radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ގަނޑު
ނ
(1)
އެއްޗެއް
ދެރަކޮށްލުމުގެ
ގޮތުން
ބުނާބަހެއް.
މިސާލު:
މުންޑުގަނޑު.
(2)
މުޅި
އެތިކަން
އެންގުމަށް
ބުނާ
ބަހެއް.
މިސާލު:
ކެޔޮގަނޑު.
(3)
އަންހެނުންނާއި
ޅަދަރިންނަށް
ލޯބިން
ވަކިނަމަކާ
ގުޅުވައިގެން
ކިޔާ
ނަމެއް.
މިސާލު:
)ހ(
ލޯބިގަނޑު.
)ށ(
ކުއްޖާގަނޑު.
(4)
ހަށިގަނޑުގެ
ލޭ
ނުބައިވުމުގެ
ސަބަބުން
ދުޅަވާ
މުލިހި
ފާޑުގެ
ތަނެއް.
މިސާލު:
އޭނާގެ
އުކުޅުވަޅުގައި
ގަނޑެއް
ނަގައިފިއެވެ.
(5)
ލަކުޑިން
ހަދައިފައިވާ
އެއްޗެއް
މަރާމާތު
ކުރުމަށާއި
އަދި
މިނޫންވެސް
ގޮތަކުން
ލަކުޑިގަނޑަކަށް
ގުޅާލާ
ލަކުޑީގެ
ބައި.
(6)
ވަކި
ސަރަހައްދެއް
ކަނޑަ
އެޅުމުގެ
ގޮތުން
ބުނާ
ބަހެއް.
މިސާލު:
ތަންގަނޑު
މީހުން.
(7)
އެއްޗެއްގެ
ބައެއްކަން
ދޭހަކޮށްދިނުމަށް
ބުނާ
ބަހެއް.
މިސާލު:
މަސްގަނޑު.
(8)
ތަގަރި.
(9)
ފިނިވެގެން
ގޮސް
ވާހަރު.
)01(
ގަނޑުފިއްލާ
ކުޅޭއިރު
ފިލުވައި
ނިވާކޮށްފައި
އޮންނަމީހާ
(11)
ބައެއް
ކުޅިވަރު
ކުޅުމަށް
ބުނެއުޅޭ
ބަހެއް
މިސާލު:
)ހ(
ރާޒުވާ
ގަނޑެއް
ޖަހައިލުން
)ށ(
ތާސްގަނޑެއް
ޖަހައިލުން
(21)
ކަރުދާސްއަރި
މިސާލު:
ކަރުދާސްގަނޑު
އޮއި
ނ
(1)
ކަނޑާއި
މޫދު
ފަދަ
ތަންތާގެ
ލޮނުގަނޑު
ނުވަތަ
ފެންގަނޑު
ކޮންމެވެސް
އެއްކޮޅަކަށް
ދެމޭދެމުން
(2)
މިދެމޭ
ބާރު
އާހުގައި
ހިނގާ
މިފަދަ
ބާރަކަށްވެސް
މިހެން
ކިޔައެވެ
އޮއިކަޅު
ނ
އިރުވައި
އޮއި
އަންނައިރު
ވިއްސާރަ
ވިލާހެން
ނަގާ
ކަޅުވިލާގަނޑުގަނޑު
އޮއިވާލި
ނ
ކަނޑުން
ބެހެމުން
އޮޔާދާ
އެތިގަނޑު
އޮއިގަނޑު
ނ
(1)
އޮއިގަދަވެފައި
އޮންނަ
ތަންގަނޑު
(2)
އެގޮތްމިގޮތަށް
އޮންނަ
ގަދައޮއި
އޮއްޓު
ނ
ތަންތަން
ބިނދުނީމާ
ނުވަތަ
ގަދަކުރާން
އަޅާ
އޮބިގަނޑު
އޮގަރުކަން
ނ
ރަދުންނަށާއި
ގަނޑުވަރުތެރޭގެ
ބޭފުޅުންނަށް
ރާފޮދުބާލާކަން
މިއީ
ދައުލަތުން
ދެއްވާ
ވަޒީފާއެކެވެ
އޮގަރުކަލޭގެ
ނ
ރަދުންނާއި
ގަނޑުވަރުތެރޭ
ބޭފުޅުންނަށް
ރާފޮދު
ބާލާން
ރަސްމީގޮތުން
ހުންނަމީހާ
އޮގަރުފޮދު
ނ
ރަދުންނާއި
ގަނޑުވަރުގެތޭ
ބޭފުޅުންނަށް
އޮގަރުގެއިން
ރަސްމީގޮތުގައިގެންދާ
ރާފޮދު
މި
ގެންދާމީހާ
ހުންނާނީ
އިހުގައި
ހަނގުބޭކަލުން
ދަމަށް
ދުރުވާ
ހެދުމުގައި
