radheef.info
ރަދީފު
ބަސް ހޯދާ
މާނައިން ހޯދާ
ބަސް ނުވަތަ މާނައިން ހޯދާ
ގަނޑު
ނ
(1)
އެއްޗެއް
ދެރަކޮށްލުމުގެ
ގޮތުން
ބުނާބަހެއް.
މިސާލު:
މުންޑުގަނޑު.
(2)
މުޅި
އެތިކަން
އެންގުމަށް
ބުނާ
ބަހެއް.
މިސާލު:
ކެޔޮގަނޑު.
(3)
އަންހެނުންނާއި
ޅަދަރިންނަށް
ލޯބިން
ވަކިނަމަކާ
ގުޅުވައިގެން
ކިޔާ
ނަމެއް.
މިސާލު:
)ހ(
ލޯބިގަނޑު.
)ށ(
ކުއްޖާގަނޑު.
(4)
ހަށިގަނޑުގެ
ލޭ
ނުބައިވުމުގެ
ސަބަބުން
ދުޅަވާ
މުލިހި
ފާޑުގެ
ތަނެއް.
މިސާލު:
އޭނާގެ
އުކުޅުވަޅުގައި
ގަނޑެއް
ނަގައިފިއެވެ.
(5)
ލަކުޑިން
ހަދައިފައިވާ
އެއްޗެއް
މަރާމާތު
ކުރުމަށާއި
އަދި
މިނޫންވެސް
ގޮތަކުން
ލަކުޑިގަނޑަކަށް
ގުޅާލާ
ލަކުޑީގެ
ބައި.
(6)
ވަކި
ސަރަހައްދެއް
ކަނޑަ
އެޅުމުގެ
ގޮތުން
ބުނާ
ބަހެއް.
މިސާލު:
ތަންގަނޑު
މީހުން.
(7)
އެއްޗެއްގެ
ބައެއްކަން
ދޭހަކޮށްދިނުމަށް
ބުނާ
ބަހެއް.
މިސާލު:
މަސްގަނޑު.
(8)
ތަގަރި.
(9)
ފިނިވެގެން
ގޮސް
ވާހަރު.
)01(
ގަނޑުފިއްލާ
ކުޅޭއިރު
ފިލުވައި
ނިވާކޮށްފައި
އޮންނަމީހާ
(11)
ބައެއް
ކުޅިވަރު
ކުޅުމަށް
ބުނެއުޅޭ
ބަހެއް
މިސާލު:
)ހ(
ރާޒުވާ
ގަނޑެއް
ޖަހައިލުން
)ށ(
ތާސްގަނޑެއް
ޖަހައިލުން
(21)
ކަރުދާސްއަރި
މިސާލު:
ކަރުދާސްގަނޑު
އުފުލި
ނ
(1)
ކަންޖަށް
އަޅާ
އޮއްޓަރު
(2)
މަސްހިފާންގެންގުޅޭ
ދިގުދަލުގެ
މަތީކުރެވީގައި
ހަރުކޮށްފައި
ހުންނަ
ލަކުޑިފޯލި
މިލިޔެފައި
ހުންނާނީ
ބެރުއޮންޏެއްގެ
ސިފައިގައެވެ
(3)
ދޯނިފަހަރު
އަޅާއިރު
އެއަޅާވައު
އަޑިޔަށްގޮސް
ގަލުގައި
އެޅިދާނެތީވެ
އުފުއްލާންއޭގައި
އައްސާ
ކަނދުގަނޑު
އުދަބާނި
ނ
(1)
އުދައަރާއިރު
އަންނަބޮޑެތިރާޅުބާނި
(2)
މަޖާޒު:
ހިލިގެންއުޅޭ
ގުޖަޑުގަނޑު
އުދަލި
ނ
ދަގަނޑުންހަދައި
ލަކުޑި
ދަނޑިއެއްލައިފައި
އޮންނަ
ވަޅު
ކޮންނަން
ގެންގުލޭ
އާލަތެއް
މީގެ
ތިލަ
އޮންނަނީ
ތުނިކޮށް
ހަތަރެސްކަން
ހަމަވާ
ވަރަށްވުރެ
ކުޑަ
ތަންކޮޅެއް
