radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ވ
ތާނައިގެ
ނުވަވަނަ
އަކުރު
ހިތިފިލުން
މ
(1)
އެއްޗެއްގައި
ހުރި
ހިތިރަހަ
އެއާވަކިވުން
(2)
މަޖާޒު:
ކުށެއް
ވުމުގެ
ސަބަބުން
މީހަކަށް
މާނާވީ
ހުރިހާ
ކަމަކުން
ސަލާމަތްވުން
ހިތިފިލުވުން
މ
ބައެއް
ތަރުކާރީގައި
ހުންނަ
ހިތިރަހަ
އެއިން
ވަކިކޮށް
ސާފުކުރުން
ހިތިދަނޑި
ނ
ބޭހަށް
ގެންގުޅޭ
ހިތިރަހަލާ
ހިމަދަނޑިއެއް
މިއީ
ރާއްޖެއިން
ބޭރުން
ގެންނައެއްޗެކެވެ
މީގެ
ގަސްހެދެނީ
އޮނު
ހުންނަ
ގޮތަށް
ބަދަބަދަލައިފައި
ބަދަތައް
ވަރަށް
އޮމާން
ކޮށެވެ
ބަދަތައް
ހުންނަނީ
ހިމަކޮށެވެ
ގާތްގަޑަކަށް
ކުޑަވާއިނގިއްޔެއްހާ
ފަލަމިނެއްގައެވެ
ފަތްތައްވެސް
ހުންނަނީ
އޮނުފަތާ
ވައްތަރުކޮށް
އެއަށްވުރެ
ކުދިކޮށެވެ
މިގަސް
ހެދެނީ
ގާތްގަނޑަކަށް
5
ފޫޓެއްހާވަރަށެވެ
އިނގިރޭސިބަހުން
މިގަހަށް
ކިޔަނީ
ސިންކޯނާއެވެ
ހިތިދަމުއި
ނ
ދަމުއިގެ
ބާވަތެއް
މިދަމުއި
ހުންނާނީ
ދިރިއާ
ވައްތަރުކޮށް
ދިރިފުކެއްގެ
ދެބައިކުޅަ
އެއްބައިވަރަށެވެ
މިއަށް
ހިތިދަމުޔޭކިޔަނީ
ހިތި
ކައްކާއިރު
އެއަށް
އަޅަން
ބޭނުންކުރާ
އެއްޗަކަށްވާތީއެވެ
ހިތިދުވަސް
ނ
ރަމަޟާންމަހު
22،
24،
26،
28
މި
ހަތަރު
ދުވަސް.
މިއީ
ރަސްމީ
ގޮތުން
ރަސްކަލަކު
ބައެއް
ވަލީވެރިންގެ
ޒިޔާރަތަށް
ފާތިޙާ
ވިދާޅުވުމަށް
ވަޑައިގަންނަވާ
ދުވަސް
ދުވަހެވެ.
(1)
ހެންވޭރު
ބޮޑު
ހިތީގައި
ޙަބްޝީގެފާނުގެ
މަޤާމްފުޅަށް.
(2)
މާފަންނު
ބޮޑު
ހިތީގައި
އަލި
ރަސްގެފާނު
ޒިޔާރަތަށް.
(3)
ހެންވޭރު
ކުޑަހިތީގައި
މެދުޒިޔާރަތަށް.
(4)
މާފަންނު
ކުޑަހިތީގައި
ފަޤީހު
ސުލައިމާނު
ޒިޔާރަތަށެވެ.
ފަހުން
މިކަމުގެ
ރަސްމިއްޔާތު
ރޭގަނޑަށް
ބަދަލުވީމާ
އޮންނަނީ
23،
25،
27،
29
މިރޭ
ތަކުގައެވެ
ހިތިތެޔޮ
ނ
ވަރަށް
އޮލަކޮށް
ހުންނަ
ބޭސްތެލެއް
މިތެޔޮ
ހުންނާނީ
ކަޅުނޫ
ކުލައެއްގައެވެ
މިތެޔޮހަދަނީ
ހިތިގަހުގެ
ފަތާ
މަލާ
ދަނޑީގެ
ތޮއްޓާ
ހުރިހާ
އެއްޗެއް
އެއްކޮށްގެންނެވެ
ހިތިތޮރާ
ނ
ތޮރައިގެ
ހިތިބާވަތް
މިއީ
އިހުޒަމާނުގައި
މާލޭގައި
ހެދުނު
ބާވަތެކެވެ
މިތޮރާ
ހުންނާނީ
އާދައިގެ
ތޮރައަށްވުރެ
ކުދިކޮށެވެ
ކާންކެރޭ
ވަރަށްވުރެ
އެތޮރައިގެ
ރަހަ
ހިތިވާނެއެވެ
ހިތިގަސް
ނ
އުސްކޮށް
ބޮޑުތާނގައި
ފެތުރިގެންހެދޭ
ލަކުޑިމޮޅުގަހެއް.
