radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
އޭނާ
ނ
އެމީހާ
ތިންމައިން
ނ
މަންމައަކާއި
އޭނާގެ
ދެދަރިން
)މުސްކުޅިބަހެއް(
އެމީހެއްގެ
ދަރިއަކު
ނުވަތަ
ނުވަތަ
އެމީހަކު
ލޯބިވާ
މީހަކު
ކިތަންމެ
ވިޔާނުދާ
ކަމެއް
ކުރިކަމުގައިވިޔަސް
އެކުރީ
ވިޔާނުދާކަމެއް
ކަމަށް
އެމީހާއެއް
ނުދެކޭނެ
ކަމާ
އަދި
އޭނާގަބޫލުކުރާ
ގޮތުން
އޭނާގެ
ދަރިއެއް
އެފަދަ
ވިޔާނުދާކަމެއް
ނުކުރާނެކަން
ބަޔާންކުރުމަށް
ބުނެއުޅޭބަހެއް
ތިމާގެ
ދަރި
ތިމާއަށް
ދޮންފުތު
ވާނެއެވެ
ތޯއްޗެއް
އ
ފޫހިކަމާއި
ފަރުވާ
ކުޑަކަން
އަންގައި
ދިނުމަށް
ބޭނުންކުރާ
ބަހެއް
މިސާލު:
އޭނާފުރީތޯއްޗެއް
ލައް
ނ
(1)
ކިހަށްޑިޔަ
ފަދަ
އެއްޗެހި
ޖެހިގެންވާ
ހަޑި
(2)
މޭވާ
ފަދަ
އެއްޗެހީގެ
ބޭރުތޮށިގަނޑުން
ފާޅުވާ
ކަޅުކުލައިގެ
ތަންތަންކޮޅު
(3)
ބައެއް
މަސްމަހާ
މެއްސާއި
ބައެއް
ޖަނަވާރުގެ
ހަމުގައި
ހުންނަ
ކުލަކުލައިގެ
ތަންތަންކޮޅު
(4)
މަޖާޒު:
ކުރާ
ހިތިއަސަރެއްގެ
ނުވަތަ
އުފެދޭ
ދެކޮޅުވެރިކަމުގެ
ސަބަބުން
ހިތުގައި
އުފެދޭ
ހިތި
އަސަރު
(5)
އަބުރު
ގެއްލޭފަދަ
ކަންކަމުން
ލިބޭ
ހުތުރުނަން
މިސާލު:
އެއީ
އޭނާގެ
އަބުރުގައި
ޖެހުނު
ލައްގަނޑެކެވެ
ލިހިލިހި
ކއ
ނޭވާ
ހޮޅިއަށް
އެޅިފައި
މިސާލު:
އޭނާއޮތީ
ނޭވާޔަށް
އުނދަގޫ
ވެގެންގޮސް
ލިހިލިހިއެވެ
ލުމަ
ނ
(1)
އުއިކޮށާ
ނުވަތަ
ރޮދިއޮޅާ
ސަރަކައިގެ
ފޯއްޔެއް
ނއ
(2)
ތެދަށްހުރި
އެއްޗެއްކަން
އަންގައިދިނުމަށް
ބުނާ
ބަހެއް
މިސާލު:
)ހ(
ތެދުލުމައެއް
ހެން
ހުރި
ރުކެއް
)ށ(
އޭނާގެ
ހަށިގަނޑު
ހީވަނީ
ތެދުލުމައެއްހެންނެވެ
ލެއިނާރު
ނ
)ސ (
(1)
ލޭހިނގާ
ހޮޅި
(2)
ރަތްކުލައިގައި
ހުންނަ
ހިމަނާރު
މިސާލު:
އޭނާގެ
ލޮލުން
އެހެރީ
ލޭނާރު
ހިލިފައެވެ
ގަނޑު
ނ
(1)
އެއްޗެއް
ދެރަކޮށްލުމުގެ
ގޮތުން
ބުނާބަހެއް.
މިސާލު:
މުންޑުގަނޑު.
(2)
މުޅި
އެތިކަން
އެންގުމަށް
ބުނާ
ބަހެއް.
މިސާލު:
ކެޔޮގަނޑު.
(3)
އަންހެނުންނާއި
ޅަދަރިންނަށް
ލޯބިން
ވަކިނަމަކާ
ގުޅުވައިގެން
ކިޔާ
ނަމެއް.
މިސާލު:
)ހ(
ލޯބިގަނޑު.
)ށ(
ކުއްޖާގަނޑު.