އުނަގަނޑުމަތީ
ކަޅުރުމާލެއް
ބަނދެފައެވެ
އޭނާގެ
އުނަގަނޑުގައި
އެއްނަރު
ފައްޓަރުފަށެއް
އޮންނާނެއެވެ
މިގެންދާއުނބު
ހުންނާނީ
ދެފަށްލާ
ޖަހައި
ކުރަހައިފައި
ރިހިކެވެލިފަށެއް
ލައިފައެވެ
އޮގަރުފޮތިކޮޅު
ނ
(1)
އޮގަރުގޭ
މީހުން
ގަނޑުވަރުތެރޭ
ބޭފުޅުން
ތިއްބަވާ
ތަންތަނަށް
ގެންދާ
ގަބުޅިއަޅާން
ގެންގުޅޭ
ތުންފިހި
މިއޮންނަނީ
ކިހައްޑިހަޖެހި
ވަރަށް
ހަޑިވެފައެވެ
(2)
މަޖާޒު:
ލައްޖެހި
ހަޑިވެފައި
އޮންނަ
ފޮތިގަނޑު
އޮގަރުތުންފިހި
ނ
(1)
އޮގަރުގޭ
މީހުން
ގަނޑުވަރުތެރޭ
ބޭފުޅުން
ތިއްބަވާތަންތަނަށް
ގެންދާ
ގަބުޅިއަޅާން
ގެންގުޅޭ
ތުންފިހި
މިއޮންނަނީ
ކިހައްޑިހަޖެހި
ވަރަށް
ހަޑިވެފައެވެ
(2)
މަޖާޒު:
ލައްޖެހި
ހަޑިވެފައި
އޮންނަފޮތިގަނޑު
އޯޑި
ނ
)ޏ (
ބޮޑެތިއުނބުން
ހަދައިފައިހުންނަ
ނާށިގަނޑު
ވަހުތާން
ނ
ފޮތީގައި
ލިޔެ
ގިއުގަނޑެއްގައި
ފަހައި
ވަޔާ
އެނބުރޭގޮތަށް
ދަނޑިއަކަށްޖަހައި
އުސް
ތަންތަނަށް
ނަގައިފައި
ހުންނަ
ތަވީދު.
)ގޭގޭގެ
ތެރޭގައިވެސް
ވަހުތާން
ހަރުކޮށް
އުޅެއެވެ.
ބައެއް
ފަހަރަށް
ރަންރިހިންނާއި
އެކިކަހަލަ
މަޢުދަނީ
އެއްޗިހިން
ތުނިކޮށް
ތަޅައިފައި
ހުންނަ
ފަތްގަނޑުގަނޑުގައިވެސް
މި
ތަވީދު
ލިޔެއެވެ
ވަހުޓާ
ނ
)ގ (
ޅިނދުކަށިގަނޑުގެ
ކޮޅު
ވަށައިދެމި
ނ
(1)
މަސާރީ
)ނިދާތަނުގެ
ނިވަލަކަށް
ވަށައިގެންދަމާ
ފޮތިގަނޑު(
(2)
ކިޔަވާގެ
މައުލޫދުހަރުގެ
ފަދަތަންތާގެ
ވަށައިގެންދަމާ
ފޮތި
ވަށައިދެމިފޭލި
ނ
)ބދ (
އެނދު
އުނދޯލީގެ
މަސާރީ
ފޮތިގަނޑު
ވަށާބޭސް
ނ
ހަށިގަނޑުގެ
ބޭރުގައި
އުނގުޅާލާ
ޙަކީމީބޭސް
ވަށްލަނޑަށްއެއްލުން
މ
ފަސްއޮށްކުޅޭއިރު
އަތްތިލައިގެ
ތެރޭ
އޮށްބައި
ރުވާލުމަށްފަހު
ފަސްގަނޑުމަތީ
ވަށްކޮށް
އެތުރިގެންދާގޮތަށް
އެއްލާ
އެއްލުމެއް
ވަށްޑެއްޔާ
ނ
)ގ (
(1)
ފެންހެދިފައި
އޮންނަ
ވަޅުގަނޑު
(2)
ކުދިކުދި
ވަޅުކޮޅު
ވަނޮޅުވައްގަނޑު
ނ
ކުނބު
ވައްގަނޑު
ވަންދޮށަށްދިއުން
މ
އިހުގައި
ރޯދަމަހުގެ
ރޯދަވީއްލުމަށް
ގަނޑުވަރުގެ
ބޮޑުބަދިގެދޮށަށް
ޢާންމުން
ދާ
ދިއުމެއް
މިކަމަށް
ބޮޑުބަދިގެ
ދޮށުގައި
ހަނޑޫ
ކަނޑާ
ވަނެއްގެ
މަތީގައި
ދޮލަނގަށް
ކަދުރާ
އަދި
ބައެއް
ތަކެތި
އަޅައި
ތައްޔާރުކޮށް
ބަހައްޓައިފައި
ހުރެއެވެ
«
53
54
55
56
57
58
59
60
61
»