މިގަހުގެ
ލަކުޑި
ހުންނާނީ
މަޑުމުށިކުލައިގައެވެ.
މިގަހުގެ
ދަނޑިޔާއި
ފަތަކީ
އެކިކަންކަމަށް
ފައިދާހުރިބޭހެކެވެ.
ފަތްހުންނާނީ
ކުރިޔަށް
ހިމަކޮށް
ބުޑުދޮށަށް
ފަލަކޮށް
އަރިޔަށް
ލެނބިލައިފައެވެ
ފަތުގެކައިރިފަށް
ހުންނާނީ
ތުނޑުތުނޑުލައިފައެވެ
ފަތުގައި
ވަރަށް
ގިނަ
ގަދަ
ހިތިރަހައެއް
ހުންނާނެއެވެ
ހިތިގެ
ނ
ބޮޑު
ދެ
ހިތީގައި
ރަދުން
ހިއްޗަށް
ވަޑައިގެން
ހުންނަވާން
އަޅާ
ވަގުތީ
ގެކޮޅެއް
ހިތިގޮބޮޅި
ނ
(1)
ވަނދުވެގެން
ރުއް
ދޮށަށް
ވެއްޓޭ
ކުދި
ގޮބޮޅި
(2)
ވަނދު
ގޮބޮޅި
ހިތީބެރު
ނ
ހިތީ
ކިޔަވާންދާން
އެންގުމަށް
ހިތިދުވަހު
ޢަޞުރަށް
ގޮވީމާ
ޖަހާއުޅުނު
ބެރު
ހިތީބޯޓް
ނ
(1)
ހިތިދުވަހަށް
ހިތީ
ކުޅިވަރަށް
ހަދާ
ވައްތަރުގެ
ނައުޒޯނގު
(2)
މަޖާޒު:
އަޞްލުގައި
ނެތްއެއްޗެއް
ކަމުން
ދެއްކުން
މިސާލު:
ފޮތްތެރިއަކަށް
ނުވާ
މީހަކު
ފޮތްތަކެއް
އެއްކޮށްގެން
ފޮތްތެރިއަކަށް
ހެދިގެން
އުޅުން
ހިތީކިޔެވުން
މ
ހިތިދުވަހު
އަޞްރު
ނަމާދުން
ފައިބައިގެން
ބޮޑު
ކިއެވެނީންނާއި
ކަމުވޮށިނުވޮށީން
އެދުވަހު
ހިއްޗަށް
ވަޑައިގަންނަވާ
ޒިޔާރަތެއްގެ
ކައިރީގައި
ފޮތް
ފޮއްޓެއް
ކިއެވުން
ހިތީކުޅި
ނ
ހިތި
ދުވަހާއި
ހިތި
ވިލޭރޭގެ
ކުޅިވަރު
ހިތީކޭން
ނ
ހިތީކިޔަވާން
ދުރުވާ
ހަނގުބޭކަލުންނާއި
އަވަށު
މީހުން
ރޯދަވީއްލުމަށް
ކައްކައިގެން
ގެންދާކޭން
މިކޭން
ކައްކަނީ
މަޖިލީހަށް
އަރާ
ބޭކަލުންގެ
ގޭގެއިންނެވެ
މި
ކޭމާއި
ފާރުދޮށުކޭމާ
ހުންނަ
ތަފާތަކީ
މިކޭމުގައި
ހިތި
ހުންނަކަމެވެ
ހިތީކޮލި
ނ
ހިތިދުވަހު
ހެނދުނު
އެދުވަހު
ހިތީ
ކިއެވުމަށާއި
ކިއަވާންވީ
ތަނަށް
ދާން
އެނގުމަށް
ލާ
ކޮލި
ހިތުނެތްގޮތް
ނ
(1)
ހިތަށްވެސް
ނާރާ
ފަދަ
ކަންތައް
(2)
ތަނަވަސްކަމުގެ
ކޮޅުނެތް
ކޮޅު
މިސާލު:
އައްޔަށް
އެ
މާވަހަރު
ހޮވުނުފަހުން
އެ
އާއިލާ
ހިތުނެތްގޮތަށް
ދިރިއުޅެމުން
ގެންދެއެވެ
ހިތުން ތެދުކުރުން
މ
(1)
ޔަޤީންކުރުން
(2)
ކަށަވަރުކުރުން
(3)
ޝައްކެއްނެތުން
ހިތުންފިލުން
މ
(1)
ހަނދާންނެތުން
(2)
ކަމަކާމެދު
ނުވަތަ
އެއްޗަކާމެދު
ހިތުގައި
އުފެދިފައިވާ
ޝައުޤުވެރިކަން
ނެތިގެންދިއުން
ހިތުންފިލުވުން
މ
(1)
ހަނދާން
ނައްތައިލުން
(2)
ކަމަކާ
ނުވަތަ
އެއްޗަކާމެދު
ހިތުގައި
އުފެދިފައިވާ
ޝައުޤުވެރިކަން
ނައްތައިލުން
«
53
54
55
56
57
58
59
60
61
»