ދިގުކޮންނެވެ
އުލުބޭންދުން
މ
ބުނާތީ
އިވޭގޮތުގައި
މާއިހުޒަމާނުގައި
މީހުންމަރަންކުރާ
ކަމެއްކަމުގައި
ބުނެވޭގޮތެއް
ހަދާގޮތެއްކަމަށް
ބުނަނީ
ތޫނުކޮށްފައި
ހުންނަ
ދަގަނޑު
އުލެއްގައި
މީހާ
ބައިންދަނީއެވެ
ބޭންދީމާ
އެއޫ
ފުރަގަސް
ފަރާތުން
ވަދެގެންގޮސް
ބޮލުން
ނުކުންނަނީއެވެ
އުސޫލު
ނ
(1)
ކަމެއް
ކުރުމަށްޓަކައި
ރާވާ
ރޭވުމެއް
(2)
ބިނާވެފައިވާ
މައިގަނޑު
އަސްލުގެ
ޖަމްޢު
އުޑަފައިން އިނުން
މ
އެއްވެސް
ތަނެއްގައި
ފިނދުމަސްގަނޑު
ނުޖެހި
ހަމައެކަނި
ދެފައިގެ
ބާރުގައި
އިނުން
މިގޮތަށް
އިންނައިރު
ހުންނާނީ
ދެފައިގެ
ކުޑަކަޅުވާ
މަހުގައި
މާކަޅުވާމަސް
ޖެހިފައެވެ
އޫ
ނ
(1)
އެކި
ބޭނުމަށްޓަކައި
އެއްޗިއްސަށާއި
ތަންތަނަށް
ހަރާން
ކޮޅު
ފޭއްސައިގެން
ގެންގުޅޭ
އެއްޗެއް
މިސާލު:
މަސްފިހާއޫ
ބެންބޮޅުނަގާއޫ
(2)
ޔޫރަޕްމީހުން
ކާންގެންގުޅޭ
ކަށިގަނޑު
މިހުންނާނީ
ދަނޑި
ސަމުސަލެއްގެ
ސިފާގައި
ކޮޅު
ހަތަރު
ދަތަށެވެ
(3)
)ސ (
އުއި
(4)
ނއ
އެއްކޮޅު
ފޭހިފައިވާ
އޫރު
ނ
(1)
ހަތަރެސްފައިކުރު ހަށިގަނޑު
ބޮނޑިމަސް.
އަނގަކުޑަ
ޖަނަވާރެއް
މީގެ
މަސް
ވިލާތުމީހުން
ވަރަށް
ގިނައިން
ކައިއުޅެއެވެ
އިސްލާމުންނަށް
މީގެ
މަސްކެއުން
ޙަރާމެވެ
(2)
ސުވަރު
އޫގަނޑޮ
ނ
)ސ (
(1)
އުއިގަނޑު
(2)
ވިޔާން
ފުރައިފައި
ހުންނަ
އުއިފަށްތައް
އެހެލުން
މ
ފުރާދުއްވާ
އެއްޗިއްސާއި
މޫދުގައި
ހުންނަ
ބޮޑެތި
ލަކުޑި
ގަނޑުގަނޑު
ދަމައި
އެއްގަމަށް
އެރުވުން
އެނި
ނ
ކަރުތެރެއިން
އަންނަ
އަރިދަފުސްގަނޑު
އެންބޮނޑި
ނ
މާކެޔޮޅު
ކަންފަދަ
ބޮޑެތި
ކެޔޮޅު
ކަމުގައި
ބުޅީގައި
އަޅާ
ބޮޑުއެންގަނޑު
އެންކެވުން
މ
ދަލުގައި
ބައްދައިފައި
އޮންނަ
އެންގަނޑު
ވަށިން
ދޯންޏަށް
ކެހުން
އެޅުން
މ
(1)
އެއްޗެއްގެ
ތެރެއަށް
އެއްޗެއް
އޮއްސުން
މިސާލު:
ކުރަޔަށްފެން
އެޅުން
(2)
އެއްޗެއްގައި
އެއްޗެއް
ބެހެއްޓުން
މިސާލު:
