radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ނ
އކ
ތާނައިގެ
ތިންވަނަ
އަކުރު
ހަތިމައު
ނ
)ސ (
މުރަކައިގެ
ބާވަތެއް
މި
ވައްތަރުވާނީ
މާގަނޑުކޮޕީއާއެވެ
މީގެ
ކުލައަކީ
މުށިކުލަށެވެ
މި
މުރަކައެކޭ
އެއްގޮތަށް
މުރަނަވާނެއެވެ
ހަތިމާ
ނ
)ސ (
ފަރުމަތީ
ބޮޑެތި
ގާތަކުގެ
ތެރޭގައި
ރޯގަހަކާ
ވައްތަރަށް
މަތިފުޅާކޮށް
ފަތާކޮށް
ހެދޭ
ގަލެއް
ހަތިފަށް
ނ
(1)
ބައެއް
ޒާތުގެ
ކެޔޮޅުކަމުގޮސް
ނަނު
ނުވަތަ
ހެތުރު
ފައްތައިފައި
އޭގައިޖަހާ
ހިމަ
އެތިފަށް
މިހުންނާނީ
ދޯނިން
ބޭރަށް
ދަނޑިބުރިއެއް
ދިއްކޮށްފައި
އޭގައި
އެއްކޮޅު
ބައްދައިފައި
އަނެއްކޮޅު
ހެތުރުގައި
ބައްދައިފައެވެ
(2)
ރޯނުގަނޑެއްގެ
އެއްކޮޅު
ބޮޑުގަލެއް
ނުވަތަ
ތުން
ބަނދެފައި
އޮންނަ
ވެލިގޯންޏެއްގައި
ބައްދައި
އަނެއްކޮޅު
ދޯނިއަޅާ
ވަލުގައި
ބައްދާ
އެތިފަށް
ހަތިޔާރުބެހެއްޓުން
މ
ހަނގުރާމައިގައި
ދެރަވިބަޔަކު
ބަލިވިކަން
ޤަބޫލުކޮށް
އަމާންދިނުން
ހަތުރަނބި
ނ
(1)
ދެވަނަ
އަނބި
(2)
ހަނގުއަނބި
ހަތުރު
ނ
(1)
ދުޝްމިނު
(2)
ޢަދާވާތްތެރިޔާ
(3)
ދެކޮޅުވެރިޔާ
ހަތުރުންބައޯގަ
ނ
ދުޝްމިނުން
ދެރަކުޅައުމަށް
ކަންތައް
ކުރަންވީ
ސާޢަތް
ހަތުރުކަން
ނއނ
(1)
ދުޝްމިނުކަން
(2)
އަދާވާތްތެރިކަން
ހަތުރުވެރިކަން
ނއނ
(1)
ދުޝްމިނުކަން
(2)
އަދާވަތްތެރިކަން
ހަތުރުވެރިވުން
މ
(1)
ދުޝްމިނުވުން
(2)
ޢަދާވަތްތެރިވުން
ހަތެއް
ނ
ގުނުމުގެ
ހަތްވަނަ
އަދަދު 7
ހަތެފައިތާޅަ
ނ.
