމަހަށް
ބުޅިންޖެހުމަށް
ބުޅީގައި
ހަރުކޮށްފައި
އޮންނަ
ހެތުރު
ދޮށްދަނޑީގައި
އައްސާލުމަށް
ގެންގުޅޭފަށް.
(3)
ފައްތައިގެން
މަސްވެރިކަން
ކުރާއިރު
އެންގަނޑު
އަޅާފައި
އޮންނަ
ބުޅި
އަޑިއަށް
ފޮނުވުމަށް
ބުޅިގައިލާ
ބަރު
އައްސާފައި
އޮންނަ
ފަށް.
އެ
ބަރު
އަޑީގައި
ޖެހުމުން
މައްޗަށް
ނަގައި
ނަނު
ތަޅުވާލީމާ
ހަތިފަށް
)ހަތިކޮޅު(
ކަނޑައިގެން
ހިގައިދާނެއެވެ.
(4)
މާލެ
އަތޮޅު
ހުޅަނގު
ދެކުނު
ކަންގައި
އޮންނަ
ކަނޑުއޮޅިއެއް
މިކަނޑުއޮޅި
ވަރަށް
ދުރުން
ހޭލަމުން
ގޮސް
ވަރަށް
ތިލަވާނެއެވެ
ހަތޭލިކަށި
ނ
ނާފަހަރުގެ
ރިޔަލާއި
ސަތަރިއާއި
ގޯނިފަދަތަކެތި
ފަހަން
ގެންގުލޭ
ފަގަ
ހުންނަ
ކައްޓެއް
މީގެ
ތުނޑަށްވީކޮޅު
އޮންނާނީ
ތިން
އަރިއަށް
ވާގޮތަށް
ކުޑަކޮށް
ފަތާކޮށެވެ
ތުނޑު
ހުންނާނީ
ކުޑަގޮތަކަށް
މައްޗަށް
ޅެނބިފައެވެ
ހަތް
ނ
(1)
ރަސްކަމުގެ
ޢިއްޒަތަށްޓަކައި
ގެންގުޅޭ
މަތިހަމަޔަށް
ހުންނަ
ހުދުކުލައިގެ
ވިހޭފަށްލީ
ކުޑައެއް
(2)
ރަސްކަމަށް
ކޮލިލާ
ދުވަހު
ހަތަރު
އަވަށު
މައިޒާން
ދޮށުގަޔާ
ގުޅަކުޅޭފަސްގަނޑުގައި
ހަތަރު
ކޮށީންމެ
ޖަހާ
ކުޅިއެއް
މިކުޅިޖަހާނީ
އިސްދަރިވަރުންގެ
ތެރޭގައި
ތިބި
ކޮށީގެ
އެދުރުކަމާއި
އެންމެ
ގާތް
މީހުންގެ
ތެރެއިން
ދެމީހެކެވެ
(3)
ނއ
ގުނުމުގެ
ހަތްވަނަ
ޢަދަދުގެ
ނަން
އިތުރު
މިސާލު:
)ހ(
ހަތްދުވަސް
)ށ(
ހަތްބިން
)ނ(
ހަތްސާއަތް
ހަތްހަކީމުން
ނ
(1)
އަރަސްތޫ
(2)
އަފްލާތޫނު
(3)
ޖާލިނޫސް
(4)
ބަޤަރާތު
(5)
ސަޤަރާތު
(6)
އިބްނިސީނީ
(7)
ދިޔޯޖާނުސް
ހަތްހެއްތި
ނ
)ސ (
ހަތްއަމުރު
މިއީ
އިހުޒަމާނުގައި
ކޮންމެ
ހުކުރު
ދުވަހަކު
ހުކުރުން
ފޭބުމަށްފަހު
ވެރީންގެ
ފަރާތުން
ރައްޔިތުންނަށް
ކުރާ
ހަތް
އަމުރެވެ
(1)
މާތްކަލާގެއަށް
ކިޔަމަންތެރިވާހެއްތި
(2)
ޒިނޭނުކުރާ
ހެއްތި
(3)
ވައްކަން
ނުކުރާ
ހެއްތި
(4)
ދޮގުނުހަދާހެއްތި
(5)
ނަމާދުކުރާހެއްތި
(6)
ރޯދަހިފާހެއްތި
(7)
ވެރިންނަށް
ކިޔަމަންގަންނަހެއްތި
ހަތްރީތި
ނ
އަންހެނުންގެ
ރީތި
ސިފަކިޔަން
ބޭނުންކުރާ
ހަތްނަމެއް.
އެއީ
(1)
ކުރަނގިދެލޯ
(2)
އިހިކަނދުރާ
(3)
ހިތިފަތުބުމަ
(4)
ގިއުޅުއަތުކުރި
(5)
ޝިކާރަމަތީ
ކުއްތާގެ
ބަނޑު
ކަހަލަ
ބަނޑު
(6)
ތުނިޔަނިޔަފަތި
(7)
އަންނާރުއޮށުދަތްޕިލާ
މިއެވެ
ހަތްކޮޑިކޮޑިކާލި
ނ
ރަސްކަމަށް
ކޮލިލާދުވަހު
ކޮއްޔާއެކުގައި
ގެންދާ
އެއްޗެއް
މިހުންނާނީ
ތިރިނުބައްދާ
ހުންނަ
ލަންޓަނެއްގެ
ސިފައިގައި
ދިގު
ދަނޑިއެއްގައި
ލާފައެވެ
ހަތްއަޖައިބު
ނ
ގަދީމީ
ޒަމާނުގައި
މީހުން
ކޮށްފައިވާ
ބިނާތަކާއި
ހަދައިފައިވާ
ތަކެތީގެ
ތެރެއިން
އާދަޔާ
ޚިލާފުކަމަށް
ފާހަގަކޮށްލެވޭ
ބައެއް
ތަންތަނަށާއި
ތަކެއްޗަށް
ކިޔާނަމެއް.
