radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ބާ
ނ
(1)
ތާނާއިގެ
ފަސްވަނަ
އަކުރަށް
ކިޔާނަން.
ނއ.
(2)
ބައު.
(3)
އާކަމުގެ
އިދިކޮޅު.
(4)
ގިނަދުވަސްވެފައިވާ.
(5)
ގެންގުޅެފައިވާ.
(6)
ނ.
ލަކުޑިއަށް
ގެއްލުމެއް
ލިބިގެން
ހެދޭ
ހޮއި
ނުވަތަ
ވާ
ފީ.
(7)
އެއްޗަކަށް
ގެއްލުމެއް
ލިބިގެން
ފޫގޮސްފައިވާ
ލޯވަޅު.
(8)
އަންހެންލޯފިނދު.
(9)
ކުޑަކުދިންގެ
ބަހުގައި
ކީރިތި
ޤުރުއާން
ނުވަތަ
ލިޔެފައި
އޮންނަ
ކޮންމެ
އެއްޗެއް.
)01(
ބައެއް
ސުއާލު
ކުރާއިރު
ފަހަތަށް
ގެންނަ
އަކުރެއް.
މިސާލު:
މިގޭގައި
މީހަކުއުޅޭބާ
ގަންނާނެއްބާ
ކުޅީކުކުޅު
ނ
އެއްގަމު
ދޫނީގެ
ބާވަތެއް.
މިއީ
ވަލުގައި
އުޅޭ
ދޫންޏެކެވެ.
މިދޫނީގެ
ސިފަ
އެންމެ
ވައްތަރީ
ދިވެހި
ކަނބިއްޔާއެވެ.
ދޫނީގެ
ކުލައަކީ
ދޮން
ރީނދޫކުލައެވެ.
ދޫނީގެ
ފަތް
ހުންނަ
ކުލައާއި
ކުރެހުން
ސިފަކޮށްދައްކަނީ
"ދޮންމިރުސް
ކުކުޅާ"
އެއްކަހަލަ
ގޮތަކަށެވެ.
ތުނބާއި
ފައި
ހުންނަނީ
ދޮންކުލައިގައެވެ.
ބައެއް
ކުކުޅު
ހާލުގައި
ހުންނަ
"ގޮށްކެޔޮފޮތި"
ކަހަލަ
ތަންކޮޅެއް
ތުނބުގެ
މަތީކޮޅުގައި
ހުރެއެވެ
ކުޅުދުއްފުށީރޯނު
ނ
ތަންކޮޅެއް
ޅަކޮށް
ހިމަކޮށް
ވައުއަޅާން
ކަމުދާގޮތަށް
ވަށައިފައި
ހުންނަރޯނު
މިހުންނަނީ
ބާރަ
ފޯލީން
ބޮނޑިބަނދެފައެވެ
މިރޯނުގިނައިން
ވަށައިއުޅެނީ
ކުޅުދުއްފުށީގައެވެ
ކުކުޅަށްވުރެ ބިސްދޮށިވުން
)މިސާލުބަހެއް(
ތިމާޔަށް
ވުރެ
ކަމަށް
އެކަށީގެންވާ
މީހުން
ތިއްބާ
އެކަމަށް
އިސްވެގަނެގެން
އުޅުން
ކުކުޅުކާށި
ނ
ވާރުނެގި
ޒަމާނުގައި
ވާރަށް
ނަގާ
ކުކުޅަށް
ކާންދިނުމަށްޓަކައި
ކޮންމެ
ކުކުޅަކަށް
ބާރަކާށިމަގުން
ރަށްރަށުން
ނަގާ
އުޅުނުކާށި
ކުކުޅުފައިފިލާ
ނ
ބޭހަށް
ބޭނުންކުރާ
ފަތްޕިލާވެލީގެ
ބާވަތެއް
މިއީ