(ގ)
ހަތްފައިތަޅާ
ހަތޭލި
ނ
ހަތޭލިކަށިން
ފަހާއިރު
އަތް
ތިލައަށް
މަހަށް
ހަމުން
ހަދައިފައިވާ
އެއްޗެއް
ހަތޭލިކަށި
ނ
ނާފަހަރުގެ
ރިޔަލާއި
ސަތަރިއާއި
ގޯނިފަދަތަކެތި
ފަހަން
ގެންގުލޭ
ފަގަ
ހުންނަ
ކައްޓެއް
މީގެ
ތުނޑަށްވީކޮޅު
އޮންނާނީ
ތިން
އަރިއަށް
ވާގޮތަށް
ކުޑަކޮށް
ފަތާކޮށެވެ
ތުނޑު
ހުންނާނީ
ކުޑަގޮތަކަށް
މައްޗަށް
ޅެނބިފައެވެ
ހަތް
ނ
(1)
ރަސްކަމުގެ
ޢިއްޒަތަށްޓަކައި
ގެންގުޅޭ
މަތިހަމަޔަށް
ހުންނަ
ހުދުކުލައިގެ
ވިހޭފަށްލީ
ކުޑައެއް
(2)
ރަސްކަމަށް
ކޮލިލާ
ދުވަހު
ހަތަރު
އަވަށު
މައިޒާން
ދޮށުގަޔާ
ގުޅަކުޅޭފަސްގަނޑުގައި
ހަތަރު
ކޮށީންމެ
ޖަހާ
ކުޅިއެއް
މިކުޅިޖަހާނީ
އިސްދަރިވަރުންގެ
ތެރޭގައި
ތިބި
ކޮށީގެ
އެދުރުކަމާއި
އެންމެ
ގާތް
މީހުންގެ
ތެރެއިން
ދެމީހެކެވެ
(3)
ނއ
ގުނުމުގެ
ހަތްވަނަ
ޢަދަދުގެ
ނަން
އިތުރު
މިސާލު:
)ހ(
ހަތްދުވަސް
)ށ(
ހަތްބިން
)ނ(
ހަތްސާއަތް
ހަތްހަކީމުން
ނ
(1)
އަރަސްތޫ
(2)
އަފްލާތޫނު
(3)
ޖާލިނޫސް
(4)
ބަޤަރާތު
(5)
ސަޤަރާތު
(6)
އިބްނިސީނީ
(7)
ދިޔޯޖާނުސް
ހަތްހާއްޔަށްލުން
މ
(1)
ބަފާބުޅަލަށް
ފޮރުވާން
މައިއެތި
ޅަ
ބުޅާތައް
އެއް
ތަނުން
އަނެއް
ތަނަށް
ގެންދިއުން
(2)
މަޖާޒު:
މާބޮޑަށް
ފޮރުވުން
ހަތްހެއްތި
ނ
)ސ (
ހަތްއަމުރު
މިއީ
އިހުޒަމާނުގައި
ކޮންމެ
ހުކުރު
ދުވަހަކު
ހުކުރުން
ފޭބުމަށްފަހު
ވެރީންގެ
ފަރާތުން
ރައްޔިތުންނަށް
ކުރާ
ހަތް
އަމުރެވެ
(1)
މާތްކަލާގެއަށް
ކިޔަމަންތެރިވާހެއްތި
(2)
ޒިނޭނުކުރާ
ހެއްތި
(3)
ވައްކަން
ނުކުރާ
ހެއްތި
(4)
ދޮގުނުހަދާހެއްތި
(5)
ނަމާދުކުރާހެއްތި
(6)
ރޯދަހިފާހެއްތި
(7)
ވެރިންނަށް
ކިޔަމަންގަންނަހެއްތި
ހަތްނަރަކަ
ނ
ނަރަކައިގެ
ހަތް
ވަތްގަނޑު
އެއީ
ޖަހައްނަމު
ޖަޙީމު
ސަޤަރު
ސަޢީރު
ލަޡާ
ޙުޠަމާ
ހާވިޔާ
ހަތްރީތި
ނ
އަންހެނުންގެ
ރީތި
ސިފަކިޔަން
ބޭނުންކުރާ
ހަތްނަމެއް.
އެއީ
(1)
ކުރަނގިދެލޯ
(2)
އިހިކަނދުރާ
(3)
ހިތިފަތުބުމަ
(4)
ގިއުޅުއަތުކުރި
(5)
ޝިކާރަމަތީ
ކުއްތާގެ
ބަނޑު
ކަހަލަ
ބަނޑު
(6)
ތުނިޔަނިޔަފަތި
(7)
އަންނާރުއޮށުދަތްޕިލާ
މިއެވެ
«
54
55
56
57
58
59
60
61
62
»