މިތަންތަނާއި
ތަކެއްޗާމެދު
އެކި
މީހުންގެ
ޚިޔާލު
ތަފާތެވެ.
މިތާނގައި
މި
ފާހަގަކުރާ
ތަންތަނާއި
ތަކެތި
އެންމެ
ފުރަތަމަ
ފާހަގަކުރީ
ޢީސާގެފާނުގެ
052
އަހަރުކުރިން
ޞައިދާގެ
)މިހާރުގެ
ލުބުނާނުގެ
ދެކުނު
ރަށެއް(
އެއްޓިޕޭޓަރއެވެ.
(1)
މިޞްރުގެ
ޖީޒާގައިވާ
އަހުރާމުތައް.
މިތިން
އަހްރާމްތެރޭގައި
ހިމެނޭ
އެންމެ
ބޮޑު
އަހްރާމަކީ
ޢީސާގެފާނުގެ
0052
އަހަރު
ކުރިން
ބިނާކުރެވުނު
ޚޫފޫއަހްރާމެވެ.
މިއަހްރާމުގެ
އުސްމިނަކީ
084
ފޫޓު
11
އިންޗިއެވެ.
ހެދިފައިވަނީ
000 003 2
ހިލައިންނެވެ
ކޮންމެ
ހިލައެއްގައި
2/12
ޓަނުގެ
ބަރުދަން
ހުރެއެވެ
ހަތްއަޖައިބުގެ
ތެރެއިން
ހަލާކުނުވެ
މިވަގުތަށް
ހުރީ
ހަމައެކަނި
އަޙްރާމުތަކެވެ
(2)
ޢިރާޤުގެ
ބާބިލް
ސަހަރުގައި
އޮތ
ްސެމިރާމިސްގެ
އެލިފައިވާ
ބަގީޗާ
މިތަން
ހެދިފައިވަނީ
ޢީސާގެފާނުގެ
006
އަހަރުކުރިންނެވެ
(3)
ގްރީސްގެ
އޮލިމްޕިޔާ
ސަހަރުގައި
ހުރި
ޒިއަސްގެ
04
ފޫޓޫގެ
އުސް
ބުދު
މި
ބުދު
ހެދިފައިވަނީ
ޢީސާގެފާޏުގެ
ފަސްވަނަ
ސައްތައިގައި
ރަނާއި
އެތުދަތާއި
މަރުމަރު
ހިލައިންނެވެ
(4)
ކްލޯސަސް
އޮފްރޯޑްސްގެ
ނަމުން
މަޝްހޫރުވެފައިވާ
ހިލިއޫސް
)ނުވަތަ
އެޕޯލޯ(
ގެ
ބުދު
711
ފޫޓުގެ
އުސް
މިބުދު
ހެދިފައިވަނީ
ޢީސާގެފާނުގެ
082
އަހަރުކުރިންނެވެ
މި
ބުދު
ހަދައިފައިވަނީ
ލޮއިންނެވެ
(5)
އާޓިމިސްގެ
ފައްޅި:
މިތަން
ބިނާކުރެވުނީ
ޢީސާގެފާނުގެ
053
އަހަރުކުރިން
)މިހާރުގެ
ތުރުކީވިލާތުގެ(
އިޕިސަސް
ސަހަރުގައެވެ
(6)
މަޔޭ
ސޯލަސް
ދުރަސްގެފާނުގެ
މަޤްބަރާ:
331
ފޫޓުގެ
އުސް
މި
މަޤްބަރާ
ހެދުނީ
ޢީސާގެފާނުގެ
253
އަހަރުކުރިން
)މިހާރުގެ
ތުރުކީގެ(
ހެލިކާރުނާސަސްގައެވެ
(7)
އިސްކަންދަރިއްޔާ
ބައްތި:
054
ފޫޓު
އުސް
މި
ބައްތި
ހެދިފައިވަނީ
މިޞްރުގެ
އިސްކަންދަރިއްޔާގެ
އައްސޭރީގައިވާ
ކުޑަކުޑަ
ޖަޒީރާއެއްގައި
ޢިސާގެފާނުގެ
082
އަހަރުކުރިންނެވެ
މިބައްތި
ހަލާކުވީ
އެހިސާބަށް
އައި
ވަރުގަދަ
ބިންހެލުމެއްގައެވެ
ހަތްމުދި
ނ
ކުޑަކުދީންގެ
ޢުމުރުން
7
ވަނަ
ދުވަހު
ފައްޓަރު
ފަށެއްގައި
ނުވަތަ
ރޮއްޖެއްގައި
ލާފައި
ކަރުގައި
އަޅާ
ރަންރިހީގެ
ހަތްބޮޅު
ހަތްދަށުކުޅި
ނ
ރަސްކަމަށް
ކޮލިލާދުވަހު
ހަތްޖަހާފަދައިން
ހަތަރުކޮށީންމެޖަހާ
ހަތްޖަހާ
ބަޔަށްވުރެ
ދެރަ
ދަރަޖައިގެ
ދެމީހުން
ކުޅިއެއް
«
2
3
4
5
6
7
8
9
10
»