އެއްތަންޑުގަނޑަކަށް
ހެދޭ
ގަހެކެވެ
މީގައި
އަޅަނީ
ރީނދޫކުލައިގެ
މަލެކެވެ
މިގަހުގެ
ފަތުގައި
ކެހެރި
ގޮތެއް
ހުންނާނެއެވެ
ފަތް
ހުންނަނީ
ފަސްތުނޑަކަށް
ކުކުޅުފަޔާއި
ވައްތަރު
ގޮތަކަށެވެ
ކުކުޅުދުށިން
ނ
)ޅ (
ދުށިމުގެ
ބާވަތެއް
މިއީ
ފިނދުފަތް
ފެޅި
ހިސާބުގައި
ހުރަހަށް
ހުދު
ބަންދެއް
ހުންނަ
ދުށިމެކެވެ
ބަނޑުދަށް
ފަރާތް
ހުންނާނީ
ކަޅުކުލައިގައެވެ
އާދައިގެ
ދުށިންމަށްވުރެ
ތަންކޮޅެއް
ބޮޑުވާނެއެވެ
ކުކުޅުލޯ
ނ
)ޅ (
ނިލަމެހީގެ
ބާވަތެއް
މިބާވަތުގެ
އެން
ހުންނަނީ
ދޮން
ކުލައެއްގައެވެ
މިމަހުގެ
ލޯ
ކުކުޅުގެ
ލޮލާ
ވައްތަރުވާނެއެވެ
ކުއްލާބުތެލި
ނ
އިހުގައި
ރޯދަމަހު
ކޮންމެ
ދުވަހަކު
އިރު
އޮއްސޭއިރަށް
ގަނޑުވަރުތެރޭ
ކުއްލާބުގެއަށް
ފޮނުވާ
ކަލިޔާ
ބިރިންޖީތެލި.
މިތެލީގައި
ވިހިނާޅި
ހަނޑުލުގެ
ބަތާއި
އެޔާވާނެ
ގުޅަމަހާއި
ހަކުރާއި
ލޮނުލުނބޯ
ހުންނާނެއެވެ.
މިއީ
އަތޮޅު
އަތޮޅު
ދެއްވައިފައި
ތިއްބަވާ
ބޭކަލުންނާއި
ބޮޑެތި
ފަޅު
ރަށްރަށް
ދެއްވައިފައި
ތިއްބަވާ
ބޭކަލުން
ފޮނުވަންޖެހޭ
ކެއުމެކެވެ.
މިފޮނުވާނީ
އެކިދުވަހު
އެކި
ބޭކަލުންނެވެ.
މިއީ
ގަނޑުވަރުތެރޭގައި
އުޅޭ
މީހުންނަށް
ދޭ
ކެއުމެކެވެ
މިކެއުން
ގެންދާއިރު
ލިބުނު
އެންމެ
ބޮޑު
ކުރުނބާ
އިހަލެއް
ގެންދާނެއެވެ
މިކުރުނބާއިހާ
ދަނޑި
މާރުލައިގެން
ގެންދަނިކޮށް
ފަގީރުކުދިން
މިއިހާ
ކަނޑައިލައިގެން
ބަހައިލުމީ
ހުއްދަކަމަކަށްވާތީ
ވަރަށް
މަދު
އިހަލެއްނޫނީ
ގަނޑުވަރުތެރެޔަށް
ގެންދެވޭ
ކަމަކަށް
ނުވެއެވެ
ކުވާލި
ނ
ވާލީގެ
ބާވަތެއް
މިބާވަތުގެ
ވާލީގެ
ބަނޑުދަށުގައި
ކުދިކުދި
ލޮނދި
ހުޅުނބުތަކެއް
ހުންނާނެއެވެ
ކުމުންޒާނި
ނ
ހުވަނދު
ބޭހުގެ
ބާވަތެއް.
މިއީ
ގަހެއްގެ
ކިރެކެވެ.
މިހުންނަނީ
ނީކުނޑި
ކުލައިގައެވެ.