ތައްޓަށްބަތްއެޅުން
(3)
ކާށިކުރުނބާފަދަ
ތަކެތި
ރުކުން
ބިނުން
(4)
އެކަތި
އަނެކައްޗަށް
ފުށުއަރައި
ނިވައުވުން
(5)
ފުރާދުއްވާ
އެއްޗެތި
ބަނދަރެއްގައި
ނުވަތަ
ފަޅެއްގައި
ދުރަށް
ނުދާނޭގޮތަށް
ހަރުކުރުން
(6)
ގަސްގަހާގެހީން
މަލާއި
މޭވާނުކުތުން
(7)
އެއްޗެއްގެ
ބައެއް
އަނެކައްޗެއްގައި
ޖެހި
ހަރުލާނޭގޮތްވުން
(8)
ބޭސްފަދަތަކެތި
ގައިގާ
ބޯކޮށް
ތަތްކުރުން
(9)
އަދުންފަދަ
ތަކެތި
ލޮލުގެ
ރަވައިގާ
ކާއްތައިލުން
)01(
ތަވީދުފަދަ
ތަކެތިގައިގާ
ބަނުން
(11)
ހަށިގަނޑުގެ
ގުނަންތަކުގައި
ގަހަނާ
ފަދަ
ތަކެތި
ހަރުލާގޮތް
ހެދުން
(21)
ހެދުން
ގަޔަށްލުން
)31(
ތާކިހާ
ރުމާފަދަ
ތަކެތި
ބޮލުގައި
ބެހެއްޓުން
)41(
ފާފަވެރިވާ
ގޮތުން
އެކަކު
އަނެކަކާ
ޝަހުވާނީ
އެދުމުގައި
ކަމެއް
ކުރުން
މިބަސް
ގިނައިން
ބޭނުންކުރާނީ
އެއްޖިންސްގެ
ދެމީހުން
މިބާވަތުގެ
ކަމެއް
ކުރީ
މައެވެ
އެކަތަ
ނ
ސާފުކޮށް
ކާރބަންއާ
އެއްކޮށްފައި
ހުންނަ
ދަގަނޑު
އާދައިގެ
ދަގަނޑަށްވުރެ
މިދަގަނޑު
މާހަރުވާނެއެވެ
އެކޮޅުމަތި
ނ
(1)
ތިމާއުޅޭ
ތަންގަނޑާ
ދުރުހިސާބުގަނޑު
މަޖާޒު:
(2)
ކުރިމަތީ
ދޮރު
(3)
ކުރިމަތީ
މިދޮރާބެހޭހިސާބު
އެއްނަރުފައްޓަރު
ނ
އުނަގަނޑުގައި
އެޅުމަށްޓަކައި
އެންމެނަރަކުން
ގަތާ
ފައްޓަރެއް
އެއްތެޔޮ
ނ
ވައުކޮށް
ވެލަށް
ހެދޭ
ގަހެއް.
މީގެ
ގަސްގަނޑު
ހުންނާނީ
ދުރުދުރުގައި
ބަދަ
ޖަހައިފައެވެ.
މިއީ
ވަރަށް
ދިގުވާ
މަޑު
އެއްޗެކެވެ
އަދި
ވަރަށް
ތަތްކޮށް
ހުންނަ
ގަދަ
އެއްޗެކެވެ
އެއްތެޔޮވަށި
ހަދައި
ގޮނޑީގައި
އެއްތޮޔަ
ފުރާ
ހަދަނީ
މިއިންނެވެ
މީގެ
އެތެރޭގައި
ބަނބުކެޔޮ
މުލުގައި
ހުންނަހެން
ލޯވަޅު
ހުންނާނެއެވެ
އެއްގަމުއަރުމާޒު
ނ
އައްސުލްޠާންއަލްމުޡައްފަރު
މުޙަންމަދު
ޢިމާދުއްދީން
އުތުރު
އަރުމާޒަށް
ވަޑައިގަންނަވާންވެގެން
އެރަދުންގެ
ދަރިކަލުންނަށް
އެއްގަމުގައި
ހައްދަވައިދެއްވި
އަރުމާޒެއް.
