radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ދޭ
އމ
(1)
ދިއުން
މިބަހުގެ
އަމުރު.
(2)
ދިއުން
މިބަހުގެ
ވާކަން
ހިޔަނި
ނ
(1)
އަލީގައި
ހުންނަ
އެއްޗިއްސާއި
ގުޅިގެން
އެއެއްޗެއްގެ
ސިފައިގާ
ހުންނަ
އަނދިރިފަށް
މިހުންނާނީ
އަލިހުންނަ
ފަރާތްނޫން
އަނެއް
ފަރާތުގައެވެ
(2)
ކޮންމެ
އެއްޗެއްމެ
އަވީގައި
ނުވަތަ
އަލީގައި
ހުރީމާ
އެއެއްޗަކުން
އަނެއްފަރާތަށް
ގޮސްފައި
ހުންނަ
އަދިރި
(3)
މޫނުބަލާ
ލޯގަނޑުފަދަ
ތަކެތީން
އެފެންނަ
ސޫރަ
(4)
އެންދަމާދަލުގެ
ވަށައިގެން
ކައިރީގައި
ތަންކޮޅެއް
ގޮޅިބޮޑެތިކޮށް
ބަނދެފައި
އޮންނަތަން
(5)
ލޯގަނޑެއްފަދަ
އެއްޗަކަށް
އަލިއެޅުނީމާ
އެއިން
އަނބުރާ
ފޮނުވައިދޭ
އަލި
ހިޔާ
ނ
(1)
ވާރެޔާ
އަވީން
ރައްކާވެވޭ
ތަންތަން
(2)
އޮޑިދޯނިފަހަރުގެ
ކުނބުކަތްޕާ
ކުންބާ
ދޭތެރޭ
ދެފުރާޅު
ލައިފައި
ހަދައިފައި
ހުންނަގެ
(3)
މަޖާޒު:
މީހެއްގެ
ފަރާތުން
ލިބޭ
ރައްކާތެރިކަން
(4)
އެހީތެރިކަން
ހީރާންސި
ނ
ފައްތުފިލާގެ
ދަށުން
ބޮޑުފަށްގަނޑުގެ
ފަހަތުކޮޅުގައި
ހުރަހަށް
ކަނޑައި
ފައްތާފިލާ
މިއީ
ބޮޑުފަށްގަނޑު
ފޭވިޔަނުދޭން
ހަރުކުރާ
ފިލައެވެ
ހީވަނީ ބަނޑުފުރިއަރައިދާނެހެން
(މިސާލުބަހެއް)
ދުވާވަހެއްގެ
މީރުކަން
ދޭހަކޮށް
ދިނުމަށް
ބުނެއުޅޭ
ބަހެއް
ހީވަނީކަފުލޯދުންމާރިއެއްގެ އަޑުހެން
(ގބ)
(މިސާލުބަހެއް)
އަޑުގެ
ހިމަކަމާއި
ރީތިކަމާއި
ތޫނުކަން
ދައްކައިދޭން
ބޭނުންކުރާ
ބަހެއް
ހީޓަރު
ނ
އެއްޗެއް
ނުވަތަ
ތަނެއް
ހޫނުކޮށް
ބަހައްޓައިދޭ
އާލަތެއް
ހުހިވައް
ނ
މޫދުގައި
އުފެދޭ
ނުހަނުލުއި
މަޑުއެއްޗެއް.
މީގެ
އެތެރޭގައި
ވަރުވަރުގެ
ލޯވަޅުތައް
ތޮރުފިފައި
ހުންނާނެއެވެ.
ބޭރުގައި
ހުންނަ
ކުރަކި
ކަމަކާއި
ތޫނުކަމަކުން
އެއްޗެހި
އުނގުޅައި
ސާފުކުރުމަށާއި
ގައި
އުނގުޅުމަށް
ގެންގުޅެއެވެ
ހުނގުގަސް
ނ
އިރުމަތީގެ
ޤައުމުތަކުގައި
ހެދޭ
ކެރެޓްއާއިލާގެ
ގަހެއް
މިގަހުން
ނުބައިވަސްދުވާ
ތަތްކިރެއް
ނެގެއެވެ
އެކިރަކީ
ބޭހަށް
ބޭނުންކުރާ
އެއްޗެކެވެ
އެއަށް
ކިޔަނީ
ހުނގެވެ
ހުނިގޮނޑިފިލާ
ނ
ހުނިގޮނޑި
ތިލަހެން
ފަތްހުންނަ
ވެލަށްހެދޭ
ފަތްޕިލާ
ވެއްޔެއް
މިއީ
ވިނައިގެބާވަތެކެވެ
މިފަތް
ދިވެހިބޭހަށް
ބޭނުންކުރެވެއެވެ
ހުންބޭސް
ނ
ހުމަށްދޭން
ހަދައިފައި
ހުންނަބޭސް
ހުންގާނުގެ
ނ
އޮޑިފަހަރާއި
ބައްތެލިފަހަރުގެ
ކުޑަހިޔަލާ
ހުންގާނާ
ދޭތެރޭ
ހިޔާކޮށްފައި
ހުންނަގެ
ހުންޑީ
ނ
އަނެކާގެ
ހަވާލުގައި