(4)
ހަށިގަނޑުގެ
ލޭ
ނުބައިވުމުގެ
ސަބަބުން
ދުޅަވާ
މުލިހި
ފާޑުގެ
ތަނެއް.
މިސާލު:
އޭނާގެ
އުކުޅުވަޅުގައި
ގަނޑެއް
ނަގައިފިއެވެ.
(5)
ލަކުޑިން
ހަދައިފައިވާ
އެއްޗެއް
މަރާމާތު
ކުރުމަށާއި
އަދި
މިނޫންވެސް
ގޮތަކުން
ލަކުޑިގަނޑަކަށް
ގުޅާލާ
ލަކުޑީގެ
ބައި.
(6)
ވަކި
ސަރަހައްދެއް
ކަނޑަ
އެޅުމުގެ
ގޮތުން
ބުނާ
ބަހެއް.
މިސާލު:
ތަންގަނޑު
މީހުން.
(7)
އެއްޗެއްގެ
ބައެއްކަން
ދޭހަކޮށްދިނުމަށް
ބުނާ
ބަހެއް.
މިސާލު:
މަސްގަނޑު.
(8)
ތަގަރި.
(9)
ފިނިވެގެން
ގޮސް
ވާހަރު.
)01(
ގަނޑުފިއްލާ
ކުޅޭއިރު
ފިލުވައި
ނިވާކޮށްފައި
އޮންނަމީހާ
(11)
ބައެއް
ކުޅިވަރު
ކުޅުމަށް
ބުނެއުޅޭ
ބަހެއް
މިސާލު:
)ހ(
ރާޒުވާ
ގަނޑެއް
ޖަހައިލުން
)ށ(
ތާސްގަނޑެއް
ޖަހައިލުން
(21)
ކަރުދާސްއަރި
މިސާލު:
ކަރުދާސްގަނޑު
ގަނޑުފިއްލާކުޅުން
މ
"ގަނޑުފިއްލާ"
އޭ
ކިޔާ
ކުޅިވަރު
ކުޅުން.
މި
ކުޅިވަރު
ކުޅޭ
ގޮތަކީ
ކުޅޭ
މީހުން
ދެބަޔަކަށް
ބަހައި
ކުރިން
ގަނޑުއަޅަން
ދާމީހުންގެ
ތެރެއިން
އެކަކު
ގަނޑަކަށް
ހަދަން
ކަންނެޔޮތަކާ
ބާލީސްތައް
އޭނާގެ
ގައިމަތީ
ބަހައްޓައި
އެއްޗަކުން
ނިވާކޮށް
އެބައިގެ
އެހެން
އެންމެން
ފިލާ
ތިބެފައި
އަތްތިލަބަޑި
ޖެހީމާ
އަނެއްބައިގެ
މީހުން
އައިސް
ގަނޑަށް
ގޮވައި
މިވެނި
މީހަކު
ތެދުވާށޭ
ބުނުމުން
ދިމާވެއްޖެނަމަ
ތެދުވަނީއެވެ
ދިމާ
ނުވެއްޖެނަމަ
ލަނޑެއް
ދެވުނީއެވެ
ގަދަހާލަކު ފިނދެއް ނުހުންނާނެ
)މުސްކުޅިބަހެއް(
ކަމަކަށްމޮޅު
މީހެއްގެ
އަތުގައި
އެކަމެއްގެ
ސާމާނުނެތަސް
އެއީ
އޭނާގެ
ދެރަކަމެއް
ނޫންކަން
އެންގުމަށް
ބުނެއުޅޭ
ބަހެއް
ގަޔަށްއަތްލުން
މ
އަނެކެއްގެ
ނުރުހުމުގައި
އޭނާގެ
ގައިގައި
އަތްލުން
ގިރުވުން
މ
ގިރުން
މިބަސްކުރުމާއި
ކުރުވުމުގެ
މާނައިގައި
ބުނާގޮތް
މިސާލު:
)ހ(
އޭނާލައްވައި
ފަނިތަށި
ގިރުވައިލާށެވެ
)ށ(
މިއުޅެނީ
މިކުލަކޮޅު
ފެނަށް
ގިރުވައިލާށެވެ
ގިތެޔޮއެޅިގުޅިއަކުންވަހެއްނުފިލާނެ
)މުސްކުޅިބަހެއް(
ތިމާ
ކުރަމުން
އައި
ކަމެއް
ކުރުން
ހުއްޓާލިޔަސް
އެކަމަކަށް
ބޭނުންކުރި
ތަކެތި
ކޮންމެވެސް
ވަރަކަށް
ހުންނާނެކަން
އެންގުމަށްޓަކައި
ބުނެއުޅޭ
ބަހެއް
މިސާލަކަށް:
ރީތިކޮށް
ލިޔާމީހަކު
ލިއުން
ހުއްޓާލިއަސް
އޭނާގެ
އަތުގައި
ގަލަމެއް
ޖަހާނެ
އޮނުކޮޅެއް
އޮތުން
އެއްތެޔޮ
ފުރާމީހަކު
އެމަސައްކަތް
ހުއްޓާލިޔަސް
އޭނާގެ
އަތުގައި
އެއްތެޔޮ
ކޮޅެއް
އޮތުން
ގުނބޯ
ނ
(1)
ހިރަފުސް
ވެލި
ހުންނަ
ތަންތާނގައި
ވަޅުލެވިގެންއުޅޭ
ގަދަ
އަޅިކުލައެއްގެ
ފަނިފަކުސައެއް.