ދުންއަޅާށާއި
އަތަރު
ހަދަންވެސް
ބޭނުންކުރެއެވެ
މީގެ
ދުމުގައި
މީރުވަސް
ދުވައެވެ
ކުފިބޮލި
ނ
ބޮލީގެބާވަތެއް
މިބޮލީގެ
ކުލަޔަކީ
ފަނޑު
ކިސަޑު
ކުލައެވެ
މީގައި
ކުދިތިކިތަކެއްހެން
އުފުލިފައި
ހުންނަ
ތަންތަން
ކޮޅު
ހުރެއެވެ
އެތަންތަންކޮޅުގެ
ކުލަބޮލީގެ
ކުލަޔަށްވުރެ
ތަންކޮޅެއް
ކުލަގަދައެވެ
މިބޮލީގެ
ދެކޮޅުގައި
ކަޅުކުލައިގެ
ދެތިކިހުރެއެވެ
ކުދިންކުޅޭކަށިކެޔޮ
ނ
(1)
ވިނައިގެ
ބާވަތެއް
މީގެ
ފަތް
ވައްތަރުވާނީ
މިރުސްފަތާއެވެ
(2)
މިވިނައިގައި
އަޅާވަކި
މިހުންނަނީ
ފެހިކުލައިގައި
ވަށްކޮށް
ކުރަކި
ކޮށެވެ
ކުދިރެވި
ނ
ރެވީގެ
ފުއްކުދި
ބާވަތް
ކުދިބަތް
ނ
ގޮވާމުގެ
ބާވަތެއް.
މިގަންނަނީ
ނާބަންނަހުއީގެ
މާގަނޑުކަހަލަ
ރީތި
އެއްކޮޅަކަށް
ހިމަކުރާ
ގަނޑެއް
ގައެވެ
ކުދިކިޔެވެނިން
ނ
ކަނބާ
ޒިޔާރަތުގެ
ފަސް
ކިޔެވެނިންނާއި
އެތެރެ
ކޮއިލު
މިސްކިތު
ޒިޔާރަތުގެ
ފަސް
ކިޔެވެނިން
ކުދިފިޔާ
ނ
ފިޔާގެ
ކުދިބާވަތް
ކުދިދުންފަތް
ނ
(1)
ދުންފަތުގެ
ބާވަތެއް
މިއީ
ބޮޑުދުންފަތާ
ޚިލާފަށް
ފަތްބޯ
ދުންފަތެކެވެ
ފަތްހުންނާނީ
ވަށްކޮށް
ކުދިކޮށެވެ
މިއީ
ޢާންމުކޮށް
ދުފަން
ބޭނުންކުރާ
ދުންފަތެކެވެ
މީގެރަހަ
ގަދަވާނެއެވެ
(2)
ދުފާފަތް
(3)
ކުދިފަތް
ކުދުފުއްލާ
ނ
)ސ (
ފޫއެނބުރީގެ
ބާވަތެއް
މިއީ
ހިމަކޮށް
ގާތްގަނޑަކަށް
6
އިންޗި
4
އިންޗި
ހާދިގު
ކޮށް
ބަދަބަދައަށް
ހުންނަ
ފޫއެނބުރިއެވެ
މީގައި
ރީތި
ކުރެހުމެއް
ހުރެއެވެ
އެކި
ތަންތަނުގައި
ހުންނަނީ
އެކިކުލައެވެ
ކުލަނބު
ނ
)ބދ (
ޖަވާހިރުގެ
ބާވަތްތަކުން
ހަދައިފައި
ހުންނަ
އެސް
ކުލަކޮކާމަސް
ނ
ކޮކާމަހުގެ
ބާވަތެއް.
މިއީ
ފަރުފަޅުތަކުގެ
ބޭރުމަތީގައްޔާއި
ގުންޑޮޅިތަކާ
ފަރުގައި
އުފެދިފައިހުންނަ
ހޮހަޅުތަކުގައި
ދިރިއުޅޭމަހެކެވެ.
މުޅިމަހުގެ
ހުރަހަށްވާގޮތަށް
ދޮންނާރިނގުކުލައާއި
ހުދުކުލައާއި
ނޫކުލައިގެ
ރޮނގުތަކެއް
ހުރެއެވެ
މަހުގެ
ނިގޫ
ފަތާއި
ކުޑަ
ކޮތަރިބައިގެ
ކުލައަކީ
ރީނދޫ
ކުލައެވެ
«
55
56
57
58
59
60
61
62
63
»