ހުންނަ
ތިމާގެ
ފައިސާ
ދިނުމަށް
ދޭ
ސިޓީ
ހުރާގޭދަރިކޮޅު
ނ
ރާއްޖެ
އިސްލާންވީފަހުން
ހަތްވަނަޔަށް
ރާއްޖޭގައި
ރަސްކަންކުރި
ޢާއިލާ
މި
ޢާއިލާގެ
ފުރަތަމަ
ރަސްކަލަކީ
ހުރާ
ދޮންމަރުދުރު
ފަޑިއްތަކުރުފާނުގެ
ޙުސައިން
ދަހަރާ
ތަކުރުފާނުގެ
މުޙައްމަދު
ފާމުލަދޭރި
މަނިކުފާނުގެ
ދަރިކަލުން
އަލްޣާޒީ
ޙަސަން
އިއްޒުއްދީނު
ދޮންބަންޑާރައިންނެވެ
މިޢާއިލާއިން
ތޭރަ
ރަސްކަލުން
ރަސްކަން
ކުރެއްވިއެވެ
ހުރެ
އ
(1)
ހެދި
މިބަހުގެ
މާނަ
ދޭހަވަނީ
އެހެން
އެއްޗަކާއި
ގުޅުވައިގެން
ބުނީމައެވެ
މިސާލު:
މަދިރިޔާ
ހުރެ
ނިދޭކަށް
ނެތެވެ
(2)
)ގ (
ރޫ
ހުޅަނގުވިނަ
ނ
ހުޅަނގު
މޫސުމަށް
މާ
ވަރުގަދަޔަށް
ހެދޭ
އިރުވައިވީމާ
މުޅިން
މަރުވެގެންދާ
ވިނަ
ހުޅުނބުފިލާ
ނ
ފަތްޕިލާވެއްޔެއް
މިއީ
ވިނަހުންނަ
ތަންތާ
ގައި
ހެދޭގަހެކެވެ
މީގެ
ފަތްހުންނާނީ
ކޮޅުވައްކޮށް
ކުދިކުދި
ކޮށެވެ
ފަތްބުރަނދަގޮޑީފަތާ
ވަރަށް
ވައްތަރުވާނެއެވެ
މިފަތުގެ
ދިޔަ
ދުޅަވާތަންތާގައި
ވަށައެވެ
ހުޅުބަލިފެލާ
ނ
)ޏ.ސ.(
ޗަސްބިމުގައި
ހެދޭ
ވިނައެއް
)މިވިނަގަސް
ހެދެނީ
ބަދަބަދައަށެވެ.
ވެލެއްހެން
ހެދޭ
މިވިނަގަސް
ބިންމަތީ
ދުވަމުން
ދާއިރު
ބަދަވަޅުތަކުން
މޫފައިބަމުންދާނެއެވެ
މިއީ
ވަރަށް
އަވަހަށް
ހެދޭ
އަދި
ގިނަވާ
ވިނައެކެވެ
މިގަސް
ބިމުން
ލުހެލަން
އުޅެފިނަމަ
ބަދަވަޅުތަކުން
ބިންދަ
ބިންދައިގެންދާތީ
"ހުޅުބަލިފެލާ"
އޭކިޔަނީއެވެ
ހުކުރު ހިނގުން
ނ
އިހުގައި
ނަމާދުނުކުރާ
މީހުންނާއި
ހުކުރަށް
ނުދާމީހުން
ބެލުމަށް
ހުކުރުދުވަހު
ހަވީރު
ފަނޑިޔާރުގޭގެ
ނާއިބުބޭކަލަކާއި
ދޭވާންޏަކާއި
މަޖިލީހަށް
އަރާ
ބޭކަލަކާއި
ދުއްރަހިފައިގެން
ކޮލިހިނގާމަގު
ވަށައިގެން
ހިނގައިއުޅުނު
ހިނގުމެއް.
މިގޮތަށް
ހިނގާއިރު
މަގުމަތިން
ފެންނަ
ފިރިހެނުންކުރެން
ހުކުރައްދިޔަތޯއާއި
ނަމާދުކުޅަތޯ
އަހައި
ނޫންކަމަށްވާނަމަ
އެމީހުން
ތަޢުޒީރުކޮށްހަދައެވެ
ރާއްޖެތެރޭގެ
ރަށްރަށުގައި
ވެސް
ނައިބުންގެ
ފަރާތުން
މިކަން
ކޮށް
އުޅުނެވެ
ހުކުރު ހެދުން
ނ
(1)
ހުކުރަށްދާން
އަޅާ
ހެދުން
(2)
މަޖާޒު:
އަވަހަށް
ބަދަލުވާ
ބަދަލުވުމާމެދު
ދޭމިސާލެއް
މިސާލު:
އިރުވައި
ވިއްސާރައެކޭ
ހުކުރު
ހެދުމެކޭ
އެއްގޮތެވެ
ހުކުރެދި
ނ
ބޭހަށް
ބޭނުންކުރާ
ފަތްޕިލާވެއްޔެއް
މިއީ
ގާތްގަޑަކަށް
ދެފޫޓުބަޔަށް
ހެދޭގަހެކެވެ
ފަތްތައް
ހުންނާނީ
ކުރަދިފަތާއި
ވައްތަރުކޮށް
އެއަށްވުރެ
މާތުނިކޮށެވެ
«
2
3
4
5
6
7
8
9
10
»