(2)
ޙާޞިލުނުވާނެ
ކަންތައްތަކެއްގެ
އުއްމީދުގައި
އޭނާ
ހައްދައިގެން
އުޅޭ
ބަހަށް
ހެއްލިގެން
އުޅޭމީހާ
(3)
އެއްވެސް
ހަރުދަނާކަމެއްނެތި
އުޅޭ
މީހާ
ގެނބިގަތުން
މ
(1)
ފެންގަނޑެއްގެ
ތެރެއަށް
ގަސްތުގައި
ފެތިގަތުން
(2)
މަޖާޒު:
ކަމެއްގެ
ތެރެއަށް
ގަޔާވެގެން
ވަދެގަތުން
މިސާލު:
އޭނާ
އިނީ
އެފޮތުގެ
ތެރެއަށް
ގެނބިގެންނެވެ
ގެނައުން
މ
(1)
ދުރުގައި
ހުރި
އެއްޗެއް
ކައިރިކުރުން.
(2)
ދުރުގައި
ހުރި
މީހަކަށް
އެންގުމުން
އޭނާ
އައުން
ގޮށްފިލުން
މ
ގޮށްެނެތުން
މިސާލު:
މިހާރު
އޭނާގެ
ބޮލުގެ
އިސްތަށިގަނޑުން
ގޮށްފިލައިފިއެވެ
ސަޔަށްރިހުން
މ
މަޖާޒު:
ބަލިވެ
އިންނަމީހާ
ވިހެއުމުގެ
ދުވަސްވަރު
ކައިރިވެގެން
އަންނައިރު
ވިހެއުމުގެ
ރަނގަޅު
ރިހުމަކަށް
ނުވެ
އޭނާގެ
ބަނޑުގައިރިއްސާ
ރިއްސުން
ސިކަންދަރު
ނ
(1)
ދުނިޔޭގެ
މަޝްހޫރު
ހަނގުރާމަވެރި
ފާތިޙުންގެ
ތެރެއިން
އެއްބޭފުޅެއްގެ
ނަންފުޅު
މީނާ
ދުނިޔޭގައި
އުޅުއްވީ
އީސާގެފާނު
ދުނިޔެއަށް
ވަޑައިގަތުމުގެ
ކުރިން
323
ން
653
އަށެވެ
މިޞްރުގެ
އިސްކަންދަރިއްޔާ
ބިނާކުރެއްވީ
އޭނާއެވެ
އަވަހާރަވީ
ޢިރާޤުގެ
ބާބިލްގައި
ގަދަ
ހުންފުޅެއްގައެވެ
(2)
ބެރު
ވާންކުރުމަށްޓަކައި
ޓިނބުލީގެ
ބަދަލުގައި
ނަނުން
ފުރާފުރުމެއް
ސުޓޫޑިއޯ
ނ
(1)
ކުރެހުންތެރިއަކު
ނުވަތަ
ފޮޓޯ
ނަގާމީހަކު
ނުވަތަ
ލަވަ
ކިޔާ
މީހަކު
ނުވަތަ
ނަށާމީހަކު
އޭނާގެ
އެ
މަސައްކަތް
ކުރާތަން
(2)
ފިލްމް
ނެގުމަށް
ޚާއްސަކޮށް
ހަދައިފައި
ހުންނަ
އިމާރާތް
(3)
އަޑު
ރެކޯޑުކުރާ
ކޮޓަރި
(4)
ޓެލެވިޜަނުން
ދުރަށް
ދައްކާ
ނުވަތަ
ރޭޑިޔޯއިން
ދުރަށް
އަޑު
ފޮނުވާތަން
«
2
3
4
5
6
7
»