މިއަރުމާޒު
ހެއްދެވިގޮތަކީ
ފުރޮޅުލާފައި
އެއްގަމުގައި
ދުއްވޭނޭހެން
އެގާރަ
ގުރާބު
ތައްޔާރުކުރައްވައި
އެގުރާބު
ދަމާ
ކަލާސީންނާއި
ދަންޑަހެލު
ބޭކަލުން
ލައްވައި
އެމީހުންގެ
ވެރިޔަކު
ލައްވައި
އެމީހަކަށް
ރަނަހަމާންތި
ކަމަށް
ކޮލިލައްވައި
ގުރާބުތަކަށް
އެއްގަމު
އަރުމާޒު
ބަޑިލައްވައި
އެގުރާބުތަކަށް
ރަސްމީ
އުޅަނދުތަކަށް
ހުންނަހައި
ކަމެއް
ހަމަކުރެއްވިއެވެ.
އަރުމާޒު
ކަލާސީންނާއި
ދަންޑަހެލުންނާއި
ރަނަހަމައިދި
ބޭކަލަކު
އޭގެ
ކުރިއަކު
ނުތިއްބަވައެވެ.
ރަދުންގެ
އަރުމާޒު
ފުރާވަޑައިގަތުމަށްފަހު
އެއްގަމު
އަރުމާޒު
ފުރާވަޑައިގަތީ
މެދުޒިޔާރަތް
މަގުން
އިރުމައްޗަށެވެ.
މިހެން
ގޮސް
އެކިއެކި
ތަންތާ
ރޭކުރައްވައި
ކުޅިވަރު
ކުޅުއްވައި
ހައްދަވައެވެ.
ދުވާލު
ކަލާސީން
ލައްވައި
ރަށުތެރެ
ތާހިރުކުރައްވައި
މިބާވަތުގެ
ކަންތައް
ކުރައްވަމުން
ވަޑައިގެން
ރަދުންގެ
އަރުމާޒު
މާލެ
ވަޑައިގަތް
ދުވަހު
އެއްގަމު
އަރުމާޒުވެސް
ގަނޑުވަރަށް
ވަޑައިގަތީއެވެ.
އޭގެ
ފަހުގައި
ކަލާސީންނާއި
ދަންޑަހެލުން
ހަވަރަށް
ބައިކުރައްވާ
އެމީހުންގެ
ޚާއްޞަ
މަސައްކަތަކީ
ބަނޑުދިނުންކަމުގައި
ހައްދަވައި
މިއަރުމާޒުގެ
ބަނޑޭރިން
މިނާ
މީހުން
ކަމުގައި
ހެއްދެވީއެވެ
ދެފޮއިގައި
ބަނޑުދޭން
ފެށީ
މީގެ
ފަހުގައެވެ
ކުރީގައި
ބަނޑުދޭ
ގޮތަކީ
މަހަކު
އެއްފަހަރު
ކޮށާރު
ދޮށަށް
ބަލައިދިޔައިމާ
ދެއްވަނީއެވެ
މިއަރުމާޒަށް
ވަޑައިގަތް
ބޭފުޅަކީ
ތާރީޚުގައި
މަޝްހޫރު
އިބްރާހީމް
ރަސްގެފާނެވެ
އެމުނި
ނ
(1)
ދޮރުފޮތިގަނޑުފަދަ
އެއްޗެހީގެ
ކައިރިއަށް
ނަނުލައްވާން
މަޅައިފައި
އޮންނަތަން
(2)
ރިޔަލުގެ
ކައިރި
މަޅައި
އޭގެ
ތެރެއަށް
ލައްވައިފައި
އޮންނަ
ނަނުފަށް
«
51
52
53
54
55
56
57
58
59
»